ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ދުވާލެއްގެ މައްޗަށް ބަލީގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ސަރުކާރުން އެކަމާއި ކަންބޮޑުވެގެން އުޅުއްވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އުނގޫފަރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅިފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ކަންތައްތައް ދަނީ ރަނގަޅަށް ކަމަށް ބުނެ ސަނާކިޔުމަކީ މިއަދު ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ރައްޔިތުން އުއްމީދުކުރޭ މިހާ ހިސާބަށް ދިޔާމަ ސަރުކާރުގެ ވެރިން ތަންކޮޅެއް ގާތުން ފެންނާނެ ގޮތެއް. އިސް ބޭފުޅުން ގާތުން ފެންނާނެ ގޮތެއް." ވައްޑެ ވިދާޅުވިއެވެ.

އެމެރިކާއިން މިސާލު ނަންގަވައި ވައްޑެ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެ ގައުމުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހުދު އެގައުމުގެ ރައީސް ބައިވެރިވެވަޑައިގަންނަވަމުން އަންނަ ކަމަށެވެ. އެފަދަ އެއްވެސް މަންޒަރެއް ރާއްޖެއިން ނުފެންނަ ކަމަށާއި، ކޮވިޑުގެ ކަންތައްތަކުގައި ސަރުކާރުން މަސައްކަތްކުރާތަން މިހާރަށްވުރެ ބޮޑަށް ފެނިވަޑައިގަންނަވަން ޖެހޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"މި ސީރިޔަސްކަން ދޭކަން. ހިނގައިގެން އުޅޭ ކަންކަން. އަދި އަޅުގަނޑުމެން ބޭނުންވާ އެންމެ އަވަސް ހައްލު ނުވިޔަސް، މަސައްކަތްކުރާ ތަން ރައްޔިތުންނަށް ފެނުން އެއީ ރައްޔިިތުންނަށް އެންމެ ބޮޑު ތަސައްލީއެއް. އެ މަންޒަރެއް ނުފެނޭ." ވައްޑެ ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް މަސައްކަތްކުރެވޭނެ ގޮތް ނެތްނަމަ ބޭރުގެ ގައުމުތަކުގެ އެހީ ހޯދައިގެން ވިޔަސް ރާއްޖެއިން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވައްޑަ މިގޮތަށް ވިދާޅުވިއިރު، މިހާރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އަދި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް މައްޗައް ގޮސް ރެކޯޑް ދަނީ ހަދަމުންނެވެ.

ރާއްޖެއިން މިހާތަނަށް 136 މީހަކު ކޮވިޑް ބަލީގައި ނިޔާވިއިރު، 55924 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ސަބުޖު

  ގަދަ ނިދީގަ ވެރިވީހާއި ކަމާއިބެހޭ ވަޒީރު ، ފެން ބާލިދީ އެއް އެޅީމަކަންނޭގެ ލޯވެސް ހުޅުވާލާނީ ،

  45
 2. ކޮވިޑް

  ބަލަ ތި ވައްޑެ މެނޭ ތިޔަ މަޖިޅިހުގަ ރައްޔަތުން ނަށް އޮޅުވާލީ. ސަރުކާރު އޮތީ މިކަމަށް ފުރިހަމަޔައް ތައްޔާރުވެފަ އޭ ، އެފަހަރު ލިއު ދިން އިރު ތައްޔާރު ވެފަ ހުރި ދާއިރާތަށް ފެނުން .ވެންޓިލޭޓާރ އިން ވައްކަން ކުރީ، މާގިރީގަ ފްލޯޓިން ހޮސްޕިޓަށް ޑިޒައިން ކުރީ، އެ އަހަރު ބަޖެޓް ހުސްވީ، ބޭރު ގައުމުތަކުން ލިބުންހާ އެހީ ރައްޔަތުން ގެ ހިތްތަށް ފުރާލީ، ހަމަ ތިވައްޑެމެން ދޯ ގޮވީ ތިޔަ މަޖިލީސްގަ މީ އާދައިގެ ކަމެކޭ؟ އީވާ ދޯ ބުނީ އެކްސިޑެންޓް ތަކުގާ މަރުވާމީހުން މާގިނަ އޭ؟ ދެން މިހާރު ވައްޑެމެން މާ ރައްޔަތުން ވެގެން ތި އުޅެނީއްޔޯ؟

  39
  • ޓުކުރި

   މަޖިލިސް އިސްތިއުފާދީ. ޙުރިހާވެސް ގޯހަކީތީ.
   ޜެސްޓޯރަންޓް ހުލުވީ ތިމީހުން،
   ޢިންތިހާބް ބޭއްވީ ތިނީހުން.
   މަރުވާ އެނަނެންގެ ޒިނަމާ އޮތީ ތިމަޖިލިސް ބޮލުގަ.
   ޜައްޔިތުންނައް އިރާދަ ކުރރއްވިޔާ ދުވަހެއް އނަމާނެ.
   ޓިވަގުންނައް ހާސްދުވަސް، ރައްޔިތންނަށް އެއްފުވަސް.

 3. ރަގަޅު

  ތިހަމަ އިޚްލާސްތެރިކަމާއެކު ބުނެލި ވާހަކައެއްތޯ .

  42
 4. ޚުދޖސޖ

  ޚkalE މާރީއްޗެއްނުުންތިވަާހަކަކދައްކަން

  39
  1
 5. ހަނި

  ވައްޑޭ ހިތްވަރު ހުރިޔާ މަޖިލިސް ތެރެން ސަރު ކާރު ބަދަލް ކުރަން ފެނޭ އަވަސް އިބޫ އިސްތު އުފާ

  39
 6. ޔާންޔާ

  އަދި އަވަސް . އެޗްޕީއޭއައް ތިކަން ނުވަންޔާ ހުއްޓާލާ . އަދަދުތައް މައްޗައް ދާކަން އެގެމެ .ކޮންޓެކްޓރޭސިން ނުހެދި އައްދަށުން ގޮސް މިއޮތީ ވާއެއްކެއް ވެފަ . މިހާރު ހިތައްއަރާނެ ސަހަރޯއޭ .
  އެއްމެ ފުރތަމަސް މިކަން މިދިމާވަނީ ޕޮޒިޓިވް ކޭސްތައް ނުބެލޭތީ . ބުނެލައް އޮޔް ހަގީގަތަކީ ޕޮޒިޓިވް މީހުން އުޅެނީ ބޭރުގައޭ . ދެން ކިހިނެއްހޭ ކޮންޓރޯލްކުރާނީ . ފުލުހުނައް މަގުމަތީ އުލޭ އެއްމެންވެސް ޓްރަކް ކުރެވެންޖެހޭނެ. ޕޮޒިޓިވްމީހެއް ޕަޒިޓިވް ރިޕޯޓްލިބި މަގުމަތީ އުޅޭކަމައްވަނޔާ ޖަލުހުކުން އަންނަންވާނެ . ގިނައީ ޕްޒިޓިވްކަން އެގެމެ މަގުމަތީ އުޅޭމީހުން . އަދަދުތައް ދާނީ މައްޗައް . ، އަދި ވިލިމާލޭގެ ހަގީގަޠް . މިގޭ މަގުގައި ދިރިއޫލޭ ހުރިހާގެއެއް މިގެ ފިޔަވާ ޕޯޒިޓިވް . ނަމަވެސް އެމީހުން އުޅެނީ ހަމަ ބޭރުގަ ، މާލޭގަ . ކާކު ބަލަނީ .
  ޓެކްސް ފައިސާއިން ފުލުނާ ސިފައިންނައް މުސާރަ ޑީފައި ތިބެނީ ކަމަކު . ހަމަ އެއްމެން ކަހަލަގޮތަކައް ބެލެން ޖެހޭން . ޕޯޒިޓިވް މީހުން ގަސްދުގައި މަގުމަތީ މިބަލި ފަތުރަނީ . މިކަން ނުބެލެންޔާ ކޮންމެދުހަކު މަރެކެކިޔާ ހެޑްލައިން އައް އެރުވުމުގެ ބޭނުމެއްނެއް.
  މީ ހަމަ ތެދުހަގީގަޠް.

  20
 7. މަޒް

  ސަރުކާރަކީ އޭގެ ޒާތުގައި ހީ ސަމާސާކޮށް ރޮއެ ކަން ބޮޑުވާނެ އެއްޗެއް ނޫން.. ވައްޑެ ގަމާރީތަ؟ ސަރުކާރުގައި ތިބި މީހުން ހަކަތަ ހުސްވެއްޖެ މިކަމަކާ ތަޅާ ތަޅާ.. މަޖިލިހުން އިންތިހާބު ބާއްވަން ނިންމުން އެއީ މައްސަލައަކީ.. ވައްޑެ މި ގައުމު ހަލާކު ކުރީ.. ތީ ގައްދާރެއް

  32
  1
 8. އަހުމަދު

  ސަރު ކާރުން މަސައް ކަތް ކުރަނީ ލާދީނީ އަންނި ރުއްސަން ވެގެން ބޮމާ ބައްދާފަ ކަމެއްވާއިރަށް ހަރު ކައްޓޭ ކިޔާފަ ވާހަ ކަ ދެއް ކުން. ލާދީނީ ސަރުކާރަށް މުހިއްމީ ރައްޔިތުންގެ އެތަ ކެއްބަޔަކު ނިޔާވިޔަސް ލާދީނީ އައްނި ގެ ރުހުން ހޯދުން.

  34
  • ޢަހޮމަދު

   ޅާދީނީއޭ ކިޔާފަ އަގަހުޅުވާއިރު. ޥައްކަންކޮއްގެން ހޯދާފައިސާ ގޯނިގޯނީގަ ބެހުމަކީ ހުއްދަކައްމެއްތޯ. ޥައްކަން ކުރީމާ އަތްކަނޑަންޖެހޭތޯ.

 9. ޑަބިޔާ

  100 ދުވަސް ދިޔައީ ކޮންކަމަކާތޯ؟؟؟ މީ ކަލޭމެންގެ ސަރުކާރުގެ ނާގާބިލުކަން

  39
  1
 10. މިތުރާ

  ސަރުކާރު ފެއިލްވީ،،،ދިވެހިން ކޮވިޑައް ދީހުސްކުރަނީ،،،4ލައްކަ ހަމަނުވާ މީސްކޮޅެއް،،،

  39
  2
 11. ބޭޗާރާ

  ގައުމަށް ޖެހިފައިވާ ގިލަންވެރިކަމަކީ ތިޔަ މެންބަރުންގެ ސަބަބުން ޖެހުނު ގިލަންވެރިކަމެއް. ކޮވިޑާ ގުޅިގެން މަރުކޮސް ގޮވާފައި ލިބުނުހައި ފައިސާއެއް ބައި އަޅާފައި ޖީބަށް ކޮށްޕާފައި މިހާރު މާ ތެދުވެރި އިންސާނަކަށް ވާން ދެއުޅިއެއްނުވާ ވާހަކަ ކަނޑުކޮސް ގޮވަންފެށީއުތަ!

  32
 12. އަލްޖިބްރާ

  ސަރުކާރުން ކަންބޮޑުވީމަ ވާގޮތް ކަލެއަށް ނުފެނޭތަ ؟ ކޮވިޑް އާއި ހެދި ތިޔަ އިލެކްޝަން ފަސްކުރަންބުނީމަ އިދިކޮޅުގައިބި އައުވާނުންގަޑު ހީވީ ދެންމެ ދެންމެ އެޗް.ޕީ.އޭ ރޮލުން ކައިފިހެން ! ކޮވިޑް އެއީ ސަރުކާރުން ޖައްސާ ޑްރާމާ އެކޭ ކިޔައިގެން މުލިއެތަންމިތަނުގައި ހަޅޭއް ފަޅޭއް ލެވިތަން އަހަރުމެން ދުށިން ! ކޮވިޑް ބޮއްސުންލީ ތިޔަ އިލެކްޝަނެއް ބޭއްވިފަހުން ! މިހާރު ހުރިހާކަމެއް ނުބައިން ނުބަޔަށް ދިޔާމަ ހަޅޭއްލެވި ބައިގަޑު މިގޮވަނީ ސަރުކާރު އަޅައެއް ނުލައޭ ! އެންމެ ފަހަރަކުވެސް ތިޔަ ހަޅޭއްލަވާބައިގަޑު ބޭރަށް ނުގޮސް ގޭތެރޭ ނުތިބެވިގެން ތިއުޅެނީ ސަރުކާރުން ކަލޭމެންގެ ބުރިފުށުގައި ގެއިން ބޭރަށް ދާށޭ ކިޔައިގެން ހަންމުށިން ތަޅާތީތަ ؟ މިއީ ދިވެހިން ! ހެޔޮ އެއްގޮތެއްވެސް ނޯންނާނެ !

  10
  17
  • ކެކެކެ

   އިދިކޮޅުން ބުނީތީތަ އިލެކް×ަން ބޭއްވީ؟ އިދިކޮޅުން އެބަ ބުނޭ އިސްތިއުފާ ދޭންވެސް. ދެން ގަމަ އިސްތިއުފާ ދޭނީތަ. ހިތުން މޮޅު ވާހަކައެއް ބުނެލާފަ ހެވިފަ ތިހިރީ؟

   6
   1
 13. ސަމާ

  ކޮލިޓީ ބަޔަކު ސަރުކާރަކުވެސް ނެތް، މަޖިލިހަކުވެސް ނެތް.
  ރޔ ވެރިކަން ކުރީ އިންޑިއާ އާއި ނުލައި، ކޮމަންވެލްތުން ވަކިވެގެން.
  ކަލޭމެން އެހުރިހާ މީހުންނާއި ގުޅިގެން އަދި އިންޑިއާ މިލިޓަރީއަށް 3 އެއަރޕޯޓް އަދި އައްޑޫގައި މިލިޓަރީބޭހެއް، ގުޅިފަޅުގައި ބަނދަރެއް ދިނީމަވެސް ތިއުޅެނީ ގެލެރީވެގެން.

  26
 14. ވާންޗޯ

  މި ކުދިންނު ކުރިން ވިދާޅުވީމީ އާދައިގެ ރޯގާއެކޭ ކިޔާ މާލެ ތެރެޔަށް ގިނަވެގެން ތެޅުނީ

  29
 15. މޖހގފ

  ކޮއްކޯ ޗައިނާ އޮތީ ތައްޔާރަށް..އެކަމު ލޯކުޑަވީމަ ސޯލިހަށް ކަމަކުނުދެޔޯ..ކީއްކުރާނީ؟

  28
 16. ޗިޗަންޑާ ކުނި

  ވައްޑޭމެން ވާހަކަ ނުދައްކާ! އެޗްޕީއޭއިން ގެނެސް ކަންކަން ލުއިކުރަން މަޖުބޫރުކޮށް، އިީސީގެނެސް ކޮންމެހެންވެސް އިންތިހާބު ބާއްވަން މަޖުބޫރުކޮށް ހުރިހާ މަކެއް ކޮށްފައި ހުރި ވަޒީރު ބޭުރކޮށްފައި، ނަމޫނާ ހިންގުންތެރި ވަޒީރު ލައިގެން ހުރިހާ ލާރިއެއް ހުސްވީއިރުވެސް ވީކަމެއް ނެތް. ރަށެގައި ނެތް ތައްޔާރުވާން ކުރެވުނު ކަމެއް. ރައީތުންނަށް ނެތް މާސްކު ކޮޅެއް ހާހިސާބުވެސް ދެފަހަރު ބަހާލެވިފައި. އެކަމަކު ޖޫރިމަނާ ހަބޭސް.

  18
 17. ކާފަ

  އެއްކަލަ ސިކު ގޮލާ

  11
 18. ދުންމާރި

  ވަށްޑޭ ހަމަ ހޭގަ ހުރި ވަގުތުކޮޅެއް އައީތަ؟ ވަށްޑެޔަށް ހެޔޮ ވިސްނުން ދެއްވިކަމައްތަކައި ﷲ އަށް ހަމްދާ ޝުކުރުކުރަން

 19. އަބުސީ

  ތި މަޖުލީހުން ވެއްޖި ސަރުކާރަކީ ކޮންޕާޓީއެއްގެ ސަރުކާރެއްކަން ރައްޔިތުންނަށް ކަށަވަރު ކޮއްދޭން..ކަމެއްގޯސްވީމަ ވެރިމީހާ ބޮލަށް ޖެހީމަ ސަކަރާތް. ނާގާބިލު ވެރިޔަކު ހޮވަނީ ރަތްޔިތުން ނުވަތަ މުޖުތަމައުގެ ގާބިލު ކަމާއި ތަސައްރަފު ފުދިފައިވާ މިންވަރެއްގެ މައްޗަށް...ކަންކަމާއި ބަސްބުނަންތިބީ ތިވެރިން ކަންކަން އިސްލާހު ވާނެ ގާނޫނާއި ގަވައިދު ހަދަނީ ތިވެރިން...ރަތްޔިތުންނަށް މިހާރު ވިސްްނޭނެ...މުޖުތަމައު ހޭލުންތެރި ވާންޖެހޭ ސިޔާސީ ވެރިންގެ ދަންތޫރައިގައި ނުޖެހި ވޭތޯ...

 20. ކިނބޫ

  ކަލޭމެން ކަންބޮޑުވާތީތަ ކޮވިޑަށް ޖޯކު ޖެހީ! ދެން ބުނޭ ތިކަހަލަ ކަމެއް ނުކުރަމޭ ނޫނީ ތިކަމާ ހިތާމަ ކުރަމޭ! މީ ފިސާރި ލަދުވެސް ކުޑަ ބައެކޭ ދޯ!

 21. ސަރީފު

  ވައްޑޭ ހިތާ އެއްކޮޅަެްތޯ ތޮޔަބުނެލީ ނޫނީ އަންނަ އިންތިހާބައް ކޮށާލި މަގެއްތީ....ނޫނީ އެތިކޮޅެއް ހިއްޕެވީތޯ...

 22. ޖަޒީރާ

  ކޮބާ ބޭނުންވެގެން އުޅުނު ކޮންކުރީޓު ނޫން ތަރައްގީ މިއޮތީ އައިއްސަ.

 23. ސުވައިދާ

  ސަރުކާރުންވެސް ބޭނުންވަނީ 65 އަހަރުންމަތީ މީހުން މަދުކުރަން.އެއިރުން -/5000 ވެސް ދޭކަށް ނުޖެހޭނެ ނުން އެހެން ވީމަނޫން އަގައިންނުބުނެ މިއަދުވެސް ރިކޯޑެއް ކިޔާލަ ކިޔާލާ އެތިބެނީ.

 24. ޢެންދީފީ

  ބަލަ މި ކލޭމެންގެ ސަ ރުކާ ރެއްނުންތަ