ހެލްތު މިނިސްޓްރީީގެ ނައިބުގެ މަގާމަށް މާލެ ސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޠަރު ޝަމާއު ޝަރީފް މިއަދު އައްޔަންް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޝަމާއު މިއަދު އެ މަގާމަށް އައްޔަން ކުރެއްވިއިރު، މިހާރު އެ މިނިސްޓްރީގައި ނައިބް ފެންވަރުގެ ފަސް ބޭފުޅުން ތިއްބަވައެވެ.

ޝަމާއުއަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޝަމާއު އެ މަގަމަށް އައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރކަމުގެ މަގާމެވެ. މީގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެނބަރުކަން ވެސް ޝަމާއު ވަނީ އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގެރި

    އެމްޑީޕީ ގުންޑާއިން މަގާމުތަކަށް ނުލެވިގެން ޖޫރިމަނާކުރަނީވެސް

    24
  2. ޖަޒިރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ފެއިލްވެފަ ހުރި މީހެއް

    23
  3. ގެރިމޯދީ

    މަގޭ ބެޗަލާރސް ހަދައިގެން ލިބެނީ 13000 ރުފިޔާ.. މީނަ ޑިޕްލޮމާއެެއް އެކަނި ހަދާފަ ހުރި މީހެއް މި މަގާމަށް ކުފޫ ހަމައެއް ނުވޭ

    24
  4. ގެރި

    ކޮމިއުނިސްޓް ޑިކްޓޭޓަރ ލޮކްޑައުން ސަރުކާރު އިސްތިއުފާ

    22
  5. ނަައީމް

    ކެނެޑާ ސަރުކާރުން ރާއްޖެއައް އެއމިލިއަން ޑޮލަރު ދީފިކަން އެގޭތަ އިތުރު ވަޒީފާތައް ޕާޓީމިހުނައްދޭން އެއްބަޔަކު ކާއުސޫލުން ކައިކައި ތިބޭ ގައުމުހަލާކުވެ މީހުންތައް މަރުވާއިރުވެސް މިދުވަސް ދެކޭނޭ ކަލޭމެންވެސް މުޅިސަރުކާރު މިފަހަރު މާހަޑިކޮށް އަބުރާ އުކާލާނެ

    18
  6. ޙަލީ

    މިހާލަތުގައިވެސް ބޮލެއް އިތުރުކޮއް އިސްރާފު ކުރުން

    21
  7. އެމަންޖެ

    ސަރުކާރުން މިހާރު އެއުޅެނީ ޝަމާއު ބޮލައް ކަމެއް ފައްތަން.😂

    10
    1
  8. ދާކޫރު

    މިއޮތް ހުރިހާ ކޮލިފައިޑްމީހުންތިއްބާ އަދިވެސް ތިކަހަލަ ތަންތަނަށްތިލަނީ ޖޯޑުހަމަނުވާ ބޫޓެއްނު

  9. ާއަހުމަދު

    ސާބަހޭ ސޯލިހު

  10. ޙހހހ

    ރައްޔިތުން ނޫނެކޭ ބުނީމަ އެއަށްވުރެ މަތީ މަޤާމް ، ރައީސްމެން ރައްޔިތުންނަށް ތިކުރަނީ މަލާމާތް

  11. ގުދުގުދާބެއްޔާ

    އަދި މިއުޅޭ ކުރީގެ ނާގާބިލް މާލެސިޓީކައުންސިލްގެ މޭޔަރ ސިފާއަށްވެސް މަގާމެއް ދޭނެ! ދޭން އުޅެނީ ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ކަން. މިކަން އޮތީ މާކުރިންރާވާ ނިންމާފަ!

  12. ބަލާމީހާ

    ދެން ތިޔަ ހުއްޓުނީތޯ ކޮވިޑް މުއައްޒަފުން ގިނަކޮއްލީމާ ބައިކުދިންނައް ބައިއަޅާގޮތައް ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން މުސާރަ ދޭގޮތައް

  13. ބިންގޯ

    ސިފާއަށް. މިނިސްޓްރީ އެއް ބިނާ ކުރަނީ.