ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެއް ހިންގައި ނިންމުމުގައި އެ ޤަޟިއްޔާތައް ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު އަމަލުކޮށްފައިވާ ގޮތުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބުނު ޕެންޑްރައިވެއްގައި މާކުރިން އެމައްސަލައިގެ ނިންމުން ލިޔެފައި އޮތްކަން ފާހަގަ ކުރެވިފައި ވާތީ ޤާޟީ އިސްމާޢީލް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީ އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެމައްސަލަ ތަކުގައި ޤާޟީ އިސްމާޢީލް ރަޝީދު ޢަމަލުކޮށްފައި ވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ޚިލާފަށްކަމާއި، ހަވާލާދެވުނު ޤަޟިއްޔާތަކާ ގުޅިގެން އިޖުރާޢީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް 12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު 14 ޖުލައި 2020 ވަނަ ދުވަހު އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ޙުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ޙުކުމެއްކަން، ތަޙުޤީޤަށް ހޯދުނު ޕެންޑްރައިވަކުން އެނގޭ ކަމަށެވެ.

ޕެންޑްރައިވްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ޙުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކަކަށްވުމުން އެނގޭކަމާއި، 22 ފެބްރުއަރީ 2020 ވަނަ ދުވަހު ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖުރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "trip finale v2] ކަމާއި މި ނަމަކީ އާންމުގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވާކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލު ނުކުރެވޭ ކަމަށް ވެސް ޖޭއެސްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

"މި ނަމަކީ އެ ޤަޟިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ޚިލާފު ނަމެއްކަން ފާހަގަވާތީ އާއި، ޤާޟީ އިސްމާޢީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ޤަޟިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި ޤަޟިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ޤަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ޤަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ ޢަމަލުތަކާމެދު ސުވާލު އުފެދޭ." ޖޭއެސްސީ އިން ވިދާޅުވިއެވެ.

މި ކަންކަމަށް ރިޢާޔަތްކުރާއިރު އަދީބުގެ މައްޗަށް ދައުވާ އުފުލުނު ހަތް ޤަޟިއްޔާގައި ޤާޟީ އިސްމާޢީލް ރަޝީދު ޙުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވާ ކަމަށާޢި ޤާޟީ އިސްމާޢީލް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އެހެންކަމުން ޤާޟީ އިސްމާޢީލް ރަޝީދުކޮށްފައިވާ މި ޢަމަލުތަކަކީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް މިއަދު ބޭއްވި މި އަހަރުގެ 41 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.

އަދީބުގެ މައްސަލަތައް ބޭރުކޮށްލަން ޤާޟީ އިސްމާޢީލް ރަޝީދު ޙުކުމް ކުރުމުން އޭނާ ސަސްޕެންޑް ވެސް ކުރިއެވެ. ނަމަވެސް ސަސްޕެންޝަންގެ އެއްމަސް ދުވަސް ފުރިހަމަ ކުރުމަށް ފަހު އޭނާ ގެންދަވަނީ ވަޒީފާ އަށް ނިކުންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަގީލަންބާ

    ާއެހެންވެތަ އަދީބު ގޭގަ ހުންނަނީ

    20
    • ޚާރު

      ޙުރިހާ ކަމެއް ޕެންޑްރައިވް ވެފަ.... ބަ ލަ މީ ކް ލައުޑް ޒަމާން ...

  2. ޅިޔަނު

    ޢަތައްގޮވަނީ...

    18
  3. ޥިލާ

    ޢަޅާނުލާ މަރުވަންދެން ދުނިޔޭގައި އުޅެވޭވަރައް ފައިސާލިބިފަވާނީ

    18
  4. ޘޫތު

    ޢަޅެ އަދީބުގެގުއިރޯނުގައި ނުޖެހޭ މީހަ ކު މިގައުމުގައި ނެތީތަ ..އެންމެންބޭޒާރުވެގެންމިދަނީ

    20
  5. މަބޭ

    ނާޒިން މެންގެއިން ނެރުނު ފ ޕެންޑްރައިވް މިފަހަރު މިއޮތީ ކްރިމިނަލްކޯޓްގަ

    17
  6. އަހްމަދު

    ބަލަ އެގާޒީގެނިންމުމައް އިހްތިރާމްނުކޮށް ވަކިކުރަންނިންމާއިރު މިހާރުއަދީބުއާދޭތެރެ ތިޔަޢަމަލްކުރައްވަނީ ހަމައެކަހަލަގޮތަކަށްނޫންތޯ މާކުރިންހުކުންކުރަންވީގޮތް ނިންމައިގެންނޫތޯހުކުންކުރެއްވީ ކޮބައިތޯތަފާތަކީ

    18
  7. ޕާޕަ ޕާޕާ

    މިހާރު ތިދައްކަނީ ވަރަށް ހުތުރު ވާހަކައެއް.
    ރައްޔިތުންނަށް ވިސްނަދޭން ތިއުޅެނީ އަދީބު ސަލާމްތް ވެއްޖެއޭތަ ؟
    ތިހެން ކަލޭމެން 300 ވަރަކަށް މީހުން ލާރިގަނޑު ބަހާލައުގެން ތިކަން ނިންމިޔަސް ދެން އަންނަ ވެރިކަމެއްގައި ތިހުރިހާކަމެއް ބަލާނެކަން ހަނދާންކުރާތި.
    300 މީހުން ކެއި ފައިސާގެ ބަދަލުގައި ރޔ އެކަނި ޖަލުގައި ހުންނާކަށް ނުޖެހޭނެ

    19
  8. ލ.ގަގު

    ފާޅު ކަންބޮޑުގޮތަ ކަށް ރައީޔާމީން ހައްޔަރުކ ކުރީ ބޮޑު ބޯޑު ރޯބުހުތާން ދޮގުތަ ކެއްމަތިމައްޗަށް ބަރިބަތިޔަށް ޤާނޫނާއި ޙިލާފަށް އެ ކަން ކުރިމީހުނާ އިމެދު ފިޔަވަޅު އަޅަން ކެރޭނެތަ ވައް ކަން ގެންވެރި ކަން ފޭރިގަތްބަޔަ ކަށް ރަނގަޅަށް ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނެ ހަރާން ވެރި ކަމަ ކުތެރެެއި ރަނގަޅެއް ނުފެންނާނެ މީހަމަ ބާވެރި ކަމެއް މިބަލާވެރި ކަމުން ސަލާމަތްވޭތޯ މާތްﷲއަށް ދުޢާދަންނަވަން:

    15
    2
  9. ވަޒީރެއާލާ

    ޔާމީނަށް ހުކުމް ކުރި އަލީރަޝީދުގެ މައްސަލަ ޖޭއެސްސީން ނުބަލަނީ ކީއްވެތޯ؟އެމްޑީޕީ ބޮޑުން ނުރުހޭ މީހެއްވިއްޔާ ކަތިލާ، ރުހޭ މީހާ އަށް މަތީ މަގާމްދެނީ. އަލީރަޝީދުވެސް ކުރީ ރައީސްއޮފީހުން ލިޔެފާދިން ހުކުމެއް. މައްސަލަބެލީ އެހެންމީހެއް.ހުކުމްކުރީ އެހެންމީހެއް. މީތޯ އިބްރާހީމް މުހައްމަދު ސޯލިހުގެ އިންސާފަކީ.

    19
    2
  10. ސަނީ

    ހުސް ވަގު. ބަލާލި ކޮންމެ ދިމާލަކުންވެސް ވަގު. ކަޅު ވަގު! ދިވެހީންނަކަށް މިބިމަކުން އިންސާފެއް އަދި ދުވަހަކުވެސް ލިބިފައި ނެތް! އިހްލާސްތެރިން ހުސްވެއްޖެ! މިޤައުމުން ކަނޑައަޅާ އެއްވެސް ކަމަކީ މިއަދު އެއްވެސް މިންވަރަކަށް ގަބޫލު ކުރާ ކަންތައްތަކެއް ނޫން! މާޔޫސް ވެއްޖެ! މަޖުބޫރުން މަރު އައިސް ޖެހެންދެން މިތިބެނީ. ޖަވާބުދާރީވާންޖެހޭ ދުވަސް ގަބޫލު ނުކުރިއަސް އެބަ
    އާދޭ!

    16
    1
  11. ފަނީ

    އަހަރެމެންލައްވާ ގަދަކަމުން އިއްޒައްތެރި ޤާޒީ އަދި މަތިވެރި ކޯޓް ކިއުއްވައިގެން މިހިރީ އަހަރެމެންނާއި ދޭތެރޭ ކަންތައް ކުރާގޮތް. މިގައުމުގެ ފިޔަވާ އެއްވެސް ތާކިން މަ މިމަންޒަރު ނުދެކެން. ކޯޓުގެ އާންމު މުވައްޒަފުންވެސް އެހާ ހަރުކަށި. މިކަންތަކަށް ހައްލު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަން. ޖޭއެސްސީ އިން މަ އެދެނީ މިކަންތައް ބައްލަވައިދެއްވުމަށް.

    11
    1
  12. ދަލާސްޓް

    ޔާމީން އަށް ކޮށްފައިވާ ހުކުމަކީވެސް ތިޒާތުގެ ހުކުމަކަށް އަދި ބަދަ ލުވާނެ

    17
    1
  13. ކާފަބޭ2020

    ޤާޒީންނޭވިސްނަވާށެވެ. ތިޔަބޭފުޅުންތިޔަކުރަށްމަސައްކަތް ވަކިހިސާބަކުން " ފަތަފޮޅިދަށުލީފަތްގަނޑަށްވުރެވެސް" ދަރަޖަ ދަށްވާފަހަރުވަރަށްގިނައިންމިހާރުފެނެއެވެ. ސަބަބުއިގޭނީ ތިޔަބޭފުޅުންނަށެވެ. " ކެޔޮގަނޑުކަނޑާލީމަ ގަހުގެބޭނުމެއް މިހާރުނުކުރާކަން ދަންނަންޖެހޭނެއެވެ.

    12
  14. ލާހި

    ބަޔަކު މީހުން މިދަނީ އަދުލު އިންސާފުގެ އަގުވައްޓަމުން އިތުބާރު ގެއްލުވާ ލަމުން ރައްޔިތުން ކުރިމަތީ، ރައްޔިތުން މިކަމާއި ވިސްނާންޖެހޭ !

    10
  15. ބޮލި މުލައް

    މީ ސަރުކާރުން އަދީބު ހިމާޔަތްކުރަން ކުޅޭ ކުޅިގަނޑެއް
    ވައްކަންކުރީ އަދީބު އޭނަ ކުށްވެރިއެއްނުވެ އަދީބު ދިން ފައިސާގަ ހިފި މީހުންގެތެރެއިން ވަކިބައެއް ކުށްވެރި

  16. ރަޝީދު

    މަގާމުން ވަކި ކުރިޔަސް ދެން އޯކޭ ވާނެ. މިހާރު ފުލެޓް، ކާރު، ލޯންޗް ގަނެ ނިންމާލާފަ ހުރީ

  17. Anonymous

    އޭނާގެ ބަހެވެސް ލިބުނީމަތަ އެއީ ތެދެއްކަން އެނގޭނީ. ކާނަލް ނާޒިމްވެސް ފްރޭމް ކުރުމަށް ތިކަހަލ ޕެންޑްރައިވެއް ބޭނުންކުރި.

    2
    1