ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ ތަހުގީގު ދިރާސާ ކުރުމަށް ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މި ކޮމިޓީގެ ބައްދަލުވުން ފަށްޓަވަމުން، މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ކޮމިޓީ ސިއްރުކުރަން ވޯޓަށް އެއްސެވުމުން ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ކޮމިޓީ ސިއްރު ކުރުމަށް ފާސްކޮށްފައެވެ.
ކޮމިޓީގެ ބައްދަލުވުން ފެށުމުން އެ ބައްދަލުވުމެއް މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ކުރަން މެންބަރުންނަށް ހުށަހެޅޭނެއެވެ. އަދި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ އެ ބައްދަލުވުމެއް ކުރިއަށް ދާނީ މިޑީއާ ނުވައްދައި، އޯޑިއޯ ލައިވް ދޫނުކުރާ ގޮތަށް ސިއްރުންނެވެ.
އީސަގެ މައްޗަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ވަނީ އީސައާ ދެކޮޅަށް ބަޔާން ވެސް ދެއްވައިފައެވެ.
އީސަގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ ހައްޔަރު ކުރަން އެދި ކޯޓަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދުނެވެ. އެކަމަކު ކޯޓު އަމުރަކަށް ޕީޖީން އެދުމުން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނުދިނެވެ. އެއީ ޖިނާއީ އިޖުރާއަތުގައި އަންގާފައިވާ ހައްޔަރު ކުރުމުގެ ހާލަތެއް ނެތް ކަމަށް ކަނޑައަޅައެވެ.
މި ތުހުމަތާއެކު އީސަ ވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަން އިސްތިއުފާ ދެއްވައިފައެވެ. އަދި އެމްޑީޕީން ވަނީ އީސަ އަދާ ކުރައްވާ އެ ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފައެވެ.
އީސަ ވިދާޅުވަނީ އޭނާ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ނުދެއްވައި އެމްޑީޕީން ފިޔަވަޅު އެޅުމުން ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެއެވެ.
އެއީ އޭނަ ވެސް އެކަން ކުރީ ސިއްރުން ކަމަށްވާތީ ތ
މަޖިލިހުގެ ކަންކަން ސިއްރު ކުރާވަރުން މިހާރު މަޖިލިހާއި ދޭތެތޭ ޝައްކު އުފެދި އިތުބާރު ގެއްލޭ ހިސާބަށް މަޖިލިސް ކަންކަން ހިގައްޖެ، ޑިމޮކްރަސީއާއި ޓުރާންސުޕޭރެންސީ އަކީ ސިއްރުން މަޖިލިސް ހިންގުންތޯ ؟
އެމްޑީޕީ މީހުންނަށް ފިޔަޅުއެޅުމަކީ މަނާކަމެއް އެއީ ޤާނޫނުއަސާސީ އާއި އެބޭފުޅުންގެ ކަރާމަތަށް އަދުއިންސާފަށް ވާސިލުވުމަށް ހުރަސްއެޅޭނެ ކަމަކަށް ބަލަންޖެހޭނީ. އެމްޑީޕީ ބޭފުޅުން އުޅޭނީ މާމަތީގަ. މިސާލަކަށް ރޯޔަލް ރޭޕްކޭސް. ޖީހާނު ޗެއަރކުރަނީ.
ދެފުށް ފެންނަ ރޯ ސަރުކާރުގަ 6 ފުށް މިދަނީ ފެނިގެން މި މީހުން ބޭމުންވާ ގޮތަށް ނިންމަންވާ ކޮންމެ ފަހަރަކ ކު ސިއްރު.ކިހާ ވަރުގަދަ ކަމެއް
ރޭޕް ކޭސްގެ ކަންކަން ދިޔަލެއް ރަނގަޅުކަމުން އެކަމުގެ ތަޖްރިބާ ހުރި ބޭފުޅެއް މި ކޮމިޓީގެ ފޮޓޯއިން ފެންނާތީ މިކަން ވަރަށް ރީތިކޮށް ދާނެކެމާމެދު އެއްވެސް ޝައްކެއް ވަސްވާހެއްވެސް ނެތް. ދެން ސަލާން