އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރުގެ ބަހުސް އުފައްދަނީ ޕީޕީއެމް/ޕީއެންސީ ބައިބައި ކުރުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައްދު ދެއްވައިފިއެވެ.
އިދިކޮޅުގެ ލީޑަރަކީ އަދުރޭތޯ ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްތޯ ސުވާލު އުފައްދާ ފަރާތްތަކަށް ރައްދު ދެއްވައި ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި، އަދުރޭ ވިދާޅުވީ، މީޑިއާތައް ބޭނުންކޮށްގެން ކިތަންމެ ވަރަކަށް އިދިކޮޅު ބައިބައި ކުރަން ދުރުންނާ ގާތުން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ ކަމަށެވެ.
"އިދިކޮޅު ލީޑަރަކީ ވެސް އަދި މާތް الله ގެ ތަނަވަސް ރަޙުމަތްފުޅާއެކު މި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީވެސް ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް. އެއީ މި ދެ ޕާޓީގެ ނިންމުން. އަދި މިއަދު ގައުމު މި އޮތް ހާލަތުން ދިވެހިން ގަބޫލު ކުރަނީ ދެން ގައުމު އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވޭނެ ރާއްޖޭގައި ހުންނެވި ހަމަ އެކަނި ލީޑަރަކީ ރައިސް ޔާމީންކަމަށް" އަދުރޭ ލިޔުއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޯލިޝަންގެ ލީޑަޝިޕް އޮތީ ޔާމީން މިނިވަންކޮށްގެން އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށެވެ. އެކަމުގައި ކޯލިޝަން އޮތީ ސާބިތުކަމާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމިން ޖަލަށްލީ ހިސާބުން ފެށިގެން އިދިކޮޅުގެ ވަގުތީ ލީޑަރުކަން އަދާކުރައްވަމުން ގެންދަވަނީ އަދުރޭއެވެ. އަދުރޭ އަކީ ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ އަދި އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޔާމީން މިނިވަން ކުރަން ޖަލަށް ދާންވެސް އަދުރޭ ހުންނެވި ތައްޔާރަށެވެ. ޔާމީން މިވަގުތު ހުންނެވީ ގޭގައެވެ.
ހުކުމެއް ތަންފީޒު ކޮށްޖަލައްލީމަ ޕާޓީގެ ލީޑަރުކިން ގެއްލޭގޮތަށް ފާސްކުރީ ތިބޭފުޅުންނޫންތޯ ބިލްތަސްތީގު ކުރީ ރައީސް ޔާމިނު އެހެންވީމަ އެއިލޮށިގަނޑު ހެރުނީ އެބޭފުޅާގެ ލޮލައްނޫންތޯ
ކަލޭމެން ޔަމީނުއަށް ކުރިމިނުލެވޭ ގޮތްހެދީ