އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްްޖެ އެވެ.

އެ ސިޓީގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، އެ ސިޓީން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ފައްސިވެފައިވާ 17 މީހުންގެ ތެރެއިން 10 މީހަކު ފައްސިވެފައި ވަނީ ހިތަދޫންނެވެ. ހިތަދޫން ފައްސިވި 10 މީހުންގެ ތެރޭގައި ހިމެެނީ ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ފައްސިވި އެކަކާއި، ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ފައްސިިވި ހަތް މީހަކާއި، ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވި އެކަކާއި، ކަރަންޓީންގައި ހުއްޓާ ފައްސިވި އެކަކެވެ.

މީގެ އިތުރުން، ފޭދޫން ދެ މީހަކާއި، ހުޅުދޫން ފަސް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން ފޭދޫން ފައްސިވެފައި ވަނީ ފައްސިވި ބަޔަކާއި ގާތުން އެއްތާވި ދެ މީހެކެވެ. އަދި ހުޅުދޫން ފައްސިވެފައި ވަނީ ފައްސިވި ބަޔަކާއި ގާތުން އެއްތާވި ތިން މީހަކާއި، ވަކިތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވި ދެ މީހެެކެވެ.

މިއާއެކު އައްޑޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 223 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 176 މީހަކަށެވެ. އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ކޮބާއަނގަހުތުރުކޮށްވާހަކަދައްކާމޭޔަރު! މިބަލިމަޑުކަންއެތެރެކުރީ އެކިނަންނަމުގައިމަސްރޫއުތައްހިންގަން މާލެއިން(ކޮވިޑުބިރުގަންނަވާ)މައިމޫނާސޮއިކުރަށްވާދެއްވި ލިޔުންތަކާއެކު އިންޑިއާއިންއެކިނަންނަމުގައިގެނައި މަތީފެންވަރުގެޓުއަރިސްޓުން(ކަރަންޓީންވާންއައި) ގެސަބުންކަން ވަރަށްސާފް! އޭރުވެސްގޮވީ އިދިކޮޅުންއުޅެނީ ރާއްޖެއަށް ރުފިޔާފައިސާލިބިދާނެތީއެވެ. މޭޔަރުނިޒާރެވެ. ލިބުނުހާރުފިޔާ ފައިސާކޮބާހެއްޔެވެ. އެކިއަދަދުތަކުންލިބުނުކަމަށްބުނިތަކެއްޗާ ރުފިޔާފައިސާކޮބާހެއްޔެވެ؟