އޭނާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީން ފިޔަވަޅު އަޅާފައިވަނީ ޖަވާބުދާރީވާން އެއްވެސް ފުރުސަތެއް ނުދީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސައާ ދެކޮޅަށް ކުރާ ޖިނާއީ ތަހުގީގު ނިމެންދެން، އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އީސަ ވަނީ އެކަހެރިކޮށްފައެވެ.

އީސަގެ ބަހެއް ހޯދާލުމަށް "ވަގުތު" އިން މަސައްކަތް ކުރަމުންދާތާ ތިން ދުވަސް ފަހުން ރޭގެ ވަގުތެއްގައި ފޮނުވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވީ، ޕާޓީން ފިޔަވަޅެއް އެޅިކަން އެނގިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. ފިޔަވަޅު އަޅާފައިވަނީ އަސާސީ ގަވައިދުގެ ކޮން މާއްދާއާ ހަވާލާދީކަން އަންގާފައިނުވާ ކަމަށް ވިދާޅުވެ އީސަ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ނަމަ ގޮތުން ޕާޓީގެ މެމްބަރަކަށް ފިޔަވަޅު އެޅޭނީ އަސާސީ ގަވައިދުގެ އެއްވެސް ޝަރުތަކާއި ގަސްތުގައި ހިލާފުވުން ނުވަތަ ގަވައިދުގެ ދަށުން ހިންގޭ އެއްވެސް ގަވައިދަކާ ގަސްތުގައި ހިލާފުވުމުންނެވެ. (ށ) ގައި ބުނާ ގޮތުން ޕާޓީގެ އިއްޒަތަށް އަދި ޕާޓީ ހިފަހައްޓާ މަގުސަދުތަކާއި ބޭނުންތަކުގެ އިއްޒަތަށް ނުވަތަ ޕާޓީގެ މަސްލަހަތުތަކުގެ އިއްޒަތަށް ބުރޫއަރާނެ ނޭއްގާނީ އަމަލެއް ނުވަތަ ހިންގުން ނުވަތަ އަބުރު ގެއްލޭފަދަ ކަމެއް ހިންގާފައިވާނަމަ ފިޔަވަޅު އެޅޭނެއެވެ.

"ހުރިހާ ކަމެއް ޕާޓީންވެސް ކުރަވަމުން އެ ގެންދަވަނީ އަޅުގަނޑަށް ޖަވާބުދާރީވާނެ ފުރުސަތެއް ނުދެއްވާ. މައްސަލައެއް ބަލާ ކަމެއް އަދި ބެލިކަމެއްވެސް ނާނގާ. ވީމާ މަޖިލިސް ކޮމިޓީންވެސް އެ ފުރުސަތު ލިބޭނެކަމުގެ އުއްމީދެއް ނެތް،" އީސަގެ ޓެކްސްޓް މެސެޖްގައި ވިދާޅުވިއެވެ.

އީސަ އިޝާރާތް އެ ކުރެއްވީ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާއި ގުޅޭ ގޮތުންނެވެ. ކޮމިޓީގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީ އާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ފުލުހުންނާއި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން އެޗްއާރްސީއެމްގެ އިސް ބޭފުޅުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަން ވަނީ ހަމަޖެހިފައެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާދިން ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ އެކު އީސަ ހައްޔަރުކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. އީސަ ހައްޔަރު ކޮށްދިނުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ނުބެލޭތީވޭ ކްރިމިނަލް ކޯޓުން އަމުރު ނެރެއެއް ނުދެއެވެ. މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާ މެދު ޕީޖީން އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

މައްސަލާގައި، ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއް ފިޔަވާ އެހެން އެއްވެސް އެއްޗެއް އަސްރާ އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެެއެވެ. އަސްރާ އަކީ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އަދިވެސް އަނގަ ހުޅުވަން ކެރޭތޭ
  ހާދަ ލަދުކުޑަ އޭ ދޯ
  ނިކަމެތި އަންހެނަކާއި ކުޑަ ޅަދަރިއަކަށް ބިރުދައްކާފައި . ކޮންވާހަކައެއް. މިގެ ކުރީގައިވެސް ތިޔަ ޢީސަ އަޙައްމަދު ހުރޭ. ނުކިޔާ ކަމެއްވިމަ އެކިޔަނީ. ްްިްްިްްިްްްްިްްިްްިްްްިްްިްްިްްްްިްް އިސްތިއުފާ ދީ

  20
  6
 2. ފަވާޒު

  މިއީ ކޮންފަދަ ކަމެއް؟! ބަލަ އާދައިގެ ރަށްޔިތުމީހާ އަށް އޮންނަނީ ވަކި ހަމައެއްތަ ގާނޫނުގައި.؟ ކަމުގެ މުއާލާތް ކެނޑެންދެން ކަލޭމެންގެ ކަމަކީ ތި ނަޖިސް ފާޑަށް އުޅުން އެމްޑީޕީ މީހަކު ކުރުމުން އޯކޭވެފަ އެހެން މީހުން ކުރުމުން ކަޑަ.. މިއީ އިއްތިފާގެއް ނޫންކަން ރަށްޔިތުން ދަނޭ...

  11
  1
 3. މީޝާ

  އަސްރާ އެހަދަނީ ހުސް ދޮގު. އަހަރެން މިދިޔަ އަހަރު ދެފަހަރަކަށް އަޑުއެހިން އޭނަ ހުރި ވަރިކޮށްފައޭ.. ދެން އޭނައަކީ އެހާ ނިކަމެތި ކުއްޖެއްތަ، ގައިމު އެއްބަޑުއެއްބަފާ މީހުން އެތިބީ ބޮޑެތި މަގާމުގަ. ދެން އެހާ ނުލަފާ މީހަކާ އެއްގެއެއްގަ އުޅުނީ ކީއްވެ ޔޯ.. އަސްރާ އެއް ނުހުންނާނެ އަނިޔާ ކުރަތީ އާއިލާ މީހުން ކައިރީ އެވާހަކަ ނުބުނެއެއް. ހަމަ އަގު ވައްޓާލީ... އެޓެންޝަން ހޯދަން

  5
  9
 4. ކޮރަލް

  ކުރެވުނު ކަންތަކާ ލަދެއްނުގަނެ އެވެ.

  8
  2
 5. ޢަހޫ

  ޙައްޔަރު ކޮއް ޔޫރިން ޓެސްޓެޢް ހަދާލިނަމަ ވަރަށްސަޅިކޮއް ޖާވާބުދާރީވެވުނީސް

  10
  • aidhal

   Kihineh urine testeh hadhaanee, memembarehviyya.i

 6. އަލްޖިބްރާ

  ކަޑައެޅިގެން ބޮޑު ޖަރީމާއެއް ހިންގީމަވެސް ޖަވާބު ދާރީވާން ފުރުސަތު ދޭން ޖެހޭތަ ؟

 7. ބސޓޑ

  ތިހާ އިންސާފަށް ލޯބި ކުރާނަމަ އަމިއްލަޔަށް ޕޮލިހަށް ގޮސް ބަޔާން ދޭންވީ އެއްނުން؟
  ކަލެއާއި ހަމަޔަށް ތިޔަބުނާ ގާނޫނީ ދިގުއަތްވެސް ނުފޯރައިގެން އުޅޭކަންވެސް އިނގޭ ދޯ ؟