ރާއްޖެއަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ކޮންސެންޓްރޭޓަރ ނެތް ކަމަށާއި، އޮކްސިޖަން ޖެނެރޭޓް ކުރާނެ ޕްލާންޓެއްވެސް ރާއްޖޭގައި ނެތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިިގްތިސާދަށް ކޮވިޑާއި، ގުޅިގެން އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، އެކަމުން އަރައިގަތުށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ވެކްސިން ދިނުން ކަމަށާއި، ރާއްޖެެއަކީ ވެކްސިން އުފައްދާ ގައުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އެސްޓްރާ ޒެނެކާ އާއި ފާއިޒާ ވެކްސިން އެމެރިކާގައި އެބަހުރި ކަމަށާއި، އެ ވެކްސިން ރާއްޖެއަށް ލިބޭތޯ މަސައްކަތް ކުރުމަށް ސަރުކާރަށް ޝަރީފް ވަނީ ގޮވާލާފައެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ ވަރަށް އޮކްސިޖަން ކޮންސެންޓްރޭޓަރ ނެތް ކަން އެނގޭ ކަމަށާއި، އޮކްސިޖަން ޖެނެރޭޓް ކުރާ ޕްލޭންޓްތަކެއް ރާއްޖޭައި ނެތް ކަމަށެވެ.

"އެވެެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް، އެކަން އެހެން އޮތަސް، ރާއްޖެއަށް މި ކުރިމަތިވި ކަންކަމާއި، އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކުގައި ހުރި ވަސީލަތްތަކާއި، އެ ގައުމުތަކަށް ދިމާވެފައި ހުރި ކަންތައްތަކަށް ބަލާއިރު، ލައްކަ ތަނުން ރާއްޖެ ރަނގަޅު". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭ ފުރަބަންދަކަށް ދިއުމަކީ އޮޕްޝަނެއް ނޫން ކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސަން ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ރާއްޖެއަށް އޮތް ހަމައެކަނި މަގަކީ މި ބަލިން ފަރުވާ ހޯދުމަށްޓަކައި، މިވަގުތު އެމާޖެންސީ ގޮތުން ފުރުސަތުތައް ދީފައި ހުރި ބޭސްތައް އެތެެރެ ކުރުމާއި، ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހޭނެ ފަހި ފުރުސަތެއް ހޯދުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރުން ކުރަމުންދާ ކަންކަމަށް މަލާމަތް ކުރެވިދާނެ ކަމަށާއި، ޖޯކުވެސް ޖެހިދާނެ ކަމަށެވެ. އަދި އެއީ އިދިކޮޅު މީހުން އެކަން ކުރާނެ ގޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    އެކަން އެންގި ހުރެ ބޭބެ މެންތިބީނުން ޖީބުފުރާ ލައިގެން ބޮޑު މުސާރަ ނަގައިގެން،،،،ކޮވިޑް އަރާ ހަމަކުރަން ދެން،،،،،ކޮވިޑު ބައެއްދުވަހު ފެނިފަ ބައެއް ދުވަހު ނުފެނުނީ މަ ބޭބެ ހީކުރީ ކޮވިޑު އަންނަ އިރުފެންނާނެ ކަމަށް މަތިން ހެލިކަޕުޓަރެއް ހެން ނޫނީ ކަންޑުން މަނަވަރެއް ހެން...ވަގުތުފާއިތުވީ،،،،ބޭބެ ވެސް ~~~~

    42
  2. ފާތު

    މިވަގުތު ވެސް ގިނަޢަދަދެއްގެ ބަލިމީހުން އޮކްސިޖަން ބޭނުން ކުރަމުންދާ އިރު އެފަރާތް ތަކާ އެފަރާތްތަކުގެ ޢާއިލާ ތަކަށް ނަފުސާނީ ގޮތުން ލިބޭނެ ގެއްލުން ތައް އިހްސާސް ކުރެވޭތޯ. އަދި މިގެއްލުމުގެ ޒިއްމާ އުފުލާނީ ކާކުބާ.

    34
    • ކަލުވަލުސޮރާ

      ކަލޭމެން މައިތިރިނުވެ އެތަންމިތަނަށް ދުވެދުވެފަ ބަލިގެނެސް މުސްކުޅި މަންމައަށް ބަލިޖަެްސާފަ ތިއަހަނީ ޒިންމާވާނީ ކާކުހޭ، ކަލޭ ބަފާތަ ނޫނީ ކަލޭތަ އެކަމާ ޒިންމާވާނީ

  3. ބެރު

    ސާބަސް މަވޯޓަރ އަދި ކިރިޔާތަށް ތިއެގުނީ މާކުރިންވެސް މިތަނުގައި މިވާހަކަ ދައްކައިފި ކިތައްމެ ބަޔަކަށް އެގޭ އެކަން ހާދަލަހޭ މަވޯޓަރ އަޕްޑޭޑްވާވަރު ހުސްވެއްޖެ އޮކްސީޖަންވެސް ގައުމުގައި ހުރި ހުރިހާ ފައިސާއެއްވެސް މަދު ވިޔަފާރި ވެރިޔަކު ނޫނީ ހުރިހާ ވިޔަފާރިވެސް ބަގުރޫޓުވެއްޖެ ވިޔަފާރިތަށް ބަގުރޫޓުވީމައި މިސަރުކާރުގެ ބޮޑުން ގަންނަނީ އެފުރުސަތު މިހާރު މިސަރުކާރުން ހޯދަދެނީ އެމީހުންގެ މީހުންނަށް ރައްޔިތުން އޯކޭ ނޫނަ ނުކުންނަށްވީނޫތަ މަރުވާ މީހުންގެ އާއިލާތަކާއި އެހެނިހެން ފަރުދުންވެގެން ހުރިހާމެއްވެސް އޯކޭ

    30
  4. .....

    ރޭ ނިދަން އޮއްވަ ހުވަފެނަކުން ފެނުނު އެއްޗެއްތަ މީނަ މިކިޔަނީ...ނޫނީ ކުއްލިއަކަށްތަ ހުސްވީ...ނަޝީދުއަށްދިން ހަމލާ ގެ ތަހްގީގަށް ބޭރުން މީހުން ގެނެވުނު ވަގުތުން...ރައްޔިތުންގެ ކަންކަމަށް އެގޮތަށް ވަގުތުން އެޓެންޑް ނުވެވޭތަން ފެންނަނީ...އަދި އެވާހަކަ ދައްކާނީވެސް އަމިއްލައަށް ތިބެގެން...މައްސަލަތަކާއި ލިބެންހުރި ގެއްލުންތައް ކިޔާދޭން ރައްޔިތުން މާ ފަރިތަވާނެ....މިވަގުތު އަހަރެމެން ބޭނުންވަނީ އެހެންހުރިހާ ކަމެއް ބަހައްޓާފަ ނަޝީދުގެ ތަހުގީގުވެސް ބަހައްޓާފަ މި ބަލިމަޑުކަމުން އަރާގަނެވޭނެ ގޮތެއް ފެނޭތޯ އެންމެންވެގެން ބަލަން...މިކުޑަކުޑަ ގައުމުގެ މީސްކޮޅުގެތެރޭގައި ކަންކަން ބޮއްސުންލައިގެން ދިޔައީ ސިޔާސީ މީހުން އެމީހުންގެ އަމިއްލަ އެދުންތައް އިސްކުރާތީ... އެމީހުންނަށް ފައިދާ ހުރިމަގުން ކަންކަން ގެންދިއުމަށްޓަކައި ނާގާބިލު މީހުންނާ ބޮޑެތި މުހިންމު ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކޮށް އަކުން ބަކުން ކުޅޭތީ...

    26
  5. ނާހަމަ ތެދެއް

    މިހާލުގަ އެމްޑީޕީ އިދިކޮޅުގަ އޮތް ނަމަ އިގޭނީ ކިހާވަރެށް އަރުވާލާނޭ ކަމެއް

    47
    2
  6. ބޮލުރޮދި

    އެމްޑީޕީ މަޖިލިސް މެމްބަރުން ގޮވަމުންދިޔައީ ސަރުކާރުން މިކަމައް ތައްޔާރުވެފަ އޮތީ ސަޕްރައިސްވާ ފެންވަރަށޭ.....ދެން އަހަރެމެން ބުނާނީ ކީކޭ ދޯ.....
    ޔާﷲ މި އެމްޑީޕީ ވަބާއިންނާ ވައިރަހުގެ ބަލިމަޑު ކަމުން މިގައުމު ސަލާމަތް ކުރައްވާށި، އާމީން.

    51
  7. ނަައީމް

    ޔާﷲ މި އެމްޑީޕީ ވަބާއިންނާ ވައިރަހުގެ ބަލިމަޑު ކަމުން މިގައުމު ސަލާމަތް ކުރައްވާށި، އާމީން ދިވެހިންގެ ހަލާކު ބަދުނަސީބު އަދިވެސް އޮޅުވާލުމާއި ދޮގު ފުރަބަންދުނުކަރެމޭ އެކަމަކު އެއްވެސްތަނަކައްނުދެވެޔޭ އެކިދިމަދިމާލުނ އެހީދޭހާ ދުވަހަކު މިކަމަކުން ސަލާމެއްވިޔަކަ މިވެރިންނުދޭނެ ގިނަމީހުންފެސެލިޓީތަކުގަމަރުވަނީ އަޅާލާނެ މީހަކުނެތި ހިްދަތިވެ ގެން

    10
  8. ޢަހުމަދު ރަޝީދު

    އެމްއެމްޕީއާރުސީ އިން ނެގި 88 މިލިއަން ދޭންވީނު. ރައީސް ޔާމީން އައިޖީއެމްއެޗް ގަ ގާއިމްކޮށް ހިދުމަތްދޭންފެށި އޮކްސިޖެން ޕްލާންޓް ކޮބާ؟

  9. ނަންރީތި

    މިތާ ހުރޭތޯ ދައްކޮއްޓާ އިލޮށިކޮޅެއް ހެދޭވަރުގެ ތަނެއްވެސް ލަދުންބޯހަލާކް މިވެރިންގެ ވާހަކަ އެއްކިޔާލިޔަސް

  10. ހުސެން

    ސަ ރީފޫ ތިޔައީ މަޖްލިސްގައި ނުކިޔަވާ ތާކުންތާކުނުޖެހޭ އަބަދު ފައިސާ އާ ރަލާ ނުލިބިގެން އުޅޭ މީހުން ގިނަވީމަ ވާގޮތް ދެއްތޯ...

  11. މުލުވަގު

    ލަދެއް ހަޔާތެއް ނެތެއްނު އަނގަ ހުޅުވަން . އެތައް ރައްޔިތުން ގެ ހައްގަށް އަރާ އެތައް މިލިޔަން ޑޮލަރެއް ބަނޑުގަ އަޅައިގެން ހުރެ ކޮން އޮކްސިޖަން އެކޭ ކޮން ސަރުކާރެކޭ ކިޔާކަށް ؟ އަނެއްކާ އޮކްސިޖަން އޭ ކިޔާފަ ހޭރެނީ ކާލި ލާރިގަނޑު ހުސްވީތަ؟ ހަމަ ހުވާ ލަދެއްގެ އެއްވެސް ކަންފުޅެއް ނެތީއޭ! ހައިރާން!

  12. ފާތިރު

    މައުލަުމާތައް ޓަކާ ދަންނަވާލަން. ޒިއްމާވާނީ ކާކުހޭ އެލިޔަނީ މުސްކުޅި އަމާ ބަފާ ޔަށް ބަލިޖެހިފަ ނޫނީ މުޅި ރަށުގަ އެތަން މިތަނަށް ދުވެ ނަގާ މީހުން ނެއް ނޫން. އެއީ ފެސިލިޓީގަ މިވަގުތު އޮކްސިޖަންގެ އެހީއާ އެކު ނޭވާ ލަމުންދާ އަދި އެހުސްވެދާނެ ކަމުގެ ބިރުގަނެ ބަލި ހާލުގަ ތިބި ބައެއް މީހުން. ޢެހެންނޫނަސް މީހަކު އެއެްޗެކޭ ލިޔެލާ އިރަށް މަރުވެފައިވާ މައިން ބަފައިންނާ ބެހޭކަށް ނުޖެހޭނެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް ކަމުގެ ރަގަޅުމިސާލެއް

  13. ޢެކީގަ

    މީނަ މީ ހެލްތު މިނިސްޓަރ ތަ އެގެން