ކޮވިޑް-19 ބަލީހައި ރާއްޖެއިން މިއަދު ނުވަ ވަނަ މީހަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ. އެ އަންހެން މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އަންހެނެކެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު 6:48 ހާއިރު އެވެ.

މިއީ މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނިޔާވި ހަތް ވަނަ މީހާ އެވެ.

މިއަދު ރާއްޖެއިން ނުވަ މީހަކު ކޮވިޑް ބަލީގައި ނިޔާވިއިރު، މިއީ ރެކޯޑެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 138 އަށް އަރާފައެވެ.

އަދި މި މަސް ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 63 އަށް އެރީއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ބެލީގައި އުމުރުން ހަގު ބައެއް މީހުުންވެސް ހާލު ދެރަވެ، އެ ބަލީގައި ނިޔާވަމުންދާކަން ސިއްހީ މާހިރުން ދަނީފާހަގަކުރައްވަމުންނެވެ. މީގެ ކުރިން ރައްޖޭގައި އެ ބަލީގައި ނިޔާވަމުން ދަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑްގައި އުމުރުން 50 އަހަރުން ދަށުގެ މީހުން ނިޔާވަމުންދާކަން ފާހަގަވެއެވެ.

އަދި މިފަދަ މީހުންނަކީ ބޮޑު ބައްޔަކަށް ނޫނީ ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ދެރަވޭ

  މިއިން ކޮންމެ މަރަކަށް ދައުލަތުން ޒިންމާވާން ނުޖެހޭނެކަމަށް ދެކުނަސް ދައުލަތުގެ ވެރިން ޖަވާބުދާރީވާން ޖެހޭ ދުވަހެއްވެސް އެބައޮތްކަން ހަނދާން ކޮށްދެން.

  57
  2
 2. ައަސަރު

  ޥެރިކަމުގެ ނިޒާމް ފެއިލް ވެއްޖެ. ރައްޔިތުން ނުކުމެޤައުމު ހިންގޭވަރުގެ ވެރިޔަކާ ހަވާލުކުރަން ވެއްޖެ.

  54
  5
  • އަޖައިބު

   ކިހިނެއް ވެގެންތަ ތި އުޅެނި. ވެރިކަން ވައްޓާލީމަ މި ދަނޑިވަޅު މޮޅުތަކެއްވާނެތަ. ޙާލަތު ގޯސްވަނީ ތިޔަފަދަ ޖާހިލުން ގިނަވީމަ

   13
   31
   • އަންތަރީސް

    ކިހިނެއް ވެގެން ތިޔަ އުޅެނީ...މި ވެރިކަން ނުވައްޓައިފިއްޔާ ދުވަހަކުވެސް މިޤައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުވެވޭނެ..ޖާހިލު ކަލޭގެ!!

 3. Anonymous

  އިބޫސާލިހު އިސްތިއުޕާ،ދިވެހި ރާއްޖެ އަކީ އެހެނިހެން ގައުމުތަކާ ވަކިން އޮންނަ ތަނެއް އާބާދީ ގެ ނިސްބަތުން މަދުމީިސް ކޮޅެއް ދިރި އުޅޭ ތަނެއް،،،،ކޮވިޑު އޮންނަން ޖެހެޭ ތަނެއްނޫން،،،،ދިވެހިން ކޮވިޑާ ހަވާލު ކުރީ ޒިންމާަ ނަގަންޖެހެނީ ކާކު؟ ގައުމަަ ހަވާލު ވެގެންހުރެ...މަހައް ދާމީހުންނައް އެގޭނީ މަސްބާނަން،ފަ ޕަރަށް ދާމީހުން ނަށް އިންގޭނީ ބޮލިހިލަން،،،،،އިސްތިއު ފާ

  29
  4
 4. ނަރީމާ

  ކޮވިޑް ފެސިލިޓީއަށް ނުގެންދާށޭ!!!!!!!!!!!!!!

  24
 5. އަޖައިބު

  ކިހިނެއް ވެގެންތަ ތި އުޅެނި. ވެރިކަން ވައްޓާލީމަ މި ދަނޑިވަޅު މޮޅުތަކެއްވާނެތަ. ޙާލަތު ގޯސްވަނީ ތިޔަފަދަ ޖާހިލުން ގިނަވީމަ

  6
  23
 6. ހ މ ޒ

  ވައްކަމަކަށް ފަހު ވައްކަމެއް، ރައްޔިތުން ދާ އޮހޮރުމުގަ

  28
  1
 7. މިތުރާ

  އިބޫސާލިހު އިސްތިއުޕާ،ދިވެހި ރާއްޖެ އަކީ އެހެނިހެން ގައުމުތަކާ ވަކިން އޮންނަ ތަނެއް އާބާދީ ގެ ނިސްބަތުން މަދުމީިސް ކޮޅެއް ދިރި އުޅޭ ތަނެއް،،،،ކޮވިޑު އޮންނަން ޖެހެޭ ތަނެއްނޫން،،،،ދިވެހިން ކޮވިޑާ ހަވާލު ކުރީ ޒިންމާަ ނަގަންޖެހެނީ ކާކު؟ ގައުމަަ ހަވާލު ވެގެންހުރެ...މަހައް ދާމީހުންނައް އެގޭނީ މަސްބާނަން،ފަ ޕަރަށް ދާމީހުން ނަށް އިންގޭނީ ބޮލިހިލަން،،،،،އިސްތިއު ފާ

  17
  3
 8. ސަންފަ

  އަދިވެސް ރެކޯރޑް ނުހެދިގެންތަ ތިއުޅެނީ.....ހީވަނީ އެއްބަޔަކަށް ޢީދު އައިސްގެން އުޅޭހެން

  21
 9. އިތުރު ތަފްޞީލް ބޭނުން

  ކޮވިޑް ބަލީގައި ނިޔާވަމުންދާ މީހުންގެ ޚަބަރު ގެނެސްދޭއިރު، އިތުރު ތަފްޞީލް ހާމަކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދެމެވެ! މިބުނީ،، އެމީހުންނަކީ ޟިއްޚީ އިތުރު ބައްޔަކަށް ބޭސްކުރި ބައެއްތޯ އާއި، ކޮވިޑް ވެކްސިން ދީފައިވާ ބައެއްތޯ އަދި ވެކްސިން ދެވިފައިވާ ނަމަ، ފުރިހަމަ ކޮށްފައިވަނީ ކިތަށް ޑޯޒްތޯ އެއީ ކޮން ވެކްސިނެއްތޯ ފަދަ ތަފްޟީލްތަކެވެ.

  33
 10. އަހުމަދު

  ސަރުކާރު ދުވަނީ ބޮންގޮއްވި މީހުން ހޯދާން. މޑޕ ސުޕަރމެޖޯރިޓީ އޮތް މަޖިލީސް އަޑަށްބާރުލާ ފަ ގޮވަނީ ކަށިތަށް ހަރު ވަނިއްޔޯ...
  .ހޮސްޕިޓަލް ތައް ފުރި ކޮންމެ ދުވަހަކު މި ބަލި މަޑުކަމުގަ އެތަށް ބަޔަކު ނިޔާވާ އިރު ސަރުކާރަކަށް މަޖިލީހަކަށް ކަހާތަން ހިރުވާވެސް ނުލާކަހަލަ.
  ހާދަހާވާ ދެރަވަރު ކަންކަމޭ މިއަދު މި ފެންނަނީ

  33
  1
 11. ޙަލީ

  މަރުވެދާނެ ، ކޮންމެ ފަދަ ވަގުތެއްގައިވެސް ، އެކަމަކު ތިހުޅުމާލެ ފެސިލިޓީގެ ފަރުވާދިނުމުގެ މައްސަލަތަކެއް އުޅޭހެން އެބަހީވޭ ،

  13
 12. ވެރިމީހާ

  އަދިވެސް މިގައުމުގެ ވެރިމީހާދައްކަނީ ތިމާވެށީގެ ވާހަކަ. މިމީހުން ހިތަންހަމަ އެކައްޗެކޭވެސް ހިތަކައްނާރާ. ކޮންމެދުވަހަކު މިދުނިޔެއިން ވަކިވެގެން މިދަނީ އެއްވެސް އަގެއްނެތް ބަޔަކީބާއޭ މިމީހުން ހިތަންއަރަނީބާއޭ ހިތަންއަރާ.

 13. ވެރިމީހާ

  ގައުމެއްގެ ކޮވިޑް ފެސިލިޓީ އަކަންހެދިއިރު މިމީހުން ހިތަކައްނާރާ މިތާގަތިބީ އިންސާނުންކަމަކައް.

 14. އޭނަ

  ހީވަނީ ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ ހުޅުމާލޭ ފެސިލިޓީގައި މީހުންނަށް އަޅާނުލާ މަރުވާން ދޫކޮށްލަނީ ހެން