ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ނުކުރެވި އަތޮޅުތަކުގެ އިންތިޒާމު ދަށްކަމުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރީ 23 މެންބަރުންގެ ވޯޓުންނެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާނެ ކަމަަށް ދެ މެންބަރަކު ވޯޓް ދެއްވިއެވެ. މައްސަލަ ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މިއީ ކޮވިޑްގެ ހާލަތު މެނޭޖް ނުކުރެވި އަތޮޅުތެރޭގެ އިންތިޒާމުތައް ހުރި ހާލަތު ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅުއްވި މައްސަލައެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ހާލަތު ކުރިމަތިވި ފަހުން އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އޮތީ ވެސް އަތޮޅުތަކުގައި ވަސީލަތްތައް ގާއިމްކޮށް، އަތޮޅުތަކުގައި ބަލި ފެތުރޭނެ ހާލަތަކަށް ތައްޔާރުވެވިގެން ނުދާތީ،" ސައީދު ވިދާޅުވިއެވެ.

ދެ ފަހަރެއްގެ މަތިން ފައިސާ އޯވަޑްރާފްޓް ކުރާ މުއްދަތު އިތުރުކުރިއިރު، ރާއްޖޭން ބޭރުން ލިބުނު ހިލޭ އެހީތައް ވެސް މި ކަމަށް ހޭދަކުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ ނަތީޖާއެއް ފެންނަން ނެތް ކަން ސައީދު ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި މިދިޔަ ހަފުތާގައި ވެސް އިދިކޮޅު ކޯލިޝަނުން މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. އެކަމަކު، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުންދާ ދުވެލި އަނެއްކާ ވެސް އިތުރުވެ ހަތަރުވަނަ ރާޅެއް ބިންދާލާފައިވާއިރު ފާއިތުވި ހަފުތާތަކުގައި ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ފައްސިވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި، ފިޔަވަޅުތައް ހަރުކަށި ކޮށްފައިވީ ނަމަވެސް ހާލަތު ރަނގަޅު ވަމުން އަންނަ ތަނެއް ނުފެނެއެވެ. މި ދަނޑިވަޅުގައި ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރަން އާންމު ފަރާތްތަކަށް ސިއްޚީ މާހިރުން ދަނީ ލަފާ ދެމުންނެވެ.

ހާލަތު ގޯސްވަމުންދާއިރު މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މި ބަލީގައި ނިޔާވެފައިވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ މި މަހުއެވެ. މި މަހު އެކަނި 60 އެއްހާ މީހުން ވަނީ ނިޔާވެފައެވެ. އެއީ ނިޔާވި ޖުމުލަ މީހުންގެ ގާތްގަނޑަކަށް 45 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޕާރޓީ ސިސްޓަމް

  އަދިވެސް ވާނެ މަށަށް ވާނެޔޭ ކިޔާފަ އިންތިޙާބާ އެއްޗެހި ބާއްވަން. ތިމާވެށްޓަށް ވުރެ ތަރައްޤީ މުހިންމުވީހެން ރައްޔިތުންގެ ސިއްޙަތަށް ވުރެ ސިޔާސީ ނުފޫޒު މުހިންމު ވީމަ އެކަމުގެ ހިތި ނަތީޖާ ތިޔަ ފެނިވަޑައިގަންވަނީ. ދެން ކިޔާ ފަރުދީ ޒިންމާ އޭ، ރައްޔިތުންގެ މައްސަލަ އޭ. ހުރިހާ އިންސާނުން ވެސް ނިމިގެންދާނީ. ކަށްވަޅަށް ތި ދާއިރާތަކުގެ ގޮނޑިތަކާއި މަޤާމުތައް ގެންދެވޭނެ ކަމަށް ހީކުރަނީބާވައެވެ؟

 2. ދަރަނި ދަންތުރަ

  ކޮވިޑުން ސަލާމަތްވާން ބޭނުންތަ ؟ އެހެންވިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ، ފައިސަލް ނަސީމް ، ހުރިހާ ވަޒީރުން ، ކެނެރީގޭ މުހައްމަދު ނަސީދު ، އީވާ އަބުދުﷲ މިވަގުތުން މިވަގުތަށް އިސްތިއުފާދީ ، އަދި މިކަން ހައްލުކުރަން އެހެން ބަޔަކަށް ފުރުސަތުދީ ﷲ އިރާދަކުރެއްވިއްޔާ މިކަން ހައްލުކުރާނެ ﷲ ހެޔޮރަހުމަތާ އެކު ...

  13
  2
 3. ރައްޔިތުން

  ބެޑް ކެޕޭސިޓީ އިތުރު ނުކުރެވުން އެއީ ހަމަ ރައްޔަތުން ގެ ފަރުދީ ޒިންމާ އެތޯ؟؟؟ ވަގުތު ލިބި ކީއްވެ ނުވީ؟؟؟
  ކޮބާ ފުލޯޓިން ހޮސްޕިޓަލް ؟؟؟ ކޮބާ ވޯސް ސިނާރިއޯ އަށް ވީރެޑީ ؟؟؟
  ނޫސްވެރިން މަބްރޫކް އާ ސުވާލް ކޮއް ލާ

  • ޣުވަތު

   ބެޑްކެޕޭސިޓީއޭ ފަޅޮލޭ ނުކިޔާ ކޮވިޑުޖެހިގެން ކަރަންޓީނުކޮއްފަ ތިބޭ ގޭގޭގެމީހުން ފިހާރަތަ ކަށާއި ގެ ކައިރީގަ ހުންނަ ކެފޭތަކަށް ކޮފީބަލާ ނުދޭބަލަ

 4. ދޮނޭ

  ކޮވިޑްގެ ކަންކަން ނޫން ކަންކަން ތަޅަމަށް ވައްދައިފާސްކުރަން ވަރަށްވަރުހުރެއި މެޖޯރިޓި ގުރޫޕުން ސައީދު ތިކަމާއުޅޭނެކަމެއްނެތް އެމްޑީޕީއަކަށް ކޮވިޑް މުހިންމެއްނުވާނެ

 5. ޢަހޫ

  10މިލިއަށްރުފިޔާއަށް ޕާޓީ ބަދަލުކުރާމީހުން ފަޅޮލޭ ފުއްގިރިޔޭ ނުކިޔާ އިސްތިއުފާދީފަ އުފަންރަށައްދޭބަލަ.

 6. އާދަނު

  ސައީދު މެންގެ ވެރިކަމުގައި 5 އަހަރު އަތޮޅު ތަކުގައި ސިއްހީ ހާުލަތު ރަގަޅު ނުކުރީ ކީއްވެބާ..