ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް – ވަގުތު އިމޭޖްސް : އަމީން ފަހްމީ

މި ސަރުކާރުން ގާސިމް އިބްރާހިމާ މެދު އަމަލު ކުރި ގޮތަކީ އަނިޔާވެރި ކަމުގެ ލާމަސީލު މިސާލެއް ކަމަށާއި މިސަރުކާރުން ދޭ ކަހަލަ އޯގާތެރިކަން ނުލިބުނިއްޔާ ރަނގަޅު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޖުމްހުރީ ޕާޓިގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ތަހައްމަލް ކުރަމުން ދަނީ ބޮޑު އަނިޔާއެއް އަދި ވޭނެއް ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެމިނިކުފާނު ނުކުރައްވާ ކަމަކަށް އަދަބުދީފައި ވާ ކަމަށާއި އަދި އެމަނިކުފާނު ދެއްކެވި ވާހަކަ ތަކަކީ ރިޝްވަތު ނޫން ކަމަށް ވިދާޅުވިއެވެ.

"ކިހާ އޯގާތެރިވީމަތޯ މީހަކު ކޯޓުގައި އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓުނީމައި ހޮސްޕިޓަލަށް ގޮސް ހޮސްޕިޓަލުގައި އެޑްމިޓް ވެފައި ސީރިއަސް ބަލި ހާލެއްގައި އޮއްވާ ޢައިރު ހާޒިރުގައި ރޭގަނޑު ދަންވަރު 1:30ގައި އޭނަގެ މައްޗައް ކުރާނީ. އަޅުގަނޑުމެންނަށް ރަނގަޅީ މިވަރުގެ އޯގާތެރިކަމެއް ނުފެނުނިއްޔާ." މައުމޫން ވިދާޅުވިއެވެ.

އަދި ގިނަ މަސައްކަތް ކުރައްވައިގެން ގިނަ ދުވަހު ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އޮންނެވުމަށްފަހު އެންމެފަހުން ގާސިމް ރާއްޖެއިިން ބޭރަށް ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަން ހުއްދަދެއްވީ އެންމެ 10 ދުވަހު ކަމަށް މައުމޫން ވިދާޅުވިއެެވެ. ހިތްފުޅުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަން ވަޑައިގަތް ބޭފުޅަކަށް އެމުއްދަތަކީ ވަރަށް ކުޑަ މުއްދަތެއް ކަމަށް މައުމޫން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަދާދަލަތު ޕާޓިގެ ރައީސް އައްޝެއިހް އިމްރާން އަބްދުﷲ އޮންނެވީ ވަރަށް ހާލުކޮޅުގައި ކަމަށާއި އެހެންނަމަވެސް އޭނާ އޮތީ ޖަލުގެ އެންމެ އުނދަގޫ ގޮޅީގެ ތެރެއިން ގޮޅިއެއްގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ހަތަރޔ އަންހެން ދަރިން ތިއްބަވާ ކަމަށާއި އަބިކަނބަލުން އިންނެވީ އާލާސްކަންފުޅާ ކަމަށް މައުމޫން ވަނީ ފާހަގަ ކުރައްވާފައެވެ.

"އެހެންނަމަވެސް އަދިވެސް އޮންނަވަން ޖެހެނީ އެއްކަލަ ހިތްދަތި ވޭންދެނިވި ކުޑަ ގޮޅީގައި. އޯގާތެރިކަން މިއަށްވުރެ ބޮޑަށް ކިހިނެއްތޯ އޮންނާނީ؟" މައުމޫން ވިދާޅުވިއެވެ.

ADS BY SHEESHA

އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެމަނިކުފާނުގެ މައްޗައް ވެސް ވަނީ އަނިޔާވެރި ހުކުމެއް ކޮށްފައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރެއްވި ކުށެއްގެ މައްޗައް އެހެން ތުހުމަތެއް އަޅުވާ ސުވާލު އުފެދޭގޮތަށް ވަނީ ޝަރީއަތް ކޮށްފައި ކަމަށް ވިދާޅުވިއެވެ.

ADS BY ASTERS

27 ކޮމެންޓް

  1. ލަދުހަޔާޢި ކޮބާ ؟

  2. ޖައްވައް ފަޒަޔައް ހަވައައް ކޮބާތޯ ޖެއްސެވި އުންޑަތައް ބޭބޭ މޮޔަވީތޯ..... މިހުރިހާ ކަމެއްކޮއްފައި ދެން...... މިހާރު ވެރިކަން މިކުރަނީ ކޮއްކޮއޭ. ކޯކޭނު.

  3. ވެރިކަމަށް މާކަނާދަނޑި ބާނަން ފުރުޞަތު ނުލިބުނީމާ ހާދަ ކޯފާއެއްތިވަނީ. މަނިކުފދާނުގެ އެންމެ ކައިރީގައި ތިބީ މީހުން މަނިކުފާނުުގެ ގަޔަށް ބޮލަށް އަރާގަންނަ ދުވަސް އެބަހުރެ ކައިރިވޭ. އޭރުން އޯގާވެރިކަން ހުންނާނީ ފެނިފައި.

  4. މަނިކުފާނުންގެސަރުކާރުން އިލްޔާސް އިބްރާހިމް ދިންކަހަލައަނިޔާއެއް އެއްވެސްސަރުކާރަކުން މީހަކައްނުދޭނެ މިސަރުކާރަކީގޯސްސަރުކާރެއްނަމަ މިހާރުމަނިކުފާނުވެސްހުންނާނީ ހައްޔަރުކޮށްފަ މިސަރުކާރަކީ ރައްޔިތުންނައްއަޅާލާ އޯގާތެރިސަރުކާރެއްމަނިކުފާނު ހިންގެވިކަހަލަ ހުދުމުހުތާރުސަރުކާރެއްނޫން.

  5. ނަޝީތު މުހައްމަދު

    މައުމޫންގެ 30 އަހަރުގައި ހަމަ މިކަހަލަ "އޯގާތެރިކަން "ތަހައްމަލު ކުރީ ކިތައް ސަތޭކަ މީހުންކަން ހަނދުމަފުޅު ނެތީތޯ . މަނިކުފާނުގެ އެ އޯގާތެރިކަމާހުރެ މި ދުނިޔެ އަޅާ ދިޔައީ ކިތައް މީހުންތޯ އަމިއްލަފުޅަށް ސުވާލުކޮށްލުން މާރަނގަޅުވާނެ. ބިއްލޫެރި ކޮށްޓެއްގައި ހުރެގެން ގާއުކީމާ އެގާބުރި އަންނާނީ އަމިއްލަ ގަޔާ ދިމާލަށް.

  6. ބަލަވެރިކަމާހެދިބަގުޑިބެއްދި ތިރީސްއަހަރު މިގައުމައް ލިބުނު މުއްސަދިކަން މައުމޫނު ބޭނުންގޮތަކައް ތަޅާހުސްކުރި ދެންމިހާރުގެ ރައީސް ކަހަލަ ވެރިޔަކު މިގައުމު ތަރައްގީކުރާތީ ހަމަހަޖަމުނުވެވިގެން މިއަދު މުސްކުޅި ދުވަހު ވެރިކަމުގެ ދަހިވެތި ކަމުގާ ތެޅިފޮޅެމުން ތިޔަދަނީ ދެން އެންދެރިމާގޭ ކައިރީގާހުރި މިސްކިތައްއަރާގެން ތިރީސްއަހަރު ރައްޔަތުންނަަން ނުހައްގުދިން އަނިޔާމެދު ވިސްނާ ހިތާމަކުރުން މާރަގަޅުވާނެ

  7. އޯގާތެރި 30 އަހަރު .. ހަމަ ހިނި އަންނަނީ ލޮލް

  8. ގާސިމުވާ ހޮސްޕިޓަލް އަށް ދެވުނު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދެވުނު، ޝަރީއަތް ހިންގުނު، މަނިކުފާނުގެ އޯގާތެރި 30 އަހަރު ވެރިކަމުގައި ޝަރީއަތަކާ ނުލާ ޖަލަށްލާ ބޭސްފަރުވާއިން މަހުރޫމުވެ ޖަލުގައު މަރުވީ ކިތައް ދިވެހިންކަން އެނގިލައްވާތޯ؟

  9. މަނިކުފާނު އެމްމެރަގަޅީ ތިވާހަކަ ދައްކަން ލަދުކޮބާ

  10. އަހަރަމެންނަށް މިސަރުކާރު ރަނގަޅު ކަލޭގެ ސަރުކަރަށްވުރެ. ދެން މައުމޫނުގެ ވަސްވެސް ބޭނުމެއްނޫން. ތިކަހަލަ މަކަރުވެރިން ބޭނުމެއްނޫން.

  11. ހެހެހެ...!! މިބޭ ވާހަކަ ދައްކާއިރު އަޑުއަހަންތިބޭ ރީނދޫ މީހުން، އަތްތިލަބަޑި ތަޅަމުން އެކަކު އަނެކަކަށް އެއްލޯމަރަމުން އެއުޅޭ ގޮތްގަނޑު މިބެއަށް ފެންނާނެ ނަމަ.

  12. ދިވެހި ދައުލަތައް ދައްކާ ޚަލާޞް ކުރަންޖެހޭ ދިވެހި ރައްޔިތުންގެ ފައިސާ އިން އެތައް ބިލިއަން ޑޮލަރެއް، ނުދައްކާ ހުރެ ރިޝްވަތު ދީގެން މަޖްލިހޭ ކިޔާ ކުނިގޮނޑުން ކުނީ މީހުން ގަނެގެން ހިނގަހިނގާ ހުރި، ރައްޔިތުންނަށް ފައިދާހުރި އަވަސް ތަރައްގީ ގެނެސްދޭ ސަރުކާރެއް ވައްޓާލަން އުޅުމަކީ އޯގާތެރިކަންތޯ؟

  13. މިކަހަލަ އޯގާތެރިކަން އަސްލު ބޭނުން ވާނީ، މޮޔަޔާ.!!! މިކަހަލަ އޯގާތެރިކަމުން ދޭހަ ކޮށްދެނީ ހަމަހަމަކަން. މަނިކުފާނުގެ ދިގު ތިރީސް އަހަރުގެ ތެރޭގައި މަނިކުފާނުގެ ޢާއިލާއަށް ނުވަތަ އަނބިކަނބަލުންގެ ޢާއިލާ އަށް ނިސްބަތްވާމީހަކު ކުށްވެރި ވެގެން ޖަލަށްލިޔަސް ޖަލުގައި ވެސް ޚާއްސަ އިމްތިޔާޒު ތަކެއް އެއުރެން ނަށް އޮވޭ މިގޮތުން އެއުރެން ބޭނުން ކުރުމަށްޓަކައި އުސްތަށި ބެހެއްޓި ވަކިފާޚާނާއެއް ހުރުން ފަދަ ކަންކަން ހިމެނޭ. މިއީތޯ އޯގާވެރިކަމަކީ؟

  14. މަނިކްފާނު ވެރިކަމުގައި ގާސިމް އިބްރާހިމް ޖަލައްލައިގެން ދެއްވީ ކޮންކަހަލަ އޯގާތެރިކަމެއްތޯ؟!. އެދުވަސް ހަދުމަފުޅުނެތުނީތޯ؟ ވެރިކަމުގައި ހުންނަވައިގެން ކުރެވުން ކަންތކުގެ މަތިން ހަދުމަ ފުޅުނެތުމުން އަޅުގަޑުގާތަށް އަންނަނީ ހިނި. ތިކަހަލަ ވާހަކަދެއްކެވީމަ މަނިކްފާނު ތިއުޅުއްވާ ބައިގަޑުގެ މީހުން ހޮޓާހޮޓަލުގަޔާ އކިތަންތާ ޖަހަނީ މަނިކްފާނަށް ޖޯކް. ކުރަނީ ސަޕޯޓެއް ނޫން.

  15. މީސްތަކުންގެ ތެރޭގައި ފިތުނަ އުފެއްދުމަކީ ކިހާ ނުބައި ކަމެއްކަން މީނާއަށް ނޭންގެނީތަ؟ މިރާއްޖޭގައި މައުމޫނު ތިބުނި ވާހަކަ ގަބޫލު ކުރާނެ މީހަކު އުޅޭނެތަ؟ ފޮޓޯ ގަނޑަށް ބަލިވެ ގޮނޑީގައި އެކަމު މަތިންދާ ބޯޓަށް އެރީ ހިނގާފަގޮސް ސިޑިން. ހިތުގެ ތިހާ މައްސަލަ ހުންނަ މީހެއް ސިޑިން އަރާ ފައިބަން ދުނިޔޭގެ އެއްވެސް ޑޮކްޓަރެއް ހުއްދައެއް ނުދޭނެ. އިންޑިޔާއިން ބައިޕާސް ހަދާފަވެސް 30 ދުވަސްތެރޭ މާލެ އާދޭ ޖުމްލަކޮށް ހުރިހާ މީހުން.

  16. މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކުރި މީހުންގެ ވާހަކަ ދައްކަބަލަ، އޭރުން މާތާހިރު ވާނެ. ކިތައް މީހުން މަރުވިބާ!. އީވާން ނަސީމަށް ހެދީ ކިހިނެއްބާ! ހައިރާންވޭ. ހާދަ އަވަހަކަށޭދޯ ރައްޔިތުންނަށް ދިން އަނިޔާގެ މަތިން ހަނދާން ނައްތާލީ.

  17. މަނިކުފާނުންގެސަރުކާރުން އިލްޔާސް އިބްރާހިމް ދިންކަހަލައަނިޔާއެއް އެއްވެސްސަރުކާރަކުން މީހަކައްނުދޭނެ މިސަރުކާރަކީގޯސްސަރުކާރެއްނަމަ މިހާރުމަނިކުފާނުވެސްހުންނާނީ ހައްޔަރުކޮށްފަ މިސަރުކާރަކީ ރައްޔިތުންނައްއަޅާލާ އޯގާތެރިސަރުކާރެއްމަނިކުފާނު ހިންގެވިކަހަލަ ހުދުމުހުތާރުސަރުކާރެއްނޫން

  18. މަނިކުފާނު އަންނިއަށް އަނިޔާދެއްވީ ކޮންކަމަކާލައިގެންތޯ އެމީހަކުކުރިކަމެއްގެ ހިތިއެމީހަކާ ކުރިތިވާނެ އަދިމަނިކުފާނާވެސް ތިދަނީކުރިމަތިވަމުން މިހާރު ދެރަފުޅުވެންތިއުޅުއްވަނީ ދަރިކަލުން ޖަލުގައި ހުރެގެން ދަރިކަލުން ހުންނެވީވެސް އަރާމުގަ އެކަމަކު އަންނި ޖަލުގައި ބެހެއްޓީ އަރާމުގަތޯ މިހާރު ހިތަށްއަރާތޯ މަނިކުފާނު މީހުނަށް ކުރިހާކަންތަށް

  19. މިފަދަ ޢިލްމީ ބޭފުޅުން ހަތަރު އަނގައިން ވާހަކަ ދެއްކުމަކީވެސް ފަހުޒަމާނުގެ ޢަލާމާތުގެ ތެރެއިން ވާ ކަމެއް.

  20. މައުމޫން އަކައް އަހަރެންގެ ތާއީދެއް މިހާރަކުނެއް.

  21. ޖައްވަށް ހަވަޔަށް ފަޒާޔަށް.

  22. ޜައީސް މަައުމޫން ހަމަ މޮޔަފުަޅު ވީތޯއެވެ

  23. މައުމޫނަށް އޮޅިވަޑައިގަތީ ދޮގެއްތޯއެވެ. ސަރުކާރުގެ އޯގާތެރިކަމާ ފަނޑިޔާރުގޭގެ ނިޔާ އަކީ މުޅިން ތަފާތުކަމެކެވެ. އެ ދެކަންތައް އެއްކަމަކަށް ވީ މައުމޫނުގެ ވެރިކަމުގައެވެ. އޭރު ސްޕްރީމް ކޯޓަކީވެސް ރައީސް މައުމޫނެވެ. ޤާސިމަށް ކުރެވުނުފަދަ ގޮތްގޮތަށް އޭރު ކިތައްމީހުނަށް ކިތައް ޙުކުމް ކުރެއްވިން ތޯއެވެ. މަދެއްކޮށް ނޫނެވެ. ލައްކަ ގިނައިންނެވެ.

  24. އަމިއްލައެދުމުން ފޯވެފައިވާ މައުމޫނެއް މިޤައުމަކަށް ބޭނުމެއްނޫން

  25. މައުމޫނުކަހަލަ ބޮޑު ފިތުނަވެރިއެއް މިޤައުމަކަށް ބޭނުމެއްނޫން.

  26. ކޯޓަށް ޚާޒިރު ވުމަށް އެންގި ކޮންމެ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ނުކުރޭތޯ؟ މިއަށް ގޭމް ޖެއްސުމޭ ނުކިޔޭނެ ތޯ؟ މިކަހަލަ މަންޒަރެއް އަޅުގަނޑު ދުށިން ހިންދީ ފިލް ދާމިނީ ގަވެސް. ދެން ތިޔަ ބުނާ އިމްރާން ނޫންތޯ ފުލުސް އޮފީހުގަ މޭޑޭ އެއްވުމަކީ ތިމަންނަގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ އެއްވުމެކޭ ބުނީ އަދި އެ ދުވަހުގެ ކަންކަމުގަ ޒިންމާ އުފުލާނަމޭ ބުނީ. ދެން އެ ދުވަހު ފުލުސް ކުއްޖާ އަށް އެ ދިން އަނިޔާ އަކީ ނުކުރާ ކަމެއްތޯ؟ މިހާރު ތިބުނަނީ އަބްދުﷲ ޤާޒީ ހައްޔަރު ނުކުރާ ކަމަށްތަ. ހެދުނު އަތޮޅަށް ގެނެސްދިން ތަރައްޤީ އަށް ސުކުރު އަދާކޮށްފަ ހަވީރު އެކަން ނުފެނުނީ ފާރިސް ކޮން އެއްޗެއް ދެއްކީމަ ތޯ؟ މީ އެންމެ ކުޑަ ކުއްޖާއަށް ވެސް އެގޭނެ ކަންކަން ދޯ ކޮބާ ލަދު.

  27. ޢޢޯގާތެރިކަމުގެ ވާހަކަ މަކިނުފާދެއްކީމަ ހަމަ ހިނިއަންނަނީ