މިއަދުގެ ވަގުތެއްގައި މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް ދައުރުކުރަމުންދާ ވީޑިއޯ އިން ފެންނަ ފަރާތަކީ ވެމްކޯގެ މަސައްކަތާއި ވަގުތީ ގޮތުން ގުޅިފައިވާ ކޮންޓްރެކްޓް މުވައްޒަފެއް ކަމަށާއި އޭނާ އާއި ދޭތެރޭ ވަގުތުން ފިޔަވަޅު އަޅައި، މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކުރެވިފައިވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހިނގައިދިޔަ ހާދިސާ އަކީ ވެމްކޯ އިން ނުހަނު ކަންބޮޑުވާ، އަދި އެއްވެސް ހާލެއްގައި ބަލައިގަންނަ ފަދަ އަމަލެއްނޫން ކަމަށެވެ. މައްސަލައިގެ ތަހުޤީޤަށް ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެމްކޯ އިން ދަނީ ފޯރުކޮށްދެމުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"މިފަދަ އެއްވެސް މައްސަލައެއްގައި ޝާމިލްވާ މިކޯޕަރޭޝަންގެ ކޮންމެ މުވައްޒަފަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. މިފަދަ ޙައްސާސް ދަނޑިވަޅެއްގައި ދިވެހި ރައްޔިތުންނަށް އެހާމެ ބޭނުންތެރި އަދި މުހިއްމު ޒަރޫރީ ހިދުމަތެއް ދިނުމުގައި ދެމިތިބި ވެމްކޯގެ ހީވާގި މުވައްޒަފުންނަށް ތިޔަ ލޮބުވެތި ރައްޔިތުން ކުރައްވާ އިތުބާރަށް ފަށްފަށުން ޝުކުރުދަންނަވަމެވެ." ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިއަދު އާއްމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ވައްކަން ކުރަން އުޅުނު ދެމީހަކު އަތުލައިގަނެގެން ބަޔަކު އުޅޭ މަންޒަރެވެ. އެދެމީހުންގެ ތެރެއިން އެކަކުގެ ކަރުގައި ވެމްކޯގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޣ

    އަސްލުވެސް ތި ފޮޓޯ ފެނުނީމަ ހީކުރީ އެ ފޮޓޯއިން ފެންނަ ކަބަލުގެ ކަމެއް ކަމަށް

    33
  2. ރާގޮޑިރާޖަ

    ޕާޓޭންވެސް މިހާރު ބަލަނީ ފާހެއްލިބޭތޯ

    11