ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް އީސަ އެދިވަޑައިގެންފިއެވެ.

އީސަ މި ގޮތަށް އެދިވަޑައިގަތީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަސްރާއަށް ގެވެށި އަނިޔާ ކުރުމުގެ މައްސަލަ ނަގައިދެން ފުލުހުންގެ ކިބައިން އަސްރާ އެދުމުން ބައެއް މީހުން އެ ކަމަށް ފާޑުކިޔާފައިވަނިކޮށެވެ.

އީސަގެ ފޭސްބުކް ޕޭޖުން ދެންމެ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ދަރިފުޅު ލޫތުގެ މަންމަ، އަސްރާއަށް ކުޑައިމީސް ބަހެއް އެއްވެސް މީހަކު ނުބުނުމަށް އެދޭކަމަށެވެ. އީސައާއި ލޫތާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި އެ ޕޯސްޓްގައި އޭނާއަށް އިތުބާރު ކުރި އެންމެނަށް އީސަ ޝުކުރު އަދާ ކުރައްވާފައިވެއެވެ.

އީސަ ޕޯސްޓެއް ކުރެއްވިއިރު އަސްރާ ވެސް ވަނީ ދަރިފުޅު ލޫތާއެކު ނަންގަވާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓް ކުރައްވައިފައެވެ. އެ ޕޯސްޓްގައި އޭނާ ލިޔުއްވާފައިވަނީ އޭނަގެ ދަރިފުޅަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް އޭނާ ވެވަޑައިގަންނަވާނެ ކަމަށެވެ.

އީސައަށް ތުހުމަތު ކުރެވޭ އެ މައްސަލަ ނަގައިދޭން އަސްރާ މިއަދު އެދިވަޑައިގެންފައިވާއިރު، މި ތުހުމަތުތައް އަމާޒުވި ފަހުން އީސަ ވަނީ ފުރަތަމަ ފަހަރަށް އާންމު ޕްލެޓްފޯމެއްގައި މިއަދު ވާހަކަ ދައްކަވައިފައެވެ.

މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި އޭނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާއަކީ ސިޔާސީ ބޭފުޅަކަށް ވާތީ ސިޔާސީ ބޭނުމަށް ކޮންމެ ފަދަ ތުހުމަތެއް ވެސް އަމާޒުވެދާނެ ކަމަށެވެ. އެކަމަކު ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އީސަ ވިދާޅުވިއެވެ.

އީސައަށް ދިފާއުވުމުގެ ފުރުސަތެއް ނުދެއްވައި، ތަހުގީގު ނިމެންދެން އެމްޑީޕީގައި އޭނާ އަދާ ކުރައްވާ މަގާމުތަކުން ދުރު ކުރެއްވުމުންނާއި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ދުރު ކުރަން އެ ކޮމިޓީން މަސައްކަތް ކުރުމުން ވެސް އީސަ މިއަދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އީސަގެ މައްސަލަ ނަގައިދޭން އަސްރާ އެދިވަޑައިގަތް ނަމަވެސް ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. ކުރިން އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ވެސް ދެއްވައިފައެވެ. އެނގިފައިވާ ގޮތުގައި އޭރު އަސްރާ ބަޔާން ދެއްވީ ވެސް އީސައާ ދެކޮޅަށެވެ.

މި މައްސަލައިގެ ތަހުގީގު އޮތީ ނިމުމުގެ މަރުހަލާއެއްގައި ކަމަށް އެނގިފައިވެއެވެ. މި ސަބަބަކަށް ޓަކައި އީސަ ތަހުގީގަށް ބަންދު ކުރުމުގެ އަމުރަކަށް ހައި ކޯޓުގައި ނުއެދެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނިންމަވައިފައެވެ. ކުރިން ކްރިމިނަލް ކޯޓުގައި އެ އަމުރަށް އެދުމުން އެ ކޯޓުން އެ އަމުރެއް ނުނެރެދިނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އުގުރި

    ހަގީގަތުގައި މައްސަލަ ޖެހޭނީ ދެމަފިރިން ، މައްސަލަ ހައްލު ކުރާނީ ވެސް ހަމަ ދެމަފިރިން . މިގަ މިފަހަރު ތަފާތީ ސިޔާސީ ދެމަފިރިން ތިބީމަ.

    31
    10
    • ލޮލް

      ދެމަފިރިންނެއް ނޫން. ވަރިވެފަ...

      10
      1
  2. ީިިisސި

    އެކަމަކު ރާއްޖޭގެ ގާނޫނުތަކޭ ބުނިއިރު.... އޮންނަނީ ވަކިނބަޔަކަށް އިނގޭ ދެއްތޯ؟؟

    35
  3. ޕާޕަ ޕާޕާ

    އީސަކައިރީ ބުނޭ ހޭބަލިނުވާށޭ.
    ކަލޭ ތިހިރީ ގާނޫނު އަރައި ހަމަނުވާ ހިސާބެއްގައި.

    42
  4. ސޮއި

    ހަޔާތްކުޑަ ގޮލެއެއް.

    39
    1
  5. ބައްލޭ ބައްލޭ

    ޢީސަ ހަނދާން ވުމުން މަންޖެ އަށް ކު ރި ގެވެށި އަނިޔާ ހަނދާން ނެތިއްޖެ

    33
  6. އަޑަފި

    އަސްރާ ތިޔަ މައްސަލަ ނަގަން އެދުމަކީ އެބުނާ ކަމެއް އީސަ ނުކުރާކަމުގެ ދަލީލެއްކަމަށް ދައްކަން އީސަ އުޅޭހެން އީސަގެ ވާހަކަ ތަކުން އެބަ ދޭހަވެއެވެ. އަދި އީސަގެ ވާހަކައިން ދޭހަވަނީ ކުށްކޮށްގެން އުޅެނީ އަސްރާއެވެ. ޕީޖީ ކޯޓުގައި އެދުނުގޮތަށް ހެއްކަށް ނުފޫޒު ފޯރުވާފައިވާކަމުގެ ވަސް އެބަދުވައެވެ.
    ގެވެށި އަނިއެއް ކުރާއިރު ހެކިންގެ ގޮތުގައި މީހުންނެއް ނުތިބޭނެއެވެ. އީވާ ބުނާހެން ތެޅިތެޅީނުން ހޭނައްތާލާފައި، ޤާނޫނާ ޚިލާފު ކަމެއް ނުކުރަމޭ ބުނެ، އެކަމުން ބޯދަމައި ގަނެވޭ ގޮތަށް ޤާނޫނު އޮތުމަކީ އެފަދަ ކަންކަން ކުރުމަށް ލިބޭ ހިއްވަރަކަށް ވާނެއެވެ. ހަމަ އެގޮތަށް އަންހެން މީހާ ހިންހަމަ ނުޖެހިއްޖެނަމަ ފިރިހެން މީހާ ގެވެށި އަނިޔާ ކުރާކަމަށްބުނެ ފިރިހެން މީހާ ފަސޭހައިން ގޮޅިއަކަށް ފައްތާލެވޭގޮތަށް އޮތުމަކީވެސް އޭގެ ނާޖާއިޒް ފައިދާ ނަގާނެކަމެވެ.

    35
    3
  7. ޕާޕަ ޕާޕާ

    ކުޑައިމީސް ބަހަކަށްވާ ބަހެއްބުނީ ކަލޭގެ ދޮށީ ދަ ރި.

    42
  8. ށުމަން

    ކޮބާ ދައުލަތުން މިކަމުގަ ކުރަން ޖެހޭ ދައުވާ. ޢަނެއްކަ ފުލުހުގަ ފައިލް ކޮއްފަ ހުންނަ މައްސަލަ މިހެން ނެގޭތަ؟

    25
  9. ކިނބޫ

    ނުބުނާނަމޭ! ލޯމައްޗަށް އަތޭ ދޮވެލާނީ! އޯކޭނު!

    20
  10. ހުކުމާ

    ކޮންކަމެއްސާފުކުރަން މީހުންގެ ލޯމީގައި އަދުން އަޅަން

    17
  11. ާވަތުބަތާނަ

    ޑީލްހަދައިގެންދޯ ތިއުޅެނީ، އެކަމަކު މަންޒަ ރު ދުށްމީހުނާއި އަޑުއިވުނުމީހުން އެބަތިބި އެމީހުންވެސް ތި ޑީލްގައި ބައިވެ ރި ނުކު ރާހާ ހިނދަކު ވާހަކަދެއްކުން ނުހުއްޓޭނެ.

    26
  12. އެމަންޖެ

    އަސްރާއަކާ މަނެތިން ބެހޭކައް މަބެހެން ބޭނުމީ އީސައާ.

    24
    1
  13. ޙޯރަ

    ތި ދެމީހުން ލަދުނުގަންނަންޏާ ބަރަހަނާވެ ތިބެ މަގުތަކުގައި ދުވެބަލަ.

    25
    1
  14. އޖސޖެ

    ގެވެށި އަނިޔައަކީ ޖިނާއީ މައްސަލައެއް. އަސްރައެއް އަނެްް ރާއެއް ބުނެގެން ދުލުހަށް ހުސް ަަހެޅިފަވާ މައްސަލައެްް ނުނެގޭނެ. މަޖްލިސް މެމްބަރުން ބޮޑުން ވެރިމް ކަމުވޮށުގެންވަ މިހުން ބުނަހާގޮތަށް އަދުލު އިންސަފްގެ ނިޒާމް ކިލަނބު ކުރާކަށް ނުޖެހޭ

    31
    1
  15. ަސދަސ

    ދެ ލަނޑާ

    15
  16. ާމަ

    އަންހެން އެއްޗަށް ބިރުދެއްކީ ދޯ؟ ބޯ ހަލާކު. ދެން މަންޖެ ކޮން ޑުރާމާއެއް. ކުޅެންތަ ފުލުހަށް ދިޔައި؟ ހޫނނނނނނނ

    25
  17. ނީލަންކިޔުން

    އަސްރާއައް އެއްޗިހިކިޔާ ތަޅާ މާރާމާރީ ހިންގައި ޕޮލިހުންނައް ރިޕޯޓްކުރަނީ އަސްރާ އައި އީސައެއްނުންތަ ތީ ހަމަ ޖައްސާގޭމް މައްސޫރުވާންވެގެން އިސްތިހާރެއްކުޅެލީ ބޭނުންވިގޮތައް މިހާރު އަސްރާ އެވަނީ އިސްތިހާރުވެފަ

    16
    2
  18. ެެއެލެކްސް

    އީސާ ފޮނި އަގަތަޅާނެ ކަމެއްނެތް މަކަ ރާހީލަތުން ފު ރިގެންވާ މީހެއް ތިހިސާބަށް އާދެވިފައި ތިހި ރީ ރިސޯޓް ތަކުގެ މުއައްޒަފުން ތަކެއްގެ އެތައް ގު ރުބާނީއެއްވެގެން އެންމެ ފަހުން ރިސޯޓް މުއައްޒަފުންނަށްވެސް ކު ރީމަލާމާތް. މިއަދު ކު ރިކަމެއް ނުކު ރާނަމޭ ކިތައްމެ ވަ ރަށް ގޮވިޔަސް މީހަކު ތިކަމެއް ގަބޫލެއް ނުކުރާނެ. ކު ރިކަމެއް ވާނީ ކު ރިކަމަކަށް ނަލުގަ ދުވަސްކޮޅެއްވަންދޭން މަޑުކޮއްލަބަލާ ދަ ރިފުޅާ އިދެވަ ރިކު ރި އަބިމީހާއަށް ޓަކައި.

    17
  19. ސަޓޯ

    ކަންކަށިމަތީ ލަޑާފަ އަދި ކޯންޗެއް ކިޔާކައްތަ ؟؟

    16
  20. މަރުމޯލު

    ހިތާމަޔަކީ ނިކަމެތި މީހާ ޔަށް އޭނަގެ އަނބިމީހާ ޔާ ތިޒާތު ކަމެއް ހިނގާއިރު އެފްސީޕީޑީ ކިޔާ ބަޔަކު ނުވެސް ނިދާނެ އެމީހާ ހައްޔަރަށްނުލާ، އަނެއްކާ މުޅިންވެސް ކުއްވެއެރިވާނީ ފިރިހެންމީހާ! ގިނަފަހަރަށް ތަހްގީގު ކުރަނީ ފިރިހެނެއްނަމަ އެފަދަ އަންްހެން މީހެއްކަރީ ކިޔާފަ ހުންނަނީ އވަގުރާނަ ސަވާރުވަނީ އަންހެންމީހާ ބޮލަށް ނަތީޖާއަކަށް ވަނީ މައްސަލަ ހައްލުނުވެ އެ ދެމަފިރިން ވަކިވާންޖެހުން މީކުރާތަހުގީގަކީ! އީސަ ވިންވެއްޖެ

    2
    3
  21. ކޮވިޑް

    ފުލުހުން ކީއްވެބާ ނުބެލީ އަޑު އިވޭ މިދެ މީހުން އުޅެނީ އެއް އެޕާޓް މެންޓް އެއްގަ އޭ ކިޔާއަޑު. ވަރިކޮށްފަ ތިބި ދެމީހުން އެއް އެޕާޓްމެންޓް އެއްގަ. ފުލުހުންނަށް ހަމަ ރަނގަޅަށް އެނގޭނެ މީ ކިހިނެއްވާ ކަމެއްކަން ދެން ކީއްވެ މިކަމުގެ ވާހަކަ ނުދެއްކީ؟

    5
    1
  22. ފާތުން

    މީދެންކިހާ ބޮޑު ކަމެއް. މިދެމީހުން ލޯބީގެ ކުޅިގަނޑުގަ އެންމެންހެޖިގެން.

    4
    1
  23. ލައުރާ

    ތިވާވަހަކަ ގުޅާފަ ޤާސިމް ކައިރީބުނޭ.. އޭނަ ތިކަމުގަ އެއްޗެކޭ ބުނީ

    4
    2
  24. شريف

    މެންބަރެއް ވީމަ އިދެލަނީ. އުމުރަކަށް އުޅުމަކަށް ބަލާނުލާ
    ... ރޮލާކަލާ މިހަކާދިމާނުވި ކަންވެސް ނަސީބުތާ.. މީ މިޒަމާނު އަންހެނުންގެ ހާލު..

    3
    1
  25. އެހެ

    ތަޅާފޮޅައިގެން މާބޮޑަށް ލޯބި އާލާވެގެން އަލުން އިންނަ ހިސާބަށް ދިއައީތަ އަނެއްކާ..

    4
    2
  26. ތައު

    ކޮބާތަ އީސަ އިނދެ ވަރިކުރި ތަ އު . އޭނަ އާއ އެކު ވަރަށް ރީތި ފޮޓޯ ހުރި އިންޓަރނެޓް ގަ