ކޮވިޑް-19ގެ ވޭދަނަތައް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މާލެ ސިޓީ ފުރަބަންދު ނުކުރާނެ ކަމަށް ވިދާޅުވެ، މިދިޔަ އަހަރު އިއުލާނު ކުރި ފުރަބަންދަަށްވުރެ ވެސް ހަރުކަށި ފިޔަވަޅުތަކެއް މާލޭގައި އިއުލާނު ކޮށްފިއެވެ.
މި ހަފްތާގެ އަންގާރަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރާ ކަމުގެ މައުލޫމާތު ލިބިގެން "ވަގުތު" އިން ގެނެސްދިން ހަބަރެއް ރައީސް އޮފީހުގެ ތަރުޖަމާނު މީގެ ކުރިން ވަނީ ދޮގު ކޮށްފައެވެ. އޭރު ހަބަރުގައި ބުނެފައިވަނީ ބަލި އިތުރުވަމުން އަންނާތީ މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް ޓެގް ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހަބަރާއި ގުޅިގެން މަބްރޫކު ވިދާޅުވީ، އެފަދަ ފިޔަވަޅެއް އެޅުމަށް ނިންމާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އޭރުވެސް ރައީސް އަށް އެފަދަ ފިޔަވަޅެއް އެޅުމަށް ޓެގް އިން ލަފާ ދީފައިވާކަން މަބްރޫކު ދޮގު ކޮށްފައެއް ނުވެއެވެ.
އޭގެ ފަހުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަބްރޫކު ވަނީ މާލެ ސަރަހައްދު ފުރަބަންދު ނުކޮށް ހަރުކަށި ފިޔަވަޅު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވަނީ މިމަހުގެ 26 ވަނަ ދުވަހު އިއުލާނު ކުރާ ފިޔަވަޅުތައް ހިއްސާ ކޮށްފައެވެ. އެފިޔަވަޅުތަކަށް ބަލާއިރު، އެއީ 'ފުރަބަންދު' މިނަން ނުކިޔާ ފުރަބަންދު ކުރުމުގެ ފިޔަވަޅު ތަކެކެވެ.
މަބްރޫކު ވިދާޅުވީ، މާލެ ސަރަހައްދުގައި 16 ގަޑިއިރަށް ކާފިއު ހިންގާނެ ކަމަށެވެ. އެއީ ހަވީރު 16:00 އިން ފެށިގެން ހެނދުނު 8:00 އަށެވެ.
މީގެ އިތުރުން ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ ވަކި ހާއްސަ ހުއްދައެއް އޮވެގެން ކަމަށާއި ކާފިއު ނޫން ގަޑިތަކުގައި ވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައެވެ. އަދި ބޭރުގައި އުޅުމަށް ކޮންމެ ގެއަކަށް ދޭނީ ދެ ފާސް ކަމަށް ވެސް ނިންމާފައެވެ.
އެހެން ކަމުން މިއީ މީގެ ކުރިން މާލޭގައި އިއުލާނު ކުރި ފުރަބަންދަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް ކަން އެނގެއެވެ.
❌
-މިފަދަ ނިންމުމެއް އަދި ނިންމާފައެއް ނުވޭ. pic.twitter.com/Jm0oMhztKI
— Miuvaan Mohamed (@MvSpokesperson) May 21, 2021
މީގެ ކުރިން މާލޭގައި އިއުލާނު ކުރި ފުރަބަންދަށް ބަލާއިރު، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި އާއްމު ތަންތަނަށް ނުކުތުން މަނާކޮށް، މާލެ ސަރަހައްދުގެ ބަހާއި ފެރީގެ ހިދުމަތް ހުއްޓައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލަން އެންގިއެވެ. އެހެން ނަމަވެސް މާލެއާއި ހުޅުމާލޭ ދެމެދުގެ ދަތުރުތައް ހުއްޓާލާކަށް މީގެ ކުރީގެ ފުރަބަންދުގައެއް ބުނެފައެއް ނުވެއެވެ.
މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނީ ކޮވިޑް-19 އަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުން ފައްސިވަމުން އަންނަ ދަނޑިވަޅެއްގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.
ކޮވިޑުންވެސް ނާގާބިލް ވަގުންގެ ސަރުކާރުންވެސް ޖެހިފައޮތް ބަލާމުސީބާތެއް.
މަބުރޫކު މިފަހަރު އަރާހުރީ ދޫކުރާކާށެއްނޫނެވެ ހެދުނުހާދޮގެއް މިފަހަރު ހަދާގޮތަށެވެ ފުރަބްންދު ނުވާނޭބުނެފިނަމަ ވާނެ ނުވާންހުރި ހުރިހާކަމެއް ވާނެ ގޮތަށެވެ ލޯބިވާ މަބޫއެވެ މިފަހަރު ތެދެއް ހަދަންޖެހިއްޖެނަމަ ދުވެފިލާށެވެ ތިޔައީ ރައީސްޔާމީން ވެރިކަމުގާ ފެންކުޔންފުނި އެދިރޭގާ ސޯޓްބުރީގަ ޔާމީން އިސްތިއުފާއައްގޮވަމުން މަގުމަތީގާ ފެން ކިޔު ހަދާފަ ތިބިމީހުނައް މަލާމަތްކުރަމުންދުވި މީހާއެއްވު ކަލެައްތަފާތު ކަންކަން ފެނޭތަ އާރާއި ބާރުލިބުނީމާ ސަލާމަތް ނުވެވިގެން ތިޔަތެޅެނީ ތާހިރުވެއް ކަލޭގްވީ ތިޔަވީ ރަގަޅުގޯތޭތޯއެއްޗެކޭ
މަބުރޫކަކީ ބޮޑު ބީތާ އެއް
މަބްރޫކް އަކީ ސަރުކާރުގެ ޕަޕެޓެއް. މިސަރުކާރަކީ ދޮގު ހަދާ އޮޅުވާ ލައިގެން އައި ސަރުކާރެއް.
މޮޔަވެގެން ތެޅޭ ބައެއް... އަމިއްލަ އަތުން ކޮންޓްރޯލް ގެލުވާލާފަ އާންމުންނަށް ހުރިހާ ދުއްތުރާ އެއް.... ދެން އަތާ އަނގަޔާ ދިމާކުރަނީ ކިހިނެތް ތަ.... ކަލޭމެން އެކައުންޓްގަ ދައުލަތުގެ ލާރިގަނޑުން ބައެއް ދަވާލާފަ ހުއްޓަސް އަހަރެމެން ދާ އޮހޮރުވައިގެން ހޯދާ ލާރިން ކުލި ދައްކާފަ ކެވެނީ ކިރި ކިރި ޔާ..... ދެރަކަމެއް... ހުވާ.... ކަލޭ މެންނަށް ނޭނގުނަސް ކޮވިޑް ޖެހިފަ ނުބުނެވެސް ރަނގަޅުވެފަ އެބަތިބި ކިތައްމެ ބައެއް..... ކޮންމެ ބޮލަކަށް ލާރިގަނޑެއް ދޭނަމަވެސް ކަމެކޭ....
މިމީހުން ނުކުރަން ބުނާހުރިހާކަމެއް ކުރާނެ
ފޯން ވިއްކާ ފިހާރަތައް ބަންދުތަ ؟؟
އަހަރެން މީ އެތާ މުވައްޒަފެއް
ލޮކްޑައުން ކުރިއަސް ހައިރިސްކް މުވައްޒަ ފުން ވަޒީ ފފފފފ ފާ ޔަށް ނެރެނީ ކީއްވެތޯ؟ އެހެން ތާކަށް ނޫން މިދަނީ ، އެޗްއީއޯސީ އަށް މިނިސްޓްރީ އިން އަންގައިގެން މިދަނީ.... މީދެން ކިހާ ބޭއިންސާ ފް ކަމެއް!!!! ހައިރިސްކް މުވައްޒަފ ފުން އެޗްއީއޯސީއިން ފ ފީލްޑަށް މިހާލަތުގަ ފޮނުވުން މީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން..... ނިކަމެތި މީހާޔަށް ނިކަމެތި ގޮތް، ކީއްކުރާނީ ވަޒީ ފ ފާ ގަ އުޅެން ބޭނުމިއްްޔާ އެޗްއީއޯސީ އަށް ދާން މިޖެހެނީ.... އެޗްއީއޯސީގަ ގައިދުރުކަމެއް ނެތް، މިނިސްޓްރީގަ މަސެއްކަތް ކުރާ ވަރަށް ވުރެ މާ ކައިރީގަ މާގާތް ގާތުގަ މަސެއްކަތް ކުރަން މިޖެހެނީ .... އަދި ނުވީތަކަށް އެކުގަ މަސެއްކަތް ކުރާ ބޭ ުފ ފުޅުންތަށް ތިއްބަވާނެ އައިސް އެހާ ކައިރީގަ... ހާދަ ބިރެއްގަނެޔޭ!!!! ހައްލެއް ބޭނުން....
އެޗްއީއޯސީ ގެ ހާލަތު މަބްރޫކް މެންނަށް އެންގި ލައްވާނެ.. އެއީ ބޮޑު އެއް ކްލަސްޓަރ .... ނިކަން އެތާ ގައިދުރު ކަމެއް މާސްކް ނާޅާ އެއުޅޭ ބައިގަނޑު ޓެސްޓް ކޮށްލަބަލަ... މިނިސްޓަރ ކިތަންމެ ހާ ވެސް ބެސްޓް، ގޯހީ ދެން އެތާގަ އެއުޅޭ ބައިގަނޑު، އެޗްޕީއޭ މުވައްޒަފ ފުންނަށް މާސްކް އަޅަން އިންގޭނީ ދަތް ދޮޅީގަ އެކަނި...
ފުރަބަންދެއްނޫން ތީކީ ހުރިހާބޭފުޅުންވެސް ގޭގަ މަޖާކޮ‘ލާ
ކުރިޔަށްދަނީ ރަގަޅަ
ވަގުތު ކުދިން ބުނީ ފުރަބަންދުކުރަނީ އަންގާރައިން ފެށިގެންނޭނު. އެހެންވެ ބުދައިން އެކަން ފައްޓަނީ.
ހެދޭ ނުހެދޭ މަބްރޫކް މެނަށް ވެސް ނޭގެނީ މިހާރު. ފުރަބަންދު ނުކުރެވެން ވީ ރަގަޅު ސަބަބެއް ބުނެވިފައެއް ނެތް. މުޅި ރާއްޖެ ކުރަންވީ ފުރަބަންދު. ކުރި ފަހަރު ވެސް އަމާ ބުނީތީ ފަރަށް ދާ ޒާތައް ކުރީމަ ވާންވީ އެންމެ ނުބައި ގޮތް އޮތީ ވެފަ.
މިވަގުތު ޤައުމުހިންގުމުގެ ޒިއްމާއުފުއްލަން ހުންނެވީ ރައްޔިތުން އިންތިޚާބުކުރެއްވި ރައީސެއް! ޤައުމަށް ކުރިމަތިވާ ކޮންމެދަތިކަމެއްގެ ނުރައްކަލެއްގެ ޒިއްމާއުފުއްލަވާނީ ރައީސް. ރައީސަށް ލަފާއަރުވަން ޢިލްމީބޭފުޅުންވެސް ނިކުންނަވަންވީ! ދުނިޔޭގެ ޤައުމުތައް މިޙާލަތަށް ދިޔައިރު މަގުމަތި ފެނުނީ ހަނަފަސް ބިމެއްގެގޮތުގައި. ޖަރމަނީ އިޓަލީ ސްޕެއިން ފްރާންސްފަދަ ވަސީލަތްތައް ހުރިޤައުމުތައް ކުޑަކަކޫޖަހައި ބިމަށްތިރިވީ. އަހަރުމެންމިއީ ބަޔަކުދިނީމާ ކައިގެން ބޮއެގެން އުޅޭބައެއް. އަމިއްލަފުޅަށް ގެދޮރުސާފުކޮށް އަމިއްލަ ހެދުންކޮޅުދޮވެ އަމިއްލަޔަކަށް ކާން ކާއެތިކޮޅު ރޯފިލުވާނެ ޤާބިލްކަމެއް ނެތި އުޅޭބައެއް. މިހެންބުނުމުންދޮގަކަށް ނުވާނެ. ބައްޕަބަލިވީމާ ބަލަން ބަންގާޅުމީހެއް! ކައްކާ ކުނިކަހަން ފަސްމީހަކުދިރިއުޅޭގެއެއްގައި އިންޑިއާ ނޫނީބަންގާޅުމީހެއް. އަމިއްލައަތުން މަސައްކަތްކޮށްގެން ޤައުމު ކުރިޔަށްދަނީ ބަލިމަޑުވަނީވެސް. ދެއިންޗިއެއްގެ މިނުން ދޫކޮށްފިނަމަ ހިފާލަނީ ދިހަފޫޓުގައި. މިޤައުމަށް ސަރުކާރަށް ނުކަޓާވަރަށް ބޭރުމީހުން އެތެރިކުރީ މިބުނިކަންތައްވެސް އަމިއްލަޔަކަށް ނުކުރެވިގެން. ތަރައްޤީވެފައި މިއޮތީ ހުޅުމާލެއަށް ބްރިޖްމަތީ ތިންދަޅަޔަކަށް ދުއްވަނީ އެއްވެސް ކުރާނެކަމެއްނެތި ތިބެގެން. މިކަންތަކުން ރައްޔިތުން ސަލާމަތްވާންވީ. މިއީވެސް ތިމާގެ އަމިއްލަޤައުމަށް ކޮށްދެވިދާނެކަންތައް. މިއަދު ބަންދުކޮށްގެންވެސް ސަލާމަތެއް ނެތް. ބަންދުނުކޮށްގެންވެސް ހަމައެވަރު. ރަގަޅީ ކޮންގޮތެއްބާ! ބަލިމީހުނަށް ޙިދުމަތްދޭންވެސް ތިބީ ހަމަދިވެހީން. އެމީހުން އެކުރައްވާ މަސައްކަތް އެކުރައްވާ އާދޭހަށް ބީރުކަންފަތް ދެނީވެސް ހަމަދިވެހީން. ޕާޓީބާއްވާ މީހުންއެއްވެ ކުރެވޭނެ ހުރިހާކަމެއް އެބަކުރަމު. އެވެސް ސަރުކާރުގެ ޒިއްމާ. ފަރުދީ ޒިއްމާއަކީ ކޮބައިބާ.