ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދުގެ އިތުރުން ވ. ތިނަދޫ، ހިޔާ، އުމުރުން 25 އަހަރުގެ އަހްމަދު އަދްހަމް އެވެ.

މިއީ އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިޒާ

    ތިޔަ ތިންމީހުންތެރޭ މއ.ފޭރުގެ މީހާގެ ބޭބެއެއް އެމްއެންޑީއެފްގައި މިހާރުވެސް އެބައުޅޭ މިފުރުސަތުގައި އެމް.އެން.ޑީ.އެފްގެ މީހާއާއި މި ބޮންހޮއްވާލަން ބައިވެރުވި ފޭރުގޭ ސޮރާއި މިކަމުގައި ގުޅުމެއްއެއްތޯ ބެ ލުން އެއީ ވަރައް މުހިންމު ކަމެއްކަން ނޭނގެ ނަމަވެސް މިހާރު މިކަން ކުރަން ވަރައްލަސްވެއްޖެ....އެކަމަކުވެސް ތަހުގީގު ކޮއް ލުން ރަނގަޅު ކަންނޭނގެ