ރޭ މެންދަމުން ފެށިގެން ފަސްގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑް ބަލީގެ ފަސް މީހުން ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން ނިޔާވެފައި ވަނީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 134 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން ނިޔާވި ފަސް މީހުންގެ ތެރެއިން ފުރަތަމަ މީހާ އަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ އުމުުރުން 81 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ރޭ 02:02 ގައެވެ.

ދެ ވަނަ އަށް ނިޔާވެފައި ވަނީ 77 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވީ 03:18 ގައެވެ.

ތިން ވަނަ ނިޔާވެފައި ވަނީ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ. އޭނާ ނިޔާވީ 04:25 ގައެވެ.

ހަތަރު ވަނަ މީހާ ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 06:55 ގައެވެ.

މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ އަދިވެސް އަންނަނީ ބާރަށް ފެތުރެމުންނެވެ. މާލެ ފުރަބަންދު ކުރަން ޑޮކްޓަރުންނާއި އެޗްޕީއޭގެ ތަޖުރިބާކާރުން ނިންމި ނަމަވެސް އެނިންމުމާއި ރައީސް ސޯލިހް ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވަނީ މާލެ ފުރަބަންދުނުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. ނަމަވެސް މާލެ ފުރަބަންދު ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮލި މުލައް

    އަވަހަށް ފްލޯޓިންގ ހޮސްޕިޓަލްގެ ޚިދުމަތް ފަށަން ފެނޭ

  2. އަފޭ

    ރާއްޖޭގައި ތި ބިއުމުރުން ދުވަސްވީ މީހުން މަރުވެ ހުސްވާނީ ސަރުކާ ރުން ފައިސާ ދޭންޖެހޭ މީހުން މަދުކުރަން ވެގެން އަދިވެސް ފުރަބަންދު ނުކުރާނެ ތިއީ ތިމީހުން ކުޅޭ ގޭމެއް ޗައިނާ އެފަދަ ބޮޑު ގައުމު އެމީ ހުން ކޮންޓްރޮލް ކޮއްފަ އޮތީ

    6
    1