ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއާއެއްގެ ގޮތުގައި މަސައްކަތް ކުރަން ފައްޓަވައިފިއެވެ.

ފަޒްނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ޗީފް ގައިޑް ފަޒްނާ އަހްމަދު ހުޅުމާލެ ފެސިލިޓީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަނާ އަކީ އަންހެން ކުދިންނަށާއި، ޒުވާނުންނަށް ނަމޫނާ ކަނބަލެއް ކަމަށާއި އެއީ ޒުވާނުންނަށް، ހާއްސަކޮށް އަންހެން ކުދިންނަށް މިސާލު ދައްކަމުން އަންނަ އަންހެން ބޭފުޅެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.

މިއަދަކީ ފަޒްނާގެ އުފަން ދުވަހަށް ވެފައި ތަހުނިޔާގެ މެސެޖްތަކާއެކު ހުޅުމާލެ ފެސިލިޓީގައި މަސައްކަތް ކުރަމުން ގެންދާތީ އެކަމަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވެއެވެ. އެގޮތުން ކުރީގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަޒްނާ ހުންނެވީ ވޮލަންޓިއަރެއްގެ ގޮތުގައި ހިދުމަތަށް ނުކުންނަވާ ކަމަށާއި، އެކަމަނާ އަކީ އެންމެންނަށް ނަމޫނާއެއް ކަމަށެވެ.

ޝިފާ މިގޮތަށް ޓުވީޓު ކުރައްވާފައި ވަނީ ފަޒްނާއަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

މީގެ ދުވަސްތަކެއް ކުރިން ފަޒްނާ ވަނީ ކޮވިޑު ބަލިމަޑުކަމުގެ ހާލަތު ކުރިއަށްވުރެ ނުރައްކާވުމާއެކު، ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ވޮލެންޓިއާކޮށް މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފައެވެ. މިކަމާ ގުޅިގެން މެޑަމް ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުރުސަތު ދެއްވައިފި ނަމަ ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް އެކަމަނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް ފެތުރޭތީ ފުރަބަންދު ކުރި ހިސާބުން ވެސް އެކަމަނާ ވަނީ ވޮލެެންޓިއާކޮށް މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، ފަޒްނާ ވިދާޅުވީ ގާލް ގައިޑް އެސޯސިއޭޝަނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ޔުނިސެފާ އެކު މަސައްކަތްކޮށް، ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރު ކޮށްދެއްވާފައި ވާނެ ކަމަށެވެ. އަދި އޭނާގެ މަގްސަދަކީ ވޮލަންޓިއާކޮށް ގައުމަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހިތްވަރުދީ، ގައުމު އެބަޔަކަށް ބޭނުންވެއްޖެ ހާލަތެއްގައި ހިދުމަތައް ނުކުތުމަށް އެހީއަކަށްވުން ކަމަށް ވިދާޅުވިއެވެ.

ފަޒްނާ ވަނީ މީގެކުރިން ކޮވިޑް-19 އަށް ފައްސިވެފައެވެ. އެކަމަކު، އެކަމަނާ އެ ބަލިން މިހާރު ވަނީ ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ސސ

    މިވަގުތު ހުރިހާ މީހުންވެސް ވީހާވެސް ގިނައިން ހެޔުކަންތަށްކޮށް މީހުނަށް އިހުސާންތެރިކަން ފޯރުކޮށް ދޭންވީ އެމީހަކަށް ކުރެވުނުހާ ގިނައިން !

    78
    1
  2. ޖާބެ

    ނޮޓް އިމްޕްރެސްޑް ، ތިޔައީ ކެމްޕެއިން ސްޓަންޓްއެއް

    82
    34
    • ޜިޒޮ

      ތެދެއް ބައެއްމީހުންގެ އިންޓެރެސްހުންނާނީ ފައުންޑޭސަނެއްހަދައިގެން ފަގީރުންގެ ކަދުރުކ ކޮޅު ވަގައް ކާލުމާ ދަރުބާރުގެ ކުއްޔަށްދޫ ކޮއްގެންލިބޭ ފައިސާއިން ބައެއްވަގަށް ކަހާލުން...ގޯހެއްނޫން!!!

      4
      13
    • Anonymous

      ގައިޑެއް އެއީ. އެމީހުންގެ ހުވާގަ އިންނާނެ ވޮލަޓަރީ ވޯކް ކުރުން. ކިތަންމެ ނުބައިމީހަކުވެސް ރަނގަޅު ކަމެއް ކޮށްފިއްޔާ ހަމަ ރަނގަޅު. ތިތާ ބަލިމީހުނަށް އަޅާލުމާ އެހީތެރިކަން ބޭނުން. ސަރުކާރުން އެހީތެރިކަމެއް ނެތް.
      ޝުކުރިއްޔާ. ނޮވެމްބަރ 3 ގެ ބާޣީ ސިއްކަ އަހްމަދު މަނިކު ދަރި ފަޒްނާއަށް.

      8
      2
    • ނައިކް

      ކޮން އިންތިހާބެއްގެ؟؟

      3
      2
    • ދިޔާނާ

      ހާދަ އިނގެއޭދޯ.. އާން އެންމެންނަށް ވެސް އެނގިފެނިފަ ހުރީ ވޯޓްލާން އެއް ދުވަހައްވީމަ ވާރޭގަވެސް ކެމްޕެއިން ކުރި މީހުން.. ލިބުނު ފަސް އަހަރު ހިތުހުރި ގޮތަކައް ހަދާފަ އެއް ދުވަހައްވީމަ ވޯޓައް ސަލާންޖެހި މީހާ

      2
      9
  3. އިބްރާހިމް

    ސާބަހޭ މެޑަމް.

    40
    62
  4. ބެއްޔާ

    ފުރޮންޓް ލައިން އެލަވަންސް ނުނަންގަވާތި

    74
    10
  5. ވަކަރު

    ދެން ތިޔަމީހާގެ ކުޅަދާނަ ކަމުން ތިޔަތަނައް ހެޔޮބަދަލެއް އައިކަމައް ބަލާފަ ރައްޔިތުންގެ ތާއީދު ހޯދަންނަމަވެސް ކޮންމެވެސް ކަމެއް ރަނގަޅު ކޮއްފީއްޔާވެސް ރަނގަޅު،
    އެހެން ނޫނިއްޔާ ތިޔަތާގެ އާމު އުސޫލަކީ ޑިއުޓީއައް ނުކުންނަ ކޮންމެ ނަރުހަކައް 30 ބަލިމީހުން ބެލެހެއްޓުން، އެކަމުގެ ސަބަބުން ގިނަފަހަރައް ހާލުދެރަ ބަލިމީހާ ފުރާނަ ދާފަހުން އެނގޭވަރުވަނީ.
    އެޗްޕީއޭގެ ވެރިންގެ އަވަދިނެތި އުޅެނީ ޖީބައް ވަންނަ އެއްޗަކައިގެން..

    51
    6
  6. އުސްމާނުބެ

    މީމިވަގުތު މުހިންމެއްނޫ، މިޔައްވުރެ ފިރިކަލުން ހަވާލުވެގެން ހުންނެވި ވަޒީފާގެ ޒިންމާ ތަންކޮޅެއް ޒިންމާދާރު ގޮތަކައް ހިންގާތަން ބަލަން ބޭނުމީ،
    މިއަދު ކަމެއް ނޭގެ މަރުވިމީހުންގެ ރެކޯޑް ހަދާނީ، ނިޔާވި އެންމެހާ މީހުންނައް ހެޔޮރަހުމައި ލައްވާ އަދި އާއިލާތަކައް ކެއްތެރިކަން ދެއްވާންދެ.

    72
    3
    • އުސްމާނުބެ

      މިއަދު މިހާތަނައް 6 މީހުން ނިޔާވެއްޖެ ، މީގެ ޒިންމާނަގަން ޖެހީ ކޮންބައެއްތޯ

      10
  7. .....

    ތިހެން ވޮލެންޓިއާކޮށް ގައުމު ދިރުވާލެވިދާނެ ގޮތެއް އެބަ ބަލަން އޮތްތޯ

    63
    20
    • ޢަހޫ

      ފައުންޑޭސަން ހަދައިގެން ކަދުރު ކޮޅު ކާލިއަސް ހެޔޮ. ފާތުމަގެފައުންޑޭސަން މިހާރު ކޮބާތޯ ފިނިފެންމާ ސައީދޫދޫދޫ.

      2
      8
    • ސަދަޤާތް

      ހުރިހާ އެންމެންނަކީ ފާތައެއް ނޫން، ސަދަޤާތު ފައުންޑޭޝަންގެ ނަމުގަ ދަޢުލަތާ ކުންފުނިތައް ދަވާލަން.. ވެރިކަމުން ބޭލުވިފަހުން ސަދަޤާދު ފައުންޑޭޝަނުގެ ހިލަމެއް ނެތް ހަރާން ސަދަޤާތެއް ހިތާނެއްވެސް

      2
      8
  8. ފޮޓޯ ޝޫޓް

    ކިތައް ސިކުންތުބާ ތިތާ ފުލެޓް ފޭރޭ ފަޒުނާ ހުރީ.

    12
    2
  9. މިތުރާ

    މީނަގެ ފިރިމީހާަ އަށް ގައުމު ހިންގަން ނޭގުނީމަ މިޔަދު ކޮވިޑު ވަބާގަ ދިވެހިން މަރުވަމުން ދަނީ 😡

    14
  10. ނިލި

    އޯގާތެރިވެލައްވާ ތޭންކުސް

    3
    5
  11. ކޮވިޑް

    ތިތާގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރަނީ ހަމައެކަނި މެޑަމް ފަޒުނާތޯ؟ ދެންތިބި ވޮލަންޓިައަރުންވެސް ފާހަގަ ކޮށްލިނަމަ!

    11
  12. މުހައްމަދު ބޭ

    ހެޕީ ބާތުޑެ ޓޫ ޔޫ ހެޕީ ބާތުޑެ ޓޫ ޔޫ

    1
    2
  13. ގާދިރު

    ސްޓަންޓް ހާދަ މޮޅޭ

    10
    1
  14. ޕޮގުބާ

    ސަމާލުކ ކަން ހޯދަން ކުރާ ކަމެއް ނުދާނެ އެހަމަޔަށްވެސް ނެތް އެއްވެސްވަރަ ކަށް ސައުގެއް

    7
    4
  15. ޙުއްބު

    ތިޔަފަދަ ލާމަސީލު ބޭފުޅުން ޤައުމަށް ބޭނުންވަނީ
    ޢައްސަރިބަހާ ސާބަސް މެޑަމް ފަޒުނާ

    3
    8
  16. ދަލޭކަ

    ރައްޔިތުން ބަލައެއް ނުގަންނާނެ.

    34
    8
  17. ޞަދިން

    ތިތަނައް ތީނަގޮސް އެހެންމީހުން މަސައްކަތް ހުއްޓާލާފަ މީނަޔައް ސަލާންގަލާންކޮއް، ހާލު ބަލާ، ޚިދުމަތްކުރަން، ތީނަގެ ބޮޑީގާޑުންތަކައިގެންތަންފުރި، ދެއްކުންތެރިކަން، ތީގެއިން އިތުރުއުދަގުލެއްވާނީ. ނުފުރުއްޕާނެއްނު!

    34
    5
    • Anonymous

      އަޓްރޫ ސްޓޯރީ!

      7
      1
  18. ހެޔޮ ދުޢާ

    ﷲ، މެޑަމް ފަޒްނާގެ ތި މަސައްކަތްޕުޅުގައި ބަރަކާތް ލައްވަވައި ކަމަނާއަށާއި ފިރިކަލުން، ރައީސް އިބޫ އާއި، ޢާއިލާއަށް ރައްކާތެރި ކަމާއި ހެޔޮ ދަރުމަ މިންވަރު ކުރައްވާށި! އާމީން

    17
    11
    • ހަމަ ބުނެލީ

      ބަލަ އެމީހުން ތިބީ ހެއު ހާލުގައޭ. ރައްޔިތުންނޭ ހަނާ ކޮށްލަމުން ދަނީ. ހޭބަލިތަ؟

  19. ކޮވިޑް

    އެންގޭ ދޯ ދެން ސެލްފީ ދައިތަ ކަން . ފޮޓޯ ޝޫޓީން އެއް ކަން ނޭނގޭ މީހުން އުޅޭތަ؟ލޮލް ދައިތާ؟

  20. ބޮލުރޮދި

    އެހެންމީހުންވެސް ކަންތައްތައް އެބަކޮށްދޭ، ވީމާ އަބަދު ތިވާކަ ނުދެއްކިޔަސް ކޮށްދެވޭ ކަމެއްކުރީމަ ހުންނާނީ ރަނގަޅަށް. ކަަންދެއްކުން ދޫކޮށްލާ....

  21. ޖަޒީރާމަނިކު

    ފަޒްނާ ނޫނަސް ވޮލެންޓިޔަރ ކޮށް މަސައްކަތްކުރާ ކިތަންމެ ބަޔަކު އެބަތިބި. އެމީހުންގެ ނަންކަނަޑައަޅައި ފޮޓޯ ނުޖަހަނީ ކީއްވެބާ؟ ޕަޕަރާޒީން އަބަދުވެސް ދުވާނީ ރޯޔަލުންގެ ފަހަތުން.

  22. ހަސަންބެ

    ތިޔަ ކަމަނާ އަށް އަތްގާތްކޮށް ގޭން އިތުރު 4 ނާރުސް ތ ިކަމަނާ ގެ ސިކުރިޓީއަށް އިތުރު 10 ބޭކަލުން 4 ވެހިކަލް ތިޔަކަމަނާ އަށް ކޮނމެ ވަގުތަކު ރައްކާތެރި އެތަށް ހެދުމާއި ގިނަ ގުނަ ވަސީލަތް . ނިމަމެތި މީހާ ފަރުވާ ނުލިބި ، ބޭފުޅުން ދަރުމަވަންތަ ހޮސްޕިޓަލްގަ އަރާމުޚާނާގަ. ރަގަޅު ގޯހެއްނޫން.

  23. ސުޓަންޓު

    ނޮޓް އިމްޕްރެސްޑް. ހުސް ސްޓަންޓު ޖައްސާ ބައިގަނޑެއް. ފިރިމީހާ ގައުމު ފަނާ ކޮށްފި އެލެކްސް އާ ދެމީހުން

  24. ރައްޔިތުން

    މަސައް ކުރާ ތަނެއް ނުފެނޭ. ފޮޓޯސޫޓް އެއް ކުރިކަމަށް ވަނީ އެތާ. އެތާ އުޅޭ މީހުން ނައް ފަޒުނާ ފެން ނަނީ ހިމަލިސްޓުން އެކަނި. ހާޒިރު ނުވެ އެކަވަން ނަގާ ޓީމު

  25. ރައްޔިތުމީހާ

    މީނަ މިތަނަށް ދިޔައީ އެހީވާންތަ ނޫނި އެކި ހެދުމުގަ ފޮޓޯ ނަގަންތަ؟