ކޮވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކަމަށާއި، ބަލީގެ ސަބަބުން މީހުން ނިޔާވެ ރާއްޖޭގެ އެއްވެސް ރަށެއް ފަޅުވެފައި ނުވާ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ ޝަރީފް) ވިދާޅުވެއްޖެ އެވެ.

މެންބަރު ޝަރީފް މިހެން ވިދާޅުވީ ކޮވިޑްގެ ހާލަތު އަތޮޅުތެރޭގައި ގޯސްވަމުން ދާއިރުވެސް ސަރުކާރުން އިންތިޒާމްތައް ފުރިހަމަ ކޮށްފައި ނެތުމުން އިދިކޮޅު މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޝަރީފް ވިދާޅުވީ އިޓަލީ ފަދަ ގައުމުތަކުގައި ކޮވިޑް ފެތުރި ބައެއް ސަރަހައްދުތައް އެއްކޮށް ފަޅުވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ރަށެއް އަދި މިހާތަނަށް ފަޅުވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތާނގެ އެއްވެސް ބޭފުޅެއް ނުވަތަ އެއްވެސް ޖަނަވާރެއް އެއްޗެއް ނޫޅޭ. އިޓަލީ ކަހަލަ ބައެއް ގައުމުތަކުގައި ތަންކޮޅެއް މުސްކުޅި އާބާދީގެ ތަންތަން އެބަތިބި ހަމަ އެއްކޮށް ފަޅުވެގެން ގޮސްފައި. އެކަމަކު އަޅުގަނޑުމެން ގައުމުގައި އެއްވެސް ރަށެއް ފަޅުވިކަމަކަށް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް މިކަމުގެ ސަބަބުންނެއް" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން ކޮވިޑުގެ ހާލަތު ރާއްޖޭގައި މެނޭޖުކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. "ރާއްޖޭގައި ކޮވިޑް މެނޭޖް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ދުނިޔޭގައި ކޮވިޑްގެ ހާލަތު މޮނިޓާކުރަމުން އަންނަ ޑަބްލިއުއެޗްއޯ ފަދަ ތަންތަނުން އަންނަނީ ތައުރީފް ކުރަމުން. އަދި ހަމަ އެއާ އެއްކޮށް ދުނިޔޭގެ އެހެން ގައުމުތަކުން އަޅުގަނޑުމެންގެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އެހެން ވެސް ފަރާތްތައް އެ ބޭފުޅުން ދަނީ އަޅުގަނޑުމެންގެ މި ހަރުދަނާ ފިޔަވަޅުތަކަށް ބައްލަވައި، އިތުބާރުކުރައްވައި، އެ ބޭފުޅުން ޒިޔާރަތްކުރަމުންދަނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި އެޅިފައި އޮތް ފިޔަވަޅުތައް ވަރަށް ހަރުދަނާއޭ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން ކަމަށެވެ. ރާއްޖެއަށް ވުރެ މާ ބޮޑު، މާ މުއްސަނދި އަދި ތަރައްގީ ގައުމުތައް ވެސް އޮތީ މިހާލަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ފޯކައިދޫ އިބްރާހިމް

  މީހަކު ގަންބޫޓަކައްވީމަ ކޮންމެފަދައެއްޗެއވެސް ކިޔާފާނޭ މީނާމިއުޅެނީ މިގައުމުގެ ރށެއް ފަޅުނުވެގެންތޯ އަދިމީނާބޭނުންވާ ވަރައް އަދިވެސް ބަލިނުފެތުރެނީތޯ ނޫނީ ދުރުމިއެއް ހޯދާދޭންވީތޯ އޭރުންފެންނާނެނޫންތޯ

  48
 2. ނަމަސްތޭ

  ހުޅުމާލޭ ހޮސްޕިތަލް ހިންގެވުމާ ހަވާލުވެހުރި މެޑަމް ފަޒުނާގެ އާއިލާގެ މާރީ ރޭގަވެސް ނޫސްވެރިންނާ ދިމާޔައް ބުނީ ތިމަންނަމެން ދެނީ ފަރުވާކަމަށް އާއިލާގެ މީހުންނާ ވާހަކަ ދައްކާކައް ވަގުތެއް ނެތްކަމައް.
  ތާކުންތާކު ނުޖެހޭ މުޅި އާއިލާ އާއި ރައްޓެހިން ތަންތަނައް ޖަހައިގެން މުޅުޤައުމު ހަނާއަރުވާލާއިރުވެސް ސޯލިހު އެހުންނަނީ ކުރާނެކަމެއް ހަދާނެގޮތެއް ނޭގި ރޮއެލަރޮއެލާ ތަނެއްދޮރެއް ތިމާމީހާ އައް އެނގޭނަމަތާ ހަރުދަނާ ފިޔަވަޅެއް އެޅޭނީވެސް،
  ތިޔަތިބީ މަޖިލީހުގަ ތިބި ރައްޔިތުން ހޮވާފަތިބި މީހުންގެ ފެންވަރާކީ..
  ޤައުމެއްވާ ނެތް އަނެކަކު އެހެރީ ހުރިހާ ކަމެއް މުޑުދާރުކޮށްފަ އޭނަޔައް ބޭނުންވާ ރައްކާތެރިކަން ޤައުމުގަ ނެތޭކިޔާފަ ބޮޑާހާކާފަ...

  43
 3. ބޯގޯސް

  މިކަލޭގެއަކައް ނޭންގޭތަ ރައްތައް ފަޅުވެގެން ނުދިޔައެއްކަމަކު މިވަރައް ގައުމުން މީހުން މަރުވެގެން ދިޔުމަކީ ކަން ބޮޑުވާން ޖެހޭކަމެއްކަން މީ ހަތަރު ލައްކަ މީހުން ކިރިޔާ ހަމަވާ ގައުމެއް މިވަރު ތަންދޮރު ނޭންގޭ މީހުންމީ ހަމައެއްޗެއް ބުންޏަސް ކަމަކު ނުދާނެ

  44
 4. ޑޮންޑޮންކަތީބު

  ކަޅޯގަޔާ މީއަނެއްކާ ކާކުބާ ؟؟؟؟

  39
 5. އޭކު ސަވާލް

  މިޤައުމުން އެއްވެސް މީހަކު މަރުވެއްޖެ ހެއްޔެވެ؟

  27
 6. ސަމީ

  މިކަހަލަ ގަމާރުން ސަހަރޯ އިބްރާ ކަލޭގެ ވެރިކަމަށް މަނަމަ ލަދުން ވެސް ރައްކާވީސް

  36
 7. ކޮތަރު

  މިހިރަ ބުރާންޗާ. ކަލޭ ތިހުރީ އެއްޗެއް ބޮވިފަތަ. މިހާރު މިހުރި ރޭޓުން މީހުން މަރުވަމުން ދާނަމަ ހަމަހެއް ނުވާނެ ރަށް ރަށް ފަޅުވާން ފަށާކަށް. ދުޢާއަކީ އެފަދަ ދުވަހެއް ނުދެއްކެވުން. ދުވަހަކަށްވުރެ ދުވަހެއް މަރުގެ އަދަދު ގިނަވަމުން ގޮސް މިހާރު ކޮންމެ ދެގަޑި އަކަށް މީހަކު މަރުވަމުން މިދަނީ. އެކަމަކުވެސް ބޮޑުންގެ ތާއީދު ހޯދާ ޕާޓީ ދިފާޢް ކުރަން މިހާރު ތިޔަ ވީދެވުނީ މުނޖޭ.

  42
 8. ޢަބުޅޯ

  ބުނަށްއޮތްއެތި ބޮޑުކަމުން ހަޕު

  31
 9. އެޑްވަޑް ބާމުންޑޭ

  މިކަހަލަ ބޯބުރާންތިން ހޮވީމަ މިކަހަލަ ވާހަކަ ދައްކާނެ.

  39
 10. ނިޒާމު

  ސަ ރީފޫ ކަލެއައް އިނގޭނީ ކަލޭގެ ބަފާ ނުވަތަ އަމާ ނުވަތަ ދަރިއެއް މިހާލަތުގައި ފަ ރުވާނުދެވި ލޯ މަތީ މަރައްތެޅޭތަން ފެނުނީމަ...މިއަދު ތިބަސް ބުނަނީ ގޮނޑި ގެއްލިދާނެތީ ތިޔައީ އިންސާނިއްޔަތުކަމެއްނެއް ބޯގަޅިން...

  37
 11. އިބުރާހީމު

  މިއަދު މިޤައުމުގެ މިކަހަލަ ގިނަ މަޤާމުތަކުގައި ތިބީ މިކަހަލަ ތަނެއްދޮރެއް ނުދަންނަ ގަމާރުން

  41
 12. ހ މ ޒ

  ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކުގައި ހުންނަވާތާ 1 މަސް ވީއިރު މިހާތަނަށް ދަތުރުގެ ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ހަރަދުވެއްޖެއެވެ.

  45
 13. ކާފްހާ

  މިއިން ޒަމާނެއްގައި ވެސް ނުވެއްޓޭ ފަދަ ފުންވަޅުގަނޑަކަށް ދިވެހި ގައުމު ވެއްޓެމުންދާތަން އެބަފެނޭ.

  38
 14. ކެލާ ރައްޔިތު މީހާ

  ކަލޭ ތިޔަހުރީ ހަމަ ރަނގަޅަށްވެސް ހޭބުއްދި ފިލާފަ. ޕާޓީގެ ފިކުރަށް ގޮސް ހުސްވިޔަސް ތިޔައީ ބޮޑުވަރު.

  40
 15. ކާފަބޭ2020

  މީހުންކިޔާނުކިޔާއެއްޗެއްނޭގޭހާލަތުގަތޯ ތިޔަހުންނެވީ؟ މީހުން ކިޔާމިއުޅެނީ އެންމެނުބައިހާލަތެއްގަވެސް ސަރުކާރުއޮތީ ތައްޔާރުވެކަމުގައިވިދާޅުވާތީ އެހީދޭނެމީހެއްއެހީތެރިވެވޭނެމީހެއް ފެސިލިޓީގައިނެތި މީހުންތައްނިޔާވަމުންދާތީ ވީތައްޔާރަކީކޮބައިތޯ ވެންޓިލޭޓަރުތައްކޮބައިތޯ ހިލޭލިބުނުހާމާސްކާކިޓުތައްކޮބައިތޯ ހިލޭލިބުނުކަމަށްބުނިހާޑޮލަރުތަކުންކުރީކީއްތޯ؟ ވާނުވާނޭގޭ މިކަހަލަބީތާއިން މަޖިލީހަށްހޮވީމަ ހޮވައިދޭންމަސައްކަތްކުރިމީހުން ގޯސްމިވީދޯ؟

  29
 16. ގުންޑާ

  ވާނުވާ ނެނގޭ ގަމާރެއްތަ

  35
 17. ޖިންނި

  ޕާ ރޓީ ގުނބޯ ބައިގަނޑު އަތް ޖަހާ

  16
 18. s

  Subhanallahi meenayah egyba mi kiyey ehcheh

  13
 19. ......

  އޭނަ ކައިރި ބުނެބަލަ ކުއްޖަކު....އަހަރެމެން ބޭނުންވަނީ ފަޅުވުމުގެ ކުރިން އޭގެ މާކުރިން ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކޭ...ފަޅުވީމަ ދެން ކޮން ކަމެއް ކާކަށްތޯ ކޮށްދޭ ނީ....ކަންކަން ކުރަން ނޭނގެންޏާ ނުވަތަކުރާނެ ޖާގަ ނެތިއްޔާ އަމިއްލައަށް ދުރަށްޖެހިލާށޭ....އެބަތިއްބޭ މިކަން ކުރެވޭނެ ގާބިލު މީހުން މިގައުމުގަ...އެމީހުން ކައިރި ނުވެވިގެން އުޅެނީ ތިކަހަލަ ސިޔާސީ މީހުންނާ ހެދީއޭ....އެކަމަކު ބުނެލާތި ދާ އިރު އަބަދަށް ދުރަށް ދައްޗޭ...ފަހުން އަދި އަންނަން ހިތާ އެއް ނޫނޭ ދާނީ...އަމިއްލައަށް ދުރަށް ނުދިޔައަސް ރައްޔިތުން ނިކުމެ މާލަހެއްނުވެ ބޭރު ކުރާނެ......އެމަންޒަރު އެބަފެނޭ...މިލިޓަރީ އަކަށް ގައުމު ހިނގައިދާނެ މަންޒަރު އެބަފެނެޔޭ

  11
 20. ޛުލްފިގާރު

  ފައްކާ ފު ރޭތައެއްމީ

  12
 21. Anonymous

  މީނަޔަށް އޯކޭ ވާނެތާ ދަރުމަވަންތަ ހޮސްޕިޓަލުން ވީވީއައިޕީ ހިދުމަތް ލިބޭނެ ވިއްޔާ ދެން އެހެން ނިކަމެތި ރައްޔިތުން އުޅޭނެ ހާލަތެއް މިމީހުން ބޭނުމެއް ނުވާނެ ބަލާކަށް

  16
 22. Anonymous

  ތަންދޮރު ނުދަތަސް ބޮޑުވަރުމީ. ވާނުވާނޭގޭ ބީތާއިން ތަންތަނައް އިސްކުރީމާ ވާގޮތް މިފެންނަނީ.

 23. ހުސެންދީ

  މީނަ މިއުޅެނީ ސްޓޯންއޭޖްގައިތަ އަދިވެސް

 24. ބިންގޯ

  މީހަކު ގޮބޮޅިޔަކަށް ވީމަ ވާނީ ތިހެން.

 25. ހިތާމަ

  މީއަދި ކާކު؟ މިކަހަލަ ސުންޕާ މީހުންގެ ޢަމަލުތަކުން މިކަން ކޮންޓްރޯލު ނުވެގެން މިދިޔައީ

 26. ވަށަފަރު މުދިމު

  ރަށްފަލެއް ނުވެ އަދި ކެލާ މައުސޫމާ ކަލެއާ ދެކެން ބޭނުން ވަނީ އެދުވަސް ދޯ

 27. ބޯދުޅަ

  މީ ޓުއަރިޒަމް މިނިސްޓަރ ގެ ކިހާގާތް މީހެއްބާ އެއް ރަށެއް ގައިމު

 28. ސާރާ

  ކެލާގެ ކައުންސިލް އިންތިޚާބުގެ ނަތީޖާ ކުއްޖަކު ބުނެދީބަލަ! ޕްލީޒް

 29. ފުލިބެ

  މީނަމީކިހިވެފަ ހުރި ބުރާންޗެއް ދުނިޔޭގެ އެހެންގައުމު އަޅުވާކިޔަން ރާއްޖޭގަ 4 ލައްކަ ހަމަނުވެ އެހެންގަުމުގެ އާބާދީ މިލިއަނުން ..މިފެންވަރު މީހުން މެމްބަރުން ނަށް މިތިބެނީ

 30. ރަސީދު

  ކަލޯ ތިހިރީ އެއްޗެށް ބޮވެގެންތަ އަނެއްކާ، ކަލޭވްދެފަ ތިއިން ތަނުގެ ނަމައްވެސް ވިސްނާނުލެވުނުތާ! ޖާހިލުން ރައްޔަތުންގެ ޚާދިމުންނަށް ހޮވީމަ ވާނެގޮތް މިފެންނަނީ، މިކަލޭގެ ހޮވިބަޔަކު މީނަދަމާނެރެ ވެގެންމިއުޅޭ ގޮތެށް ހާމަކޮއްދޭން ވެއްޖެނޫންތޯ! ހަޔާތް ހަމަކުޑައީ،