ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކި ނިޔާވެއްޖެ އެވެ.

މިއީ މިއަދު އެ ބަލީގައި ނިޔާވި 10 ވަނަ މީހާ އެވެ. މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ކޮވިޑްގައި ނިޔާވީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު 07 މީހުން ނިޔާވިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ނިޔާވެފައި ވަނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 86 އަހަރުގެ ފިލިޕީންސް މީހެއް ކަމަށެވެ.

އެ މީހާ ނިޔާވެފައި ވަނީ، މިރޭ 7:53ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއާއެކު މި ބަލީގައި ރާއްެޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 139 އަށް އަރާފައެެވެ.

އަދި މި މަސް ތެރޭގައި އެ ބަލީގައި ނިޔާވި މީހުންގެ އަދަދު 64 އަށް އެރީއެވެ.

މިއަދު ރާއްޖެއިން ނިޔާވި 10 މީހުންގެ ތެރެއިން އަށް މީހުން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އެލެކްސް

  ރަނގަޅުތާ މިސަރުކާރުން ބޭނުންވި ކަންތައް ތިޔަވަނީ

  37
  6
  • ޢަހޫ

   މީ ވަގުން ހިމާޔަތްކުރުމަށް މުޒާހަރާކުރި މީހުން ބޭނުންވިގޮތް. ބޭނުންވީ ރައްޔިތުން ނުރައްކަލަކަށް ވައްޓާލައިގެންވިއަސް ވަގުން ސަލާމަތް ކުރަން..މިކަން އަދި ރައްޔިތުންނަށް އެގޭނެދުވަހެއް އަންނާނެ ކިތައަންމެ ސިއްރުންކުރިޔަސް.

   2
   2
  • އޮޅުވާނުލާ

   މި ސަރުކާރަކުން ނޫން ސަރުކާރަށް ޖެއްސުންކޮށް ދުއްތުރާކޮށް ރައްޔިތުންގެ ރުޅިވެރިކަން އިތުރުކުރަން މުޒާހަރާކުރި މީހުން ބޭނުމްވި ގޮތް

 2. މޯޑު

  މަޖިލިހާ ސަރުކާރުން ކީއްތަ މިކުރަނީ!!!!!!!!!!!!!!

  28
  1
 3. ވެރޯނާ

  މިވާހަކަ މިތާ ދައްކަ ދައްކަ ހުއްޓާ މިހިސާބަށް ކަންތައް މިދިޔައީ. ކީއްކުރާނީ ކޮންމެ މީހެއްގެ ބޯ މިހާ ހަރުވާންވީމަ ވާނީ މިހެން. އާއިލާތަކަށް ކިހާ ހިތްދަތިކަން މިލިބުނީ މިކަމުން.

  4
  1
 4. ކަތްދަ އަހްމަދު

  ސަޕްރައިސް ވާވަރަށް ސަރުކާރު ތައްޔާރުވެފަ އޮތުމުން ފެންނަ މަންޒަރު......އެމްޑީޕީ އަށް ހަލާކުހުރި.

 5. ޓެލެކޮމް

  ސަރުކާރު އިސްތިއުފާ ، ވަގުތުން ވަގުތައް...

 6. ސޫއޫދު

  އިސްތިއުފާދޭނެ މީހަކުވެސްނެތީތަ މިވަރުވާއިރު ރައްޔިތުން އިސްތިއުފާ ދޭންޖެހޭމީހުންގެލިސްޓެއް ހަދާފަ ރައްޔިތުންގެ މަޖިލީސްއައްފޮނުވަންވީ މިނޫންގޮތަކައްނުވާނެ އިބޫ ނަސީމް މައިމޫނާ ޒިއްމާވާންޖެހޭ މިމަހު އެކަނިވެސް 64 މީހުން ނިޔާވެއްޖެ މިބަލީގަ.

 7. އޭކު ސަވާލް

  ނަސީމްބެ ގެ ހާލު މިހާރު ފަހެ ކިހިނެތްތޯ އެވެ؟

 8. Anonymous

  އިބްރާހީމް އިސްތިއުފާ ދީ.
  ވެރިއަކު މިޤައުމުގައި އެބަހުރިތޭ

 9. ޢަލްގީ ސިކު

  ޢެއީ ޖަޕާނު މިހެއް ކޮޔާ

  1
  1
 10. ރުއް

  ރައްޔިތުން ވެރިކަން ހަވާލުކުރީމަ ހަރާންކޯރު ނުވޭ ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލާ ހިސާބައް ގޮއްސާނެ

 11. ފެސިލިޓީ

  އަދި ކިތަށް ގޮނޑި ބޭނުންވަނީ ފެކްޝަންތަކަށް ގައުމެއް ހަލާކުކޮށްފި އަދިވެސް 2023 ބޭނުން ވަނީ އިބޫ.

 12. Anonymous

  މަޖްލީހާއި މެޖޯރިޓީއާއި ކައުންސިލާ ދެންވެސް އޮތިއްޔާ އޮތްގާ އެއެއްޗެއް ލިބުނީމަވެސް ރައްޔިތުންނަށް އަޅާލާ މަންޒަރު ފެނޭބާ.
  އިސްތިއުފާދީފައި ރައްކާވޭ. ކޮންފަދަ ބީރު ކަތްދަ އެއް. ރައްޔިތުން މަރުވާއިރު ޤައުމާއި މުޚާތަބު ކޮށްލަން ނުކެރޭ ވެރިއެއް. ހެލްތު މިނިސްޓަރު

 13. Anonymous

  މިއަދުގެ 11ވަނަމަރު.
  ދެންމެ ނިޔަވީ ސަލީމާ އަޙްމަދު ހުޅުމާލެ ފެސިލިޓީގައި