ކޮވިޑް-19 ޖެހިގެން ޅ. އަތޮޅު ހިންނަވަރުގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

މިއީ މިއަދު މިހާތަނަށް ކޮވިޑަށް ބަލީގައި ރާއްޖެއިން ނިޔާވި ހަ ވަނަ މީހާ އެވެ. އަދި މި މަހު މިހާތަނަށް ނިޔާވި 60 ވަނަ މީހާ އެވެ.

މީގެ ކުރިން މިއަދު ކޮވިޑް ބަލީގައި ފަސް މީހަކު ނިޔާވެފައި ވަނީ މާލެ ސަރަހައްދުގައެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗްގެ އީއަރްއަށް ގެންދިޔަ ފަހުން ނިޔާވި މީހަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ހަތަރު މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 135 އަށް އަރާފައެވެ.

އެރަށު ކައުންސިލް ރައީސް ހަސަން ޝާފިއު "ވަގުތު"އަށް ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 87 ވަރަަކަށް އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އޭނާ ނިޔާވެފައި ވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ ނިޔާވިއިރު، ދިޔައީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ، އެ މީހާއަކީ އެނދުދާންމަތީގައި އޮންނަ މީހެއް ކަމަށާއި، އެ މީހާ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާތާ ދެ ވަރަކަށް ދުވަސް ވެދާނެ ކަަމަށެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް ދަނީ މައްޗަށް އަރަމުންނެވެ.

އެ ބަލީގައި ނިޔާވަމުންދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.

މީގެ އިތުރުން އެ ބައްޔަށް ރާއްޖޭގައި ފައްސިވާ އަދަދުތައްވެސް 1000 އިން މަތީގައި އުޅޭތާ މިހާރު ދެ ހަފްތާ ވާން ވަނީ ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާދިރު

    ސަރުކާރާ ބެހޭކަމެއް ނޫން އެމީހިން މަރުވެ ދިޔަޔަސް ވެރިންނަށް ބޭނުންވާވަރަކަށް ލާރިނަގައިގެން އުފަލާ މަޖަލުގަ އެމީހުން ތިބީމަ ނިމުނީ

  2. އަލީ

    ވަރަށް ހިތާމަވެރިކަމެއް. މިބަލީގެ ކޭސް ފެޓަލިޓީ ރޭޓް ރާއްޖޭގައި އަދި ހުރީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ދަށުގައި. ވީހާވެސް މިރޭޓް ދަށުގައި ހިފެހެއްޓޭތޯ ބަލަންވީ. ފަރުވާ ދިނުމުގައި ކޮންމެ ވެސް މައްސަލައެއް އުޅޭ ކަމަށް ލަފާ ކުރެވޭ. މިހެން މިބުނީ ވެކްސިން ޖަހާފައި ތިއްބާ ކޭސް ފެޓަލިޓީ ރޭޓް މައްޗަށް އަރަމުންދާތީ. ވެދާނެ މިވޭރިއެންޓުގެ ސަބަބުން ކަމަށް.