ކާފިއު ގަޑީގައި ނޫން ގަޑިތަކުގައިވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން މަނާ ކޮށްފި އެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 26 ވަނަ ދުވަހުން ފެށިގެން ކާފިއު ނޫން ގަޑިތަކުގައި މީހުން ބޭރަށް ނުކުތުމަށް ފާސް ދޫކުރާނެ ކަމަށެވެ. އެގޮތުން މިގޮތަށް ދޫކުރަނީ ކޮންމެ ގެއަކަށް ދެ ފާސް ވެއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި ވަނީ ހަވީރު 16:00 އިން ހެނދުނު 8:00 އަށެެވެ.

އެހެންކަމުން އެ ނޫން ގަޑިތަކުގައި ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރެއެވެ. އެއީ ހެނދުނު 8:00 މެންދުރު 12:00 ދޫކުރާނި ގެއަކުން އެކަކަށް ފާހެކެވެ. އަދި މެންދުރު 12:00 އިން 16:00 އަށް އެއް ފާހެވެ.

އެއީ ކޮންމެ ގޭބިސީއަކަށް ދޫކޮށްފައި އޮންނަ ޕާހެއް،ކޮންެ ގެއަކަށްވެސް ރެޒިޑެންޝިއަލް ދެ ޕާސް މި ލިބެނީ". ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

އަދި މި ފާސް ދޫކޮށްފައި އޮންނަނީ އެގަޑީގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެ ޕާސްއާއެކު ބޭރަށް ނުކުންނަ ވަގުތުތަކުގައި މާލެ ސަރަހައްދު އޮންނަނީ ދެ ޒޯނަކަށް ބަހާލާފައި ކަމަށެވެ. އެއީ ހުޅުމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަަމަށާއި، މާލެ އާއި ވިލިމާލެ އަކީ ވަކި ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ވިލިމާލެ އާއި އާއި ދޭތެރޭގައި ދަތުރު ކުރެވޭ ގޮތަށް، އެކަމަކު ހުޅުމާލެ، ހަމަ ހުޅުމާލެ ވަކި ޒޯނެއްގެގޮތުގައި އޮންނަ ގޮތަށް،އަދި މި ރެސްޓްރިކްޝަން ގަޑިތަކުގައި ޕާމިޓް ހޯލްޑަރުންނަށް ވެހިކަލް މޫވްމެންޓްވެސް ކުރެވޭނެ"، މަބްރޫކް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ބޭރަށް ނުކުންނައިރު، ފާސް ހޯދަން ވެރިފައި ކުރުމަށްޓަކައި ބޭނުން ކުރަނީ ކަރަންޓް މީޓަރު ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކާފިއު ނޫން ގަޑީގަ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ބޭރުގައި ހުއްދަ ލިބުނުކަމުގައިވިޔަސް މާލޭގައި ދިރިއުޅޭ ފަރާތްތަަށް ހުޅުމާލެ ނުދެވޭނެ ކަމަށެވެ. އަދި ހުޅުމާލެގައި އުޅޭފަރާތްތަކަށް މާލެ ނުދެވޭނެ ކަމަށާއި، އެހެން ނަމަވެެސް ވިލިމާލެ އާއީ މާލެ މިއީ އެއްތަނެއް ކަމަށް ބަލައި، ވިލިމާލޭގައި އުޅޭ މީހުންނަށް މާލެ އާދޭވެނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަނި

    މިސަރު ކާރަ ކިޔޭނުޔޭ އެޗެއެގެބާ

    21
  2. ދުސިން

    ރައްޔިތުން ހަނާވާން ތިބެން މި ޖެެހެނީ މަބްރޫކުން ފުއްދާލައިގެން. ސިއްހީކުއްލި ނުރައްކަލުގެ އެންމެ ނުރައްކާވަގުތު ހެލްތު މިނިސްޓަރ ފިލާއިންނަވަނީ . ވަރަށް ކަންނެތް މިނިސްޓަރެއް

    21
  3. ބަބޫ

    ދެން އޮފީސްތަކުގަޔާ ވިޔަފާރި ކުރާމީހުން އެކަން ކުރާނީ ކިހިނެއް.

    22
    1
  4. ޚެރާ

    ޕާމިޓް ލިންކް ކޮބާ؟

    15
  5. ގަލަން ތުނޑު

    ނުކުރެވޭނެ/ ނުބެލެހެއްޓޭނެ ހާ ކަންކަން މަތީ ފާސްލިބިލައްވާފަތިއްބެވި ބޭކަލުން ތިބެގެން ނިންމާނީ..މީގެ ބޭނުމަކީ ރައްޔިތުން ފެލައި ޖޫރިމަނާ ކުރުން... ވ ސަލާމް

    21
    2
  6. ހަގަންބެ

    އަޅުގަނޑު މީ މާލޭގަ އުޅޭ ކެންސަރު ޕޭޝަންޓެއް، އަޅުގަނޑު ހަފްތާއަކު އެއްފަހަރު ހުޅުމާލޭ ހޮސްޕިޓަލުން ކީމޯ ނަގަން ދާން، މިވިސްނަނީ ދެން ހަދާނީ ކިހިނެއްބާވައޭ

    12
  7. ދިވެހިން

    ފުރަތަމަ ލޮކްޑައުންގަ މީހުން މަރުނުވާތީ އެއީ ސިޔާސީ ސްޓަންޓކޭ ކިޔާ އިދިކޮޅު ޕީޕީއެމް އިން މުޒާހަރާކޮށް ބަޔަކަށް ވިސްނުވައިދިން ގޮތުން މީހުންގެ ބިރުކެނޑި ސަރުކާރުގެ ގަވައިއިދު ތަކަށް ބޯނުލަނބާ. އަމިއްލަ ފަރުދީ ޒިންމާއެއް އޮތްކަމަށް ނުދެކޭ މީހުން ގިނަވުމަކީ ބަލި ކޮނޓްރޯލުން ނެއްޓި އެއްސަބަބު، ސިޔާސީ ކަމަކަށް ހަދާ ވެކްސިން ނުޖަހާ ބައިގަނޑެއް އެބައޮތް، އިންޑިޔާއިން ދިން އެއްޗްކަށް ވާތީ ޕީޕީއެމް މީހުނަށް އެ ވެކްސިން ކަމުނުދިޔަ، މުސައްލަ ހިފައިގެން ގެެއިން ވުލޫ ކޮށްގެން ޖަމާއަތް ގައިދުރުކޮށް ހަދަން ބުނުމުން ދީނީ ޢިލްމުވެރިންނަށް އެކަން ގޯސްވެ މިސްކިތަށްދާ މީހުންގެ 80% މީހުން މުސައްލަ ނުގެންދޭ، ހައިރިސްކް ބައްޕަ އަސާގަނޑު ދީފަ ފޮނުވަނީ މިސްކިތަށް.
    ސަރުކާރުގެ ހުރިހާކަމެއް ރަގަޅެކޭނޫން، އެކަމަކު ފަރުދީ ޒިންމާ އަދާނުކުރެވި މިހާލަތަށް ގައުމު މިދިޔައީ.

    5
    34
  8. ދިވެހިން

    އެއުޅެނީ ހުޅުމާލެ ފެސިލިޓީން މީހުން މަރުވާތީ އާއިލާތަކުން ގޮސްއަރައި ގެންފާނެތީ ބިރުން. ސަމާލުވޭ ހުރިހާ ބޭފުޅުންވެސް !

    15
    1
  9. ކުޑަސޮރު

    އެއް ކަރަންޓް މީޓަރުގަ 4 އާއިލާ 5 އާއިލާ އުޅޭކަން ސަރުކާރަށް އިނގެންޏާ ރަނގަޅުވާނެ

  10. ައަހުމަދު

    ހަދަ ހެއްވާ ގޮތެއް ދޯތީ ވިލިމާލެ އާއި މާލެ އެއްތަނަކަށް ވެއްޖެ އެކަމަކު މާލެއާއި ހުޅުމާލެ އެއްތަނަކަށް ނުވި އެކަމަކު އެއްގަމުން ގުޅާލެވިފައި ވަނީ މާލެއާއި ހުޅުމާލެ ، ވަރަށް ތާކުންތަކުނުޖެހޭ ވާހަކައެއް. ވ.ސަލާމް

  11. ދުންމާރި

    ތީ ވަރަށް ހެއްވާ ނިންމުމެއް ތިޔަ ނިންމުމުގައި ސިޔާސީ ކުލަ ވަރަށްގަދަކަން ފާހަގަ ކުރެވެނީ މާލެއިން ކަނޑުމަގުން ވިލިނގިއްޔަށްދެވޭ އެކަމަކު ސައިކަލުގަ ނޫނީ އެހެން ވެހިކަލެއްގަ ދެވޭ ހުޅުމާލެއަކަށްނުދެވޭ ކިހާ ޖޯކު ވާހަކައެއްމީ؟ މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ދަތުރުކުރުން މަނާކުރީ ހުޅުމާލޭ ކޮވިޑު ފެޝިލީޓީގައި މީހުން ބައިތިއްބައިގެން އަޅާނުލާ ފަރުވާނުދީ އެމީހުންގެ ފުރާނަތައް ގެއްލެމުންދާތީ ސަރުކާރުގެ ދޯދިޔާ ސިޔާސަތު ހާމަ ވާތީ އެކަން ރައްޔިތުންނަށް ސިއްރުކޮށް ބަލިމީހާގެ އާއިލާއަށް ބަލިމީހާޣެ ހާލަތު ސިއްރުކުރުމައްޓަކާ ހިންގި ޖަރީމާއެއްގެ ގޮތުގަ ބެލެވެނީ