މިއަދު ރާއްޖެ އިން ކޮވިޑް ޖެހިގެން ހަތަރު ވަނަ މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 06:55 ގައެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 133 ވަނަ މީހާއެވެ.
ކޮވިޑް ޖެހިގެން ނިޔާވި ހަތަރު މީހުންގެ ތެރެއިން ފުރަތަމަ މީހާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ އުމުުރުން 81 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 02:02 ގައެވެ.
ދެ ވަނަ އަށް ނިޔާވެފައި ވަނީ 77 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވީ 03:18 ގައެވެ.
ތިން ވަނަ ނިޔާވެފައި ވަނީ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވީ 04:25 ގައެވެ.
ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ހަމީހަކު ވަނީ ނިޔާވެފައެވެ.
މީ މިއަދުގެ މިހާތަނަށް. ތިހެން އޮތީމަ ހީވަނީ މިއަދު ދެން އިތުރަށް މީހުން މަރުނުވާނެ ހެން
މަރަކަށް ފަހު މަރެއް... ސިޔާސީ އިސްވެރިން ނިދާފަ 😡😡😡😡