ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން އަށް ވަނަ މީހަކު ނިޔާވެއްޖެ އެެވެ.

މިއަދު މިއީ އެއް ދުވަސް ތެރޭގައި އެންމެ ގިނައިން ކޮވިޑް ޖެހިގެން މީހުން ނިޔާވި ދުވަހު އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 137 އަށް އަރާފައެވެ.

އަދި މި މަސް ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 62 އަށް އެރީއެވެ.

މީގެ އިރުކޮޅެއް ކުރިން ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 85 އަހަރުގެ ދިވެހި ފިރިނެކެވެ. އެ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިއީ މިއަދު ކޮވިޑް ފެސިލިޓީގައި ނިޔާވި ހަ ވަނަ މީހާ އެވެ.

މީގެ ކުރިން ޅ. ހިންނަވަރުންނާއި، އައިޖީއެމްެއެޗްގެ އީއާރްއަށް ގެންދިޔަ މީހަކުވެސް ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި މިހާރު ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. މުޙައްމަދު

  ސުބުހާނަﷲ އިންޑިޔާގެ ހާލަތައް ދަނީތޯ

  18
  2
  • ދަނަތި

   ދާކަށްނެތް އެއަށްވުރެވެސް ގޯސް ނިސްބަތުން މާގިނަމީހުން މަރުވަަމުންދަނީ މި ރާއްޖެއިން.

 2. ކޮއްޔަ

  މިހާވަރުވެގެން ދާއިރު ޜައްޔިތުންގެ މަންދޫބުން ތިބިތަނެއްނޭގެ! ޢޮންލައިން ކޮށް ޖަލްސާ ނުބޭއްވިގެން! ޜައްޔިތުން ހަފުސް ވާއިރު ބޭންޖަހާލަ ޖަހާލަ!

  26
 3. Anonymous

  ހުރި ހިތާމައެއްގެ ބޮދުކަމާއެ..! ):

  19
  1
 4. ރައްޔިތުމީހާ

  މުޅި ޤައުމު ލޮކްޑައުން ނުކޮށް މިޤައުމު ދެން ސަލާމަތެއެް ނުކުރެވޭނެ.

  17
  1
 5. ހ މ ޒ

  ވައްކަމަކަށް ފަހު ވައްކަމެއް، ރައްޔިތުން ދާ އޮހޮރުމުގަ

  18
  1
 6. ސާބަހޭ

  ސަރުކާރު....މިއައްވުރެން ބޮޑެތި ގައުމު ތަކުގަވެސް ކިތައްމީހުން އެމަރުވާނީ ؟

  10
  7
 7. އީސަ

  ރައްޔިތުންގެ މަޖިލީހަ ކީ މިހާރު ފިތުނަ އުފައްދާ ބައެއް އުޅޭތަނެއް

  18
  1
 8. ހ މ ޒ

  އިންޑިއާއިން މީހުން އައުން ނުހުއްޓުވާ!

  18
  1
 9. ހ މ ޒ

  ރާއްޖޭގެ ހާލަތާމެދު ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވާ!!!

 10. ނުރަބޯ

  މިއީ ހަމަ ސަރުކާރު ހިންގަން ތިބި ތަންދޮރު ނުދަންނަ ބޯހަރު ބައެއްގެ ސަބަބުން ލިބެމުންދާ ދެރަ ނިކަމެތި ކަމެކެވެ.

 11. މަޒް

  ސުބުހާނަﷲ.. ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ފަހަރަކު މީހެއް ނެތި ދަނީއެވެ. ހަމަ ކުރެވޭ އެއްވެސް ކަމެއް ނެތީއެވެ.. ﷲ އަށް ދުޢާ ކުރޭ.. އެކަނލާންގެއަށް މެނުވީ މިކަން އަނެއް އަތަށް ފުރޮޅުމުގެ ބާރެއް ނެތެވެ.

 12. Anonymous

  ފުރަބަންދު ކުރުމަށް ވުރެ ވަލިއްޔުލް އަމުރު އިސްތިއުފާ ދިނުން ރަނގަޅު ވަނީ.
  މިތަން މިދަރަޖައަށް ގެންދިޔައީ ފަރުވާ ކުޑަ ކަމުން.
  އަދިވެސް އޭނާގެ އަނގަފުޅުން މިކަމާއި ބަސްފުޅެއް ވިދާޅެއް ނުވެއޭ. ޤައުމާއި މުޚާތަބު ކުރަންވީ އެންމެން މަރުވީމާތޭ

 13. ސުންކޫ

  މިއީ ބައެއްގެ ފަރުވާ ކުޑަ ވުމުގެ ސަބަބުން ކުރިމަތިވި ހިތާމަވެރިކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އެއީ ތަރުޖަމާނު ވިދާޅުވެފައި އެބަައޮތް ކޮވިޑް މެނޭޖްކުރުމުގައި ގޯސް ފިޔަވަޅު ތަކެއް އެޅިފައި ހުރިކަމަށް އެހެން ކަމުން ސަރުކާރުގެ ޒިންމާދާރު ވެރިންގެ މައްޗަށް ދައުވާ ކުރަން ޖެހޭ އެފަރާތް ތަކުގެ އިހުމާލުން މީހުން މަރުވުމުގެ ޒިންމާ އުފުލަން، މިއީ ވަރަށް ހިތްދަތި އެހާމެ އަތްމަތި ދަތިވެފައިވާ ދުވަސްވަރެއް ޒިންމާދާރުވެރިން ވަރަށް ބޮޑު ސަމާލުކަން ދޭންޖެހޭނެއެވެ. އެކަމަކު ހިތާމައަކީ ޢަމަލުން ފެންނަމުން ނުދާ ކަން. ދިވެހިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ﷲމިންވަރުކުރައްވާ މިބަލިމަޑުކަމުން ސަލާމަތް ކުރައްވާށި.އާމީން

 14. ހާލުގެދުލުން

  سبحان الله އަޅަމެންނަށް މިނޫން ދުވަސްތަކެއް ދައްކަވާނދޭވެ.މިޤައުމު އޮޔާމިދަނީ.ﷲހެކިކޮށް އަޅުގަނޑު ބުނަން.ރައީސް ޔާމީން ވެރިކަމުގައި ހުރިނަމައޭ؟؟؟؟؟؟؟؟؟؟؟؟؟؟

 15. ރައްޔިތުން

  ކޮބާހޭ ފުލޯޓިން ހޮސްޕިޓަލް؟؟؟ ކޮބާހޭ އެންމެ ވޯސް ސިނާރިއޯ އަށް ވީ ތައްޔާރު ؟؟؟
  ކޮބާހޭ ކޮވިޑު ގެ އެހީތަ. ކީއްހޭ ކުރީ އެއަށް. ނޫސްވެރިން މަބްރޫކް ސުވާލް ކޮއްބަލަ؟؟؟

 16. އސ

  ވިސްނަވާ.

 17. އސ

  ވިސްނަވާ