ކޮވިޑް-19 ގެ ކޮންޓްރޯލް ރާއްޖޭގައި ގެއްލިފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ ހަ ގަޑިއިރުގެ ތެރޭގައި މި ބަލި ޖެހިގެން ފަސް މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެ އިން މިހާތަނަށް މި ބަލީގައި 134 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި މަހު އެކަނި ވެސް ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 61 އަށް ވަނީ އަރައިފައެވެ.

މިއީ އެއް މަސް ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ދުވާލެއްގެ މައްޗަށް ކޮވިޑް ބަލީޖޭހޭ މީހުންގެ އަދަދު މިހާރު ހުރީ އެއްހާހުން މަތީގައެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ބަލި ކޮންޓްރޯލް ކުރަން ގުޅިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު ކަމަށެވެ. އަދި މިހާރު ކޯވިޑްގެ ކޮންޓްރޯލް އަތުން ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ބަލީގެ ކޮންޓްރޯލް އަތުން ދޫވެއްޖެކަން އަމިއްލައަށް ގަބޫލު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އުޅުނީ އެއް ބައެއް ކަމަށާއި އެ ޓީމް މިހާރު ކުރިއަށްވުރެ މާ ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް ފެތުރޭ ނިސްބަތް ކޮންޓްރޯލް ނުވާނަމަ މިކަން ކޮންޓްރޯލް ކުރުމަށް ސިއްޙީ ޚިދުމަތްތެރިން ކުރާ މަސައްކަތް ފެންނަ މިންވަރު ކުޑަ ވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހަސަދު

    ޑރ. މުހައްމަދު އަލީ މާގިނައިން ތެދު ހައްދަވާ ކަމަށް ވަންޏާ މަޖުލިހަށް ގެންގޮސް ބޭސް ކުރުމުގެ ހުއްދަ ބާތިލް ކޮށްފާނެ.

    62
    1
  2. ތިންކު

    ޑޮކްޓަރުން ރަގަޅުވާނީ މިޒާތުގެ ކޮމެންޓްތައް ނުކޮށް ބަލި މީހުންނަށް ފަރުވާދެވޭތޯ މަސައްކަތް ކުރުން. ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސްއޫލިއްޔަތު އުފުލަން ސަރުކާރުން އައްޔަނުކޮށްފައިވާ މީހުން ބަލީގެ ހާލަތު މިވަގުތު އޮތް ގޮތާމެދު އެއްޗެއް ބުނާނީ. އެމީހުން ބުނާ އެއްޗިއްސަށް ރައްދު ދޭނީ އޮޕަޒީޝަންގައި ތިބޭ މީހުން. އޮޕީޒީޝަން އަށް ބުނެވިދާނެ ކޮންޓްރޯލް ނުވާކަމަށް އަދި ކޮންޓްރޯލް ކުރަން ކުރަންވީ ކޮންކަމެއްތޯ އާއި ކޮންޓްރޯލް ނުވުމުގެ ޒިންމާ އުފުލަންވީ ކާކުތޯ. ޕްރެކްޓިސިން ޑޮކްޓޯރސް އެމީހުންގެ އޮޕީނިއަން ހާމަ ކުރުން މިވަގުތު ރަގަޅެެއް ނޫން.

    11
    66
  3. ރައްޔިތުން

    ބެޑް ކެޕޭސިޓީ އިތުރު ނުކުރެވުން އެއީ ހަމަ ރައްޔަތުން ގެ ފަރުދީ ޒިންމާ އެތޯ؟؟؟ ވަގުތު ލިބި ކީއްވެ ނުވީ؟؟؟
    ކޮބާ ފުލޯޓިން ހޮސްޕިޓަލް ؟؟؟ ކޮބާ ވޯސް ސިނާރިއޯ އަށް ވީރެޑީ ؟؟؟
    ނޫސްވެރިން މަބްރޫކް އާ ސުވާލް ކޮއް ލާ

    55
    4
    • ީިIsmail

      Kithanme baivaru endhu huhttas, faruvaadheyne meehun netheeyaa dheveyne tho? UK, France, Italy, polan USA ge bali meehunnah faruvaa nudhevuny hama mi Covid bayyah. Mi gaumuthakaky raajje ah vure hurihaa gothakyn kuryga ulhey gaumuthah. Enmen ekyga ulhegen bali control vaany. Positive ve, alaamai hure kithah meehun beyruga ulheny? Evaahaka thah ves dhahkkaalun muhinmu.

      2
      3
  4. ހެޔޮލަފާ

    މިސަރުކާރުގެ އިންނާނެ ބޮޑު ބަތްޕޮޅިއެއްވަރުގެ ދެކަންފަތް. އެކަމަކު ކިޔާކިޔާ އަނގައިގަ ގުއިރަހަލާއިރުވެސް މިމީހުން ކަހާތަން ހިރުވާވެއްނުލާނެ

    45
    1
  5. ސަމާ މާލެ

    ކަލޭމެންގެ ސަބަބުން ކޮންޓްރޯލް ގެއްލުނީ ވެސް. 2 ނަޒުލާ ޔާ ކެރެފާ ޔާ މައިމޫނާ، މި ސަރުކާރުން ނޫޅޭ ކޮވިޑް ކޮންޓްރޯލް ކުރާކައް. ސަރުކާރަށް އޮތީ ކޮވިޑް ޖެހިފަ.

    46
    9
  6. ޢުމަރު

    ތަންދޮރުު ނުފިލައިހުރި ނާޤާބިލް ވެރިޔެއްގެ ޤިޔާދަތުގައި ދިވެހިރާއްޖެ ހަފުސްވެއްޖެ! ދިވެހިޤަވްމުގެ ފެއިލްނުވާ ހަމަ އެންމެ ގުނަވަނެއްވެސްނެތް! އިޤްތިޞާދު ހަމަޖެއްސުމަށް މި ދަތި ދުވަސްތަކުގައިވެސް ފެލަނީ ރައްޔިތުން. އަދިވެސް ތިމާގެ ނާޤާބިލްކަން އަމިއްލަޔަށް އެގިގެން އިސްތިޢުފާދީ މިޤަވްމު ސަލާމަތްކޮށްދޭކަށްނުވޭބާވައެވެ؟

    38
    3
  7. Anonymous

    ކޮންޓްރޯލް ގެއްލުނީ ކޮންބައެއްގެ އިހްމާލުން ތޯ؟
    ކޮންޓްރޯލް ކޮށްގެން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ ވެސް ތިބީ މިޤައުމުގެ ވެރިންނޫން ތޯ؟ ނޫނީ އަދިވެސް ކުރީސަރުކާރު ތޯ. ރައްޔިތުން ގެ ލޮލުގައި އަނދުން އެޅުވުމަށް ނުކުރެވޭ ހުރިހާ ކަމެއް ރައީސް ޔާމީން އިސްތަށިފުޅު ގައި އަޅުވަމުން އައީ. މިއަދު ދިވެހި ރައްޔިތުން ނަށް ވ ސާފު. ރައީސް ޔާމީން ގެ ވައްކަން. ލަދުޙަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އިބްރާހީމް ކަލޭ އިސްތިއުފާ ދީ. ކަލެއަށް ދިވެހި ރައްޔިތުން ގެ ފުރާނައަކަށް ނުބެލުނު. އިންޑިޔާ ރުއްސޭތޯ ބެލުނީ. އަނގަވެސް ހުޅުވާލަން ނުކެރިފައި ތިހުރީ. މިދަރަޖައަށް ދާއިރު ރައްޔިތުން ނަށް ބައްދަލުކޮށް ލާކަށް ނުޖެހޭތޯ. ވައްލިއްޔުލް ޢަމްރަށް ކުފޫ ހަމަނުވޭ. އިސްތިއުފާ.

    33
    4
  8. އަޤީލަންބާ

    މައިމޫނާ މެން މަޤާމުގެ ދަހިވެތި ވީމަ ވާގޮތް މީ. ކެމްޕެއިން ތަންތަނަށް ދާން، އިންޑިޔާ މީހުން މެދު އިރުމައްޗަށް ދާން ކަރަންޓީނު ސެންޓަރަކަށް ރާއްޖެ ހަދަން ހުއްދަ ދިނީ މަޤާމު ގެއްލިދާނެތީ. ރައްޔިތުން މާ އިހުތިރާމް ކުރީސް ސިޔާސީ މީހުންގެ ފައިބުޑަށް ނުވެއްޓި އިސްތިއުފާ ދިންނަމަ.

    9
    1
  9. ނނނ

    އެމީހަކަށް ޖެހުނު އެއްޗެއް ހަފާ ކެއުން ނޫން ކަމެއް ނުވޭ

    12
  10. އާނާ

    ޑރ. މުހައްމަދު އަލީގެ ޒަމާން ތިދިޔައީ

    11
  11. މަޜީ

    މުޅިސިއްޙީދާިއިރާފުޑުފުޑުނ ކޮއްފި ރުފިޔާގަޑު ބަޑުއަޅާލައިގެން މިގައުމުގެ ދުވަސް ދުއްވާލައިފި ބަޣީ ހެލްތް މިނިސްޓަރ

    12
  12. ނަސީމްކެރަޕު

    ފަރުދީ ޒިންމާގެ ތެރެއިން ތިގޮލާވެސް ޒިންމާނަގަންޖެހޭ އިބުރާހިމާ އެއްވަރަށް.

    6
    1
  13. ފާތުން

    ދެންވެސް ވެރިމީހާ އަރާއިދެ ކަރުނަތިއްކެއްޖަހާލަފަ ރައްޔިތުން ވާވައްދާލާނީ. ކިބައިތޯ ދުވާލަކު އެތައް މީހުން މަރުވަމުން ދާއިރު އެބައިމީހުންގެ ހިތުގައި ރައްޔިތުންނާދޭތެރޭ އޮތް ކުލުނާ، އޯގާތެރިކަމާއި މަދަދުވެރިކަން؟ އޯގާތެރި ސަރުކާރުއޯ.!!!!

    11
  14. Anonymous

    ކިހާ ދެރަކަމެއް އިބުރާހިމާ ކަލޭ ދޭބަލަ އަލުން ކިޔަވަން. ވެރިކަން ވެސް ކުރެވޭނީ އެ ގާބިލްކަން ހުރި މީހަކަށް. ކުރަފި ސިކުނޑި އެއް ހުރި މީހަކަން ކޮން ގައުމެއް ހިންގޭނީ ފޫގަޅައިގެން ނިކުމެ ހުއްޓަސް. އެންމެން މަރުވެގެންދާއިރުވެސް މި މަރުމޯލު މި ހުންނަނީ ހަމަ ގޮތުގަ. އެންމެން މަރުވިޔަސް މަ އޯކޭޔޭ ކިޔާފަ

    5
    1
  15. ާއަހުމަދު

    އަންނަ އަހަރު މަބުރޫކަށް ދެއްވާނެ ލާމަސީލު އޮޅުވާލުންތެރިޔާގެ އާންމު ޚިދުމަތުގެ އިނާމް.

    11
    1
  16. ނާޅި

    ﷲ އިރާދަ ފުޅު ކުރައްވާ ގޮތަކަށް ދުނިޔޭގެ ކަންކަން ހިގަމުންދާނީ ! އެކަލާގެ އިރާދަ ފުޅު ނުކުރައްވާ ގޮތަކަށް ހަމައެއްކަމެއްވެސް ނުހިގާނެ !

    10
  17. ޝިރޯ

    ކޮބާތަ މިއުމުގައި ދައުވާކުރާމީހުން ހެކި އުފައްދާމީހުން ވައްކަންކުރަން ލަފާދޭމީހުން މި ގައުމު މިހަލަތަށް ވައްޓާލި މީހުންގެ މައްޗަށް ދައުވަ ނުއުފްލޭތާ؟ނޫނީ ހެކި ނެތީތަ ކަޑުގެ މަގުން އެއްގަމު މަގުން އިންޑިޔާ މީހުން އެރުވީ ކޮބާތަ އެމްޑީޕީ ކުދިން މަގުމައްޗަށް ނިކުންނާކަށް ނުވޭތަ ތިމީހުންނަށް ނުކުމެވޭނީ އެހެންބަޔަކަށް އެފުރުސަތު ނެތް އެހެންވީމާ އަވަސްކުރޭ މާލަސްވެއްޖެޔާ މިގައުމު ސަލާމަތްކޮށްދޭން މަތިން ބޭރުގެ ބަޔަކަށް މީހުންއެކު ވިއްކާލާނެ ޔަގީން މީ އެމީހުން ހަދަން ބޭނުންވާގޮތް މަޖްލިސް އެމީހުން ޖުޑިޝަރި އެމީހުން ބޭނުން ގޮތަކަށް ހަދާނީ ބަލަ އީސަގެ ކަންތަށް ވީގޮތް ކޯޓު އަމުރެއް ނުދިން މީހާލަތު ކިތަށްމެ ގޯސް ކަމެއްކުރިޔަސް އޯކޭ

  18. ސދފސދ

    ޑޮކް، ތިއީ އަހަރުމެންގެ އުއްމީދު. ތިކަހަލަ ބޭކާރު ވާހަކަ ދައްކައިގެން ހުއްދަ ބާތިލް ކޮށްލާނެ.
    އެއިރުންވެސް ހާލުގައި ޖެހޭނީ އަހަރުމެން.
    ވީމާ މިނިކމެތިންނަށްޓަކައި މަޑުން ހުންނެވުން އެދެން

    11
    1
  19. ރެފްރީ

    ޝު ކުރިއްޔާ ޑޮ ކްޓަރަށް ..
    މިފަދަނާޒު ކުދަނޑިވަޅެއްގާ ސިއްރުނު ކޮށް ހަގީގަތަށްބުނުމަ ކީ
    މިޖަހާވެ ކްސިނަށްވުރެންވެސް
    ފައިދާބޮޑުއެއްޗެއް

    3
    1
  20. ރެފްރީ

    ކޮވިޑް ކޮންޓްރޯލްވެސް މަޖިލީހުންއޮތީނަގާފަ

  21. ދެރަ

    ގެއްލުނީ ޑޮލަރާގެން އުޅެން ފަށާގެން އިންޑިޔާގެ ރޯގާ ހެސްކިޔާފަ ފެތުރެމުން ދަނިކޮށް އިންޑިޔާގެ ކަރަނޓީނު ވެސިލިޓީއަކަށްރާޖެހަދާ އެމީހުން އެކި ޤަވްމުތަކަށް ދަރުތުކުތާ މެދުވެރިއަކަށް ހެދުމުގެ ސަބަބުން. މިހާރު ކޮމާ އެކުވެރި މޯދީ

  22. ޓެރޭ

    މިތިބި ޑޮ ކްޓަރުންނޭ ވެރިންނޭ ސައިންސްވެރިންނޭ ! ތިޔަބައިމީހުންގެ ހުސިޔާރު ކަމަ ކުން ބާރުވެރި ކަމަ ކުން ބޭސްވެރި ކަމަ ކުން ބަލި ފިލާ ހަމަހިލާ ނުދާނެ ކަން ދަންނާށެވެ
    އިލްމުވެރިންނޭ ހަގީގީ ސަބަބުތަ ކުގައި ސާބިތު ކަމާ ޔަގީން ކަމާއެ ކީ ހިފާށެވެ ﷲގެ ގެ ކޮޅުތައް ފަޅުނު ކުރާށެވެ 5 ވަގުތު ނަމާދާ ހު ކުރު ނަމާދު ޖަމާއަތުގައި ކުރަން ފަށާ ﷲއަށް ދުޢާ ކުރުމުން ގައުމު ގުގުމާލާށެވެ، ދުޢާ ކުރުމާ އަޅު ކަން އެއް ކިބާ ކުރުމީ ބޮޑުވެގެންވާ އަނިޔާއެ ކެވެ ތިޔަޖާހިލް ކަމުގެ ސަބަބުން އެއްމެހައި މީސްތަ ކުންﷲގެ ކޯފާ އަށް ހުށަހެޅިޔަނުދޭށެވެ. .

  23. ޔ

    ހުރިހާއެންމެންގެ އުޅުންއިސްލާހު ކޮށް ފުރިހަމަތައުބާ އަ ކުންތްއުބާވެފަ ﷲ އަށްދުއާ ކޮށްބަލަ. ޔަޤީން ވަރަށްއަވަހަށް މި ކަމުންސަލާމަތް ކުރައްވަވާނެ ކަން