ރާއްޖޭގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދައިފައިވާ ޖިމްއެއް ކަމަށްވާ " ދި ހެމާ" އިން ދެމުން ގެންދާ ހިދުމަތްތަށް ރަމަޞާން ފަހު ވަރަށް ތަފާތުވާނެ ކަމަށް އެ ޖިމްގެ އޯނަރު އަހުމަދު މުއާޒް ވިދާޅުވެއްޖެއެވެ.

" ވަގުތަށް " ދެއްވި އިންޓަވިޔުއެއްގައި މުއާޒް ވިދާޅުވީ ރަމަޞާން މަހަށް ފަހު ހެމާގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ކަސްރަތު ކުރުމަށް ހެމާއަށް އަންނަ ފަރާތްތަކާއި އެކަށޭނެ މާހައުލެއް ގާއިމް ކުރެވިފައި ވާނެ ކަމަށެވެ.

" ރަމަޞާން މަހަށް ފަހު އަޅުގަނޑުމެން މިވަނީ ހެމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އެގޮތުން ޖިމްގެ މާހައުލު މިވަނީ ޖިމްގެ ބޭނުން ހިފާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތަށް ބަދަލުކުރެވިފަ" ހެމާގެ އޯނަރ އަހުމަދު މުއާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭއްވޭ ބޮޑީބިލްޑިންގްގެ އެންމެ ބޮޑު މުބާރާތްކަމަށްވާ " މިސްޓަރ މޯލްޑިވްސް " ވޭތުވެ ދިޔަ ތިން އަހަރުވެސް ކާމިޔާބުކުރި އެތްލީޓުން ހިމެނޭ ހެމާގެ އުންމީދަކީ ކަސްރަތަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ހެދުމާއި އެކު ހެމާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ހެޔޮ ބަދަލު ހެމާގެ ބޭނުން ހިފާ އެންމެހާ ފަރާތްތަކުގެ ކިބައިން ފެނުން ކަމުގައި ހެމާގެ އޯނަރ މުއާޒް ވަނީ ވިދާޅުވެފައެވެ.

" ހެމާގެ އެންމެ ބޮޑު މަގްސަދަކީ ކަސްރަތަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ހެދުން. އަދި އަޅުގަނޑުމެން ޔަގީންކަން ދެން ހެމާއިން ހިދުމަތް ހޯދާ އެންމެހާ ފަރާތްތަކަށް އެކަމުގެ ހެޔޮ ބަދަލު ފެނިގެންދާނެ " އަހުމަދު މުއާޒް ވިދާޅުވިއެވެ.

އަދި ހެމާއިން އެ ޖިމްގެ ފެންވަރު ރަނގަޅުކޮށް ތަނުން ދޭ ހިދުމަތްތަށް ހަރުދަނާ ކުރުމަކީ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ވެދެވޭ އެހީއެއް ކަމުގައިވެސް ހެމާގެ އޯނަރ އަހުމަދު މުއާޒް ވިދާޅުވިއެވެ.

މިސްޓަރ މޯލްޑިވްސް ކާމިޔާބުކޮށްފައިވާ ޖިމް އިންސްޓަކްޓަރުން ހިމެނޭ ހެމާއަކީ ރީތި އަދި ދުޅަހެޔޮ ހަށިގަނޑެއް ބޭނުންނަމަ އެފަދަ ދެވަނައެއްނެތް ޖިމެއް ކަން ކަށަވަރެވެ. އަދި ރަމަޞާން މަހަކީ އާންމުގޮތެއްގައި ތަރާޒުތަކަށް ބަރުދަން އިތުރުވާ މަހެއް ކަމުން އެ މަހުގައި ހަށިގަނޑަށް އައި ބަރުހެލިކަން ބަދަލުކޮށް ދުޅަހެޔޮ ހަށިގަނޑެއް ބައްޓަން ކުރުމަށް ހެމާއަކީ އެކަމަށް އެންމެ އެކަށޭނަ މަންޒިލެވެ.

ހެމާ ޖިމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ނޫން އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 5:30 އިން ރޭގަނޑު 23:00 އަށެވެ.

ދި ހެމާއާއި ބެހޭ އިތުރު މައުލޫމާތު ހެމާގެ ވެބްސައިޓް www.thehammer.mv ލިބެން ހުންނާނެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލީ

    އަޅުގަނޑު ހެމާ އަށް ދާތާ މިހާރު ދެއަަހަރު ވަނީ އެވެ. މިވަގު މާލޭގައި ހުރި ގިނަ ޖިމްތަކާ އަޅާބަލާ އިރު ހެމާ ޖިމް އަކީ ހުރިހާ ގޮތަކުންވެސް ޖިމް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމް ތަނެކެވެ. ސަބަބަކީ ޖިމް ތަނަވަސްވެފައި ވެންޓިލޭޝަން ރަނގަޅުވުމާއި، ތަނުގެ ސާފްތާހިރުވުމާއި، އަދި ހާއްސަގޮތެއްގައި ހެމާ ހުންނަ ލޮކޭޝަންގެ ގޮތުން ޖިމްބޭނުން ކުރާފަރާތްތަކުގެ ސައިކަލްތައް ޕާކުކޮށްލަން ފަސޭހަ ވުމެވެ. އަދި މުއާ ޖިމްތަރައްޤީ ކުރުމަށްޓަކައި ކުރާމަސައްކަތަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ. މިހާރު ޖިމްއަށް ލިބުނު އިތުރު ޖާގާގާގެ ަސަބަބުން ތަނަށް ލިބުނު ތަނަވަސް ކަމަކީ ޖިމްޖައްސަން ދާފަރާތްތަކަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.