މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑީގައި ވިޔަފާރި ކުރާނަމަ 5000، ރުފިޔާގެ ޖޫރިމަނާ އެއް ކުރާނެ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށްފައި ވަނީ ހަވީރު 16:00 އިން ހެނދުނު 8:00 އަށެެވެ.

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކާފިއު ގަޑިތަަކުގައި މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް އަމަލު ކުރަމުންދާނެ ކަމަށެވެ.

އަދި އެގަޑިތަކުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރުން ހުއްޓާލެވިިފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެގަޑިތަކުގައި ކެފޭތައްވެސް ވަދެ ނެހެނޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޑެލިވަރީ ހިދުމަތްތައް މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ގެންދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ކާފިއު ގަޑީގައި އެމާޖެންސީއެއް ދިމާވެގެން ނޫނީ ބޭރަށް ނުދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު މި އެޅިފައިހުރި ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކާފިއު ގަޑިތަކުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާކަަމށް ވާނަމަ ނުވަތަ ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ ހަދާކަމުގައިވާނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް އެންމެ މަދުވެގެން ކުރާނެ ކަމަށް ނިންމިފައި އޮތީ".

ކޮވިޑް ފެތުރެމުންދާތީ މިހާރު މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވިޔަފާރި

    ޚިދުމަތްދޭ ވިޔަފާރި ކުރާ ތަންތަން ހެނދުނު 8ން ހަވީރު 4 އާ ދެމެދު ހުޅުވުމަށް ހަދަންޖެހޭ ގޮތަކީ ކޮބާ؟

  2. ޖުއްޅޭއި

    ނިކަމެތި ރައްޔިތުން ރީތިގޮތުގައި ފެލާލަށް ތިޔައުޅެނީ ހިޔަޅަކީ މަކަރުވެރި އެއްޗެއް ބަލަ މީ ދިވެހިން އަދިވެސް ނޭގޭތަ ލޮކްޑައުން ނުކުރަންޏާ ނިކުންނާނެ މީހުން ދަރުވާނެ ގޮތެއްނެތިގެން މީހާރު ބޮޑު އަދަދަކުން ޖޫރިމަނާ ތިޔަކުރަނީ ވަކިވަކި ފިހާރަ ތަކަށް ހުއްދަ ދީފައި ގެޔަކުން 1 ފްލޯއަކުން އެކަކަށް ހުއްދަ ދީފައި ލޮކްޑައުން ކޮށްލަބަލާ ފެންނާނެ ނަތީޔާ ގަމާރަކަށް އެކައްޗެއްވެސް ނޭގޭ ދަންވަރު ކޮންބައެއް އެއްވަނީ ދިމާވަނީ މީހުން ނިދާގަޑިވެސް ބަންދު މަޖްބޫރުވެގެން ނޫނީ އެވަގުތު ތަކުގައި ނުނިކުންނާނެ އެކަން އެގޭގަ މީދާކޭ އުބަ މީހެޔޮވެރިކަމެއް ވާވާ

  3. ގެރި

    މި ނުބައި ބައިގަނޑު ހަލާކު ކުރައްވާތޯ ދުޢާ ކުރާނަން... ވެކްސިން ޖަހުވާފަ ދިން ލުއި ކޮބާ

    3
    2
  4. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ކޮވިޑުގަ މަރުވާ އަދި ފައްސިވާ މީހެއް އަތުން އެއް މިލިއަން ރުފިޔާ ނަގަންޖެހޭ އެބަ

  5. ގެރި

    އެމްޑީޕީ ބޮޑުން ތަންތަނަށް ފުރައިގެންދާންވީމަ ލާރި ހޯދަން ރައްޔިތުން ފެލަން ކުރާ ކަމެއް

  6. އަލްޖިބްރާ

    ކާފިއު ނޫން ގަޑިތަކުގައި ފާސް އޮވެގެން ތަކެތި ގަންނަން ފިހާރަތަކަށް ދެވޭ ، ނުދެވޭ ސާފު ކޮށްދީބަލަ ؟ ކިޔާ އެއްޗެއް އެންމެނަށްވެސް ސާފުވާނެ ގޮތަށް ކިޔާބަލަ !

  7. ފައިޝް

    ގަލޮޅު ރަށްދެބައިމަގުގަ ހުންނަ ބަންގްލަދޭޝް ބޭފުޅުން ހިންގާ ބެއްލާ ފުޑްސްގަ ކާފިއު ގަނޑީގަ ބަރާބަރަށް ޓޭކްއަވޭ ހިދުމަތް ދޭ . މިތަން ހުންނަނީ ޖަމާލުއްދީން ސްކޫލާ ސެންޓްރަލް ހޮޓެލް އާ ދެމެދުގަ... ކުޑަ ޓޭކްއަވޭ ތަނެއް... ކާފިއު ގަނޑީގަ ވަރަށް ގިނަ މީހުން ތިބޭ އެއްޗެހި ގަނެގެން ކާން.. މިދެން ކިހާ ދެރަކަމެއް.. އަޅެ މިކަން ހުއްޓުވައިދީބަލަ... މަނާ ކަންތަށް ކުރުމަކީ ރަގަޅު ކަމެއް ނޫން

  8. އަހުމަދު

    ފިހާރަތަކަށް ވަޒީފާ އަށް ދާމީހުން ކާފިއު ނޫން ގަޑީގަ ކިހިނެއް ހަދަން ޖެހެނީ. ކަމެއް ނިންމާ އިރު އޮޅުން ބޮޅުން ވާ ގޮތައް ނުހަދަ ބަލަ.

  9. އކކ

    ./50،000 ފަންސާސް ހާސް އަށް ހަދަންފެނޭ.

  10. ނަންނު

    ލާރި ހޯދަން އިތުރު ގޮތެއް މި ވަގުތު ނު ފެނުނީތޯ؟

    4
    1
  11. ޖާބެ

    ކީއްކުރަން 5000ރ އެއްމިލިޔަނުން ކުރޭ ގެދޮރުވެސް ނަގާ ނެތިއްޔަ ކިޑްނިވެސް ނަގާ އިބިންނާ ދަރިން ވިއްކާފވެސް ތިޔަނަގާތި

  12. އަބްސީ

    ބޯޑަރު ބަންދު ނުކޮށް ކޮން ކޮވިޑެއް ކޮންޓްރޯލް ވާނީ، ތީ ރައްޔިތުން މަރައިގެން ގައުމު ހިންގަން އުޅޭބައެއް