ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ހަތަރު މީހުން ހައްޔަރުކޮށް ހަމަލާގެ ތަހްގީގަށް އެކަށީގެންވާ ކުރިއެރުން ލިބިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރެވޭނެ ދުވަހެއް އެއްސެވުމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެދިލެއްވުމުން މިނިސްޓަރު އިމްރާން މިއަދު މަޖިލީހަށް ހާޒިރުކުރި ނަމަވެސް ރައީސް ނަޝީދަށް އަމާޒުވި ނިރުބަވެރި ހަމަލާއާއި ގުޅޭ ގޮތުން ގިނަ މެމްބަރުންގެ ސުވާލު މިނިސްޓަރަށް އަމާޒުކުރިއެވެ.

އިމްރާން ވިދާޅުވީ މިހާތަނަށް އައިރު މި މައްސަލަ ތަހުގީގު ކުރުމަށް ކުރެވިފައިވާ މަސައްކަތުގައި އެދެވިގެންވާ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"އެކަމަށް ފުލުހުންގެ ތެރެއިން އެންމެ ފުރަތަމަ 450 އެއްހާ އޮފިސަރުން ހާއްސަ ކުރެވި ތަހުގީގުކުރުމުގެ މަސައްކަތް ފެށި، މިއަދާ ހަމައަށް އައި އިރު އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ވޭ،" އިމްރާން ވިދާޅުވި އެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާ ސްޕީޑާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެއީ މިހާރު އޮތް ކޮޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނާއި އެނޫން ގޮތްގޮތުން ހުރި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ވެސް ހައްޔަރުކޮށްފައި ތިބި ހަތަރު މީހުން ތިބީ ޕޮޒިޓިވް ވެފައި. އަދި އަދި ޓީމްގެ ވަރަށް ގިނަ އޮފިސަރުން ވެސް ތިބީ ޕޮޒިިޓިވްވެފައި،" އިމްރާން ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދިން ފަހުން ނިރުބަވެރިކަމާއި ގުޅުން ހުރި އިތުރު 14 މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ވަނީ ހަމަލާއެއް ދީފައެވެ. ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ތިން މީހަކު ހައްޔަރުކުރިއެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކުރ ިއިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނީސް

    ގަސްދުގައި ބަލިޖެއްސީކަމަށް ބެލެވެނީ އެކުދިން ބަލިކޮށްލަން ވެގެން

    9
    1
  2. ކޮވިޑް

    އިމްރާން ކިޔާދިނިން ދޯ މުނާފިޤުން ނަކީ ކޮބައިކަން، އެ ކިޔާދިން ޝަރުތު ތައް ފުރިހަމަވާ ހަމަސީދާ މުނާފިޤެއް އިމްރާނަކީ، އެހެން ވީމަ މުނާފިޤުން ވާހަކަ ދައްކާއެރު ދޮގުހަދާނޭ މުނާފިޤު އިމްރާން ބުނި ފަދައިން މިފަހަރުވެސް ތިޔަ މުނާފިޤު ތިހެދީ ސީދާ ކަންޑައެޅިގެން ދޮގެއް، ތިޔަ ވާހަކަ ހަޤީޤީ އެމްޑީޕީ މީހުން ނުކުރާނެ ޤަބޫލެއް،100%

    12
    1
    • ބަހުބަރު

      މުނާފިޤުންގެފާހަގަ3.އޭގެތެރޭގައި ހިމެނޭ މުސްލިމުންނަށް އޮޅުވައިލުމަށް ދޮގުހެދުން. މުނާފިޤުންދެބާވަތައްތިބޭއިރު ތިންކަންހުރިނަމަ މުނާފިޤުންގެ ފާހަގަފުރިހަމަވެއޭ ބުނެވޭނީ.

  3. ދަރަނި ދަންތުރަ

    މި ބަލިމަޑުކަމާމެދު މިވެރިން ކަންބޮޑުވުމެއްނެތް ހަމައެކަނި ކެނެރިގޭ ބޮޑުވަޒީރާ ހެދިގެން ތެޅިއަރުވަނީ މިވެސް އެކަަމަކު ސޭހެކޯ ނަސީދު އިސްލާމްދީނަން ފުރައްސާރަކުރިޔަސް އޯކޭ މިނިސްޓަރ ކަން ލިބުނީމަ

    16
    1
  4. Anonymous

    މުނާފިގު ކަލޭގެ. މިވެރިކަން ނިމެންދެން ތިހެން ފުއްޕާ... ކޮލިގަނޑު ފުއްޕިފުއްޕީނުން ފަޅައިގެންދާނެ މިވެރިކަން ނިމުމާއެކު. ފޮށިތަންމަތި ބަނދެގެން ރައްކާވާންއުޅޭ މިހާރު.

  5. ކަބީރު

    ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮށްލުމާގުޅޭ ލިޔެކިޔުންތައް މިހާރު ކޮބައިތޯ؟ ޖާހަށްޓަކައި މަރުދޭ މުނާފިގެއް!

  6. Anonymous

    އިމްރަނު ކަލެޭ ތިީ ދޮގުވެރިއެއް

  7. ހަމްޒާ

    މަހައިރާން ވަނީ ނަށީދު އާއި ހަމަ ޖެހިގެންތިބި ދެ ބޮޑީ ގާޑުންނަށް ކުދިކުދި ޒަހަމްތައްވެލާފަ ނަށީދައް މިހާބޮޑުވަރުވީމަ! އެ ރޭޒާފުއްތަކުގަ ހުރީތަ ވަންނަންވި މީހާ ދަނެގަންނަކަހަލަ އިންޓެލިޖެންސް އެއް؟!! ނުފެރުއްޕާން. މީހަމަ ޑްރާމާ އެއް. ދައުލަތުން ކޮވިޑް ހުއްޓުވޭތޯ މާ މުހިންމު.

    8
    1
  8. ާދަލޭކް

    މިރާއްޖެއިން މިބަލި ޖެހޭ މީހުނާ ދޭރޭގައި ވިސްނާނެ ވަގުތެއް ނެތި މުޅިން އެހެން ކަން ކަމާ މެދު ވިސްނަނީ .ވޯޓު ބޭނުން ވީމަ ރައްޔިތުން ތިބޭކ ކަން އެނގިގެންދަނީ މިހާރު ވަރައް މިހިއްމު ކަމަ ކަަށް އިންޑިއާއިން ނެޓްވޯރ ކެއް ނުގެނެވިގެން އަޅުގަނޑުމެން ރައިޔަތުން ތެޅިވަރުބަލި ވަނީ ލޯބިވާ މައިން ބަފައިން ދަރިން އަނބިން ފިރިން އެ ކުވެރިން
    ޢަބަދައް ވަ ކިވެގެން ދިއުމުން ހާދަ ހިތާ ކުރެވެއޭ.

  9. އިބްރާހިމް

    އިމްރާނު ނުހަދާނެ ތެދެއް ، ދޮގެއް ހެދެންއޮއްވައި. ޑރ އަފްރާޝީމް އަލީގެ މަރަށް ފަންޑްކުރި މީހުންނާއިބެހޭ ލިޔެކިއުންތަށް މަނިކްފާނުވަނީ ރައްޔިތުންނަށް ދައްކާފައެވެ. ނަމަވެސް މަނިކުފާނު ހޯމްމިނިސްޓަރުކަމުގައި ދެއަހަރަށްވުރެ ގިނަވެގެންދިޔައިރުވެސް ރައްޔިތުންނާއި ގުޅުންހުރި އެހައި ބޮޑު މައްސަލައެއް ނުހިންގައި އޮތުމަކީ ވަރަށް ކަންބޮޑުވާކަމެކެވެ.

  10. ލައިބުރަރީ

    ނަޝީދަށް ދިންޙަމަލާގައި އެކަށީގެންވާ ކުރިއެރުމަކީ ކޮބައިކަމެއްނެއިގޭ. ހިތްހަމަޖެހޭވަރުގެ
    ކުރިއެރުމެއްލިބުނީތޯ؟ނޫނީ ވި އަނިޔާއަށް ހެޔޮވަރުގެ ކުރިއެރުމެއްލިބުނީތޯ؟