އައްޑޫގައި ހަރުކަށި ފިކުރުގެ ވިއުގަ އަށް ނިސްބަތްވާ އެކަކު ދޫވެ، ދެން ތިބި މީހުންވެސް ދޫވެދާނެ ކަމުގެ ބިރުވެރިކަން އޮތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ތަޅަމަށް ހާޒިރުވެ، މެމްބަރެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ނިރުބަވެރި ހަމަލާތައް ދެމުން އަންނަ ހަރުކަށި ފިކުރުގެ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ގާނޫނު ތަން ނުދޭ ކަމަށެވެ.

އަދި އައްޑޫއިން މިހާރު ހައްޔަރު ކުރެވިފައިވާ އެކަކު ފުލުހުންގެ ބެލުމުގެ ދަށުން ދޫވެފައިވާ ކަމަށާޢި މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން 7 މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމުގައި ފާހަގަކުރެއްވިއެވެ.

"މިފަހުން އައްޑޫ އަތޮޅުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި. އެކޮޅުން ހައްޔަރުކޮށްފައިވާ ހަތް މީހުންވެސް އެމީހުންނަށް މިހާރު ދެވިފައިވާ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު ދޭނެ ކަމެއް އަޅުގަނޑަށް ޔަގީނެއް ނުވޭ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ގާނޫނަށް އިސްލާހު ގެނެސްގެން މުޖްތަމައުގެ ސަލާމަތަށް ނުރައްކާތެރި ކަމަށް ބެލެވޭ މިފަދަ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ނިޒާމެއް އެކުލަވާލުމަށް މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެފަދަ ތުހުމަތުގެ މީހުން ޖަލުތަކުގައި ބަންދު ކުރުމަށާއި އެމީހުން ރިހިބިލިޓޭޓް ކުރުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"މިފަހުން މި ހަމަލާއެއް ހިނގީމަ ވެސް އަޅުގަނޑު އެތައް ތަނެއްގައި، މަޖިލީހުގެ މެމްބަރުންގެ ހިމެނޭ ގޮތަށް އެބަ ދަންނަވަން މި މީހުން ބަންދުގައި ބައިތިއްބާކަށް އަދި ބަންދުން ދޫކޮށްލާފައި ރިހިބިލޭޝަން ޕްރޮގްރާމެއް ހިންގައިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް އަދިވެސް ގާނޫނަކުން ޖާގައެއް ނުދެއޭ. އަޅުގަނޑު މިހާރުވެސް ތިބޭފުޅުން އަރިހުން އެދެން. ގާނޫނަށް އަދިވެސް އިސްލާހު ގެންނަން އެބަ ޖެހޭ" އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ހައްޔަރުން ހަރުކަށި ފިކުރަށް ނިސްބަތްވާ އެކަކު ދޫވެފައިވާ ކަން ފާހަގަކުރެއްވި ނަމަވެސް އެ މީހަކު ދޫކޮށްލި ސަބަބެއް މިނިސްޓަރު ހާމަކުރައްވާފައި ނުވެއެވެ.

މިއަދުގެ ޖަލްސާގައި އިމްރާން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާ 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑު އަތޮޅުން މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް އަދި ދެ މީހަކަށް ފަސް ދުވަސް ކޯޓުން ދީފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. .....

    ކުށެއް ސާބިތު ނުވަނީސް ބަންދު ކޮށްގެން ބެހެއްޓިދާނެ އުސޫލަކީ އިސްލާމްދީނާ ފުށުއަރާ އެއްޗެއް ނޫންބާ...ހީ އަކަށް ޒާތީ އަކަށް ތިމާގެ ގޯސް ފޮރުވުމަށް ކުށެއްނުކުރާ މީހަކަށް އަނިޔާ ދެވިދާނެ މަގެއް ނޫންބާ...ހަރުކަށި ފިކުރު ހުއްޓުވުމަށްޓަކަޢި އެންމެ އިސްކޮށް ކުރަން ޖެހޭ ކަމަކީ ހިފާ ހައްޔަރު ކޮށް ތަޅާ އަނިޔާ ކުރުމެއް ނޫން....ފުރަތަމަ އެމީހުންގެ އެ ވިސްނުމަށް ހެޔޮބަދަލުތައް ގެނެވޭނެ އިލްމުތައް ސައްހަ މަގުން ގެނެސްދައްކާ ކިޔާދެވޭނެ މަގުހޯދަންވީ....މިއުޅެނީ ބަޔަކު ޒާތީވެގެނެއްނޫން...މިއުޅެނީ ބަޔަކަށް އިލްމު ނުބައިކޮށް ފަހުމްވެގެން....އެކަން ދެނެގަންނަން އެބަ ޖެހޭ

    3
    1
  2. ޖުއްބާ

    ސާބަހޭ އިމުރާނޫ، ހުރިހާ ބައިގަނޑުތައް ނެރި ރަށުތެރެއައް އެކައް ދޫކޮއްލާ. އޭރުން އެތަނުން ފަޓާހެއް، މިތަނުން ފަޓާހެއް، އެއޮއްތަނުން ބޮމެއް، އެހެރަތަނުން އަލިފާން ބޯޅާއެއް ގޮވާނެ...

    4
    2
  3. ނ

    ބަލަ ޓެގް އެޅުވޭނެ....މިނިސްޓަރަށް އެވަރު ނޭނގޭތޯ

  4. މަ މޮޅު

    ގައުމުގަ ހުޅުޖެހި މައްސަލާގައި އެމްޑީޕީގުރޫޕްގެ އެންމެން ބަންދުކުރަން ފެނޭ

    7
    1
  5. އުގުރި

    މި އިމުރާނަ ކީ ހަމަ ފައް ކާ ތަނެއްގައި އަދި ނަމެއްގައި ހުރި ބުރާންޗެއް.

    1
    1
  6. ނަައީމް

    އިމްރާނުވެސް އަނެއްކާ ޖަލައްދާ ދުވަސް ކައިރިވަނީ ދޯ އަޅުކަމާއި މަރުމަތިން ހަދާން ކުރުމަށް ރަނުގެ ފުރުސަތެއްދެނީ މީ އިމްރާނު އެދޭގޮތް ލިބުނުމަގާމާއި ހައިބަތުގާ ކުރެވުނުހާ ނުބައިކަމަކާއި ހެދުނުހައި ދޮގެއްހަދާފާ ޖަލައް މިދަނީ އެކުރެވުނު ފާފަތަކުން ސަލާމަތްވާށޭ އިމްރާނު ފަހަރި ބުނަނީ މީތަ މިކަން ދީނުގާ އޮންނަގޮތަކީ