ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ މަންމަ ކޮވިޑް-19 ބަލީގައި އަވަހާރަވެއްޖެ އެވެ.

އިކްރާމްގެ މަންމަ އަވަހާަރަވެފައި ވަނީ މިއަދުގެ ވަގުތެއްގައި ހުޅުމާލެ ފެސިލިޓީގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ.

އިކްރާމް "ވަގުތު"އަށް ވިދާޅުވީ، މަންމަ އަވަހާރަވީ މިއަދު މެންދުރު 2:30ގައި ކަމަށެވެ. މަންމަ ނިޔާވިއިރު އުމުރަކީ 80 އަހަރު ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، މަންމަ ކޮވިޑަށް ފަރުވާ ހޯއްދަވަމުންދިޔައީ މެއި 11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އިކްރާމް ވިދާޅުވީ، މަންމަ ކައިރީގައި މީހަކު ބެހެއްޓުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެ ފުރުސަތު ލިބިވަޑައިގެންނެވީ ކޮވިޑް ޖެހިފައި ހުރި މީހަކަށް ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 137 އަށް އަރާފައެވެ. އަދި މިއަދު އެކަނި އެބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ އަށަކަށް އަރާފައެެވެ.

މި މަހަކީ ރާއްޖެއިން މިހާތަަަނަށް އެންމެ ގިނަބަޔަކު ކޮވިޑް ބަލީގައި ނިޔާވި މަހެެވެ. އެގޮތުން މި މަހު މިހާތަނަށް އެ ބަލީގައި 62 ވަނީ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ފުލުހުންނާ ސިފައިން މަގުތަކަށް ނެރެގެން 2 މީހުނަށްވުރެ ގިނައިން އެއްވަގުތެއްގައި އެއްތަނެއްގައި ނުތިބޭވަރަށް ބަލަހައްޓައިގެން ނޫނީ ލާހިކެއްނޫން ކޮވިޑް ކޮންޓްރޯލް ކުރާކަށް.
  ހިރިޔާ ކައިރީ އެހުން ހޯމަޑެލިވަރީ ކައިރީގަވެސް މީހުން އެއޮންނަނީ ތޮއްޖެހިފަ.

 2. ގެރި

  ތި ނޫނަސް މީހުން މަރުވޭ..

  4
  4
 3. ބަކަރި

  އަހަރުމެންގެ އާއިލާތަކުންވެސް މީހުން އެބަ މަރުވޭ...

  3
  1
 4. ލޫޓުވާ

  މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. ސުންކުނަގަން އުޅުނު ފަރާތަކަށް ހަމަލާދިންކަމަށް އަޑުފެތުރުނު.

  4
  1
 5. ވަހީދުބެ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

 6. ފަސްޓް ލޭޑީ

  ވަގުތުން ބަލާބަލަ ހުޅުމާލޭ ފެސިލިޓީން ކިތެއްމީހުން މަރުވެއްޖެތޯ. އެތަން އެޔޮޮތީ އަތައްގޮޮވާފަ. %80 މީހުން މަރުވަނީ އެތަނުން

 7. ހެޔޮއެދޭ

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

 8. ހުސެއިން

  ކޮވިޑަކީ އެހާނުރައްކާ އެއްޗެއްކަމަކަށް ނުދެކެން