މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން އެބަފެންނަ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިހެން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނައްޓާލައި، ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ މިއީ އެންމެން އެކުއެކީ އަތުގުޅައިގެން އިހްލާސްތެރިކަމާއި އެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތު ކަމަށެވެ.

"މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން އެބަފެނޭ. މިއީ އެންމެން އެކުއެކީ އަތުގުޅައިގެން އިހްލާސްތެރިކަމާއި އެކު އުންމީދީ ވިސްނުން ކުރިއަށް ނެރެ އިތުރަށް މަސައްކަތް ކުރަން ފަށަންވީ ވަގުތު. އެކުވެރި ކަމަކީ ގަދަފަދަ ބާރެއް." ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ދާއިރު ވެރިން އެކަމާއި ކަންބޮޑުވެގެން އުޅޭ ތަން ނުފެންނަ ކަމަށް ޕްރޮފެސަރ އުގައިލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ އަދިވެސް އަންނަނީ ބާރަށް ފެތުރެމުންނެވެ. މާލެ ފުރަބަންދު ކުރަން ޑޮކްޓަރުންނާއި އެޗްޕީއޭގެ ތަޖުރިބާކާރުން ނިންމި ނަމަވެސް އެނިންމުމާއި ރައީސް ސޯލިހް ވަނީ ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވަނީ މާލެ ފުރަބަންދުނުކޮށް، އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. ނަމަވެސް މާލެ ފުރަބަންދު ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޢަދުރޭ

    އުގެއިލްމެން ފަދަ ބޭފުޅުން ތިވާހަކަ ދައްކާކަށް މާރީޗެއް ނޫން. ތިވެސް ބައިއަތު ހިފައި އެހީތެރިވި ފަރާތެއް.

    29
    6
    • ޒައިކް

      ޔާމީނަށް ތާއީދު ނުކުރުމަކީ ޤައުމާމެދު ވާހަކަދެއްކުން ތާއަބަދަށް ބަންދުވުމެއްވެސް ނޫން އަދި އެއީ އެމްޑީޕީ މީހަކަށް މީހާވުމެއްވެސް ނޫން. ތި ކަހަލަ ގުނބޯ ވިސްނުން ހުންނާތީއޭ ފަހަތަށް ތިޔަދަނީ އަބަދުވެސް.. ޔާމީނަކަށް ވެސް ވަކި ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ މިހާލަތުގަ.. މަށަށް ފެނުނީ މިފަދަ ދަތި ހާލުގަވެސް ދެރޯދަމަހު ފިޔާއަލުވި މިރުސް ބިސް ފަދަ ތަކެތީގެ އަގު އިންތިހާއަށް ހެޔޮވެފަ ހުއްޓާ ބަނޑަށް ޖެހިގެން މީހަކު މަރުވި ވާހަކަ އަޑެއް ނީވޭ.. މޮޅު ޔާނު ވެރިކަމުގަ އަތް ނުލެވޭ އަގުބޮޑުކަމުން

      9
      6
  2. ގިސްލުން

    އުގައިލް ހެދި ކެމެރާއަކުން ނުފެންނަ ގިނަ ކަންކަން މިހާލަތުގައި ރަށްޔިތުންނަށް ފެނޭ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއްކަމަކީ ކޮވިޑް އެންމެ ބޮޑަށް ޖެހުނީ ވެރިންގެ ލޮލަށާއި ކަންފަތަށް. ވައްކަން ކުރަންވީމާ އެމީހުންގެ 6 ވަނަ ހިއްސުވެސް މަސައްކަތްކުރޭ. ޢެހެން ހާލަތެއްގައި ހިލަބުރި ތަކެއްގެ ސިފައިގައި ރަށްޔިތުން އެމީހުން ސިފަކުރަނީ..

    31
    4
  3. ސަނީ

    ރަށްވެހި ފަތިސް ކައްވަޅު ފަތިހަކަށް ވެ ނިމިއްޖެ! މަހާދަ އުފަލެކޭ މިވަނީ ގައުމު މިދަނޑިވަޅުގަ ބަކަތަޅާތަން ފެނުނީމަ. އެމްޑީޕީ މީހުން ކަރުގަ ހިތިރަހަ ރަންގަޅައް ލަންދެން މިހާލުގަ ގައުމު ތެޅޭތަން ބަލަން މަރެއް!!

    18
    22
  4. ......

    ކޮންމެވެސް ކުއްޖަކު އުގެއިލް ކައިރި ބުނެބަލަ ތިކަން އެނގެޔޭ އެންމެނައްވެސް....ނޭނގިގެން މިއުޅެނީ މިކަުމުން ސަލާމަތްވާނެ ގޮތެކޭ...އެއެއް ކިޔާބަލާށޭ...

    25
    1
  5. މަރީ

    ލަދުހަޔާތް ކޮބާ ލަދެއްނުގަނޭ މިއޮތީބޮޑު ވެރިކަން ބޯވެރިކަން ނޭވާހޮޅިދަމާވެރިކަން އޭ އުގޭލް ކަލޭ ތީވެރިކަން ގެންނަން މަސައްކަތް ކުރި ސޮރެއަ

    22
    5
  6. މުއާވިން

    ރަށްވެހި ފަތިހަކަށް އަލި ވިލެނީ އޭމި. ކަލޭ މަޑުން ހުރެބަލަ

    24
    4
  7. މަރީ

    ލަދުހަޔާތް ކޮބާ ލަދެއްނުގަނޭ މިއޮތީބޮޑު ވެރިކަން ބޯވެރިކަން ނޭވާހޮޅިދަމާވެރިކަން އޭ އުގޭލް ކަލޭ ތީވެރިކަން ގެންނަން މަސައްކަތް ކުރި ސޮރެއަ ދެން ތިއުޅެނީ ނޭވާހޮޅިދަމާލައި ތިމަބުރޫކު އަޅޭ ހާދަހާދޮގެއް އެބަހަދައޭ އޭ ގަބޫލުޖުރާމީހަކު ނޫލޭ

    12
    2
  8. ޖުއްޅޭއި

    ސާބަސް އުގައިލު ތީ ދިވެހި ދަރިޔެއް ކެރިގެން ހައްގުބަސް ބުނަންވާނެ ކޮންމެފަދަ މަގާމެއްގައި ހުއްޓަސް ގައުމު މިއަދިވަޅުން ނަގަން މި ބޮލެއްނެތް އިބޫއަކަށް ނޭގޭނެ އޭނަ އެވިސްނަނީ ރައްޔިތުން ލައްވާ އޭނަ ވެރިކަމުން ބާލުވަން މެޑެލްޖަހަން ދުނިޔޭގެ މީހުންގެ ހަމްދަރުދީ ހޯދަން
    އެ ގަމާރަކަށް ނޭގޭނެ އެއްކމެއްވެސް ކައިރީގައި އުޅޭ މިހުން ދޭ ޚިޔާލަކަށް ޤައުމު ހިންގަނީ ތިމާގެ ބޮލުގައި ހުރި އެއްޗެއްނޫން ވެރިކަން ލިބިދާނެ މިގޮތަށް ވަގަށް އެކަމަކު ހިންގަން ނޭގޭނެ ކީކުރާނީ މީހުން މަރުވަމުން ދަނީ މިކަމުގެ ހައްލެއްނެތް ޔާﷲ އަޅަމެން މިކަމުން ސަލާމަތްކުރައްވާދޭވެ އާމީން

    19
    4
  9. ރިލެކްސް

    ބަލަ އުގޭލެވެ. ވިސްނާށެވެ. ޕެންޑަމިކް ތަކަކީ މިގޮތަށް ހިނގާ ކަމެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިމެ މިބަލި ފެތުރި ފުރާނަތައް ގެއްލިގެން ދިޔަ ގޮތުން އެނގޭ އެއްޗަކީ މި ރާއްޖެ ވަކި އިސްތިސްނާ ނުވާނެ ކަމެވެ. މާތްﷲގެ އިރާދަފުޅުން މިކަމުން އަރައިގަނެވޭނެއެވެ. ކެތްތެރިވާން ދަސްކުރާށެވެ. ދެކޮޅު ނުބަލާ ވާހަކަ ނުދައްކާށެވެ. ކޮވިޑަކީ ގުދުރަތީ ކަމެކެވެ. ރާއްޖެ ވަޅު ގަނޑަކަށް ވެއްޓޭނީ ކޮވިޑާ ހެދިއެއް ނޫނެވެ. ރާއްޖެ ވަޅުގަނޑަކާ ދިމާލަށް މިދަނީ .............

    4
    9
  10. ޖާބެ

    މިތްނުގެ ވެރިޔަކައް ހުރީ ބޮޑާހާކާ ކުއްޖެއް ، ކަމެއްވާއިރައް ވިކްޓަމްހެދިފަ ރޯންފަށަނީ ، މިޔައްކިޔަނީ ކަވަޑިކް ލީޑަރ، އިންސެކިޔޯ އަދި އިންކޮމްޕީޓަންޓްކަމުގެ ނަތީޖާ ،މިފަދަ މީހުންްް އަމިއްލް އެދުމުގަ ކުރާކަންކަމުން މުޅި ދައުލަތް ހާލާކުގެ ތެރެޔައް ވެއްޓިނިމިއްޖެ. ސްލޯކިލް އަކައްް މިދަނީ މިހާރު މިކުރަނި ޓޯޗަރ

    14
    2
  11. އިބްރާހިމް

    މި ވަޅުގަނޑަށް ރާއްޖެ ވެއްޓުމުގައި އުގައިލް ފަދަ ތަޢުލީމީ އެތަކެއް ބައެއްގެ އަތް ވާކަން ކަށަވަރެވެ. ތަނެއްދޮރެއް ނުދަންނަ ބަޔަކާ ރާއްޖެ ހިންގަން ޙަވާލުކުރުމަކީ މި ވަޅުގަނޑަށް ރާއްޖެ ވެއްޓުމުގެ އަސްލެވެ.

    21
    2
  12. ސިދުގީ

    ވެރިމީ ހާ އަކީ އެވެސް ގާބިލް ކަމެއް ނެތް މީހެއް ވީމަ ވާ ގޮތް މި ފެންނަނީ

    20
    2
  13. އަރާ

    ކޮމެންޓުތައް ކިޔާލާފަ ހަމަ ކޮސްވެއްޖެ
    އުގެއިލްމެން ފަދަ ތައުލީމީ ބޭފުޅުން ގައުމުގެ އިއްސަފުގަ ތިއްބަވާ ބޭފުޅުން ނަށް ނިސްބަތްކޮށް އެމީހުންގެ ޒިމްމާ ފުރިހަމައައް އަދާ ނުކުރެއްވޭ ކަމާ
    އެކަމުގެ ސަބަބުން ގައުމު ހަލާކުވެއްޖެއޭ ބުނުމުމުން އަދިވެސް އުގެއިލްތޯ ގޯސްވީ
    ބަލަ އަޅުގަޑުމެން ފަދަ އާދައިގެ ރައްޔިތަކު މިހެން ކޮއްލާ ކޮމެއްޓެއް ސަރުކާރަކަށް ނޭގޭނެ
    އެކަމަކު އުގެއިލް ފަދަ ބޭފުޅުން ގައުމުގެ ހާލަތަާ މެދު އެފާލުކުރެއްވި ހިޔާލު މިހާރު އޮންނާނާނީ ރައީސްހާ ހަމައައް ގޮސްފަ

    5
    1
  14. Anonymous

    އިބްރާހީމް އިސްތިއުފާ ދީ.
    ޤާބިލްކަން ހުރި މީހުން އެބަތިބި.
    އާޖުފާޖެއް ނޭންގޭ މީހުންނާއި ޤައުމު ޙަވާލު ކުރުމަކީ ބޮޑު ގޯހެއް. އަދިވެސް މިހިސާބުންވެސް ދިވެހި ރައްޔިތުން ނަށް ހެޔޮއެދެންޏާ އިސްތިއުފާ ދީ. ރައްޔިތުންގެ ފުރާނައަށް ނުބަލާ ވެރިއެއްގެ ނުބައިކަން ވެރިކަމަށް އެރިއްސުރެ ދިވެހިންނަށް މަރުތަކާއި މުޞީބާތްތައް.

    2
    1
  15. ޖޭޖޭ

    މިގައުމު އޮތީ އިންޑިއާއާއެކު އެމީހުން ވެއްޓެމުން އެދާ ފުންވަޅުގަނޑަށް އެކީ ވެއްޓެމުންދާގޮތަށް. އެކަން ބަދަލުކުރެވެން އޮތީ މިގައުމުގެ ވެރިން ގޮތްދޫކޮށްގެން. ހަގީގަތް ބަލައިގެން. ކަމުގެ ސީރިއަސްކަން ގަބޫލުކޮށްގެން. ނިމިދިޔަ ސަރުކާރަށް އަނިޔާވެރިއޭ ކިއުނުނަމަ އަސްލު އަނިޔާވެރިކަން މިހާރު އެ ފެނިގެންދަނީ ކޮވިޑް މެނޭޖްކުރުމުގެ ގާބިލްކަން ނެތިގެން އެމަރުވާ މީހުންގެ އަދަދުން.

  16. ގަލަން ތުނޑު

    ތީވަރަށް ބޮޑުތެދެއް...އަޅުގނަޑުވެސް ތިވާޙަކަބުނިން..އެކަމު ދެރަސޮރެއް ބުނީމަ ސުރުޚިއަކަށް ނާރާނެވިއްޔާ

  17. އަސްތާ

    ކަލޭ ތީ ހާދަ ގޮތެއް ނެތް އިންސާނެ ކޭ، ތިވަރު ވާކކން ހެޔޮނުވާނެ ސަރު ކާރު ގޯހަސް. 2 އަހަރު ވަނީ މި ބަލީގެ ވަބާގަ މުޅި ދުނިޔެ އުޅޭތާ.

  18. ބޭޗާރާ

    ދުނިޔޭގައި ހުރިއްޔާ ހުރި ހުރިހާ ޔުނިވަރސިޓީއަކުން ފައިސާ ހުރިއްޔާ އެމީހަކަށް ހޯދުނުގޮތަކަށް ސަނަދޭ ނަމަކަށް ކިޔުނު ކަރުދާސްތައް ހޯދައިގެން އައިސް އުޅޭ ކޮހުންނާއި، މަގުމަތީގައި ކަންކަންމަތީގައި ސަޅިބައިސާކަނޑަން އުޅުނު ގަމާރުން ތަންތަނުގެ ވެރިންނަށް ލީމާ ނުވެއްޓިއެއް ނުދާނެ. ވެއްޓޭނެ. ވެއްޓޭނެކަން ކަށަވަރު. ކޮލެރާއާއި ޝިގެއްލާއިން ގައުމު ކުޑަވަގުކޮޅެއްގެ ތެރޭގައި އަރައިގަތީ މޮޅެތި ނަންނަން ކިޔާ ސެޓިފިކެޓް ފުންޏެއް ނެތް ކަތީބުކަމުގެ ސަނަދު އޮތް ތަންދޮރުދަންނަ ދިވެހިރާއްޖެ ދަންނަ ހޭޖެހޭ ބުއްދިވެރި ގަބުޅިކަތީބުންނާއި ތަޖުރިބާކާރު ބުއްދިވެރި މިނިސްޓަރުންނާއި ވެރިންގެ ހިތްވަރާއި ފަންވަރާއި މިންނަތުން. މިއަދު އެކަހަލަ ބަޔަކު ނެތް. ތިބީ ހުސް އަކަޔަންބޯއާއި އަމިއްލަ އެދުމުން ފޯވެފައި ތިބި ކަރަޕްޝަންގެ އަހުލުވެރިން.

  19. މަރިޔަނބު

    ބޭރުގަ ހުރެ ހުސް އަނގަ ނުތަޅާ. ވާނުވާ ނޭނގިގެން ނޫޅެމޭ އަހަރުމެނެއް

  20. ޙަބޭސް

    ކެފޭ ރެސްޓޮރެންޓް ހިންގާމީހުން އިނދަ ޖެހިއްޖެ. ކުދި ވިޔަފާރިތައް ބަނގުރޫޓްވެ ދަރަނިވެރި ވެއްޖެ. މިތާ ހަމަޖެހިގެން ނުލާހިކު ފަސޭހަކޮށް ތިއްބާ ވެރިކަން ބަދަލުކޮށް ޓެކްސް ނަގަން ފަށައިފި. ބުރަމަސައްކަތުން ހޯދާލާރޮކޮޅު ސަރުކާރަށް ނަގަން ފަށައިފި. މާރަނގަޅެއްނޫން އެމުސްކުޅިބެ ހުރިގޮތަށް ވެރިކަމުގަ ބެހެއްޓުނު ނަމަ. ބޯހަލާކު!