ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާ އިން އިންތިހާ އަށް އުނދަގޫ ކުރާ ކަމަށް އިންޑިއާގެ ޓްރިވަންޑްރަމްގައި ކުރިން ހުންނެވި ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާކުރުމުގައި މައްސަލަތަކެއް ދިމާވަމުންދާތީ އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިގެ ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިއާގެ މައި ސަރުކާރުގައި ދެންނެވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަލީ އާދަމް ވިދާޅުވީ ދިވެހިން ވެސް އިންޑިއާ އަށް ގޮސް އުޅެނީ ޒަރޫރީ ބޭނުންތަކުގައި ކަމަށާއި ނަމަވެސް ވިސާ އަށް ދަތިކޮށް އިންތިހާ އަށް އެގައުމުން އުނދަގޫ ކުރާ ކަމަށެވެ.

"ދެ ގައުމުގެ މީހުން ވެސް ދެ ގައުމަށް ގޮސް އައިސް އުޅެނީ ޒަރޫރީ ބޭނުންތަކުގައި. ބޮޑަސް ކުޑަޔަސް އުނދަގޫވީމަ ހަމަ ކޮންމެ ގައުމަކަށް ވެސް އުނދަގޫވާނެ" އަލީ އާދަމް ވިދާޅުވިއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖަށް އެޑްރެސް ކުރައްވާ ކެރަލާގެ ޗީފް މިނިސްޓަރު ވިޖަޔަން ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވިސާ އާއި ވޯކް ޕާމިޓް އާކުރަން ހުށަހެޅުމުން މީގެކުރިން ހަފްތާއެއްގެ ތެރޭގައި އެކަން ހަމަޖެހިގެން ދިޔަ ނަމަވެސް މިހާރު ވިސާ އާއި ވޯކް ޕާމިޓް އާކުރަން ދަތިވެފައިވާ ކަމަށެވެ.

އިންޑިއާގެ 30000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި މަސައްކަތް ކުރާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކެރަލާ މީހުން ކަމަށާއި އެހެންކަމުން ގައުމީ މައްސަަލައެއްގެ ގޮތުގައި އެކަން ބަލައިގަނެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އާންމުކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ކޮންމެ އަހަރަކު އެއްފަހަރު ވިސާ އާކުރަން ޖެހެއެވެ. އިންޑިއާގެ މީޑިއާތަކުން މިދިޔަ ހަފްތާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވޯކް ޕާމިޓް ހޯދަން ހުށަހަޅާފައިވާ 2000 މީހުންގެ ވޯކް ޕާމިޓް ހުއްދަ ރާއްޖެ އިން ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑާޑާޑާޑާ

    ނުޖެހޭނެ އިންޑިއާ މީހުންނަށް ވާރކް ވިސާ ދޭން ރިސޯރޓްސް ތަކުން ނުޖެހޭނެއޭ އަދި ލަންކާ މީހުންނަށް ވެސް ނުޖެހޭނެއޭ މަހަކު 20 ހާސް ޑޮލަރުން ފެށިގެން އައިސް މަހަކު 1000 ޑޮލަރާއި ދެމެދު ހުރިހާ މުސާރަ ތަކުގައި ރާއްޖޭގައި ހުރިއްޔާ ހުރި ހުރިހާ ރިސޯރޓްސް ތަކުގައި ތިބީ އިންޑިއާ އަދި ލަންކާ އަދި އޮސްޓްރޭލިޔާ މީހުންނޭ މިވާހަކަ އިމިގްރޭޝަން ކޮންޓްރޯލަރ ނުދައްކަނީ ކީއްވެތޭ މިއިން މަގާމަކަށް ދިވެއްސަކު އެޕްލައި ކުރި ނަމަވެސް ދިވެއްސަކު ރިސޯރޓްގައި ހުންނަ ދޮން ޖީއެމްގެ އިންސްޓްރަކްޝަން އަށް ޝޯރޓް ލިސްޓް ވެސް ނުކުރެއޭ މީ މަމެން ނުދަންނަ ކަމެއް ނޫނޭ މިކަން ކަމަކީ އެއީ ސީދާ އިމިގްރޭޝަން ކޮންޓްރޯލަރ އަށް އެގިގެން އަންޑަރގްރައުންޑް ނެޓް ވާރކް އެޅިގެން ހިނގާ ކަންކަމޭ ނުޖެހޭނެ އިންޑިއާ މީހުންނަށް ރިސޯރޓްސް ތަކުން ވާރކް ވިސާ ދޭން އަދި ލަންކާ މީހުންނަށް ވެސް ނުޖެހޭނެއޭ ވާރކް ވިސާ ދޭން މަޓީން ބުނި ނަމަވެސް ނުޖެހޭނެއޭ ދޭން މަޓީ އެއީ ދެން ވަކި ކޮންބަޔެެއްތޭ އެތަނުގައި ތިބެނީ އެއި ދަގަމާރު ދަބީތާއިންތޭ މަޓީގެ ބޮޑުންގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ ރާއްޖޭގެ ރިސޯރޓްސް ތަކަކީ އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ހިއްސާ އޮންނަން ޖެހޭނެ އޮންނަ ތަނެކޭ ދިވެހިރާއްޖެ އަކީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރަން ޖެހޭނީ ސްޕެޝަލީ ރިސޯރޓްސް ތަކުގެ ހުރިހާ މަގާމް ތަކެއް ދޭން ޖެހޭނީ ދިވެހިންނަށޭ މަމެން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ ބެކް ބޯންގެ އިންސަައިޑް ސްޓޯރީ އެއް ގޮތަކަށް ވެސް ބޭރުމީހުންނާއި ޝެއާރ ކޮށްގެން ނުވާނެއޭ އަދި ބޭރު އެކަކަށް ވެސް ރާއްޖޭގެ އެއްވެސް ރިސޯރޓެއް ގެ ވަޒީފާ އެއް ދީގެން ނުވާނެއޭ ރިސޯރޓް ޕްރޮޖެކްޓެއް ހިންގާ ނަމަ މަސައްކަތު މީހުންގެ ގޮތުގައި ގެނޭ ބަންގްލާދޭޝް އިން އެކަނި މީހުން އެހެން ހުރިހާ މީހުންނަކީ އެއީ ވާން ޖެހޭނީ ދިވެހިންނަށޭ މިހާރު ދިވެހިން އެބަތިއްބޭ މިކަން ކުރެވޭނެ މިކަން ކުރާ. މީ މަމެންގެ ވެރިކަން އަދި މީ މަމެްންގެ ގައުމު ދޯ ފެބް އެކެއްގައި މިގައުމު ސަލާމަތް ކޮށްދިނީ މަމެންގެ ހިތްވަރުންނޭ މަމެން ނުނިދަމޭ އަދި ފެބް އެކެއްގެ ފަހުން މަޓީ ބޮޑުން ތައް އަރާމު ކުރަނީއޭ ރާއްޖޭން ބޭރުގައި ތިބެގެން އެމެން ބުނާ ގޮތް ނޫނޭ ހަދަން ޖެހޭނީ މަމެން ބުނާ ގޮތޭ ހަދަން ޖެހޭނީ ސަމްބަޑީ ހެލްޕް މައި ސޯލް ނައު އައި ޕްރޭ މައި ވިޝް ވުޑް ބީ ޓޭކެން ކެއަރ އޮފް އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

    • އިބްރާ

      އަތޮޅު ފިހާރަތަށް ހިސޯރުކޮށްގެން ޖީއެސްޓީއަށް މަކަރުހަދައިގެންއުޅޭ އިންޑިޔާގެ ނައްލަ ޕިންޑޭން ހަމަމިހިނދުން މިހިނދަށް ވިސާބާތިލުކޮށް ފޮނުވާލުމަށް ސަރުކާރަށް ގޮވައިލަން.

  2. ތަމީމް

    އިންޑިއާއަށްވެސް ވިސާ ދޭން ޖެހޭނެ! ވިސާއަކީ ހަމައެކަނި ޗައިނާ އާއި، ސައުދީއަށް ދޭންޖެހޭ އެއްޗެއް ނޫނޭ..! ފުރަތަމަ ތި ކުޅިގަނޑު ފެއްޓީވެސް ރާއްޖެއިން..

    • އެހެނެއްނޫން

      ވިސާ ކުޅިގަނޑު ފެއްޓީ އިންޑިޔާއިން ރައީސް ވަހީދުގެ ދުވަސްވަރު.. ޚުދު އަހަރެންވެސް ދިޔައިން ރާއްޖޭގެ ކުންފުންޏަކަށް ޔޫރަޕުގެ ބޮޑު ކުންފުންޏަކުން އިންޑިޔާގައި ހިންގާ ޓްރެއިނިންގ ސެންޓަރަކުން ދަޢުވަތު ލިބިގެން ވިސާ ޖަހަންވެގެން.. އެކަމަކު އެތާ އެއުޅޭ އިންޑިޔާ އަންހެންމީހާ ހަމަ ދިމާލަށް ބުނި ވަރަށް ރޫޑުކޮށް ކަލޭމެން ކަލޭމެންގެ ސަރުކާރަށް ގޮސް މައްސަލަ ޖައްސާށޭ.. އެމީހުން ހީކުރީ ދެން އެދުވަހު ބޭނުން އެއްޗެއް ހެދިދާނެޔޭ.. ބަލަ ގޭގަ އިނދެގެނެއް ނޭނގޭނެދޯ މި ވިސާގެ ކުޅިގަނޑު ފެށީކޮންބަޔަކުކަމެއް..

    • ނުރަބޯ

      އިންޑިއާގެ ގޮނޑިކޮއްކޮ ކެރަފާނަޝީދުގެ ނުފޮރުއްޕާނާހެދި ރައީސް ވަޙީދުގެ ދުވަސްވަރު އިންޑިއާ ހީކުރީ މިއީ އިންޑިއާގެ އަވަށެކޭ. ރާއްޖޭގައި ހުރި އިންޑިއާގެ ސަފީރު ކާރުގެ ދިދަ ފޮޅުވާލާފައި ދާގޮތައްގޮސް މޫނު ހުތުރުކޮށްގެން ހުރެ ނުވަދެވޭނެ ސަރުކާރުގެ މުވައްސަސާއެއް އެއިރަކު ނުހުރޭ. ތިޔަވިސާގެ ބޭނުމުގައި އިންޑިއާ އެމްބަސީދޮށުގައި މުނާޖާ ކޮނޑުއަޅައިގެން ވެހޭހާވާރެއެއްގަޔާ ދިއްލާހާ އަތްވެއްގައި ކިޔޫހަދައިގެން ދިވެހިން ތިބިތަން އަހަރެމެން ދުށިން. އެހެންކަމުން ވިސާ ދަތިކުރުމުގެ ކުޅި ކުރިން ފެށީ އިންޑިއާއިން. މަޝްހޫރު ފެބް1ގެ ބަޣާވާތުގެ އަމުރު ތަންފީޒު ކުރުވަން އިންޑިއާއިން ދިވެހި ސަރުކާރަށް ކުރިމަތިކުރި ފިއްތުން ތަކާ ބިރުދެއްކުން ތަކުންވެސް އެނގިގެންދޭ އިންޑިއާގެ މަގްޞަދު.

  3. ސައްޕޭ

    ޑާޑާޑާޑާ، މަގޭ ފުރިހަމަ ތާއީދު ތިޔަ ލިޔުން ކޮޅަށް، ވަޒީފާ ދިނުމައްޓަކައި ރާއްޖޭ ރިސޯޓު ތަކުން ދިވެހިންނަށް އެއްވެސް ވަރަކަށް އިސްކަމެއް ނުދޭ، ޚާއްސަކޮށް ލަންކާ އާއި އިންޑިޔާ މެނޭޖުމެންޓުން ހިންގާ ރިސޯޓުތަކުގައި، އެމީހުން ދެކެނީ ދިވެހިންނަކީ ވަލުޖަނަވާރުން ނޫނީ އެއަށްވުރެވެސް ދަށުބައެއްގެ ގޮތުގައި، މިއީ ސަތޭކަ ޕަސެންޓް ދިވެހި ސަރުކާރުގެ އިހުމާލުންވާކަމެއް، އަހަރެމެންގެ ބިމުގައި ބޭރުބަޔަކު އަހަރެމެން އަޅުވެތިކޮށް ބާކީ ކޮށްލުމަކީ އެއިރަކު އޮންނަ ސަރުކާރެއް ލަދުގަންނަން ޖެހޭކަމެއް، މިކަމާ ކިތައްމެވަރަކަށް ސަރުކާރުގެ ކަމާއި ބެހޭފަރާތަށް ހުށަހެޅިއަސް ވާކަމެއް ނޯވޭ، އެކަން އެގިއްޖެއްޔާ ވަޒީފާއިން ވަކިކޮށްލަނީ،

    • ތެދެއް

      ތިވެސް ހަމަމަގަށް އެޅެންޖެހޭ ކަމެއް..!

  4. ހީވާގި

    ބުނަން މިމީހުން ބުނާއިރު ހީވަނީ މިއީ އިންޑިޔާގެ ސްޓޭޓެއްހެން..މިވިސްނުން އިންޑިޔާމީހުންގެ ބޮލުން ނެއްޓިގެންގޮސް މިރާއްޖެޔަކީ ދުނިޔޭގެ ގައުމުތަކުގެ މިނިވަން މުސްތަގިއްލު އ.ދ ގެ މެމްބަރު ގައުމެއްކަމާއި މިގައުމަކީ ދުނިޔޭގެ ޓުއަރިޒަމްގެ އެންމެ މަގުބޫލު ނަމޫނާ މަންޒިލެއޮކަމާއި..މި ގައުމަކީ ސުލްހަ މަސަލަސްކަމާއި އަމާންކަމާއި ހިތްހެޔޮކަމުގެ އަހުލުވެރިން ތަކެއް ދިރިުޅޭ ގައުމެއްކަމާއި..މުޅިދުނިޔެއާއެކު މުއާމަލާތްކުރާ ދިމުކުރާތީ %100 އިސްލާމީ ގައުމެއްކަމާއި ވަކިކަނޑެއްގަ އޮތީތީވެ ސަރ ޖީ މެން ބުނެގެން ދިވެހިންގެ މިނިވަންކަމާއި ދީނާއި ސަގާފަތާއި އުފެއްދުންތެރިކަން ވަކިގޮތަކަށް ބަދަލުކުރަން ނުޖެހޭނެކަން ރަނގަޅަށް ވިސްނުވާދޭން އެބަޖެހޭ! ދެގައުމެއްގެ ދެމެދު ވިޔަފާރިޔާއި އެހެނިހެން މުއާމަލާތް ކުރެވޭނީ ދެކޮޅަށް ދުއްވާމަގެއްގަ...ރަނގަޅަށް ތިމީހުންނަށް ފިލާވަޅު އުނގެނޭވަރު ކުރަންޖެހޭނެ! ޏުޖެހޭ ވަކިބަޔަކަށް ވޯރކްޕާރމިޓު ދޭކަށް...ވަޒީފާ އުފައްދަނީ ރައްޔިތުމީހާގެ ޕްރޮޑަކްޓިވިޓީ ނެރެން..އެމީހާ ނުފެނިއްޖެ ހާލަތެއްގަ މީހުން ހޯދާނެ ގައުމުތަށް ސަރުކާރުން ކަނޑައަޅާނީ ގައުމަށް އެންމެ ފައިދާހުރި އެންމެ ރަށްކާތެރި ގޮތްތަކަށް ބަލާފަ..! 30000 މީހުންނަކީ ކިޑަ އަދަދެއްނޫން...ދެން ހެޔޮ ދެން ހެޔޮ..15000 ދަށްކުރޭ! މިޔަންމާ..މެލޭސިޔާ..ކެމޮބޯޑިޔާ..ތައިލޭންޑް ނޭޕާލް..ބޫޓާން ފަދަ ގައުމުތަކުގެ މީހުން ހާދަ ހީވާގިވެފަ މުރާލިޔޭ..މަސަތްކަތުގެ ކޮލިޓީޔާއި ޑިސިޕްލިންވެސް ވަރަށްފުރިހމަ..އަހަރުމެންގެ ވަޒީގެ ބާޒާރުވެސް މިހާރު އަޕްރޭޑް ވެއްޖެ..މިހާރު ކެރެލާއިންނާ މުއްލިކުލަބުންނާ ތަންތަނުން މީހުން ގެނެސްގެން ޓްރެއިނިން ކޭމްޕް ހިންގާނެ ވަގުތެއްނެތް..އިންވެސްޓްކުރާ ބޭންކްތަކުން ޓްރެއިނިން ކޭމްޕް ހިންގަން ފަންޑެއްނުކުރޭ..! އެ ވަގުތެއްވެސް ނުދޭ..! ޢިޓްސް ޖަސްޓް ސީރިޔަސް ބިޒްނެސް

  5. ބުރަފަތި

    މީނާ އަކީ ކުރިން އިންޑިޔާގަ އެއާޕޯޓް ކައިރިން ގެޔެއް ކުއްޔައް ހިފައިގެން ދާދާ ހެދިގެން ބޮޑެތި ޖަރީމާތައް ހިންގަ ހިންގާ ހުއްޓާ ފަހާލި މީހެއް ޖަރަީމާ ސަރުކާރު އައިސް އިރުރު ޖަރީމާ ހިންގަން ފޮނުވީމަ ކުޅުދުފުށީ ހޮސްޕިޓާ ކަޓް ނަގާފަ ވިއްކާލީ ވަރައްސަޅި މިހާރު އަގަތަޅާން

  6. އިންދިސް

    ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާ އިން އިންތިހާ އަށް އުނދަގޫކުރާނަމަ ސަރުކާރުން ދަންނަން ޖެހޭނެއޭ މިރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނަކީ އެއީ ދެން މާ ބޮޑަށް ދުރުވިސްނޭ ވިޝަނަރީ ބަޔެއް ނޫން ކަން އެހެން ނަމަ ރާއްޖޭގެ ރިސޯރޓްސް ތައް އުފެދިގެން އައީ %100 ދިވެހިން ތިބެގެން ރިސޯރޓްސް ތައް ތަރައްގީ ވަމުން އައި ވަރަަކަށް ދިވެހިން ބޭރު އަރުވާލާ ރިސޯރޓްސް ތައް ހިންގާ އާލާތުން ބޭރު މީހުން ގެނައީ ތަފާތު ބަހަނާ ދައްކާފައޭ ދިވެހިން ނަކީ ކަންނެތް ބަޔަކަށް ވާއިރު އެމެން ހީވާގި ކުރަން ސަރުކާރާއި މަޓީ އާއި ގުޅިގެން އެމެން ސިންގަޕޯރ އަދި ޖަޕާން ފަދަ ގައުމު ތަކަށް ގެންގޮސްގެން އެމެން ތަމްރީން ކޮޮށްގެން ވަރުގަދަ ޖީލެއް ތަމްރީން ކުރަން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރި ބީތާ ދަ ހަރާމްކޯރު ނަގޫކެނޑިން މަސައްކަތް ކުރިނަމަ މިއަދު އިންޑިއާ އާލާތުންނަށް ރިސޯރޓްސް ތަކުން ވިސާ ނުދީގެން އެއާލާތުން ފެލެން ނުޖެހޭނެ އެއް ނޫންތޭ އިންޑިއާ އަދި ލަންކާ އާލާތުންނާއި ހެދި ކިހާ ބޮޑު ބަލާ އެއް ނޫންތޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އަނދިރީތޭ މިފަދަ ކަންކަން ތަމެން ނަށް ނުފެންނަނީ. މިކަންކަން ކެބިނެޓް މިނިސްޓަރުންނަށް ފެނިގެން އެމެން ރަނގަޅު ނުކުރާނެއޭ މިކަން ރަނގަޅު ކުރާނީ ކުރެވޭނީ ވެސް ރައީސް އޮފީހުން މިކަމުގައި އިސް ނަގައިގެންނޭ ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ ކެބިނެޓް އެއްވެސް މިނިސްޓަރެއް ނުހުންނާނެއޭ ރާއްޖޭގެ އެއްވެސް ރިސޯރޓަކުން ދެން ރާއްޖޭން ބޭރު އެކަކަށް ވެސް ވާރކް ވިސާ ދެން ދީގެން ނުވާނެއޭ ދީގެން ނުވާނެއޭ ދީގެން ނުވާނެއޭ ނުވުމުން ދެން ދިމާވާ މައްސަލަ ތައް ހައްލު ކުރާނީ ސިފައިން ނެރެގެން އާޖެންޓް ކޮށް ކުރަން ޖެހޭ ކަން މީ މަމެންގެ ގައުމޭ އިން ދިސް ކަންޓްރީ އަވަރ ސްޓޭކްސް އާރ ކްއައިޓް ހައި ފޯރ އަސް ބްލަޑީ އިންޑިއަންސް އެން ބްލަޑީ ލަންކަންސް ޓު ބީ ތްރޯން އަވޭ އިން ދިސް ކަންޓްރީ އަވަރ ސްޓޭކްސް އާރ ހައި ފޯރ އަސް ޖަސްޓް ސޭ އިނަފް އިޒް އިނަފް އައި ޑޯން ވޮނާ ސީ އަދަރ އޮލްޓަރނޭޓިވްސް އިން ދިސް ކަންޓްރީ އަވަރ ސްޓޭކްސް އާރ ކްއައިޓް ހައި އިން ދިސް ކަންޓްރީ އިން ދިސް ކަންޓްރީ އިން ދިސް ކަންޓްރީ ސީމްސް ލައިކް ދަ ސްޓޭކްސް އާރ ކްއައިޓް ހައި ފޯރ އަސް އިން ދިސް ކަންޓްރީ އިން ދިސް ކަންޓްރީ އިން ދިސް ކަންޓްރީ މައި ކަންޓްރީ މައި ކަންޓްރީ މައި ކަންޓްރީ މައި ކަންޓްރީ މައި ކަންޓްރީ އިޒް މައިން....

  7. ރަށްދު

    މިނެދިންނާޅިއަކުން މިނެދެންވާނީ އިންޑިޔާއަކަށް މިހާރަކު މޮޅެއްނުވެވޭނެ

  8. ކެޔޮޅު

    އަލްހަމްދުﷲ.... ޔާމީނުވަރުގެ ހިތްވަރުގަދަ ވެރިޔެއް މިވީ 2018 އަހަރާއި 6 މަސް ތެރޭ މި ދިވެހި ރާއްޖޭގެ ވެރިޔަކަށް ބަޔަކު ހޮވިކަނެއް މަށަކު ނުދެނަހުރީމު... މިހާރު ދިވެހީންނަށް އިހްސާސް ކުރެވޭނެ ކައްޕިތާނު ހިތްވަރު ހުރިއްޔާ ކަނޑު ވިޔަސް ސަލާމަތް ކުރާނެ ބަޔަކު ﷲ އިރާދަފުޅުން މިންވަރުކުރައްވާނެކަން.... މިހުރިހާ މުސީބާތަކީ އިދިކޮޅު ކޯލިޝަންގެ ނާތަހުޒީބު ފިނޑި ބޮޑުން ކޮންމެ ގޮތަކުންވެސް ވެރިކަން ހޯދަން މަރުދޭތި ވާގޮތް... ވެރިކަން ލިބުނަސް ވެރިކަން ކުރަން އެގުނުނަމަ ތެޅެން ތާހިރު..

  9. ކެނެރީ ސޮނި މުގާބޭ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މިދިވެހި ރާއްޖެ ހާއިނުންގެ ޕާޓީ (އެމްޑީޕީ) އާއި ގެފުޅުއަރިހުގާ ބަންގާޅީން އަތަށް ބަދު ދުޢާކުރާ ޕީސްޓަރުތަކާ އެކު ޕިޓޯ ނަގާ މީޑިޔާގަ އާންމުކުރި ޖުމުހުރީ ޕާޓީ އާއި ބަދަން ވިއްކައިގެން އަޒުހަރުން އައިސްތިބި ޤަރުޟާވީ (ބަާވާތުގެ އައްޕަ) އައުވާނު އަދާލަތު ޕާޓީއާއި އިންޑިޔާގެ މޯދީގެ ބީޖޭޕީ އާއި އިސްރާއީލުގެ ނަތަންޔާހޫ މެންގެ މަކަރުވެރި ހަސަދަވެރި މުނާފިގު ވަހުސީ ކާފަރު ވަކިތަކުން ސަލާމަތް ކުރައްވާށި... މީގެތެރޭގައި ހެޔޮ ވިސްނޭމީހަކު ހުރިނަމަ އެ ސުންޕާ ފިކުރުން ދުރުކުރައްވާށި... ނޫންނަމަ އެކަމުގާ އެއުރެން ބުއްދިފިލާ ދާވަރަށް އެކަމުގާ މަރުދުވަހަށް ކާމިޔާބެއް ނުދެއްވަވާ ގަނަތަޅުވާށި... އަދި އަޅަމެންގެ ވެރީންނަށް ނަސްރު ދެއްވާ ހައްޤުގައި ސާބިތުކުރައްވާށި...

  10. ޢަލިބެ

    އިންޑިޔަގައި އުޅޭ ދިވެހިން ވިސާގެ މައްސަލަބޮޑުވެގެން މިހާރު އެހެން ގައުމުތަކަށް ބަދަލުވަމުން އެބަދަޭ. މިވާހަކަވެސް ދައްކާ، އިންޑިޔާ މީހުން ވަހަކަ އެަނި ދައްކައިގެން ކަމަކުނުދާނެ!

  11. ޒާ

    އިންޑިއާއަކީ ދަނޑިވަޅު ބަލާފައި އަބަދުވެސް ކަރުގައި ހިފާ ބޮޑު ބޭބެއެއް. އެކަން އޮތީ ފެނިފަ. ރާއްޖެއަށް ދިމާވާ އުނދަގޫ ދަނޑިވަޅުތަކުގައި އިތުރަށް ފިއްތުންތައް ފިއްތާފައިވޭ. އެހެންވެ އެގޮތުން ވިސާވެސް އުނދަގޫ ކުރުމަކީ އެމީހުން އާއްމުކޮށް ކުރާކަމެއް.