ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ނުރައްކާތެރި ހަމަލާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސިފައިންނާއި ފުލުހުންނަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ވަނީ، އެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާ އިންކުއަރީއަށް އެ މައްސަލައާ ގުޅުންހުރި މައުލޫމާތު ހިއްސާކުރެއްވުމަށް ސިފައިންނާއި ފުލުހުންނަށް އެ ކޮމިޓީން ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން ކޮމިޓީއަށް މައުލޫމާތު ހުށަހަޅުއްވަން އެދޭ ސިފައިންނާއި ފުލުހުން އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ
ބެހޭ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected]_241 ނުވަތަ ކޮމިޓީގެ މޯބައިލް ނަންބަރ 7798798 އަށް ފޮނުވުމަށް އެ ކޮމިޓީން ވަނީ އެދިފައެެވެ.
މަޖިލީހުން ވިދާޅުވީ، އެ ކޮމިޓީއަށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރުމަށް އެދޭނަމަ، އެކަން ފާހަގަކުރުމަށް އެފަރާތްތަކުގެ މައުލޫމާތު ސިއްރުކުރާނެކަމަަށެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުންނަވައިގެން މަޖީދީ މަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ.
މި ހަމަލާއަށް އެމަނިކުފާނަށް އޭޑީކޭގައި ފަރުވާ ހޯއްދަވައި، ގިނަ އޮޕަރޭޝަންތަކެއްވެސް ކުރެއްވިއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަން ވިލާތުގައެވެ.
އެކިމީހުނައް ބޮޑެތި އިނާމުތައް ދީގެން ތަފާތު ގޮތްގޮތައް ރިޕޯޓްތައް ލިބިއްޖެ ގަބޫލުކުރެވޭ ހެއްކެއްދެއްކޭ މީހަކައް އަނެއްކާވެސް އިނާމެއް ..އޮފީސްތިކުގެ ޓެލެޑުރާމާ އާނަމެއްގާ ތަފާގިނަ ވައްތަރުގެ ވާހަކަ ޖަޖުން ހޮވާ ވާހަކަޔަކައް އަނެއްކާވެސް އިނާމެއް
ރައްޔިތުންގެ މަޖިލީހުގެ ކުޅަދާނަކަމެއް ހުރިއްޔާ ރިއެކްޓް ނުވެ ޕްރޯ-އެކްޓިވް ވެ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަބަލަ. މިކަން ނުކުރެވެންޏާ ފާޑު ފާޑުގެ ކޮމެޓީތައް ހަދައިގެން މޮޅެތި ގޭމް ކުޅުމުގެ ބޭނުމެއްނެތް.
މަޖްލީހަށް ދޭ ބައެއް މައުލޫމާތު ލީކް ވެފަ އެބަ ހުއްޓެވެ. އިތުބާރެއްނުކުރެ ވެއެވެ.
ކޮންހަމަލާެއް މިކޮވިޑް ކަންތަކުން ސަލާމަތް ނުވަނީސް އެހެންއެއްވެސް ކަމެއްކުރާނެކަމެއްނެތް. ދުވާލަކު އެތައްބަޔަކު މަރުވެ . އެއްމެން ސާމިލްވެގެން މިކަމުން ސަލާމަތްވޭތޯ ބަލަންވީ
އެންމެ އިންސާނަކަށްވުރެ ޤައުމު ނިކަމެތިވެގެންދާމަންޒަރު މިފެންނަނީ އެންމެ އިންސާނަކަށްވުރެ 4 ލައްކަ މީހިުން ގެ އާބާދީއެއް އެތަށްބައެއްގެ އަގުހުރި ފުރާނަ މުހިންމުނުވާމަންޒަރު ފެނިގެން މިދަނީ