ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާ ވަރުގެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ ދިފާއުކުރެއްވުމުން، ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ އޭޑީކޭގައި ނޫސްވެރިން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފަޅަށް ގެއްލުމެއް ލިބިވަޑައިގަންނަވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މިއަދު ކުރިޔަށް ދިޔަ މަޖިލީހުގެ ޖަލްސާގައިވެސް އިމްރާން ވަނީ އެރޭ ދެއްކެވި ވާހަކަ ދިފާއު ކުރައްވައި އެއީ އާއިލާއާއި ޑޮކްޓަރުންނަށް ހަވާލާދީ ދެންނެވި ވާހަކަފުޅެއް ކަމަށް ވިދާޅުވެފައެވެ.

އިމްރާން މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭނާ ވަނީ ރައީސް ނަޝީދަށް ހަމަލާދިން ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅަށް އޮޅުންފިލުވުމަކާ ނުލައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު ދެންނެވި އެއްޗެއް ދެންނެވީ އެތަނަށް ގޮސް، އެތަނުގައި ތިބި އާއިލާގެ މެމްބަރުންނާއި، އެހެންވެސް ބޭފުޅުންނާ ބައްދަލުކޮށްލުމަށް ފަހުގައި. ޑޮކްޓަރުންގެ ފަރާތުން އާއިލާއަށް ދިން މައުލޫމާތުތަކަށް ހަވާލާދީ އަޅުގަނޑު ދެންނެވީ." އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވުމާއި އެކު ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު، އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައާ ގުޅިގެން އާއިލާ އިން ކަންބޮޑުވެއްޖެ ކަމަށެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު އޭޑީކޭއަށް ގެންދިއުމަށް ފަހު 20 ގަޑިއިރު ސާޖަރީތަކެއް ހެދިއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އެންމެ ގާތުން ބެއްލެވި އެއް ބޭފުޅަކީ އެކަމަނާ ކަމަށެވެ. އަދި އެރޭ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުން ފިޔަވާ ހުރިހާ ވަގުތެއް ހޭދަ ކުރެއްވީ އޭޑީކޭގައި ކަމުގައިވާތީ ރައީސް ނަޝީދުގެ ހާލުކޮޅު ހުރި ގޮތާއި ގުޅޭ ގޮތުން ޑޮކްޓަރުން ހިއްސާ ކުރެއްވި މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެރޭ ޑޮކްޓަރުންގެ އެއްވެސް ބޭފުޅަކު އަދި އާއިލާގެ އެއްވެސް ބޭފުޅަކުވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުފައި ނުވާނެ ކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ޑޮކްޓަރަކުވެސް އަދި އާއިލާއަކުންވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަކަށް އެންމެ ފަހަރަކުވެސް އެވީ 20 ގަޑިއިރު ތެރޭގައި ވިދާޅުވެފައި އޮންނާނެހެން. އެހެންވީމަ އާއިލާ އާއި ހަވާލާދީ ވިދާޅުވި އެއްޗެއްކަމަށް ވިދާޅުވުމުން އިއްޒަތްތެރި ވަޒީރު އަޅުގަނޑު ހިތާމަކުރަން." އީވާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. މިހާރު އެމަނިކުފާނު ގެންދަވަނީ ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

މި ހާދިސާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ދުންމާރި

    މިޤައުމުގަ ކޮވިޑު ފެތުރި ކޮންޓްރޯލުން ނެއްޓި ޤައުމު އަތްނުފޯފާހިސާބަށްގޮސް ކޮވިޑުބަލިމީހުނަށް ފަރުވާނުދެވި ކޮންމެ ދުވަހަކު އެތަށް ރައްޔިތުންގެ ފުރާނަ ގެއްލެމްުންދާއިރު އަދި ރައްޔިތުން ހާލުގަޖެހި ޤައުމު އިނދަޖެހިގެންދާއިރު މިކަން މަޖިލީހުގެ މެމްބަރުންނަށް މުހިންމު ނުވެ ކެނެރީގޭ ނަޝީދުގެވާހަކަ އަބަދު މިދައްކަނީ މިޢައުމުގެ ރައްޔިތުންނަށްވުރެ ކެނެރީގޭ ނަޝީދު މަޖިލީހަށްމުހިންމީބާ؟؟؟؟

    131
    2
    • ތާޅަފިލި

      ތިޔަފާޅުކުރެއްވީ ހަމަ 100 ގެ ޚިޔާލެއް. މުޅި މަޖިލިހަށްވެސް، ގިނަ މީޑިއާތަކަށްވެސް ދިވެހި ރައްޔިތުން ތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ ރނ މުހިންމުވެގެން މިއުޅެނީ! ދުނިޔޭގެ އާބާދީގެ ނިސްބަތުން ހާލަތު އެންމެގޯސް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު، އަދި ކޮންމެދުވަހަކުވެސް އެއަތް ރައްޔިތުންނެއް މިދުނިޔެ ދޫކުރަމުންދާއިރު މިކަންބޮޑުވާ މަޖިލީހުގެ މެންބަރެއްވެސް ނެތް! ވަގުތުގެ ޓީމް ހިއްވަރާއި އެކު މިކުރާ މަސައްކަތުން ކޮވިޑް ގެ މަޢުޟޫމާތުވެސް މިލިބެނީ!

      70
      1
    • ދޮންބެ

      އިމްރާން އަބުދުﷲ އަކީ ވަރަށް ދޮގުހަދާ މީހެއް!! މީނާއެއްނު ބުނީ ހެންވޭރުކޮޅަށް މީހުން އެއްކޮށް ފާޑެއްގެ ގަނޑުތަކެއް ދައްކާފަ މިހިރީ ހެއްކޭ ކިޔާ ޔާމީންގެ ބޮލުގައި ކަނޑައެޅިގެން ރޯބުހުތާނު ދޮގުތުހުމަތުތައް އަޅުވާ މީހަކު މެރިކަމުގެ އިލްޒާމް އެޅުވީ! ދެން ދާދިފަހުން މިކަމާ ގުޅޭގޮތުން ސުވާލުކުރަން ފެށީމާ އެއީ ސިޔާސީ ވާހަކައޭ ކިޔާފަ ބޯދަމައިގަތީ!! މިއީ ފިތުނަ ފަސާދަ އުފެއްދުމާ ނަފްރަތު އުފެއްދުމާއި ރައްޔިތުންނަށް އޮޅުވާލުންނޫން ދެންކޮންކަމެއް! މީނާއަށް ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ދޮގުހަދާ ނަފްރަތުނއުފެއްދުން މިއީ!! ނަޝީދަށް އަނިޔާއެއް ނުލިބެޔޭ ކިޔާފަވެސް ވާހަތައް ދައްކަފަ މިހާރު ބޯދަމައިގަތީ ނަޝީދުގެ ފެމިލީ ބޮލަށްކަނޑާލާފަ!! މީނާއަކީ ތަނެއްދޮރެއް ދަންނަމީހެކޭ ނުބުނެވޭނެ!!

  2. އިންނު މުހައްމަދު

    ރައްޔިތުންގެ މަޖިލީހަ ކީ މިހާރު ފިތުނަ އުފައްދާ ބައެއް އުޅޭތަނެއް

    75
  3. Anonymous

    މިޤައުމުގަ ކޮވިޑު ފެތުރި ކޮންޓްރޯލުން ނެއްޓި ކޮންމެ ގަޑިޔަކު މީހަކު މަރުވަމުންގޮސް މަހަކު 60 ނުވަތަ 70 މީހުން މަރުވާއިރުވެސް އެމްޑީޕީ ބައިގަންޑަށް ގަމާރުންނަށްޤައުމު އަތްނުފޯފާހިސާބަށްގޮސް ކޮވިޑުބަލިމީހުނަށް ފަރުވާނުދެވި ކޮންމެ ދުވަހަކު އެތަށް ރައްޔިތުންގެ ފުރާނަ ގެއްލެމްުންދާއިރު އަދި ރައްޔިތުން ހާލު

    47
  4. ހަވާސާ އިބޫ

    މިޤައުމުގައި ކޮވިޑު ފެތުރި ކޮންޓްރޯލުން ނެއްޓި މަހަކު 70 މީހުން މަރުވާއިރު މިދިޔަ 24 ގަޑިއިރުތެރޭ 7 މީހުން މަރުވީ އިރުވެސް އެމްޑީޕީގެ ގަމާރުންނަށް މިފެންނަނީ ނަސީދު މީކިހާބޮޑު ވަބާއެއް!

    62
    1
  5. ބޯކިބާ

    ހެހެހެ، އާއިލާގެ ފަރާތުންވެސް ވާހަކަދައްކަނީ މަޖިލިސްތެރޭ، އެވޭލާ ޒަމާނެކޭ ނެތް އެއްވެސް ތަފާތެއް.

    62
  6. ނާޅ

    އިސްރާއީލް ދައުލަށް ބަލައިގަތުމަށް މަޖިލިހަށް ވެއްދުމައްޓަކައި އެއްބަޔަކު މަޖިލިސް މެމްބަރުން ބުލެކްމެއިލް ކޮށްގެން އެކަން ކުރަން އުޅެނީ، އަނެއްބަޔަކު ދުނިޔޭގެ ކަންކޮޅުތަކުގައި ތިބެގެން ފައިސާ އެއްކުރަނީ މެމްބަރުން ހޯދަން !

    45
  7. އަހުމަދު

    ޔާމީނަށް ހަމަލާދިނީމަ ލާދީނީ ފީވާ މެން މަލާމަތް ކޮއްފަ އަންނިއަށް ހަމަލާދިނީމަ ހާދަފޯރިއެއް ތިއަރަނީ ؟ ގައުމުގަ ބަލިމަޑު ކަމެއްގަ އެތައްބަޔަ ކު ނިޔާވާ އިރުވެސް އެކަމާ ކަންބޮޑުނުވެ މަޖިލީހުގަ ތިބި ބައެއްލާދީނީ އަންނިގެ އަޅުން ތަލަ ހަސަނާ ފީވާ ފަދަ މީހުން އަންނިގެ ވާހަކަ ދައް ކަން ލަދެއް ނުގަނޭތަ؟

    60
  8. ޖަޒީރާ ވަންތަ ކެހެރިނުފަޅަ ޖަނަވާރު

    މިސަރު ކާރު ގައި ތިބީ ހުސް ވަގުން އަތު ޖެހުނު އެއްޗެއް ބަޑަށް

    52
  9. ކެމެރޫން

    އަބަދު އަބަދު ނަޝީދުގެ ފުރާން ބަލަ އެކަހަލަ ފުރާނަތް މިގައުމުގައި މި މަރާލަނީ އަބަދު އަބަދު ނަޝީދޭ ކޮވެލި ގޮވާހެން ތިގޮވަނީ ބަލަ އީވާއަކަށް ނުފެނޭތަ މިމަރުވާ މީހުން މިގަމުގެ ނިސްބަތު ހާދަ ގިނަބަޔެކޭ މިދަނީ ތިމީހުން އިޙްމާލުން ދުނިޔެދޫކޮށްފައި އަދިވެސް ނަޝީދު ބަލަ ނަޝީދު އަދި މަރުނުވެ އިރާދަފުޅުން ދުނިޔޭގައި އެބަހުރި ނޫންތޯ އެހެންވީމާ ދެންގޮވާބަލަ ކޮވިޑް ކޮވިޑް ކިޔައިގެން މަރު މަރު ކިޔައިގެން ނުހައްގު ފައިސާ ކާލެއް ގިނަކަމުން އެތިބެނީ ވާނުވާއެއްގައި

    46
  10. ބެއްޔާ

    ނަޝީދަށް ބޮޑު ގެއްލުމެއްނުވޭ. ކަންތައް ބޮޑުކުރިޔަސް ނުވާކަމެއް ވިކަމަކަށްނުވާނެ.
    "ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނަށާއި، އިނގިރޭސި ވިލާތުގެ ރައްޔިތަކާއި ދިވެއްސަކަށް ޒަޚަމްތައް ލިބިފައިވެއެވެ." ތެޔޮހަންދިޔައީ.

    46
    2
  11. އިބްރާހިމް

    ރ ނަޝީދު ޖަރުމަނަށް ގެންދިޔައީ ރާއްޖެއިން ލިބެންނެތް ފަރުވާއެއް ހޯދަން . އަދި އެފަރުވާ ލަސްވެއްޖެނަމަ ނަޝީދުގެ ފުރާނައަށް ނުރައްކާވެދާނެތީ. އެމަނިކުފާނަކީ މުޅި ރާއްޖޭގެ އެންމެންގެ ލޯބިލިބިފައިވާ ބޭފުޅަކަށްވާއިރު އެމަނިކުފާނަށް ދިވެއްސަކު ޙަމަލާދީފާނެކަމާއިމެދު ޝައްކު އުފެދޭ. ރާއްޖޭގައި ބޭރު ޤައުމުތަކުގެ ސިފައިން އަދަދު ނޭނގޭވަރަށް ތިބިއިރު އެމީހުންގެ އަތެއް މިކަމުގައި ވުމަކީވެސް ޝައްކުއުފެދޭ ކަމެކެވެ.

    14
    40
  12. ދެން ޢާއިލާ ކައިރިން އަހަންވީނުން

    ""އަޅުގަނޑަކަށް ހިއެއް ނުވޭ ޑޮކްޓަރަކުވެސް އަދި އާއިލާއަކުންވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަކަށް އެންމެ ފަހަރަކުވެސް އެވީ 20 ގަޑިއިރު ތެރޭގައި ވިދާޅުވެފައި އޮންނާނެހެން."

    3
    7
  13. އުސްމާނުބެ

    މަންޖެ މިރޭ ވަތިސްވަންދެން މަޖްލިސް ހުޅުވައިގެން އިންނަވަންވީނޫތޯ ، ގެއްލުން ޔަގީން ވަންދެން..... ރަގަޅު ދެން ތިޔަވަރުވާކަންވެސް
    ކަލޭމެން ތިތަނައް ހޮވާފަތިބި ރައްޔިތުން ފަނާވަނީ ، ރައްޔިތުން ފަނާވަނީ އެކަމަކުވެސް އަދިވެސް ކަލޭމެންގެ އަމިއްލަ ކޯޅުމުގަ..

    24
    1
  14. ހައިހާ

    ގައުމު މިހާރު މިއޮތް ހާލަތަށް ތިޔަ އީވާ އަބްދުﷲ އަށް ކުރެވުނީ ކޮންކަމެއްތޯ.. ބެގީ ޖަހާފަ ދެއިރު ދެދަޅައަށް ތިދައްކާ ވާހަކަތަކަކަށް ރައްޔިތުންގެ ޝައުގުވެރިކަން ނެތްތާގައި މިކަހަލަ ޚަބަރުތައްފެނި ވާފޫހި އިތުރުވަނީ.

    32
  15. އެހެންވީރު އީވާ ދޭބަލަ.....

    އެހެންވީރު އީވާ ދާންވީނު، އެމަނިކުފާނު ފުރާނަ ގޮސްފިކަމަށް ނިންމައި، ކަށުކަމާކެމީގެ ކަންތައްތައް ހަމަޖައްސަން!

    30
  16. ޢިޔާބު

    ހަހަހަ.. މަޖާ ކަމެއްތީ. މަވެސް ރުޅި ގަދަވެއްޖެ.

    17
    1
  17. ކާޅު

    ގައުމުގެ ރަައްތަކަށް ވޯޓޭކިޔާގެން ކޮވިޑް ފަތުރާފަ ޕޮސިޓިވް މީހުންވެސް ވޯޓްލާން ނެރެ، މުޅިގަައުމުގެ ހުރިހާ ރައްޔިތުންނަށް މަރުގެ ހަމަލާ ތިދިނީ!

    30
  18. ނަކަލު ރެވެތި

    މި ހިންގަނީ ރަސްކަމެއް ނޫނޭ ބުނެވޭނެ ޖާގައެއް އެބައޮތްތޯ؟؟ މި މީހުންނާއި މިމީހުނަށް ސަނާހާ ކިޔާބަޔަކު މުޅި ސަރުކާރުގަވެސް... މުޅި މަޖިލީހުގަވެސް... ދެން މިކިޔަނީ އެއްބާރޭ... ދެބާރޭ.. ޖައްބާރޭ.. މިކެނެރީގޭ ވަބާއިން މި ގައުމު ސަލާމަތް ކޮށްދެންވާނދޭ.. އާމީން.

  19. އިންސާފު

    ތިޔަ މަޖިލީހަށް މިހާރު ކިޔަންވީ ނަމަ ކީ ކެނެރީ ގޭންގް

    10
  20. ކޮވިޑް

    ނަޝީދުގެ ބޮލުގައި ލާދީނީ ޓެގް އެޅިފަ ކުރިންވެސް އޮވޭ އެކަމް ރައްޔަތުންގެ ހިތްކުގައި އެ ޓެގް ހަރުކުރުވާ އެ ޓެގުން ސަލާމަތް ނުވާވަރު ކުރީ އިމްރާން މިކަން މި ޤައުމުގެ ހުރިހާ ރައްޔަތުން ހެކިވާނެ. ހަމަޔަޤީން ނަޝީދުގެ އާއިލާގެ އެއްވެސް މީހަކު މި އިމްރާނަށް ހިތްހެޔޮ ނުވާނެ. އަދި ދުވަހަކުވެސް އިމްރާން ނަޝީދު އަށް ހެވެއް ނޭދޭނެ 100%. މަތި އޮމާން ކުރަން އިމްރާނަށް އޮރިޔާމުން ފްޓްބޯޅަ ވެސް ކުޅެވިދާނެ. މިކަން އީވާ މެނަށް އެންގޭނެ.

  21. ކާޅު

    ރާއްޖެއިން ލިބެންއޮތް ފަރުވާއެއްނުލިބި ނިކަމެތި ރައްުޔިތުމީހާގެ ބަންޑަށްދަރިމަރުވާއިރު ސީއެންބިއުލޭސްގަޑެއްނުބޭއްވޭ..އެކަމަކުވެރިން ޖަރުމަނަށް! ޖޯކް

    11
  22. Haha

    ޙަމަ ނުވޭ.

  23. މަރުދުރު

    މިނިސްޓަރޫ. ދެން މިއަދުން ފެށިގެން ވިދާޅުވާންވީ ދެމަރު ނަޝީދު. އޭރުން ތިޔަ ބޭފުޅުން ވަރަށް އުފާފުޅުވާނެ.

  24. Haha

    މީގެން މީހެއް މަރުވީމަ ބައިގަންޑު ހޭއަރާނެ

  25. ނަޝީދުމ

    މިގައުމާދޭތެރޭ ވިސްނާބައެއް ނޫން މި އެމްޑީޕީ މީހުންނަކީ....މީނަޝީދުޒަމް ވެގެން އުޅޭ ބައެއް...

    10
  26. ހަސަނު

    20 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިމީހަކު 3،4 ދުވަހެއްފަހުން މަސައްކަތުގަ ޝާމިލުވި ޚަބަރު ލިބުމުން ، ޙަމަލާގައި ފުރާނައަށް ގެއްލުންވާ ވަރު ވިކަމާއި ، އަދި އެވަރުގެ ބޮޑު އޮޕަރޭޝަނެއް ހަމަކުރި ބާއޭ ހިތަށް އަރާސުވާލު އުފެދުނު. މާބަނޑު މީހަކު ވިހެއުމަށް ދަތިވެގެންހަދާ ސިޒޭރިއަން ހެދުމުންވެސް އެއްމެ އަވަސް ވެގެންވެސް 2 ހަފުތާވަރު ރަނގަޅަށް ތެދުވެ އުޅެން ނަގާ. ބަނޑުގެ އޮޕަރޭޝަނަށް ބަލާއިރު އަޅުގަޑުގެ ބައްޕަގެ އެވަރުގެ އޮޕަރޭޝަނެއް އިންޑިޔާގެ މަޝްހޫރު ހޮސްޕިޓަލަކުން ކުުރުމަށްފަު އައިސީޔޫ އިން ވޯޑަށް ދޫކުރީ 3 ހަފުތާއިން. ވަރަށް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  27. ނައުމީން

    ބަލާްއެއްނު މީދެން. ކޮން ނަށިދެއްތަ މިކިޔަނީ ދެނޭވާ ދޭތެރެއިން. ކޮވިޑުޖެހިގެން ދުވާލަކު ދިހަބާރަ މިހުންމަރުވާއިރު އެވާހަކަ ނަންވެސްނުގަނެ ދުއްޕާނެއްގެ ވާހަކަތިދައްކަނީ!!

  28. ވަހީދުބެ

    ރައީސް ނަޝީދު އަވަހާރައެއް ނުވޭދޯ. ކޮވިޑްބަލީގަ މީހުން މަރުވަމުންދާ ވާހަކަ ނުދައްކާ އެވާހަކައެކަނި ދައްކަން ހޮވާފަތިބިބައެއްތަތީ؟ރައްޔިތުން ހަނާވަމުންދާއިރު އެވާހަކަނުދައްކާ އެންމެ މީހަކަށް ވީކަމެއްގެ ވާހަކަތަ އަބަދު ދައްކަންވީ. ތީ ރައްޔިތުން ވޯޓްދީގެން ހޮވާފަތިބިބައެއްތަ ނޫނީ ރައީސް ނަޝީދު ތިތަނަށް ވައްދާފަތިބިބައެއްތަ؟ ތަންކޮޅެއް ބޮޑުވަރުދޯތީ. ކޮވިޑްއާބެހޭގޮތުން ސަރުކާރު ޒިންމާދާރުކުރުމަށް މީހަކު އެއްޗެއް ހުށަހަޅައިފިއްޔާ އެވާހަކަ ނުދައްކަންވެގެން ސުޕަރމެޖޯރިޓީން އެއެއްޗެއް ބޭރުކޮށްލާ.

  29. ސައިސް

    ބަލަގަ އެނައެނުންތަ ބުނީ މަރަގަޅޭވެސް
    ދެންމީކޮނަފޮތަބޮޑު އުދަގުލެއް ކޮންނަޝީދެއް ކިޔާކައްތަ ތިމަގަާމުގަ އިދެގެން ރައިތުފައިސާކައިގެން ރައިތުން ގެ ހާލުބަލާބަލަ. ތީންއެވެސް އެމްޕީއަކު ދިޔައިންތަ ފެސިލިޓީގަ ރައިތުންގެ ހަލުބަލައިލަން. ރައިތުން ނައް ކާންދެނީ އެކަށީގެން ވާކާއެއްޗެތޯ. ނޫނީ އެތަނުގަ ރައިތުންނައް މަދުވަނީ ކޮންކަމެއްތޯބެލީންތަ. މަދާވެސްވޯޓް ހޯދަންވިމަކާ އެނޫނޭ ރަިތުން ފެން ނައްވީ. މިގައުމުގެ ރައިތުންނައްހެޔޮ ނަޝީދު ނެތަސް

  30. ރާއްޖެތެރެ

    އީވާމެން ހީވަނީ ދޯ ތާއަބަދު ދިވެހިން ތާއީދު ކުރާނެކަމައް.

    • އިވަލޯ

      މަކުނުވާ 😂🤣