22:47

މިއަދުގެ 11 ވަނަ މަރު: އައްޑޫން މީހަކު ނިޔާވެއްޖެ.

22:12

އިތުރު 1417 މީހުން ކޮވިޑަށް ފައްސިވެއްޖެ.

22:00

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްްޖެ

18:27

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ މަންމަ ކޮވިޑް-19 ބަލީގައި އަވަހާރަވެއްޖެ

18:26

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ވިޔަފާރި ކުރާނަމަ 5000، ރުފިޔާގެ ޖޫރިމަނާ އެއް ކުރާނެ ކަން ސަރުކާރުން ހާމަކޮށްފި

18:25

ކާފިއު ގަޑީގައި ނޫން ގަޑިތަކުގައިވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން މަނާ ކޮށްފި

18:11

ފުރަބަންދު ނުކިޔާ މާލެ ސަރަހައްދު ފުރަބަންދު ކޮށްފި

16:52

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި 16 ގަޑިއިރަށް ކާފިއު އިއުލާނު ކޮށްފި.

16:21

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން އަށް ވަނަ މީހަކު ނިޔާވެއްޖެ

15:14

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާ ގޮތަށް ނިންމައިފި

15:13

ކޮވިޑް-19 ޖެހިގެން މިއަދުގެ ހަތް ވަނަ މީހަކު ނިޔާވެއްޖެ

14:15

ކޮވިޑް-19 ޖެހިގެން ޅ. އަތޮޅު ހިންނަވަރުގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

13:16

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއާއެއްގެ ގޮތުގައި މަސައްކަތް ކުރަން ފައްޓަވައިފި.

12:32

ރާއްޖެ ވެއްޓެމުން މިދަނީ މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުން ވަޅުގަނޑަކަށް - އުގައިލް

12:06

ހައިރިސްކް މީހަކަށް ވާތީ ހެލްތު މިނިސްޓަރު ހުރީ އެކަހެރިކޮށްފައި - މުހައްމަދު އިސްމާއިލް

10:45

ކޮވިޑް ފެތުރުނުއިރު އަތޮޅުތަކުގެ އިންތިޒާމުތައް ދަށްކަމުން ކުއްލި މައްސަލައެއް.

09:51

މިއަދު ކޮވިޑް ޖެހިގެން ހަތަރު މީހުން ނިޔާވެއްޖެ.

09:14

ކޮވިޑްގެ ހާލަތު ގޯސްވާތީ ހައިތަމްގެ ތިން ސުވާލެއް މިނިސްޓަރު ނަސީމަށް.

08:44

މަގާމުގެ މަސްއޫލިއްޔަތު: އެމްޑީޕީ މެންބަރަކަށް ވުން!

08:27

ކޮވިޑް ޖެހިގެން އިތުރު ދެމީހަކު ނިޔާވެ، ޖުމްލަ އަދަދު 132 އަށް އަރައިފި.

08:13

އިންޑިޔާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދު ތިންލައްކަ އަށް އަރައިފި.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކުވެސް ކޮވިޑަށް ފައްސިވާ މީހުންނާއި، ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މަދުވަމުންނެއް ނުދެއެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން މޭލެ ފުރަބަންދު ނުކުރާނެކަން މިއަދު ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. ސަރުކާރުން ބުނާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުގެ ސިޔާސަތަކީ ފުރަބަންދުނުކޮށް އިތުރު ފިޔަވަޅުތައް އެޅުމެވެ. އިތުރަށް އަޅާ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާނީ 26 ވަނަ ދުވަހުން ފެށިގެން ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު ވެސް އިތުރު 1559 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު 1559 މީހަކު ފައްސިވެފައި ވަނީ 5834 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެންނެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %26.72 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި 23464 މީހުން އެބަތިއްބެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 290 މީހުންނަށެވެ. އިއްޔެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައީ 294 މީހުންނަށެވެ. މިއަދު ކޮވިޑް ޖެހިގެން ހަމީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ މިއަދު 129 އަށް އަރާފައެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތުން

    ވަރަށް ބޮޑު އެއްޗެއް ވިސްނިއްޖެ މިފަހަރު... ދުވަހަކުވެސް އިރާދަފުޅުން ކަލޭމެންނަށް ވޯޓެއް ނުލާނަން.

  2. ޭއިސްމާ

    ފުރަބަންދު ކުރާށޭ. ބަލަގަ ތިބި ޑޮކްޓަރުންނާ ނަރުހުންނަށް ނުވެގެން އެތައް ބަޔެކޭ އެމަރުވަނީ.

    10
    1
  3. ޕާރޓީ ސިސްޓަމް

    އަދިވެސް ވާނެ މަށަށް ވާނެޔޭ ކިޔާފަ އިންތިޙާބާ އެއްޗެހި ބާއްވަން. ތިމާވެށްޓަށް ވުރެ ތަރައްޤީ މުހިންމުވީހެން ރައްޔިތުންގެ ސިއްޙަތަށް ވުރެ ސިޔާސީ ނުފޫޒު މުހިންމު ވީމަ އެކަމުގެ ހިތި ނަތީޖާ ތިޔަ ފެނިވަޑައިގަންވަނީ. ދެން ކިޔާ ފަރުދީ ޒިންމާ އޭ، ރައްޔިތުންގެ މައްސަލަ އޭ. ހުރިހާ އިންސާނުން ވެސް ނިމިގެންދާނީ. ކަށްވަޅަށް ތި ދާއިރާތަކުގެ ގޮނޑިތަކާއި މަޤާމުތައް ގެންދެވޭނެ ކަމަށް ހީކުރަނީބާވައެވެ؟

    11
  4. ގާދިރު

    ސަރުކާރު ފިނިހަކަ ސްޕީޑްގަ ފިނިކޮޓަރީގަ ރައްޔިތުން މަރުވާން ދޫކޮށްލާފަ

  5. ޒަބީން

    ކޯމޮބިޑިޓީ ހުއްޓަސް އެމީހުން ނިޔާވީ ކޮވިޑުގެ ކޮމްޕުލޮކޭޝަން ތަކުން. އެމީހުންނައް ފުރަތަމ ބަލި ޖެހެން ޖެހުނީ ސަރުކާރުން ސިޔާސީ ކެމްޕޭނުތަކައް ޖާގަދީގެން މުޅިގައުމުގައި ބަލިގަނޑު ރަނގަޅައް ފަތުރާލީމަ. އޭގެ ޒިންމާއިން ރެކެން ދައްކާވާހަކަ މިހާރުތީ. ހަނދާންކުރާތު ކަލޭމެންގެ މައްޗައް ޝަރީއަތް ހިންގާނަން. ނިޔާވި މީހުންގެ އާއިލާތައް އަދި އިރާދަކުރެއްވިއްޔާ ދުނިޔޭގަ އެބަތިބި. އަދަބު ދޭނަން ކަލޭމެންނައް.

  6. އަހުމަދު ޗާބީބޮކާ

    ވަކިވަރަކައް ރައްޔަތުން ކެތްކުރެވޭނީ ކޮންމެވެސް ހިސާބަކުން ރައްޔަތުން ނިކުމެ ފުރަބަންދު ކޮއްލާނެ މަރުވާ މީހުންގެ އަދަދު ދަނީ މަތިވަމުން ދުވަސް ކޮޅަކުން 65 މަތީއުމުރުގެ މީހަކު ނުހުންނާނެ ސަރުކާރައް ފަސޭހަވަނީ ތޯއްޗެއް