މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލި 30 އިންސައްތަ ކުޑަކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާ ކަމަށެވެ. އަދި މާލީ ގޮތުން ރައްޔިތުންނަށް ލިބިފައިވާ ނިކަމެތިކަމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސިޓީ ކައުންސުލުން ދޫކޮށްފައިވާ ބިންތަކުގެ ކުލި 30 އިންސައްތަ ކުޑަކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ވަންނަ ހުރިހާ ބިންތަކުން ނަގާ ކުލީގެ 30 އިންސައްތަ ކުޑަކުރަން ފާސްކުރީ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެހެންނަމަވެސް އެ ނިންމުމަކީ ކޮވިޑްގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަވަންދެން ދިން ލުއިތަކެއް ކަން ފާޙަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމީ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް ދީފައިވާ ބިންތަކާއި، ފައްތިޔާތަކާއި، މާރުކޭޓު ގޮޅިތަކުން ނަގާ ކުލިން 30 އިންސައްތަ ކުލި ކުޑަކުރަން." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުން އާންމު ހާލަތަށް ރުޖޫއަވަންދެން ސިޓީ ކައުންސިލުން ދޫކޮސްފައިވާ ޕާކިންލޮޓްތަކުގައި ޕާކްކުރާ ޕްރައިވެޓް ކާރުތަކުން ނަގަމުން އަންނަ 3000 ރުފިޔާ އިން 1000 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި އާންމު ހާލަތަށް ރުޖޫއަވުމުން ނަގާނެ ކުއްޔަކީ 1500 ރުފިޔާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ލޯކަލް މާރުކޭޓުތަކާއި މަސްމާރުކޭޓުތަކަށް ދިމާވެފައިވާ މައްސަލަތައް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން އެތަންތަން މަރާމާތު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެތަންތަނަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    ރައްޔިތުންނާ ދޭތެރޭގާ ވިސްނާ މީހުން މިފަދަ މިފަދަ މިފަދަ ދަޑިވަޅުތަކުގާ ކަންކުރާނީ ތިޔަހެން ރައްޔިތުންނައް ލިބޭއިރު ރައްޔިތުން ސަރުކާރައްދައްކާ ދެންސަރުކާރުން އެފޫބެއްދުމައް ހިލޭ އެހީ ބޭނުންކެވޭނެ ރައްފުށުގަ ބައެއްރައްރަށުބަ ހާދަހާ ރޭވުންތެރިއޭ ރައްޔިތުންނައް ހާދަހާ އޯގާތެރިއޭ ވާނުވާބަލަމުން އެހީތެރިހަން ފޯރުކޮއްދެމުން ދަނީ މިހާލަތުގާ ކަންކުރަން ސަރުކާރުން މިންގަޑެއްކަޑައަޅާފާ ސައރުކާރުން ނާންގާތީއޭ ކިޔާފަ ބައެއް

  2. ލަދު

    މީނަ މިކަމެއް ނުކުރާނެ ހެޔޮނިތެއްގަ. 2014 އިން 2018 އަށް ދިވެހިންނަށް ޚާއްޞަކޮށް ކުދި ވިޔަފާރި ތަކަށް ވަރަށް ޖެއްސުން ކުރި ފޮނި މީހެއް މީ. މީނަ ހިތުގަ މިހާރު އޮންނާނެ 2023 ވެރިކަމަށް ވެސް ކުރިމަތި ނުލިއްޔާ ރަނގަޅު.

  3. ގުމްރީ

    ޝިފާ ހިތަށް އަރާނެ ސަހަރޯއޭ.. މަ މިފޭބީ ކޯޗެއްހާވާފައި ބާވައޭ.. ކުރިން އުޅުނު ގޮތަށް ބިރަކާނުލައި މަޖާނެގުމުގައި އުޅެވުނުނަމަ ރަށްޔިތުންގެ މަލާމާތެއް ނުކުރީހޭ..