ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު ތިންމީހަކު ނިޔާވެ، ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު 132 އަށް އަރައިފިއެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވި ތިން މީހުންގެ ތެރެއިން ފުރަތަމަ މީހާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ އުމުުރުން 81 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 02:02 ގައެވެ.

ދެ ވަނަ އަށް ނިޔާވެފައި ވަނީ 77 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވީ 03:18 ގައެވެ.

ތިން ވަނަ ނިޔާވެފައި ވަނީ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވީ 04:25 ގައެވެ.

މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ އަދިވެސް އަންނަނީ ބާރަށް ފެތުރެމުންނެވެ. މާލެ ފުރަބަންދު ކުރަން ޑޮކްޓަރުންނާއި އެޗްޕީއޭގެ ތަޖުރިބާކާރުން ނިންމި ނަމަވެސް އެނިންމުމާއި ރައީސް ސޯލިހް ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވަނީ މާލެ ފުރަބަންދުނުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. ނަމަވެސް މާލެ ފުރަބަންދު ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަދަމީހާ

    ސޯލިހައްވާނެ އެހެންމީހުންގެ ބަސްއެހުމުގެ ބޭނުމެއްނެތް

  2. ވެކްސިން

    ސާބަހޭ ޞޯލިހާ ހިތްވަރުކޮށްލާތި

    1
    1
  3. އޭކު ޚިޔާލް

    އިންޑިއާއިން ގެނެސްގެން ދިވެހިން ގަޔަށް ޖަހާ ހުސްކުރި ވެކްސިނަކީ ފޭކް އެއްޗެއް ކަމާމެދު ކުރާ ތުހުމަތުން ބަރިއްޔަ ވެވޭކަން ނެތެވެ.

  4. ނަން ބޯރޑް

    ހުޅުމާލެ ކޮވިޑް ފެސިލިޓީ ގެ ނަން ބަދަލުކޮށް "ހުޅުމާލެ މަރު މޯލް" ގެ ނަން ބޯރޑް އަޅުވަން ވެއްޖެ އެވެ.

  5. ސަން

    އިޓަލީ ވިލާތުގައި ވެސް ޑޮކްޓަރުންނަށް ބަލީގެ ދެވަނަ ފޭހުގައި ފަރުވާދޭންވީ ގޮތް ނޭންގޭތީ ފުރަތަމަ ވޭވްގައި ވަރަށް ގިނަ ބައެއް މަރުވިއެވެ. އެކަމަކު މިހާރު ބަލީގެ ދެވަނަ ފޭސްގައި ކުރިމަތިވާ ސައިޓަކައިން ސްޓޯމް އަށް ސްޓެރޮއިޑް ދީގެން ގިނަ މީހުން ރަގަޅު ކުރެއެވެ. މި ބައްޔަކީ ގިނަ ޑޮކްޓަރުން ބުނާ ގޮތުގައި އޭގެ ސްޓޭޖަސްތަކުގައި ދޭންޖެހޭ ބޭސް ތަފާތު އަދި އެސްޓޭޖަސްތައް ދެނެ ގަންނަން ޖެހޭ ބައްޔެކެވެ. ރާއްޖޭގައި މިވަނީ ކިހިނެއްބާއެވެ. ފަރުވާ ދިނުމުގައި ދަތި ތަކެއް އުޅެނީބާ.

  6. ކަޅުމަންޖެ

    މެޱިކަލް ޱރ. އަކަށް ވުރެ މޮޅު ޱރ . އެއް ތަާ ވެރިކަމުގަ މިހުރީ. މެޱިކަލް ޱރ. ބުނާ ގޮތް ހަދަން އެބަޖެހެ. ކަމުގެ ތަޖުރިބާ ހުރި މީ ހުންގެ ބަސް ބޮލާ ލާ ނުޖަހާ އަޱު ނީވެންޏާ އިއަރ ސިރިންޖިން ހަދާ ކަންފަތް ސާފު ކުރޭ. ކަލޭމެންގެ އިހުމާލުން މުޅި ރާއްޖެ އަށް މި ވަބާ ފެތުރުނީ. އިންޱިއާ މީހުން ކަރަންޓީން ވާން ރާއްޖެގެނެސް. ދެންވެސް ގޮތް ދޫ ކޮއްބަލަ. މިހިރަ ކާއްޓކަށް ވުރެ ބޯ ހަރު ވަލިއްޔުލް އަމުރެއް. މި ކޮމެންޓް ވަގުތު ކުދިން ޖަހާލަ ދެއްޗޭ!

  7. ކޮވިޑް

    މިވަރު މިވަނީ މަގޭ ނަޒަރުގަ ހަމަ ފަރުވާ ނުދެވެނީ ނޫނީ ފަރުދޭނެ ތަކެތި ނެތީ، ރ.ސޯލިޙް ﷲ އަށް ޓަކާ ތެދުބަހުން ރައްޔަތުންނަށް ކިޔާދެއްވާ ކޮވިޑް ގެ މިހާލަތުގަ ފަރުވާދޭނެ ވަސީލަތް މި ޤައުމުގަ ނެތީއޭ ނޫނީ މިވާ ގޮތް ރައްޔަތުން ނަށް ސާފު ކޮށްލަދެއްވާ، ހަމަ ޔަޤީން މި ޤައުމުގަ އެބަތިބި މިޤައުމައްޓަކާ އެފަދަ އެހީތެރިކަން ފޯރު ކޮށްދެއްވާނެ ދީލަތި ބޭފުޅުން ވިޔަފާރި ވެރިން. ރ ސޯލިހު މިވާގޮތް ފޮރުވައިގެން ނުހުންނަވާ އާދޭހާއެކު.ނެތީޔާ ނެތް ވާހަކަ ބުނުމަކީ ލަދުވެތި ކަމެއްނޫން .އެއަށް ވުރެ މާލަދުވެތި ފޮރުވައިގެން ތިބެ ރައްޔަތުން ތަކެއް މަރުވަމުންދާ ވަހަކަ ފެތުރުނީމަ ޕްލީސް ރ ސޯލިޙް

    1
    1