ކޮވިޑް-19 ޖެހިގެން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އުމުރުން ދުވަސްވީ މީހަކު ފަތިސް ނަމާދަށް ހުއްޓާ ނިޔާވިކަން އެނގިއްޖެއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީން ފަރުވާ ހޯދާފައިވާ އަލީ އާޒިމް ނަމަކަށް ކިޔާ މީހަކު ފޭސްބުކު ގައި ހިއްސާ ކޮށްފައިވާ ސްޓޭޓަސް އެއްގައި ބުނެފައިވަނީ ނަމާދަށް ހުއްޓާ ނިޔާވެފައިވަނީ 56 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އޭނާ ބުނީ، އެ ބޭބެ ނިޔާވެފައިވަނީ އޭނާ ވެސް ކޮވިޑް-19 ޖެހިގެން އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދުވަސް ވަރު ކަމުން ކައިރިން ހުރިހާ ކަމެއް އެނގޭ ކަމަށެވެ. އެގޮތުން އެބޭބެ އަކީ ސްމާޓް މީހެއް ކަމަށާއި އެބޭބެ އާއި އެ ބޭބެގެ އަންހެނުންގެވެސް ތަރުޖަމާނަކީ އޭނާ ކަމުން ހުރިހާ ވާހަކައެއް ހިއްސާ ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވާގޮތުގައި، ބޭބެގެ ވާހަކަތަކުން އެނގިގެން ގޮސްފައިވަނީ އެބޭބެ ފެސިލިޓީއަށް ގެންގޮސްފައިވަނީ ވިލިނގިލީގައި އުޅޭ ގޭގައި އުޅެނިކޮށް ކޮވިޑަށް ފައްސިވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެ ހަފްތާގެ ތެރޭގައި ގޭގައި ހުއްޓާ 'ފިޓް' ޖެހިގެން ފާހަނަ ތެރެއަށް ވެއްޓުނު ކަމަށް އެބޭބެއާއި ހަވަލާދީ އޭނާ ވަނީ ބުނެފައެވެ.

"ގަދައަށް ހުންއައުމާއި ރޯގާގެ ސަބަބުން އެ ބޭބެ ގެނައި އިރުވެސް ވަރުދެރައެވެ. ބޭބެ ފެސިލިޓީއަށް ގެނެސް ފަރުވާދޭ ފެށުމުގެ ކަންކަން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ވަރަށްވެސް ދޯދިޔާ ކޮށެވެ. ކޮންމެއަކަސް ބޭބެ ގެނެސް ދެތިން ދުވަސްތެރޭގައި ބޭބެ ނިޔާ ވެއްޖެއެވެ." އޭނާ ބުންޏެވެ.

އޭނާ ބުނީ، އެބޭބެ ނިޔާވިރޭ، ދަންވަރު ގަޑިއެއްގައި 'ހާސްވެގެން' ކަހަލަ ގޮތަކަށް ތެދުވެ އުޅޭ ކަމަށެވެ. އަދި އޭނާ ފާހަނާއަށް ދާ ވަގުތު ބޭބެގެ އެނދު ކައިރިއަށް މަޑުކޮށް ވާހަކަ ދައްކައި ހަދާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ބޭބެ ނިޔާވީ ނަމަދުކުރާ ތަނަށް ގޮސް ހުއްޓައި ވެއްޓިގެނެވެ. ބޭބެ ވެއްޓުނު ގަޑިއަކީ ފަތިސް ގަޑި ކަމުން އެތާނގައި އެކަށީގެންވާ ނަރުހުންނެއް ނެތެވެ. އަދި އަވަަސް ފަރުވާ ދިނުމަށް އެކަށީގެންވާ ވަގުތަށްވުރެ މާ ގިނައިރު ނެގިއެވެ. ބޭބެ ނިޔާވުމުން، މުޅި ފެސިލިޓީގައި ޖެހިގެންއައި ދެތިން ދުވަހު މުޅިން އޮތީ އެވާހަކައެވެ." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެބޭބެގެ މަރާއި އެކީ މުޅި ފެސިލިޓީގައި ތިބި ބަލިމީހުންގެ ހާސްކަން އިންތިހާޔަށް އިތުރުވިއެވެ. އަދި އެއެންމެންނަށް ވުރެވެސް އޭނާގެ ހާސްކަން އިތުރުވި ކަމަށް އޭނާ ބުންޏެވެ. ބޭބެގެ މަރާއި އެކީ އެތަނަށް ނަމާދަށް ދާންވެސް އޭނާ އަށް ނުކެރުނު ކަމަށާއި ފަހުން ނަމާދުކުރީ ފެސިލިޓީގެ އެހެން ދިމާލެއްގައި ހުރި ހުސްތަނެއްގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އެމަރާ ގުޅިގެން އަތަނަށް ނަމާދަށް ދިއުން ހުއްޓާލި އެހެން ބަލިމީހުން ވެސް ތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާހައްޕު

    އަދި ކިރިޔާދޯ ތިވާހަކަ ނޫހަށް ދެވޭވަރު ތިޔަވީ
    ތިޔަމުގެ މަޤުޞަދަކީ ކޮބަިބާ؟

    11
    6
    • ޢަހޮމަދު

      މިވާހަކަ އެކަނިތޯ މިނޫންހުން ދެއްކި ނޫންތޯ ކަޅުފަނގަހެއްގެ ވާހަވެސް. ޢާދަންބެ

      9
      2
  2. ސަމާ

    ކޮވިޑް ބައްޔަކީ ނުރައްކާތެރި ބައްޔެއް. ނަމަވެސް ބަލިޖެހޭމީހުންނަށް ބޭނުންވާ މެންޓަލް ހެލްތް ނުހިންގޭތީ ގިނަމީހުން ޕެނިކްވެ ހިތްވަރު ގެއްލިގެން އިތުރު ކަންބޮޑުވުން ހުންނާނެ. އެޢީ ބޭހަކުން ރަނގަޅުވުރެވޭނެ ކަމެއްނޫން.
    ވަރަށް ބޮޑުވަރުވެފައި ތިބޭމީހުންގެ އެނދު ސްކްރީންކޮށް ބަންދުކުރަންޖެހޭ، އަދި ވަކި އުނިޓެއް ގައި ފަރުވާ ދޭންޖެހޭ.
    ބޮޑުވަރު ވެފައި ތިބޭ މީހުންގެ ކޮއްމެ 10 މީހަކަށް 5 އެހީތެރިން ތިބެންޖެހޭ. އެއިގެ ތެރޭ އިސް 2 ނަރުހުން، ދަސްކުރާ 3 ނަރުހުން.
    މިގޮތުން ޑެތްކޭސްތައް މަދުވާންފެށީމާ މީހުންނަށް ހިތްވަރުލިބޭނެ.

    17
  3. ތިރިބެ

    މިވަގުތަކީ ސިޔާސީ ސުޓޯރީހަދަންވިވަގުތެއްނޫ ތަންކޮޅެއް ޒިންމާދާރުވާންޖޭހޭ ސިއްހީހިދުމަތްތެރިން ކުރާމަސައްކަތް ފާހަގަކުރުމާ އެކަކުއަނެކަކާ އަޅާލުމާ ދޭއިރުސާދައްބޯލެބުމާ (މަމޮޅުނުވުމާ) މިކަމަކީ ހަމައެކަނި މިގައުމައް ދިމާވެގެއް އުޅޭކަމެއްނޫ މަރަކީ ވާނެކަމެއްކަމާ މީހުން ބުލޭމުނުކުރުން

    11
    6
  4. ބޮލުރޮދި

    އެމްޑީޕީ މަޖިލިސް މެމްބަރުން ގޮވަމުންދިޔައީ ސަރުކާރުން މިކަމައް ތައްޔާރުވެފަ އޮތީ ސަޕްރައިސްވާ ފެންވަރަށޭ.....ދެން އަހަރެމެން ބުނާނީ ކީކޭ ދޯ.....
    ޔާﷲ މި އެމްޑީޕީ ވަބާއިންނާ ވައިރަހުގެ ބަލިމަޑު ކަމުން މިގައުމު ސަލާމަތް ކުރައްވާށި، އާމީން.

    29
    4
    • އެމްޑީޕީ

      ސަޕްރައިޒް ވެއްޖެ ކަމަށް ހީކުރަން

  5. މައްލާ

    ހުޅުމާލެ ހޮސްޕިޓަލުގައި މަސްއޮޑިނަސީމު އެޑްމިޓުކޮށް ހިދުމަތުގެ ފެންވަ ރު ދޭވަ ރު ރަންގަޅައް ދައްކާލަންވީ...އޭރުން ވިސްނިދާނެ...ނޫނީި ވާނުވާވެސް ނޭނގޭނެ.....އަބަދު ހުންނަވާނީ ....މީނާ ހަވާލުކު ރަންވީ މަސްމާރުކޭޓް ބަލަހައްޓަން...

  6. ހޭބަލި

    ތިކަމެއްވީ މިދިޔަ އަހަރު، މިހާރު އަހަރެއްވީ