މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ހައްޔަރު ކުރި 4 މީހުންވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިމްރާން ހާޒިރު ކުރީ ތ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރެވޭނެ ދުވަހެއް ބެލުމަށް މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެކަމަކު، މަޖިލިހުގައި މެމްބަރުންގެ ފަރާތުން އިމްރާނަށް ބޮޑަށް ސުވާލްތައް އަމާޒުވީ ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅޭ ގޮތުންނެވެ.
އިމްރާން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ހަލުވި ކަމާއި އެކު ފެތުރެމުން ދާ މި ދަނޑިވަޅުގައި ފުލުހުންގެ ތެރެއިންވެސް ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ ތަހުގީގަށްވެސް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ކޮންމެއަކަސް ތަހުގީގު ކުރިއަށްދާ ސްޕީޑް އެންމެ ހިތްހަމަ ޖެހެއެކޭ ދަންނަވާކަށް ނުކުރޭ. ޕެންޑަމިކްގެ ސަބަބުން މިހާރުވެސް ހައްޔަރު ކުރެވިފައިވާ 4 މީހުންވެސް ވަނީ ޕޮޒިޓިވްވެފައި. އަދި ޓީމުގެ ވަރަށް ގިނަ އޮފިސަރުން ވަނީ ޕޮޒިޓިވްވެފައި، މީގެ ސަބަބުން އަޅުގަނޑުމެން އެންމެ ބޭނުންވާ ވަރަކަށް (ތަހުގީގު) ނުގެންދެވޭ" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުރަތަމަ މި ތަހުގީގު ފެށީ 450 އެއްހާ އޮފިސަރުންނާއި އެކުގައި ކަމަށެވެ. އަދި ފުރަތަމަ 24 ގަޑިއިރު އެ އޮފިސަރުން މަސައްކަތްކޮށްފައިވާ ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ގިނަ މަސައްކަތްތަކެއް ކުރެވި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.
ނަޝީދަށް ހަމަލާ ދިން ފަހުން ނިރުބަވެރިކަމާއި ގުޅުން ހުރި އިތުރު 14 މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވިއެވެ.
މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ވަނީ ހަމަލާއެއް ދީފައެވެ. ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ތިން މީހަކު ހައްޔަރުކުރިއެވެ.
މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކުރި އިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.
މީ ވަރަށް ނުރައްކާތެރި ވާހަކަ އެއް. ވަރަށް ބިރުވެރި ވާހަކަ އެއް ، މި މީހުންގެ އާޢިލާ ތަކުން ވިސްނަން ޖެހޭ ވަރުގެ ވާހަކަ އެއް.
މަހައިރާން ވަނީ ނަށީދު އާއި ހަމަ ޖެހިގެންތިބި ދެ ބޮޑީ ގާޑުންނަށް ކުދިކުދި ޒަހަމްތައްވެލާފަ ނަށީދައް މިހާބޮޑުވަރުވީމަ! އެ ރޭޒާފުއްތަކުގަ ހުރީތަ ވަންނަންވި މީހާ ދަނެގަންނަކަހަލަ އިންޓެލިޖެންސް އެއް؟!! ނުފެރުއްޕާން. މީހަމަ ޑްރާމާ އެއް.
މަވެސް ހަމަތިޔަހެން ހިތަށްއަރާ! ވަރަށްގިނައިން ތިހެން ކިޔަންވެސް ކިއިއްޖެ. ކީއްވެބާއޭ ހަމަ އެކަނި ނަޝީދުގެ ގަޔަށް ތިޔަބުނާ ފުއްތަކެއް ވަދެގެން މިދިޔައީ! ދެންތިބިމީހުން އެފުއްތަކަށް ނުފެނުނީ ބާއޭ! ހަމަ ހިތަށް އަރާލެއް ގިނަކަމުން ބުނެލީ.... މީގެ ލޮޖިކް އެނގޭ ކުއްޖަކު އޮޅުން ފިލުވާލަ ދީބަލަ ...
ކިހާ އުފާވެރި
މިހާރު ވިސްނުން އެހުރީ އެހަތަރުމީހުންވެސް ކޮވެޑޭކިޔާފަ ނައްތާލުމަށް ވަރަށް ވިސްނައި ފާރަވެރިވެ ތިބޭތި މައިމޫނާ ފަޓާސް