ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން 12 ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.

އޭނާ ނިޔާވީ މިރޭ 23:30 ގައެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ކޮވިޑްގައި ނިޔާވީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު 07 މީހުން ނިޔާވިއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު