ރާއްޖެ އިން އިތުރު 1417 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީގެތެރޭގަިއ ހިމެނެނީ މާލެ އިން ކޮވިޑަށް ފައްސިވި 1097 މީހުންނާއި، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި 303 މީހުންނާއި، ރިސޯޓްތަކުން ކޮވިޑަށް ފައްސިވި 17 މީހުންނެވެ.

މިއަދު އިއުލާން ކޮށްފައި ވަނީ 5581 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންގެ އަދަދެވެ.

މިއަދަކީ މާޗް މަހުގެ 19 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ މާޗް 19 އަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު އިއުލާން ކުރި އަދަދުތަކުގެ ތެރޭގައި ކުރިން ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ސުންކު ވެސް ހިމެނެއެވެ. މިއަދު އިއުލާން ކުރި ފައްސިވި މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވި އަދަދު ވަކިން އިއުލާން ކޮށްފައެއް ނުވެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދިހަ މީހުން މިއަދު ވަނީ ނިޔާވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު 139 އަށް އަރައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ 814 މީހަކު ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިލަ

    ލޮކްޑައުން ކު ރިއަސް ހައި ރިސްކް މުވައްޒަ ފުން ވަޒީފާ ޔަށް ނެރެރެހރެރރެރނީ ކީއްވެތޯ؟ އެހެން ތާކަށް ނޫން މިދަނީ ، އެޗްއީއޯސީ އަށް މިނިސްޓް ރީ އިން އަންގައިގެން މިދަނީ.... މީދެން ކިހާ ބޭއިންސާ ފް ކަމެއް!!!! ހަައި ރިސްކް މުވައްޒަފުން އެޗްއީއޯސީއިން ފ ފީލްޑަށް މިހާލަތުގަ ފޮނުވުން މީ ކުރަން ހެޔޮވާވަ ރުގެ ކަމެއް ނޫން..... ނިކަމެތި މީހާޔަށް ނިކަމެތި ގޮތް، ކީއްކުރާނީ ވަޒީ ފ ފާ ގަ އުޅެން ބޭނުމިއްްޔާ އެޗްއީއޯސީ އަށް ދާން މިޖެހެނީ.... އެޗްއީއޯސީގަ ގައިދުރުކަމެއް ނެތް، މިނިސްޓްރީގަ މަސެއްކަތް ކުރާ ވަރަށް ވުރެ މާ ކައިރީގަ މާގާތް ގާތުގަ މަސެއްކަތް ކުރަން މިޖެހެނީ .... އަދި ނުވީތަކަށް އެކުގަ މަސެއްކަތް ކުރާ ބޭ ުފ ފުޅުންތަށް ތިއްބަވާނެ އައިސް އެހާ ކައިރީގަ... ހާދަ ބިރެއްގަނެޔޭ!!!! ހައްލެއް ބޭނުން....

  2. މުސްތަފާ

    މިޔޮއްހާދުވަހު މަސްއޮޑި ލައިގެން ތިޔައުޅުނީ ތިޔަކަންކުރަން.....ކާކުތޯ ޒިންމާނަގަނީ ރިޔަކަސް ނުވާނެ..