ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ "ލާދިނީ" މީހެއް ކަމަށް ވިދާޅުވާ ރާއްޖޭގެ ޝެއިހުންނާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގުޅުން ބާއްވާ ކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އިމްރާން ހާޒިރު ކުރީ ތ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމް ކުރެވޭނެ ދުވަހެއް ބެލުމަށް މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެކަމަކު، މަޖިލިހުގައި މެމްބަރުންގެ ފަރާތުން އިމްރާނަށް ބޮޑަށް ސުވާލްތައް އަމާޒުވީ ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅޭ ގޮތުންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންނާއެކު އިމްރާން ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދިި ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއިން ވެފައިއިވާ ގެއްލުމަށް ފަރުވާ ހޯދަމުންދާ ދަނޑިވަޅުގައިވެސް އެމަނިކުފާނަށް ނިސްބަތްކޮށް ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުންދާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަން ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ނަޝީދަށް ދީފައިވާ ހަމަލާއަކީ އިސްލާމްދީނުގެ އެއްވެސް ހަމައަކުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ތާއީދުކޮށް ހިތްވަރުދޭ ފަރާތަކަށްވާ ނަމަ އެއީ ގާނޫނީ ގޮތުން އަދަބު ލިބެންޖެހޭނެ މީހެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް ތާއީދުކުރައްވާ އެއްވެސް ފަރާތެއް ބަލައިނުގަންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެފަރާތްތަކާ ގުޅުމެއް ވެސް ނުބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.
"ޕާޓީގެ ތެރެއިން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ދެވުނު މި ހަމަލާއަށް ތާއީދު ކުރާ އެއްވެސް ފަރާތަކަށް އަޅުގަނޑުގެ ތާއީދެއް، ސިންޕަތީއެއް ނޯންނާނެ." އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ މިވާހަކަތަކަށްފަހު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިމްރާންގެ ފޮޓޯގެ ވާހަަކަ ދައްކަވާފައެވެ. ނިމުނު ރޯދަ މަހުގެ ތެރޭގައި، ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ ދީނީ ބައެއް އިލްމުވެރިންނާއި އެކު އިމްރާން ފަރިއްކުޅުވަން އިންނަވާ މަންޒަރުއެވެ. އީވާ ވިދާޅުވީ އެ ފޮޓޯއިން ފެންނަ ޝެއިހުންނަކީ ފާޅުގައި ރައީސް ނަޝީދަށް "ލާދިނީ" ގޮވަމުން ދާ ބޭފުޅުން ކަމަށެވެ. އަދި ވަޒީރެއްގެ މަގާމް އަދާ ކުރައްވަމުން އެފަދަ ގުޅުމެއް އެފަރާތްތަކާއި ބާއްވަމުންދާތީ އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ލާދީނީ މީހުންނައް ލާދީނީ ކިޔާނެދޯ. ދީނައް ފުރައްސާރަ ކުރާ މީހުންނައް ކިޔަންވީ ދީނީއޭތަ؟.
ދީނުގެ ކަންކަމައް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހުނަށް ކިޔަންވީ ކީކޭދެން؟ ބުނީމަކާނު އެހެންވެސް ކިޔަން އިންގޭނީ!!!
ހުސް ވަގުން....
މިއުތް މަތުގެ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ހަޖާޖޫ ޖަހާ މީހުން ގިނަ ޕާޓީ އެއް ކަމައް ޝަކު
ތިމީސްމީހުންނަކީ މިގައުމުގެ ހަލާކު ކާންތިބެފަ ލާގެންހުންނަ ހެދުމުން ތުނބުޅިފުހެލާބައެށް
އީވާމެންނަށް ތިޔަ އެންމެ ކަންބޮޑުވަނީ އިމްރާން މަގާމުން ބޭރުނުކުރެވިގެން. އެއީ މަޖްބޫރުވެގެން ގާތުގަ ބަހައްޓަންޖެހޭ މީހެއްކަން އެނގޭތީ އެ މަޖްބޫރީއާ ހެދި އަމިއްލަ ނަފްސުދެކެ އަސްލު ތިޔަ ރުޅިއާދެވެނީ. އެފަދަ އެއްޗެހި ކިޔާ މީހުންނާ އެކުއޭ ބުނާއިރު އެވާހަކަ އެންމެ ކުރިން ދެއްކި އެކަކީ އިމްރާނެއްނޫންތަ؟ އެހުރީ ރިކޯޑިންގ ފެންނަން.
ޝޭހުންނާ ގުޅުންކަނޑާލާނީ ދީނާ ބީރައްޓެހި މީހުންނެވެ.
ކުރިންވެސް ވަރަށް ސުވާލް އުފެދުނު ފޮޓޯއެއްތީ.. އިޔާޒާއި ޒައިދު ވަރަށް އުފާވާނެ ރައީސް ނަޝީދުއަށް ގެއްލުމެއް ލިބިޖިއްޔާ.. އެއީ ބަޔާންވެގެންވާ ރައީސް ނަޝީދުގެ ދެ ހަސަދަވެރިން.. އަދި މި ނަފްރަތު ރައީސް ނަޝީދާއި ދޭތެރޭ އުފެދެން މެދުވެރިވި އެއްސަބަބު.. މިދެމީހުންނަކީ..
މާތް ﷲ ގަންދީ ހުވާކޮށްފަ ނަޝީދަކީ ލާދީނީ މީހެކޭ މިޤައުމުގަ ބުނި އަޑު މަ އެހީ ހަމަ އެކަނި އިމްރާން ބުނި އަޑު. ސޯ؟
ނަޝީދު އަކީލާދީނީމީހެކޭ އެބުނަނީ ކީއްވެކަން ދިވެހީންނަށް ވ ރަނގަޅަށް ކިޔާ ދޭން ޖެހެ އެވެ.
އެވާހަކަ އެއްވެސް ދިވެއްސަކު ކިޔައިދޭން ނުޖެހޭނެ. އެމަނިކުފާނަށް އެހީތެރިވާ ބޭރުގެ ޖަމާޢަތްތަކުގެ ވެބްސައިޓްތަކާއި ލީފްލެޓްތަކާއި ފޮތްތަކުން އެވާހަކަ ކިޔައިދޭނެ.
އޮރިޔާންފޮޓޯ ޕޯސްޓް ކުރުމާއި ކުރުމަށް
އެދުމަކީ ލާދީނީ ކަންކަން! ހަމަ ލާދީނީ!
ކަލާނގެ ބާވާލެއްވި އެއްޗިއްސާ
ރަސޫލާ ޙަދީސް ކުރެއްވި އެއްޗިހި
ފިޔަވާ އެހެންނެރެޓިވްއެއް ބޭނުންވާނީ
ލާދީނީވީމަ:
ތިއޮތީ އަޅައިގަނެފަ ދެނެއް ނުނެއްޓޭނެ
އިމްރާނަކީ ދެފުއް ދެގޮތް މުނާފިގެއް ވިއްޔާ މާދަމާ ބުނެފާނެ ﷲ ގަންދީ ހުވާކޮށްފަ ނަސީދަކީ ބޭރުގެ ޖަމާއަތް ތަކުން މިޤައުމު ހަލާކުރުކުވަން ފޮނުވާފައިވާ ލާދީ އެޖެންޓް އެކޭވެސް ނުބުނަމޭ. ހިޔެއް ނުވޭ މިސަރުކާރުގަ މިކަހަލަގެ މީހުން ނޫންބަޔަކަށް އުޅެވޭނެ ހެނެއްވެސް ލަންޑަޔާ ކަޅުބިލަ މަހަކާ ނުވާނެ ދެއްތޯ؟ ލަންޑަޔާ ވާނީ ހަމަ ލަންޑަޔާ،
އިސްލާމްދީނާ ފުށުނާރާގޮތަށް އެމީހެއްގެ ބުއްދިއަށް ފެންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ބުނުމާއި ލިޔުމަކީ މިގައުމުގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގެއް. ހައްގުތަކަށް ވަކާލާތުކުރާ މީހުން އެ ޙައްގާމެދުވެސް މިހާރު ދެކޮޅުވެރިވީތޯ؟ ބާރެއް ލިބޭއިރަށް ތިހިރަ ވާ ޚުދުމުޚުތާރު ކަމެއްތާ!
ހުރި ހިތާމައެއްގެ ބޮޑުކަމާ. ﷲއަށާއި މާތްނަބިއްޔާ(ޞ)އަށް ފުރައްސާރަ ކުރުން މި ލާދީނީ ބައިގަނޑަށް ބޮޑުކަމަކަށްނުވި. މިބައިގަޑަށް ބޮޑުކަމަކަށް މި ވީ ﷲ އާއި ރަސޫލާ (ޞ) ފުރައްސާރަ ކުރާމީހަކާ ދިމާއަށް ލާދީނީއޭ ކިޔާތި. އަޖާއިބެއް .
ޓެކުސީޔަކައް އެރިޔަސް ނަޝީދައް އެއްޗެހި ކިޔަނީ މާރުކޭޓައް ވަނަސް އެއަޑު އިވެނީ ކަލޭމެން ފުރަތަމަ ކެނެރީގޭ މުހައްމަދު ނަޝީދުގެ އަނގަ މައިތިރި ކޮއްބަލަ އޭނަ ހިތަކައް އެރިގޮތަކައް ދީނީ ކަންތައް މާނަކުރާނީ އޭނަގެ ބަސްމަގު ހުންނަގޮތުން މީހުން އޭނަޔާ ތޮޅެނީ ނަޝީދުވެސް އިސްލާހުވާން އެބަޖެހޭ ނަޝީދައް ޕޮލިޓިކަލް ކައުންސިލިން ފަރުވާ ބޭނުންވޭ
މި ދިވެހިރާއްޖޭގަ ދެ އަގައިން ވާހަ ކަ ދެއް ކި ކުޅަދާނަ އަދި ރައްޔިތުން ހައްލާލި މީހުން.
އިލްޔާސް
އަލީ ޒައީދު
އިޔާޒް
އިމްރާނު
މީ ދެން ހާދަ ހެއްވާ ކަމެކޭ ،އިމްރާން ރަހުމަތްތެރިކަން ބާއްވަން ޖެހޭ ބަޔަކުވެސް ކަނޑައަޅަން ޖެހެނީ މަޖްލިސްގަ ތިބި އެމްޑީޕީގެ ދޮޅުރޯނާއިންތަ. ހާދަ ޚުދުމުޚުތާރޭ ދޯ
ނަޝީދައް ލާދީނީ ކިޔަނީ ލާދީނީ ވާހަކަ ދައްކާނީ ދޯ!. ހަމަ ލާދީނީ ނަޝީދު އެއީ. އޭނަޔަށް ދިން ހަމަލާ ކުއްވެރިކުރަން. އޭނަޔަށް ވެސް ހައްގު އަދަބު ދޭންޖެހޭނީ ޝަރުއީ މަރުހަލާއިން. ކުއްކުރާ އެއްމެނަށް އެހެން ހަމަލާ ދޭންވެއްޖެއްޔާ ގައުމުގެ އަމާންކަން ގެއްލޭނީ. އެކަމަކު ކުއް ކުރީމަ އެވާހަކަ ނުދައްކާށެކޭ ނުބުނެވޭނެ. އެއްމެނަށް ފެނިގެން އެހާ ފާޅުގަ ލާދީނީ ވާހަކަ ދައްކާފަ ހުރީ އައްނި. އެހެންވީމަ އައްނިއަށް ލާދީނީޔޭ ކީޔޭނެ ކިޔާ ނަން . އެހެން ކިޔަނުދީ އެއް ނުހިފެއްޓޭނޭ. އެހެން ނޫނީ ހަމަ އެގޮތަށް ރައްޔިތުން ކުރިމަތީގައި ﷲ އަށް ތައުބާވެ ރައްޔިތުން ކިބައިންވެސް މާފަށް އެދެންޖެހޭނެ. އައްނިދެކެ ލޯބިވެސް ވި ދޯ ބަޔަކު. ތިމާއާ މުސްލިމެއް ކަމަށް ﷲ އެއްކައުވަންތަކަން ހެކިކޮށް އީމާންވާ ކޮއްމެ މީހަކުވެސް ރުޅި އައްނާނެ ލާދީނީ ވާހަކަ ދައްކާ ދީނަށް ގޮންޖަހާ މީހުންދެކެ. އަދި އެންމެން އެކަން ފާޅުނުކުރިޔަސް އެއްމެންވެސް ނަފުރަތު ކުރާނެ. މީ ހަގީގަތް. އީވާއެއް ކާސިމެއް އިނތިިއެއް ނޯންނާނެ މިކަހަ ކަންކަމުގަ....