ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ނުކަތާވަރަށް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރާވާތީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެ ވަޑައިގަންނަވާކަމަށް އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބުނެިފއެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ ގޭބަންދުގައެވެ. އިދިކޮޅު ކޯލިޝަން ލީޑަޝިޕްގެ ބޭފުޅުން ވަނީ ހޮނިހިރު ދުވަހު އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވާފައެވެ.

މިއަދު މެންދުރުފަހު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ، ގައުމުގެ އިސްތިގުލާލަށް ބުރޫ އަރާފަދަ ކަންތައްތައްވަމުން ދާއިރު ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕީއެމާއި ޕީއެންސީ އިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަަދަ ކުރުމަށް ޔާމީން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ސަރުކާރަށް މެނޭޖް ނުކުރެވޭތީ ރައީސް ޔާމީން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުން ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ޕީޕީއެމްއާއި ޕީއެންސީގެ މަސައްކަތްތައް، ޕާޓީގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަރުގަދަ ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ވަގުތު ގައުމު އޮތް ހާލަތާ މެދު، ގައުމުގެ ކަންތައް ހުރި ގޮތާއި ދޭތެރޭގައި ކަންތައްތައް މެނޭޖް ކުރެވެމުންދާ ގޮތާއި ދޭތެރޭގައި ވެސް އެމަނިކުފާނުގެ ކަންބޮޑުވުންތައް އެބަ ހުރި" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން؛- ވަގުތު އިމޭޖަސް-މުހައްމަދު އަފްޒަލް

ރައީސް ޔާމީން މިނިވަންކޮށް 2023 ގައި ވެރިކަމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މެދު ނުކުނޑި ކުރަމުންދާނެ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނަށް ދެއްވާފައެވެ.

ސަރުކާރަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ނުކުރެވޭތީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ވަނީ މަޖިލީޙުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ. މި މައްސަލައަށް މިއަދު ބަހުސް ކުރިއަށް ގެންދިޔައެވެ. އެމްޑީޕީގެ މެންބަރުން ވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރަށް މި ކަންކަން މެނޭޖް ނުކުރެވި ހާލަތު އިތުރަށް ގޯސްވެ ކަންކަން ބޮއްސުން ލައިގެން ދާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. މިދިޔަ ހަފުތާގައި ވެސް އެ ކަމާ ގުޅިގެން އިދިކޮޅުން ކުއްލި މައްސަލައެއް ވެއްދިއެވެ. އެކަމަކު އެ މައްސަލަ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޔާންޔާ

  އަދި އަވަސް . އެޗްޕީއޭއައް ތިކަން ނުވަންޔާ ހުއްޓާލާ . އަދަދުތައް މައްޗައް ދާކަން އެގެމެ .ކޮންޓެކްޓރޭސިން ނުހެދި އައްދަށުން ގޮސް މިއޮތީ ވާއެއްކެއް ވެފަ . މިހާރު ހިތައްއަރާނެ ސަހަރޯއޭ .
  އެއްމެ ފުރތަމަސް މިކަން މިދިމާވަނީ ޕޮޒިޓިވް ކޭސްތައް ނުބެލޭތީ . ބުނެލައް އޮޔް ހަގީގަތަކީ ޕޮޒިޓިވް މީހުން އުޅެނީ ބޭރުގައޭ . ދެން ކިހިނެއްހޭ ކޮންޓރޯލްކުރާނީ . ފުލުހުނައް މަގުމަތީ އުލޭ އެއްމެންވެސް ޓްރަކް ކުރެވެންޖެހޭނެ. ޕޮޒިޓިވްމީހެއް ޕަޒިޓިވް ރިޕޯޓްލިބި މަގުމަތީ އުޅޭކަމައްވަނޔާ ޖަލުހުކުން އަންނަންވާނެ . ގިނައީ ޕްޒިޓިވްކަން އެގެމެ މަގުމަތީ އުޅޭމީހުން . އަދަދުތައް ދާނީ މައްޗައް . ، އަދި ވިލިމާލޭގެ ހަގީގަޠް . މިގޭ މަގުގައި ދިރިއޫލޭ ހުރިހާގެއެއް މިގެ ފިޔަވާ ޕޯޒިޓިވް . ނަމަވެސް އެމީހުން އުޅެނީ ހަމަ ބޭރުގަ ، މާލޭގަ . ކާކު ބަލަނީ .
  ޓެކްސް ފައިސާއިން ފުލުނާ ސިފައިންނައް މުސާރަ ޑީފައި ތިބެނީ ކަމަކު . ހަމަ އެއްމެން ކަހަލަގޮތަކައް ބެލެން ޖެހޭން . ޕޯޒިޓިވް މީހުން ގަސްދުގައި މަގުމަތީ މިބަލި ފަތުރަނީ . މިކަން ނުބެލެންޔާ ކޮންމެދުހަކު މަރެކެކިޔާ ހެޑްލައިން އައް އެރުވުމުގެ ބޭނުމެއްނެއް.
  މީ ހަމަ ތެދުހަގީގަޠް.

 2. ނާޅި

  ދިވެހިރާއްޖޭގެ ޤާނޫނުއަސީގައި ދިވެހިރާއްޖެއަކީ ރިޔާސީ ޔުނިޓަރީ ދައުލަތެއް، އިދިކޮޅެއް އެއްކޮޅެއް ނޯނާނެ، މިތާ ތިބޭނީ ރިޔާސީ ކެޑިޑޭޓުން އިދިކީލަ އިދިކޮޅު ކިޔާ ލީޑަރަކު ނުހުންނާނެ، އެންމެންވެސް ޖެހޭނީ ހެޔުގޮތުގައި ޤައުމަށް ހިދުމަތްކުރަން !

  2
  4
 3. ވިސްނާލުމަށް އެދެމޭ

  ދިވެހިންގެ ދިވެހި ރައީސް ހިތްތަ ކުގެ ރަސްގެފާނު..ރޔާމީންގެ އިރުޝާދު މިސަރު ކާރުން ހޯދުމަ ކުން ލިބޭނެ ދެރައެއް ކޮބާ ޙިދުމަތް ލުބިގަންނަން މިތިބީ ދިވެހިން...

 4. އިއްބެ

  އެންމެބޮޑު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން މިސަރުކާރު ޖަަވާބުދާރީ ކުރުވުމަށާއި މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމައް ކުރެވެންހުރި ހުރިހާކަމެއްކޮއް މިގައުމު މިވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކޮއްދިނުމައް ގޮވާލަން

 5. އަހްމަދު

  ހުރިހާކަމެއް ގޯސްވީ ކަލޭމެންގެ ބަލާވެރިކަމުން. ކެންޕޭނެއް ނުކުރެވެޔޭ ކިޔާ ހަޅޭލަވާ މަގުމައްޗައް ނުކުމެ. މަނީލޯންޑުރީ ކުރިކަމަށް 2 ކޯޓުން ނިންމާފަހުރި ވަގަކު ދޫކޮށްލަން ގޮވާ މަގުތަކަށް ނުކުމެ ބައްދާ ހެދުމުގެ ނަތީޖާ މިފެންނަނީ.

 6. ޝާނީ

  ވަގަށްނެގި ލާރި ދައުލަތާ ހަވާލުކޮށްފަ އަނބުރާ ގޮޅިއަށް ދޭބަލަ.

 7. މިތުރާ

  ނުކެރޭެނެ،ކޮމެންޓު ޖަހާކައް ވަގުތު ނޫސް ކުދިންނައް،،،ދިވެހިން ކޮވިޑު ޖެހިގެން ނިޔާވަނީ،ޒިންމާނަގަނީ ކަންޑުންތަ؟ ރައީސް އިބޫސާލިހު ގެ ޢަތުގަ ދިވެހިންގެ ލޭ ހޭކިއްޖެ،،،ރާއްޖެ އަކީވަކިން އޮންނަތަނެއް،1ކޮވިޑު ވެސް އޮންނަން ޖެހޭތަނެއް ނޫން،

 8. ކަލޯ

  އެންމެންވެސް ކަންބޮޑުވޭ

  1
  2
 9. ވގ

  އަހަރުމެންވެސް ހާދަ ކަންބޮޑުވެޔޭ ޔާނު ވެރިކަމުގަ މިލްކިއްޔާތު ދަވާލާފަވާތީ