ޓީވީއެމްގައި ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު ޕްރެޒެންޓަރ، އިބްރާހިމް ޒިޔާޢު މުޙައްމަދު ޓީވީއެމް އިން ވަކިވެއްޖެއެވެ.

ޒިޔާ މިކަން ހާމަކޮށްފައި ވަނީ މިއަދު އޭނާ ޢާންމުކުރި ފޭސްބުކް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޒިޔާ ބުނެފައި ވަނީ، ޕީއެސްއެމްގެ ހަނދާންތައް އަބަދުވެސް ހުންނާނެ ކަމަށާއި، އެ ޓީވީ ޗެނަލަށް ޝުކުރު އަދާކުރާ ކަމަށެވެ. އެހެނަސް އެއީ އަލްވަދާޢުގެ މެސެޖެއް ނޫން ކަމުގައި ޒިޔާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ޒިޔާ ޓީވީއެމް އިން ވަކިވިކަން ފޭސްބުކް މެދުވެރިކޮށް ޔަޤީންކޮށްދީފައިވީ ނަމަވެސް، އޭނާ ޓީވީއެމް އިން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

"މިވަގުތު" ޕޮރޮގްރާމްގެ ތެރެއިން

ޒިޔާއަކީ ޓީވީއެމްގައި ގިނަ ޝޯ ތަކެއް ހުށަހަޅާދެމުން ދިޔަ ކުޅަދާނަ ޕްރެޒެންޓަރެކެވެ. އެގޮތުން ނިމިދިޔަ ރޯދަ މަހުގެ ގިނަބައެއްގެ މެދުގައި މަޤުބޫލުކަން ލިބިގެންދިޔަ "މިވަގުތު" ޕޮރޮގްރާމް ވެސް ހުށަހަޅާ ދީފައިވަނީ ޒިޔާއެވެ.

ޒިޔާ ޚަބަރު ހުށަހަޅާ ދެނީ

މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ޒިޔާވަނީ ފިލްމީ އުދަރެސް ފަދަ ބޮޑެތި ޕޮރޮގްރާމްތައް ޕްރަޑިއުސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢައިސް

    ކިހިނެއްވީތަ އަނެއްކާ ކުއްލިއަކަށް...މިއަދުވެސް ހުރި ޕުރޮގްރާމްގަ...ނަމްޒާ ތޮޅުނީ ދޯ؟

    • ނާބޭ

      އަސްލުވެސްދޯ.

  2. ކައުންސެލަރު

    މަށަށްކީއް؟ ހިނގައިދާންނު

  3. ބުރުމާ

    ދެން އިވޭނީ ކޮންމެސްތަނެއްގެ ކޯޑިނޭޓަރުކަން ދިން ހަބަރު

  4. ޢައްޔުބް

    މަސްހޫރުތަ. މިހާރު މީހުން ބަލާ ޗެނަލް އެއްނޫންތީ.

  5. މީ

    ހޫ ކެއާސް....

  6. ކަދުރު

    ޒިޔާ އެއީ ކާކުބާ؟

  7. ނުދެނަހުރިން

    ހަލީލު ބުނީ ކޮންމެ ވެރިކަމެއްގައިވެސް އޭނަ ހުންނާނަމޯ ތަނުގެ މަތިފަޑި މަތީގަ. ދަންނަމޯ ބޯކާލަން. އެކަހަލަ ތަނެއްގައި ނުހުންނާން ޒިޔާވަކިވީ. ދޯ؟

  8. އިބްރާހީމް

    އަޅުގަނޑުގެ ހިތުގައި އުފެދެނީ ބޮޑު ސުވާލެއް. ޓީވީއެމްގައި ގިނަ ދުވަސްތަކެއްވެފައިވާ ޢާންމުންގެ މެދުގައި މަޤުބޫލު، މީހުން ލޯބިވާ، ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރަމުންއައި ތަޖުރިބާކާރު ގިނަ މުވައްޒަފުންތަކެއް އެ ކުންފުނި ދޫކޮށް ކުއްލިއަކަށް ދާންޖެހޭ ސަބަބެއް އޮންނާނެކަން ޔަޤީން. މޫސާ ރިޟްވާން، ޝަމްޢޫން، ޝަނޫން، މޫސާ ވަސީމް، އިބްރާހީމް ޒިޔާޢު މިއީ މަޝްހޫރު މޫނުތައް. ތަޖުރިބާހުރި ފަންނުވެރިން. މި އެންމެން ތަނުން ވަކިވެގެން ދިއުމުގެ ސަބަބު ހޯދަން ވެއްޖެ ކަމަށް ދެކެން. ވެރިންގެ ގޮނޑި ދިފާޢު ކުރަން ވެގެން ކުރާ މަސައްކަތްތަކުގައި މުވައްޒަފުން ކަތިލަމުން ދަނީކަމަށް ބެލެވެނީ. ޝަނޫން ކަނޑާލުމުން އޭނާ އަށް ޕީއެސްއެމްއިން ބަދަލު ދޭން ޖެހުން މިއީ ހަމަ މިކަމުގެ ހެއްކެއް ކަމަށް ފެންނަނީ. ކޮންމެ މުވައްޒަފަކީ ކޯޓަށް ގޮސް ބަދަލު ހޯދަން މަސައްކަތް ކުރާނެ މުވައްޒަފެއްނޫން. އަދި ތަން ބަދުނާމުކޮށްފައި ވާހަކަ ދައްކާނެ ބައެއްވެސްނޫން އެންމެންނަކީ. އަޅުގަނޑަށް ހީވަނީ ޕީއެސްއެމްގައި ޖެހިގެން އުޅޭ މައްސަލައަކީ މެނޭޖްމަންޓުގައި ތިބި ބަޔަކަށް ތަން މެނޭޖު ކުރަން ނޭނގިގެން ޖެހިގެން އުޅޭ މައްސަލައެއްހެން. އެހެން ނޫންނަމަ ހަމަ ކުއްލިއަކަށް އެހާ ގިނަދުވަހު ޚިދުމަތްކޮށްކޮށްތިބި ބަޔަކު ކުއްލިއަކަށް ކެނޑިގެނެއް ނުދާނެ. ނޫސްވެރިންވެސް މިކަންކަން ދިރާސާކޮށްލުން ރަނގަޅު ކަމަށް ދެކެން. އެއީ ހަމަ ރައްޔިތުންގެ ފައިސާއިން ހިންގާ ތަނަކަށްވެފައި އެތަނުގައި ކަންތައް ވަމުންދާ ގޮތްވެސް ރައްޔިތުން އެނގެން ބޭނުންވާނެތީ. ރައްޔިތުން ބަލަން ބޭނުންވާނީ ހަމައެކަނި ޓީވީއެމްގެ އޮންއެއަރއެއްނޫން. އޮން އެއަރވެސް އެހާ ކަޑަ މިހާރު އެތަނުގެ.

  9. ޝީނާ

    ޒިޔާ ވަރަށް މިިސްވާނެ ޕްރެޒެންޓް ކުރާލެއް ވަރަށް ސަޅި.. އަބަދުވެސް ކުރިއެރުމަށް އެދެން. މީހުންގެ ދަށުވެ ފިތި ބާރުވެގެން މިހާރު އުޅޭކަން ނުޖެހޭނެ ތީ ކިޔަވައިގެން ހުރި ޓެލެންޓް ހުރި ކުއްޖެއް.ރަގަޅު ފެމިލީއެއް. ޒިޔާ އަށް ކާމިޔާބީ އަށް އެދެން.

  10. ޒީނާ

    އުއްމީދު ކުރަނީ ޓީވީ އިން ޕާރޓްޓައިމްކޮށް ވިޔަސް ފެންނާނެކަމަށް. ހުނަރުވެރިން ޓީވީ ދޫކޮށް ދިޔުމަކީ ވަރަށް ހިތާމަހުރި ކަމެއް ރަގަޅު ސެލެރީ އަކާއި އެކު ޖޮބް ޓީވީ އިން ހަމަޖައްސާނަމ ޓީވީ އެމް ދޫކޮށް ނުދާނެ

  11. ނަދާ

    ޒިޔާ މީހުން ދައްކާ ވާހަކަ އަށް މާ ބޮޑު ސަމާލު ކަމެއް ދޭނެކަމެއްނެތް ކުރި މަގަށް ވިސްނާ ކުރިމަގު އުޖާލާކުރަން ތިނެންގެވި ޑިސިޝަނަށް މަރުހަބާ ކިޔަން އުއްމީދު ކުރަނީ ޓީވީ އިން ޕާޓްޓައިމްކޮށް ވިޔަސް ފެންނާނެކަމަށް.

  12. ޖަމީ

    ވަރަށް މިސްވާނެ ޒިޔާ ދެން. ބާއްޖަވެރި ދުވަސްތަކަށް އެދެން.

  13. ދުންޔާ

    މިހާރު އުޅޭ މީހުންނަކީ އެކަކު އަނެކަކަށް ހެޔޮ އެދޭނެ ބައެއްނޫން ޓީވީ އެމް ތެރޭގައިވެސް ތަފާތު ކުރުންތައް ވަރަށް ބޮޑު އެހެން ވީމަ މުސްތަޤުބަލްގައި އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލައަށް ދިރިއުޅުމަށް މަސައްކަތް ކުރުން މުހިއްމު. ޒިޔާ އަކީ މީހަކަށް ދޫކުރާނެ ކުއްޖެއްނޫން ހިތްވަރު ގަދަ ކެރޭ ޒުވާނެއް. ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބީ އަށް ވާސިލްވެލައްވާ.

  14. ޒާރާ

    މިހާރު އުޅޭ މީހުންނަކީ އެކަކު އަނެކަކަށް ހެޔޮ އެދޭނެ ބައެއްނޫން ޓީވީ އެމް ތެރޭގައިވެސް ތަފާތު ކުރުންތައް ވަރަށް ބޮޑު އެހެން ވީމަ މުސްތަޤުބަލްގައި އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލައަށް ދިރިއުޅުމަށް މަސައްކަތް ކުރުން މުހިއްމު. ޒިޔާ އަކީ މީހަކަށް ދޫކުރާނެ ކުއްޖެއްނޫން ހިތްވަރު ގަދަ ކެރޭ ޒުވާނެއް. ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބީ އަށް ވާސިލްވެލައްވާ.

  15. ވގ

    ކިހިނެތްތޯ މަަސްހޫރުތިކިޔަނި މިދިވެހިރާއްޖޭގަވެސްގިނައީ ތިކާކުކަންނޭގޭމީހުން