ފުރަބަންދު ނުކިޔާ މާލެ ސަރަހައްދު ފުރަބަންދު ކޮށްފިއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ކޮވިޑް-19ގެ ވޭދަނަތަށް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މާލެ ސަރަހައްދު ފުރަބަންދު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިއަދު ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ފުރަބަންދެކޭ ނުކިއާ، މާލެ ސަރަހައްދު ބަންދު ކޮށްފައިވާ ކަން ހާމަ ކޮށްފައެވެ.

މީގެ ކުރިން "ވަގުތު" އިން ގެނެސްދީފައިވާ 'އަންގާރަ ދުވަހު މާލެ ފުރަބަންދު ކުރަނީ' ހަބަރުގެ ސްރީންޝޮޓެއް ޓުވިޓު ކުރައްވައި މަބްރޫކު ވިދާޅުވީ' 'މިފަދަ ނިންމުމެއް ނިންމާފައި ނުވާ" ކަމަށެވެ.

އެހަބަރުގައި "ވަގުތު" އިން ވަނީ މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް އެޗްއީއޯސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވާކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެފަދަ ހިޔާލެއް ރައީސަށް ހުށަހަޅާފައިވާކަން މަބްރޫކު ދޮގު ކޮށްފައެއް ނުވެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހުން ފެށިން މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެދުވަހުން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. މީގެ އިތުރުން ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމަށް ހުއްދަ ބޭނުންވާނެ ކަމަށާއި ކާފިއު ގަޑި ނޫން ގަޑިތަކުގައި ވެސް، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ.

މިފަދަ ފިޔަވަޅުތަކެއް މާލޭގައި އަޅާފައިވާއިރު، މީގެ ކުރިން ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ހުއްދައެއް ބޭނުމެއް ނުވެއެވެ. މިހާރު އެޅި ފިޔަވަޅުތަކާއި އެކީ ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގެއަކަށް ދޫކުރުމަށް ހަމަ ޖެހިފައިވަނީ ދެ ފާހެވެ.

އެއީ ހެނދުނުު 8:00 އިން މެންދުރު 12:00 އަށް ބޭރުގައި އުޅުމަށް ގެއަކުން އެކަކަށް ދޫކުރާ ފާހަކާއި މެންދުރު 12:00 އިން 16:00 އަށް ބޭރުގައި އުޅުމަށް ދޫކުރާ އެއް ފާހެވެ.

މި ފާސް ދޫކޮށްފައި އޮންނަނީ އެގަޑީގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ތީ ކޮންކަހަލަ އިންސާފެއް! ހެޔޮދޯ ގެ 10 ބުރިއަށް 10 އެޕާޓްމަންޓު ހަދާފަ ހުއްޓަސް އެގެއަށްވެސް 2 ފާސް. ގްރައުންޑު ފްލޯރ އެކަނި 1 އެޕާޓްމަންޓް ހަދާފަ ހުންނަ ގެއަށްވެސް 2 ފާސް. މައިމޫނާ ކަލެއަށް ހެދޭ ނެހެދޭއެއް އެބަ އެނގޭތަ؟

    31
    9
    • ބޭބެ

      ކޮންމެ ފްލޯއެއްގައި މީޓަރެއް ހުންނާނެ!! ކޮންމެ މީޓަރަކަށް ދެފާސް ދޮންކަލޯ!! އެއީ ގޭބިސީއެއްކަމަށް ބަލާނީ!!

      32
      3
    • އަލީ

      ގެއަކަށްނޫން، ކޮންމެ އެޕާޓްމަންޓަކަށް.

      18
      2
    • މުސިބާތް

      ރައްޔިތުނ ބަސްއަހައިގެން ކިހާދުވަހަކު ގޭގަތިބި 1އަހަރުދުވަހު ފުރަ ބަނދުގަ ނުކާނުބޮއެ ކުލި ދެއްކޭނެ ފަދަނެތި ފަ އެކަމު ކޮވޮޑުގެ ހަލު ހަމަ ރަނގަޅު ވެލިއިރަށް އަނެއްކަ އިންޑިޔާ މީހިން މިތަނަށްގެނެސް އިންޑިޔާ ވޭރިއެންޓް ފެތުރީ ކޮންކަހަލަގެ އަނިޔާވެރިކަމެއް މިކުރަނީ އިނޑިޔާބޭނުން ގޮތެއް މިތަނަށް މިހަދަނީ އަދިވެސް ރައްރައްޔިތުން މިތިބީ ބީތަވެތަ މި ސަރަހައްދުގަ ނެތޭ މިނޫނީ އިނަޑިޔާ އަށް ބޯޑަރު ބަންދު ނުކުރިގައުމެއް މީ އަޅެ ދޫނި ނިދަންއަރާ ފިނޮޅެއްހެން އިންޑިޔާ މީހުން މެދުއިރުމްއްޗަށްދަން އިންޑިޔާ ވެރިޔަންޓް ކޮވިޑް ހި ފައިގެން އައިސް މުޅި މިތަނަށް ަފތުރާ ފަ އެބެޗީ ޑރ ނުންނަށް ވެސް ނުކެރުނޭ އިނޑިޔާ ވެރިއެންޓޭ ބުނަން ބޮޑުވަރުތީ ގައުމު ވިއްކަލިޔަސް

      36
      1
    • ވަހީދުބެ

      ކީއެއްޗެއް އަޑުއަހައިގެން ވާހަކަދައްކަންވާނީ ދޯ

      10
      1
  2. ހާރޫނު

    ކޮންމެ ކަމެއްގަވެސް މިއޮންނަނީ މަކަރާއި އޮޅުވާލުން

    76
    1
  3. ބުއްޅަބޭ

    މިޔަށް ކިޔަނީ "ބަލަވެރިކަން"

    90
    2
  4. ޢަނީ

    ތިޔައީ ރައްޔިތުން ޖޫރިމަނާކޮށްގެން ލާރިހޯދަން ކުރާކަމެއްނު

    89
    2
  5. ޕިސް ޕިސް

    އަނެއްކާ އެތައް ބަޔަކު ބަނޑަށް ޖައްސަނީ. އާނ ކޮންކަމެއް ދޯ. ޝާހިދު އެހުރީ ނިއުޔޯކްގަ. ރައްޔިތުންގެ ފައިސާއިން އޭނައަށް 2 މިލިއަން ރުފިޔާ ޚަރަދުކޮށްފި މިހާތަނަށް

    39
  6. ސީނު

    ހެހެހެ. ވެރިޔަކައް ވެސް ހުރީ ހަމަ ނަމެއްގަ.

    80
    2
  7. މޮޅު ސަރުކާރު

    ފުރަބަންދެއް ނޫން އެކަމަކު މާލެ ބަންދު ހެނދުނު 8 ން ހަވީރު 4 އަށް ކާފިއު އެއްނޫން އެކަމަކު ރައްޔަތުން ގޭގައި ބަންދު ވެރިންނަށް ހަބޭސް

    42
  8. ބުއްޅަބޭޭ

    މަބުރޫކަކީ ވެސް ސިޔާސީ މީހެއް، ސިޔާސީ މީހުންނަށް ދޮގުހެދޭނެ، ހަދަންވެސް ޖެހޭނެ!

    67
    11
  9. ހ މ ޒ

    ކޮވިޑު-19 އަށް 3.4 ބިލިއަން ހަރަދު ކުރެވުނު އަދި ވައްކަމަކަށް ފަހު ވައްކަމެއް !

    76
    1
  10. އީބްރޫ

    ކާފިއު ނެތްގަޑިތަކުގައި ބޭރުގައި އުޅުމުގެ އިހުތިޔާރު ކޮންމެމީހަކަށްވެސް ލިބިގެންވޭ އަދި އެކަމަށް އަދަބެއް ނުދެވޭނެ. ކާފިއު ނެތި މީހުން ގޭގައި ބަންދުނުކުރެވޭނެ! ޢެވަނީ ޣައިރު ޤާނޫނީ ކަމަކަށް. ތަންކޮޅެއް ތަސައްރަފު ފުދޭވާހަކަ ދައްކަބަ ލަ! ގެބަންދުކުރަން ބޭނުމިއްޔާ ކާފިއު އިއު ލާނުކުރޭ!

    40
    1
  11. ޖހޣގގގ

    ފުލުހުންނާ ސިފައިން މަގުތަކަށް ނެރެގެން 2 މީހުނަށްވުރެ ގިނައިން އެއްވަގުތެއްގައި އެއްތަނެއްގައި ނުތިބޭވަރަށް ބަލަހައްޓައިގެން ނޫނީ ލާހިކެއްނޫން ކޮވިޑް ކޮންޓްރޯލް ކުރާކަށް.
    ހިރިޔާ ކައިރީ އެހުން ހޯމަޑެލިވަރީ ކައިރީގަވެސް މީހުން އެއޮންނަނީ ތޮއްޖެހިފަ

    51
    7
    • ޢަހޫ

      ކޮއްމެމީހަކު އަނގަ ފުޅާކުރާއިރު ބަލާބަލަ މިހާރުވެސް މަގުމަތީގައާއި ފިހާރަތަކުއުޅޭއިރު ކިތަށްމީހުންތޯ ރަގަޅަށް މާސްކުއަޅާ ފައި ހުންނަނީ. ޢަމިއްލައަށް ވިސްނާލަބަލަ ކޮވިޑް ޕޮޒިޓިވްވެގެން ކަރަންޓީނުކޮއް ފަ ހުންނަ ގޭގޭގެ މީހުން ހޮޓާތަކަށް ޓޭކަވޭ ކޮފީތަސި ބަލާ ކިތައްފަހަރު ދިޔައިންތޯ. ޢަދި މާލޭގެ ބުރިބުރިއަށް ހަދާ ފަ ހުންނަގޭގޭގެ ލި ފްޓަށް ގިނަބަޔަކު އެއްފަހަރާ އަރާއިރު މާސްކްނާޅާ މީހުން ކައިރީގައި މާސްކްއަޅާލަން ބުނުމުން ދޭ ހުތުރު ޖަވާބު. ޢައްޗީޑި ބައެއް ދިވެހިންގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީބާ.

      18
      3
  12. ޖުއްޅޭއި

    އަބަދު އަބަދު ނަޝީދުގެ ފުރާން ބަލަ އެކަހަލަ ފުރާނަތް މިގައުމުގައި މި މަރާލަނީ އަބަދު އަބަދު ނަޝީދޭ ކޮވެލި ގޮވާހެން ތިގޮވަނީ ބަލަ އީވާއަކަށް ނުފެނޭތަ މިމަރުވާ މީހުން މިގަމުގެ ނިސްބަތު ހާދަ ގިނަބަޔެކޭ މިދަނީ ތިމީހުން އިޙްމާލުން ދުނިޔެދޫކޮށްފައި އަދިވެސް ނަޝީދު ބަލަ ނަޝީދު އަދި މަރުނުވެ އިރާދަފުޅުން ދުނިޔޭގައި އެބަހުރި ނޫންތޯ އެހެންވީމާ ދެންގޮވާބަލަ ކޮވިޑް ކޮވިޑް ކިޔައިގެން މަރު މަރު ކިޔައިގެން ނުހައްގު ފައިސާ ކާލެއް ގިނަކަމުން އެތިބެނީ ވާނުވާއެއްގައި

    26
  13. ކިޔުންތެރިއެއް

    ކަމެއް ނުކުރެވޭހާލުވެސް އިސްތިއުފާނުދޭތި ރައްޔިތުންގެ ރުފިޔާއިން މުސާރަނަގައިގެން އަދި އެވަރުމަދުވެގެން ދައުލަތުގެ ޙަޒާނާއެކީ ވަގަށް ބަޑުއަޅާލާގެންވެސް ދައުރު ހަމަކުރާތި. ވެރިކަން ބަދަލުވީމަ ފިލާގެން ރައްކާވާނެ. ހުރިހާ ދެރައެއް ރައްޔިތުމީހާޔަށް އެކަމަކުވެސް ރައްޔިތުންހަމަ އޯކޭވެފަ. ކޮވިޑުންނާ މި ނާގާބިލް ވަގުންގެ ސަރުކާރުގެ ކިބައިން ދިވެހި ރާއްޖެ ސަލާމަތްކުރައްވާންދޭވެ.

    24
  14. ވައިޓް ބޯޑް

    ލޮކްޑައުން ކުރޭ އަވަސްކުރޭ ތިޔަ ލުއިދޭ ގަޑީގައި ކައްކާފައި ހުންނަ ކާއެއްޗެއް ގަންނަން އޮންނަކިއު ނުފެނޭތަ ހަމަ ލޮކްޑައުން މާލެ ސަރަހައްދުކުރޭ މާލެގެ ކުންފުނިތަކާއި މިނިވަން މުއައްސާ ފަދަ އޮފީސްތަވެސް ބަންދުކުރޭ އެތަންތަނުން ކިތަކެއް މުވައްޒަފުން ޕޮޒެޓިވެ ވެގެން ގޭގައި އެތިބެނީ އެކަން ސަރުކާރައްއެގޭތަ ނޭގޭ

    17
    1
  15. ލޮކު

    އަތްނުލާއައްދޮ

    15
    1
  16. ވަހީދުބެ

    ކުރިން މާލެ ސަރަޙައްދު ކުރި ފުރަބަންދާއި މިކުރި ބަންދާ އޮތް ތަފާތެއް ބުނެބަލަ. އޭރުވެސް ބޭރަށް ނުކުމެވެނީ ހުއްދަނަގައިގެން. މިފަހަރުވެސް ހުއްދަނަގައިގެން. ދޮގުހަދަން ނޭނގި މިއަށްވުރެ ބޮޑު ދޮގެއް ހެދޭނެގޮތެއް ނޯންނާނެ. މަގުމަތީގައި މާސްކު ނާޅާ މީހުންނަށް އުޅެވެނީ ފުލުހުންނަށް ފުރިހަމައަށް ކަންކަން ނުކުރެވޭތީ. ފުރަތަމަ ތިމާމެންގެ ޒިންމާ އަދާކުރެވެނީ ކިހާވަރަކަށް ކޮންފެންވަރެއްގަތޯ ބަލަންވީނު. ހާލަތު މިހިސާބަށް ދިޔައީމަ ހުރިހާކަމެއް އާންމުރައްޔިތުންގެ ބޮލަށްޖަހަން މިއަށްވުރެ ބޮޑަށް ތައްޔާރުވެގެން ތިބިބަޔަކު ނުފެންނާނެ.

    19
  17. ޖާބެ

    މިސަރުކާރު ބަދަލުކުރެވޭނެ މަގެއް އެބަޖހޭ ހޯދަން ، ދަޢުލަތުން ވައްކަންކޮށް ނާޖާއިޒުގޮތުގަ ފައިސާ ބޭނުންކޮށް ނުވިތާކައް ތަފާތު ނަންނަމުގަ ރައްޔިތުން ޖޫރިމަނާކޮށް ފޭރެމެމުން މިދަނީ ، ގޮހޮރު ވެސް ނަގަނީ ، މިނޫންގޮތެއް އެބަޖހޭ ހޯދަން ، ގޮތް ހުސްވާ ދަރަޖައައް ކަންކަން ހިގައްޖެ

    20
    1
  18. މއާޒު

    ދިވެހިރާއްޖޭގެ ވެރިކަން ބަދަލްކުރަން އެބަޖެހޭ މިހާރު ، އެމް.ޑީ.ޕީ ކޯލިޝަން ނޫންގޮތެއް އެބަޖެހޭ ހޯދަން ދިރިހުރުމުގެ މިނިވަންކަން ނަގާލާފި މިމީހުން ، ކާނެ ބޯނެ އެއްޗެއް ޢާމްދަނީއެއް ހޯދާނެ މަގެއްނެތް ގަޢުމު އިންދަޖައްސައިފި

    24
    1
  19. ފިލާވަޅު

    އިބޫ އިސްތިޢުފާދީ މިހާރުން މިހާރައް . އެމް.ޑީ.ޕީ ތަިޔަ ކޯލިޝަން އަކަށް މަގޭ ދަރިންގެ ދަރިންވެސް ވޯޓުލިޔަކަ ނުދޭނެނަން ނިމުނީ ނަޝީދުއާ ،އިމްރާންއާ، ޤާސިމް ، މަޢުމޫން މިގަޢުމު ހަލާކުކޮށްފި ނާގާބިލް މީހަކު ބައިންދާގެން ކައިނަގަނީ ރައްޔތުން ބަނޑައްޖައްސައިފި

    20
  20. ޙެހެ

    މަބުރޫކްމެން ތިކުރައްވާ ހިއްވަރައް ސާބަސް ދެން. ކެއްތެރިކަމާ އެކު ކުރިއައް ވަޑައިގަންނަވާތި.

    7
    23
  21. މަނީ މަނީ

    ރަތްޔިތުން ޖޫރިމަނާ ކުރަން ނިންމުން ތަކުގަ ބޮޑައް އޮތީ ރާއްޖެ ކޮވިޑް19 ޖޫރިމާނާ ކޮއްގެން އެންމެ ގިނަފައިސާ ހޯދާ ގައުމަކަށް ރިކޯޑް އޮންނާނެ ސާބަސް އިބޫސޯލިހް ނިކަމެތި ރަތްޔިތުން ގެ ހާލު 40 ޢަހަރު ފަހަތައް ވެރިން ގެ ޖީބު ބޮޑު

    18
  22. އަހުމަދު

    ސަރުކާރުން ރައްޔިތު މީހާއަށް އޮޅުވާލައިގެން ކޮވިޑުން ކުރީ ވަންކަށް ވަގަށް ގޮވަން މަޖުބޫރު ކޮއް ފި

    19
  23. Anonymous

    މަބުރޫކު އިސްތިއުޕާ! ޢިބޫ ސާލިހު އައް ކޮންވައްތަރު ނަސޭހަތް ހުންނަނީ،،،މަދިރި ވައްތަރު ނަސޭހަތް ދެނީ ކޮވިޑް ގިނަވަނީ،މީހުން ހުސްވަނީ

    12
  24. ޝިރޯ

    މަބުރޫކު ކަލޭ ދޮގުހެދުމުގެ ސަބަބުން މިހުރިހާ ކަމެއް ރާއްޖެއަށް މިދިމާވީ ތެދުބަހުން ކަމުގެ ހަގީގަތް އަންގާނަމަ މިހެން ނުވީސް އެންމެކުރިން ތީނަޔާ ބައިވެރިވެގެން ދޮގުހެދި ހުރިހާމީހުން ދެން އިތުރަށް ދޮގު ނަހަދާނަމޭ ވައްކަން ނުކުރެވޭނެޔޭ ބުނީމާ މަގާމުން ވަކިކުރީ އަދިވެސް މަބުރޫކަށް ކެވުނު ވަރު މަދުވެގެން ދޮގު ހަދަމުން ތިޔަ ގެންދަވަނީ ކަލޭތީ ބޮޑު މުސީބާތެއްތައް ރައްޔިތުން އެހާ ރުޅިއަރަނީ ދެންވެސް އިބްރާހިމް ދެކޮޅަށް ތެދުހަދާ ތިކަހަލަ ހިތައްމެ މަގާމެއް އަދި ލިބޭނެ ތިޔަފަދަ ....... މީހަކު ދޮގުހަދަމުން ވަރަށް ދެރަވޭ ތިޔަކަން ހުއްޓާލާ

    10
  25. އަބްސީ

    ފުރަބަންދު ކިޔައިފިއްޔާ ބޯޑަރު ބަންދު ކުރަންޖެހޭނު، އޭރުން ޓްއަރިޒަމް ނެތިއްޔާ ވެރިން ބަޑަށް ޖެހޭނެ، މިހާރު މާލެ ބަންދު ކުރީމަ ރައްޔިތުން ބަޑަށް ޖެހުނަސް އެމީހުންނަށް ހެޔޮވާނެ

    14
  26. ރަނާ

    ފުރަތަމަ ކަމަކަށް އޮފީސްތަކާ ސްކޫލްތައް ބަންދުކޮށްބަލަ 1 ސެމިސްޓަރއަށް، ކޮންކިޔެވުމެއް މިހާރު ކިޔެވޭނީ، އޮންލައިންކޮށް ޓެސްޓް ނަގާ ސަބްމިޓްކުރުމަކީ ހާދަގިނަ މައްސަލަތަކެއްދިމާވާކަމެކޭ، ކޮންސަކަރާތެއް ޖަހާކަށްތަ، މި އުޅެނީ ކޮވިޑް ޖެހިފައި އޮންނަ މަންމަވެސް ދަރިފުޅު ތެދުކޮށްގެން ކޮމްޕިއުޓަރ ދޮށުގަ ބައިންދައިގެން އޮންލައިންގކްލާހުގަ ބައިވެރިކޮށްގެން ކޯއްޗެއް ވިސްނޭނީ، ކިހިނެއް ކިޔެވުމައިގެން އުޅޭނީ، މަންމައާ ބޭބެ އަދި ކޮށްކޮ މިއޮންނަނީ ޕޮޒިޓިވްވެފް، އަޅެ ސަރުކާރުން ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވެއްޖެންނު،
    1 ސެމްއަށް ސޮކޫލްތައް ބަންދުކޮށް، އަދި ކޮންމެހެން ހުޅުވަންޖެހޭ ސަރުކާރުގެ އޮފީހެއްނޫނީ، އެހެން ހުރިހާ އޮފީސްތައް ބަންދުކޮށް، ކޮވިޑްގެ ބަލިމީހުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތަށް ނުކުންނަ ސަރުކާރުގެ މުވައްޒަފުންނާ ، އެނޫން ރައްޔިތުންނަށްވެސް ރަނގަޅު އެލަވަންސެއްދީގެން ބަލިމީހުންނަށް ޚިދުމަތްކުރެވޭނެގޮތެއް ރާވަން އެބަޖެހޭ،
    މަޖުލިސް މެމްބަރުންނާ، ކުރީގެ ރައީސްކަންކުރި މީހުންގެ އެލަވަންސް އުނިކޮށް، ބަލިމީހުންނަށް ޚިދުމަތްކުރާމީހުންނަށް ވަރަށް ރަނގަޅު އެލަވަންސެއްދީގެން މިކަންކުރަން އެބަޖެހޭ!
    މީ ކިހިނެއްވެފާއޮތް ސަރުކާރެއް، ހުރިހާ ބޮޑުންގެ ޖީބުތައް ފުރުންނޫންކަމެއްނުވޭ،
    ހުރިހާ ނިކަމެތި ދިވެހިރައްޔިތުން މަރުވާން ދޫކޮށްލާފަ،

  27. Anonymous

    ބޯޑަރ ބަންދުކުރަން ވީމަ ރައިއިތުމީހާގެ ގިޕިލި ބަންދުކުރީ ރައިއިތުން ބަލަހަށްޓަން ދުނިޔޭގެ ބޭންކު އިން ލޯންނުނަގާތަ؟

  28. ނަޝީދު

    ގަމަރު ތަޚަ މާލެ އެކަނި ނޫން ބަމްދު ކުރަންވީ ރާއްޖރވެސް ވެއްޖެ ބަންދު ކުރަން އަދިވެސް ހޭވެރިކަން ނުވޭތަ ހޭބަލި ވެފަތަ ތިތިބެނީ...

    13
    1
  29. ޑިމޮކްރަޓިސްޓް

    ކާފިއުއެއް ނޫނޯ. ހެނދުނު 8 އިން ހަވީރު 16 އަށް ނުނިކުމެވޭ، ވަކި ހާއްސަ ހުއްދައެއް ނެތި ނުނިކުމެވޭ. އެއަށް މިކިޔަނީ ދެން ކީކޭޔޯ؟ ދޮގެއް ހެދެން އޮއްވާ ތެދެެއް ހަދާނެތަ މިސަރުކާރުގެ ރީންދޫ ސިޔާސަތަށް ތާއީދުކުރާމީހަކު؟ ހިސްޓްރީ އޮތީ އެހެން. ރައްޔިތުން މިމީހުން ބަލައިގަންނަންވެސް ޖެހޭނީ އެހެން.

  30. ައަހުމަދު

    ރަގަޅު އެއްވެސް ގޮތެއް ނެތް ފުރަބަންދު ނުކުރިޔަސް ކަމަކުނުދޭ ކުރިޔަސް ކަމަކުނުދޭ ، ދިވެހިންވެއްޖެ ލާފޭރާމުން ނޫން އެހެން ގޮތްގޮތުންވެސް ތަރައްޤީވާން ، ހުޅުވާލީވެސް އެެތައްދުވަހަކު ބަންދޮކޮށްފައި އޮވެގެން ޤައުމާއި ރައްޔިތުން ހާލުގައި ޖެހި އެއިން އަރަނުގަނެވޭތީ ދެން ދޫދިނީމަވެސް ގިނަބަޔަކު އުޅުނީ ރައްކާތެރިކަމަށް ބެލުމެއްނެތި ދެން ބަލި ކޮންޓްރޯލުން ނެއްޓީމަ ޤައުމު ދިޔައީ ފާޑެއްގެ ބަންދަކަށް، މީގެއިން އެއްވެސް ގޮތެއްރަނގަޅެއްނުވި ދެން ކީއްތޯކުރާނީ.

  31. ސަމްސިއްޔާ

    މިހާ ފުރަބަންދުގެ މާނަ އޮޅިއްޖެ. ކުރިން ތިޔަ ބުނާ ފުރަބަންދެއް ކުރިގޮތެކޭ މިހާރު ތަފާތެއް ނެތް

  32. ސްޓޯނަރ

    100 ޕަސެންޓް ސަރުކާރުގެ ދޯހަޅިކަމުން އެތައްބަޔަކު މަރުވެ، ކޮވިޑް ޖެހިގެން މިދަނީ. ދެރަކަމެއް، ނުވަންޏާ އިސްތިއުފާދީފަ ގޭގައި ތިބެބަލަ!