ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ ނިޒާމަށް ބަަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން ފަހުން މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ދިރާސާކުރިއެވެ. އަދި އޭގެ މައްޗަށް ތަހުގީގެއް ނުވަތަ އިންކުއަރީއެއް ކުރުމަށް ނިންމާފައިވެއެވެ.

241 ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އިންކުއަރީގެ ހަތަރު ބޭނުމެއް އަސްލަމް ފާހަގަކުރެއްވިއެވެ؛

އެއީ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި، ދައުލަތުގެ މަތީ މަގާމުތަކުގެ ތިބި ބޭފުޅުންގެ ސެކިއުރިޓީ ދެވޭ ނިޒާމާއި، ރައީސް ނަޝީދުގެ ސެކެއިރުޓީ ބަލިކަށިވި ގޮތް ދެނެގަތުމާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތަންފީޒު ކުރެވެމުން އަންނަ މިންވަރު ދެނެގަތުމެވެ.

މި އިންކުއައިރީގެ ތެރެއިން އިންޓެލިޖެންސްގެ ނިޒާމުގެ ހުރި މައްސަލަތައް ދެނެގަތުމަށް މަޖިލީހުގެ ކޮމިޓީން މަސައްކަތް ކުރާއިރު، ރާއްޖެއަށް ސެންޓްރަލް އިންޓެލިޖެންސް ޔުނިޓެއް ނުވަތަ އެޖެންސީއެއް އޮތުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މި ހަމަލާގެ ކުރިން ވެސް ކޮމިޓީގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ދިޔަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ގުޅިގެން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އަސްލަމް ވިދާޅުވީ، މީގެ މަޝްވަރާ އެންމެ ފުރަތަމަ ކޮމިޓީގައި ކުރެވުނީ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ އިންޓެލިޖެންސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމާއި، މިހާރު ކުރިއަށްދާ އިންކުއައިރީއަށް ފަހު ގެންނާނެ ބަދަލުތައް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމިޓީން ސީދާ ނިންމާނެ ގޮތެއް އަޅުގަނޑަށް މި ވަގުތު ދަންނަވަން ދަތި. އެކަމަކު އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވިއެވެ.

ހަމަލާގެ ކުރިން ނަޝީދަށް ނުރައްކާ އޮތް ކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ވެސް ދެއްވައިފައެވެ. މާރިޔާ ވިދާޅުވާ ގޮތުގައި، ފުލުހުންނަށް އެ ކަން އަންގަވަން އިލްޔާސަށް މާރިޔާ އެންގެވިއެވެ. އެކަމަކު އެ ގޮތަށް އަންގަވާފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވެއެވެ.

އަސްލަމް މިއަދު ވަނީ މިނިސްޓަރު މާރިޔާގެ އިހުމާލެއް އޮތް ކަން ވެސް ތަހުގީގަށް ފާހަގަވެއްޖެނަމަ ކޮމިޓީއަށާއި މަޖިލީހަށް ލިބިދީފާއިވާ ބާރުގެ ތެރެއިން ވަޒީރު ޖަވާބުދާރީ ކުރާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވައިފައެވެ. އަދި ހަމަލާގެ މައްސަލައިގެ ތެރެއިން އެ މައްސަލަ ވެސް ބަލަމުންދާ ކަން ފުލުހުން މައުލޫމާތު ދެއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސެންޓްރަލް އިންޓެލިޖެންސް އެޖެންސީއެއް ގާއިމް ކުރުމުގެ ބަހުސެއް އަނެއްކާ ވެސް ތިލަވެގެން އައީ، ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ޑިފެންސްގެ އިންޓެލިޖެންސަށް ލިބުނުއިރު ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ނުދެވުމުންނެވެ.

 

 

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންނަކީ ހަރުކަށި ފިކުރާ ގުޅުން ހުރި ބައެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި ހަމަލާއަށް ބަޔަކު ފަންޑުކުރިތޯއާއި ހަމަލާގެ ފަހަތުގައި ބާރުގަދަ އެހެން ބައެއްގެ އަތް އޮތްތޯ އަދި އެއްވެސް ތަހުގީގީ އިދާރާއަކުން ކަށަވަރުކޮށްދެވިފައިނުވާއިރު، ތަހުގީގުގެ ދުވެއްޔާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ނަޝީދުގެ ހަށިކޮޅަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއިރު އޭޑީކޭގައި ހަފުތާއެއްހާ ދުވަސްވަން ދެން ފަރުވާ ދެއްވައި އޮޕަރޭޝަންތަކެއް ކުރެއްވިއެވެ. އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވިއެވެ. އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ލިބިވަޑައިގަތުމަށްފަހު މިހާރު ވަނީ އެ ހޮސްޕިޓަލުން ވެސް ދޫކޮށްލައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަދީޖް

  އަންނިގެ ޕަޕެޓް. ތީއަންނިއައް މަޖްލިސް ރައީސް ކަންހޯދަދޭން އެތަނައްފާކުރި އަބެއްނު! ރައްޔެތުން މިމީހުން ހަދާދޮގާ މަކަރާ ކިހާދުވަހަކު ބަލަން ތިބޭނެބާ!

 2. ާދަލޭކް

  ބަލަ އަދިވެސް ދުނިއޭގެ އެދުމަށް ތޯ ދަހިވެތިވަނީ މިއޮތް މީހުން ރޮއި އާދޭސްކުރަނީ ސިއްހީ އެހީތެރިކަމަކަށް މާރަނގަޅެއް ނޫން ވެންޓިލޭޓަރެއް ލިބޭތޯ ބެލުން.

  10
  1
 3. ކޮވިޑް

  ޔެސް އަސްލަމް . މިހާރު ކޯޓް ތަކަކީ މަޖިލީސް ، ތަޙުޤީޤް ކުރަނީ މަޖިލީހުން ، އަސްލު އިންޓެލިޖެންސް މަޢުލޫމާތު ވެސް ފުރަތަމަ ލިބެން ޖެހޭނީ މަޖިލީހަށް، އޭރަށް ބޮޑުވަޒީރަށް ނުވިޔަސް އަދި ރައީސަށް ނުވިޔަސް އެ ވެރިކަން ކުރެވެނީ ދެއްތޯ؟ މުޅިން ޗައްކަރު . އަސްލު ދިވެހި ރައްޔަތުން ހަމަ މިހާ ގަޅީ ތަ ؟ އިންޓެލިޖެންސް މަޖިލީހަށް ނަގާފަ ވާނެ އަދި މަޖިލީސް ރައީސް ގެ އޮފީހެއްގެ ގޮތުގާ ރައީސް އޮފީސް ވެސް ކަނޑަޅަން މަޖިލީހުން .އުޒުރަކަށް ސެކިއު ރިޓީ ނަގާނީ، ސަޅި އޭ ތި ރޭވުންތަށް އަސްލަމް.

  11
 4. ރަސީދު

  މިހަާރު ތިއުޅެނީ ތިޔަކަންތައްގަޑު ކުރިއަށް ނެރެގެން މިޤައުމަށް ދިމާވެފަ މިއޮށް މުސީބާތާއި އަދިކަލޭމެންގެ ހުރި އުނި ކަންތަށް ފޮރުވަނަދޯ؟ ސަރުކާރެއް ނުހިންގިގެން ތިބެ ތެޅިބާލަނީ، ކޮބާކަލޭމެންކުރި ވައުދު، ކޮބާ ކުރިހުވާ؟ ސަރުކާރުގެ ފައިސާއިން ވައްކަން ކުރުމާއި ސަރުކާރުން ހެޔޮއެދޭފަރާއްތަކަށް ބަދަލުދިނުން ނޫންކަމެށް ނުކުރޭ، ގަޑިއަކު ފުރާނައެއް މިއޮއްދަނީ!

  10
 5. ނިޒާމު

  ނިޒާމު ބަދަލުކޮށްފައި ފަހަތުގައި މެންބަރުގެ ފަހަތުގައި ފުލުހަކު ބެހެއްޓީމާ ނަށާފުޅިން ހިއްޕަވާނީ ކިހިނެތްތަ!

  10
 6. ކަންމަތި

  ރާބޯ މީހުން މަޖްލިސް އިން ބޭރުކޮއް މަޖްލިސް އޯވަރހޯލް ކުރަންވެސް އެބަޖެހޭ. މިމީހުންނައް އަހަރުމެން ކައިރިޔައް އާދެވޭނެތަ ޤާނޫނު އަސާސީގަވާ ނުގުތާތައް ހިފައިގެން! ނާދެވޭނެ.

  11
 7. މަބޭ

  މިހާރު މިރާވަނީ އިންޓެލިޖެންސްއޮފީސް ސިޔާސީކޮއް ސިޔާސީމީހުން އެތަނައްލާން.

 8. ބުލް

  ޢިންޓެލް މައްސަލައެއް ނޫން އުޅެނީ. ނަޝީދު މެންވެސް ދެއްކުންތެރި ކަމުގެ ބައި ބޮޑީ. އިންޓެލްއުން އެދޭ ގޮތަކަށް އުޅެވެނީކީ ނޫން

 9. ނިލާމު

  ވަރއްބޮޑި ތެދެއް މިހާރު އިންޓަލިޖެންސްއޭ ލިޔައި ބޮޑުހަރަދު ތަކެއްކޮއް ބޭނިންވާ ކޮންމެފަހަރަކު ދެ އިންޓެލިޖެނސްވެސް ވަނީ ގުއި ...މިހާު ތިޔަ ތަންތާ ތިބިމީހުން ބަދަލުކުރަންވީ...އެކަން އިންގޭނެ ފެބް ރުއަ ރީ 7 ގައި...އިންޓެލިޖެންސްގައި އަދިވެސް ތިބީ ކަންކުެަން ހަ އެއްބައެއް....މިވެރިންނައް ވާއެއްވެސް ކަމެއްނެއް...

  1
  2