ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނުކަމަށް ބުނާ މައްސަލަ ނުބަލަން އެދިއޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވައިފިއެވެ.

އީސަގެ ފަރާތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިިދޔަ ހަފްތާ ތެރޭގައެވެ.

އެ މައްސަލަގަޑު ހިނގާދިޔަ ގޭގައި ދިރިއުޅޭ މީހަކު ބުނީ، މިދިޔަ ހަފްތާ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

އަދި އޭގެ ފަހުން އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ނުބެލުމަށް އެދި ފުލުހުންނަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ފުލުހުން ބަލަމުންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މެންބަރު އީސަގެ މައްޗަށް ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. އެކަން އީސަ ވިދާޅުވަނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އޭނާއަކީ ސިޔާސީ ބޭފުޅަކަށްވާއިރު ސިޔާސީ ބޭފުޅުންނަށް ތަފާތު ތުހުމަތުތައް ކުރައްވާނެ ކަމަށް އީސަ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަހްމަދު

    މީ ކުޅުނު ޑްރާމާއެއްދޯ! ކޮންމެވެސް ކަމެއް އެހެންދިމާއަކަށް ޑައިވާޓްކުރަން ޖަހާލި މަޅިއެއްދޯ!

    43
    1
  2. އައިޝޫ

    ކޮން ޑްރާމައެއް ތިޔަ ކުޅުނީ އެހެންވެއްޖިއްޔާ؟؟ ދަތްއުނގުޅައިގެން ދެފައި ދޮވެ އަރާ ނިދިނަަމަ މާ ތާހިރުވީހެއްނު!!

    47
  3. ރައްޔިތު މީހާ

    މައްސަލަ ހުށަހަޅާ އަދި ބަޔާން ދިނުމަށްފަހު އެމައްސަލައެއް ބެލެންޖެހޭނެ، މައްސަލަ ހުށަހަޅާ ފަރާތަށް މައްސަލަ ބެލުމާއި ނުބެލުމަކަށް ނޭންގޭނެ

    54
  4. ސޮއިއ

    އަސްލު ބުނަންވީ ދެން އަންނަ ސަރުކާރެއްގައި މައްސަލަ ބަލަން ލަސްކޮށްދޭށޭ.
    މިވެރިކަމުގައި ތިކަމެއް ނުވާނެކަން ކަނބުލޮޔަށްވެސް ވިސްނިއްޖެދޯ ؟

    18
  5. ކޮއްޕަންސ

    މިވީގޮތުންް ޕޮލިހުން ޖެހޭނެ މިމަންޖެއަށް އެކަލޭގެ ބިރު ދެއްކީތޯ ނުވަތަ ބްލެކްމެއިލް އެއްކުރަން އުޅެނީތޯ ބަލަން.

    15
    2
  6. ނަައީމް

    ތިޔަކަމުން މިހާރު ރެކެވުނަސް އަހުން ކަލެއައް ތިޔަމައްސަލަ އަންނާނެ ވީމާ ކުޑަހުކުމެއްޖަހައިގެންސަލާމަތްވުން މާބުއްދިވެރި ފަހުން ނޫންނަމަ ފަހުން ހަލެޔައް ލައްވާލާނީ އެންމެ ބޯދު ހުކުން އެދުވަހުން މަރިޔަބު ގެއްލި ކަތިވަޅިވެސް ގެއްލޭނެ ވިސްނާ

    10
    2
  7. ޖާބެ

    މިރުސްކާންދީފަ ހުރި ކުކުޅެއްހެން ކީއްވެބާ އުޅުނީ

    13
  8. ނަައީމް

    ހެއްކައް އަތްބާނާފަ ތިޔައޮތީ ދެން ނުބޯކަމައްވާ ތިއަންހެނާ އެހެންމީހަކާ އިނީމާ ގިނަވާހަކަ އަޑުއިވޭނެ އަދަބުބޮދުވާނެ

    11
  9. އަލްޖިބްރާ

    ތިޔަހާ ގޮތެއްފޮތެއް ނެތްމީހުން ކަންކަމާ ކުރިމަތި ނުލިއްޔާ މާތާހިރު ވާނެ ! ކޯންޗެއް ބައްލަވައިގެންތޯ ފުލުހުންނަށް މައްސަލަ ހުށައަޅާ ބަޔާން ދިނީ ! ތިއީވެސް ބަޔަކު ރާވައިގެން ކަލެއަށް ލާރިގަޑެއް ދިނީމާ ކުޅުނު ޑްރާމާއެއްހެން އެބަހީވޭ ! މައްސަލަ ބަލަން ބޭނުމެއްނެތޭ ބުންޏަސް ތިމައްސަލަ ބަލަން ޖެހޭނެ ! ކަލޭ ކުޅުނު ޑްރާމާއެއްކަން ސާބިތުވެއްޖެނަމަ ކަލެއަށް އެކަމުގެ ފުރިހަމަ އަދަބުވެސް ލިބެންޖެހޭނެ !

    13
    1
  10. ސަނައްޓޭ

    އަށްޗީޑި. އަންހެނުންނަށް ވެސް ހުރި ލަދެއް.

    19
  11. އަހުމަދު ޗާބީބޮކާ

    އަސްރާ ހީކުރީ ފައިސަލް ނަސީމު ކޮއްކޮވީމަ ފުލުހައް ގޮސްގެން ރިހަޔެއް ކެއްކިދާނެ ކަމައް އީސަގެ މައްސަލަ މިސަރުކާރުން ނުބަލާނެ" އަލީ ވަހީދުގެ މައްސަލަ ބެލުނުތަ ނުބަލާ އޭނަ ފުރުވާލީ ހެލްތު މިނިސްޓަރު ކުރިވައްކަން ބެލުނުތަ މިސަރުކާރަކީ ނާގާބިލު ސަރުކާރެއް

    15
    3
  12. ަަސަމްސިއްޔާ

    ފަހުންތަ އިނގުނީ 2 މީހުން ވަރިވުމަށް ފަހުވެސް އެއްކޮން އިޅުމަކީ ގާނޫނީ ކުށެއްކަން؟؟ މިހުންނަނަކީ ދައްކަން ތާހިރުވާހަކައެއްނޫން

    18
  13. އުމޭރާ

    އަސްރާ ކިހާ ދެން ދެރަވެއްޖެ ކަމެއް؟ ކޮން ޑްރާމާއަށް ދެން ތިކުޅުނީ.. މުޅި ތިއާއިލާއަކީ ލާރިއާ ނުފޫޒާ ހެދި އުޅޭ ބައެއް. ކަލޭމެން ތިއުޅޭ ވައްތަރުން ހިތަށް އަރާ ފައިސަލް އަކީ ހަމަ ތިގޭ މީހެއް ބާއޭ، ޢޭނަގެ ނުހުރޭ ކަލޭމެން ހެން ދެއްކުންތެރިކަމެއް

    19
    1
  14. އަހްމަދު

    ޑްރާމާއެއްނޫން އިންޒާރެއްލިބުނީކަންނޭގެ އެހެންނޫންނަމަ އަމިއްލަޔަށް ހުށަހެޅިމައްސަލައެއް ނުބަލަންއެދުމުގެފުރު ތަކުލީފެއްނުއުފުއްލާނެ

    11
    1
  15. މުހަންމަދު

    މިއިން ކޮންމެ މީހަކުވެސް މުޅި ގައުމާއި ސޯޝަލް މީޑިޔާ ހަލަބޮލިކޮށްލާފައި މިގަންނަނީ ކޮން ގަނޑެއްތަ؟ ކުރިން އީދުމިސްކިތް ކައިރިންވެސް ގަތީ މިކަހަލަ ގަނޑެއް! އަޅުގަނޑަށް ފެންނަނީ މައްސަލަ ނެގިޔަސް ދެފަރާތުން ކުރެ ކޮންމެވެސް އެއްފަރާތަކަށް ދައުވާކުރަން. ސަރުކާރުން ބޭނުންނަމަ ކުރެވޭނެކަމަށް ފެންނަނީ. އެހެންނޫނީ ދެން ކޮން އަޑުތަކެއް އަރުވާ މުޅިން ހަލަބޮލިކަން އުފައްދާކަށްވީ...!!!!!!!!!!!!

    15
    1
  16. ދިދަ ދަނޑި

    ދެން ކީއްކުރަން މައްސަލަޖައްސާ ތަންތަނަށް ގޮސް ބަޔާންތަށް ތިދެނީ... ކުޅުނު ޑްރާމާއެއްތަ؟؟؟

    14
  17. މާކުން

    ކިހިނެއްމިވީ؟މިކަހަލަ މީހުންމިއުޅެނީ..އަމިއްލަޔަކަށް ތިހުރިހާކަމެއްތިކުރީ..ރަނގަޅު އޮފާއެއް އައީދޯ؟ކޮންމެ ގޮތަކަށްވިޔަސް ތިކަމަކީ ނުވާކަމަކަށް ނުވާނެ.

  18. ފާއިޒު

    އެކި ދިމަދިމާއިން އައި ޕްރެޝަރާއި ދިންލަފާތަކުގެ ސަބަބުން މައްސަލަ ނަގަން ބެނުންވާކަމަށް ލަފާކުރެވެނީ

  19. ޒަކީ

    ދިވެހި ނޫސްވެރިން ހަރުދަނާ ތަސައްރަފު ފުދޭ ނޫސްވެރިން ނަށް ވާނީ ކޮންދުވަހަކުންބާ؟ ދެމަފިރިއަކު ކޯޅޭ އިރަށް އެވާހަކައިން ނޫސް ފުރާލަން ޖެހޭބާ؟ ގެވެށި އަނިޔާގެ ވާހަކަ ޖަހަން ނޫހުގެ ވާހަކައެއް ޖެހިދާނެ. މިހާރު އެކަމަކު މިދެމީހުންގެ ލޯބީގެ ފަސާނާ އިން ނޫސް އެބަފުރާލާ. ކޮން އަސްރާއަކާ ކޮން އީސައެއް އަހަރުމެނަށް؟ ޤައުމު މިއަދު މިއޮތް ޙާލަތުގެ ވާހަކަ ތިނޫސް ތަކުގައި ނިކަން ރަނގަޅަށް ލިޔެދީބަލަ.

  20. އެކަމުވެސް

    ގާޒީ ބުނާނެ ނުފޫޒު ފޯރުވާފާނެކަމުގެ ހެއްކެއް ނެތޭ. މައްސަލަ އަނބުރާ ގެންދިއުން އެއީ އެއްވެސް ނުފޫޒެއްނެތި ކުރާކަމެއްތަ؟

  21. ވިލޭ

    ނުވާނެ ތިކަމެއް

  22. ޖުހާ

    ބޭބެގެ މަގާމް ގެލިދާނެތީ މައްސަލަ އަބުރާނެގީތޯޗެއް..ލަލަލާ