ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި 16 ގަޑިއިރަށް ކާފިއު އިއުލާނު ކޮށްފިއެވެ.
މި ކާފިއުއަށް އަމަލު ކުރަން ފަށާނީ 26 ވަނަ ދުވަހުން ފެށިގެންނެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 16:00 އިން ހެނދުނު 8:00 އަށް ކާފިއު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި އެއްވެސް ވަގުތަކު ބޭރަށް ނިކުމެ އުޅެވޭނީ ހާއްސަ ހުއްދައަކާއި އެކު ކަމަށްވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކުން ދެމީހަކަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. ކޮންމެ ފާހެއް ވެސް ދޫކުރަނީ 4 ގަޑިއިރަށެވެ. އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށާއި މެންދުރު 12:00 އިން 16:00 އަށެވެ.
އަދި ކާފިއު ގަޑީގައި ނޫން ގަޑިތަކުގައިވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން ވެސް ސަރުކާރުން ވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މަނާ ކޮށްފައިވާއިރު، ކާފިއުގެ ވަގުތުތަކުގައި ޓޭކްއަވޭ ހެދުމާއި ފިހާރަތަކަށް ވަދެ ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެވަގުތުގައި އޭގެއިން ހިދުމަތެއް ހޯދައިފިނަމަ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
ތިދެން މާ މޮޅު.......ބަލި އެއް. ކޮށް ކޮންޓްރޯލް ވާނެ ދެން!
ބަންގާޅު ބޭފުންގެ މޫވްމަންޓްތައް މަދުކުރަން އެއްވެސް މަސައްކަތެއް ކުރެވޭތޯ
ތިއީ ހާދަ ހަރުކަށި ފިޔަވަޅެކޭ! މީހުން ނިދާގަޑި ތަކަކީ ގަޑިއިތުރު ކުރިއޭބުނާކަށް ބޭނުން ގަޑިތަކެއްނޫން ! ބަންދުކުރާނަމަ ކުރަންޖެހެނީ ދުވާލުގެ ގަޑިތައް !
ދުވާލަކަށް ފަސް ހަމީހުން މަރުވާ އިރުވެސް އިންސާނިއްޔަތު ގެ ކަންފުޅެއް ހުރިނަމަ ނަމެއްގަ ހަރުކައްޓެއްނޫން ކުރާނީ
މިއަދުވެސް މިވީ ވަގުތުކޮޅުގައިހަތްމީިހުން އެމަރުވީ މީހުންގެ ފުރާނަޔަށް ވުރެން މުހިންމު ވަނީ ފައިސާބާ!
ސަރުކާރުގެ ބޭނުމަށް ވޯޓުލާން މީހުންތައް ދޫކޮށްފަ މުޅި ރާއްޖެއަށް ކޮވިޑު ބަލި ފަތުރާފަ ދެންވާ ސަލާމަތް ނުވާ ހިސާބަށް މިބަލި ފެތުރުނީމަ ގޭގައި އެންމެން ބަންދުކުރަނީ، މިބަލިން ދެން ހިޔެއް ނުވޭ އަވަހަކަށް ވެސް ސަލާމަތް ވާނެ ހެންް މިސްކިތް ތައްވެސް ބަންދުކުރީ ކާންބޯން ކުރާ މަސައްކަތް ވެސް ހުއްޓުނީީ ކުލި ދައްކަން ޖެހޭނެ ކަރަންޓް ބިލް ދައްކަން ޖެހޭނެ ފެން ބިލް ވެސް ދައްކަން ޖެހޭނެ
މިފަދަ އިމެޖެންސީއެއްގައި ޤައުމު މެނޭޖުކޮށް ރަގަޅު ކުރަންވީ ކަންކަން ހޯދާ ދަނެގަތުމަކީ ވަރަށް މުހިންމު ކަމެއް އެގޮތުން ދެކަމެއް ފާހަގަ ކޮށްލާނަން
1/ ޤަވާއިދުން ބޭރުމީހުން ބެލެހެއްޓުން
2/ ޑުރަގު ޑީލަރުން ހޯދާ އެއިގެ ނެޓްވޯކް ހޯދުން.
މަނާގަޑީގައި ބަންގްލަދޭޝް މީހުން އުޅެނީ އުޅޭނެ ގޮތަކަށް. މިކަމަށް ހައްލެއްނެތް. ޖޫރިމަނާ ކުރަނީ ހަމައެކަނި ދިވެހިން.😂