ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން 13 ވަނަ މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން 13 ވަނަ އަށް ނިޔާވެފައި ވަނީ 80 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާ ނިޔާވީ މިރޭ 23:27 ގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ މިހާރު 142 އަށް އަރާފައެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ މީހުން ނިޔާވި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ކޮވިޑްގައި ނިޔާވީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު 07 މީހުން ނިޔާވިއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކާފަ

    މަރުވަނީ އާއްމު ރައްޔިތުން. ބޮޑެތި މީހުންގެ އަނބިންނާ މައިން ރަނގަޅުވާނެ. މީސަރުކަރުން ދިން ލަގާއެއް

    54
    3
  2. ކަާފަ

    އަދިވެސް ބެންގަލޫރާ ފޯކާ ބިލެތާ ރާއްޖެގެނެސް ދުފެވޭތޯބަލާ..

  3. Anonymous

    އިބްރާހިމާ ކޮންމެސް ފިޔަވަޅެއް އަޅާބަލަ.
    ހެލްތު މިނިސްޓަރު ކޮބައިބާ

  4. ކަންބޮޑު

    މިވަރުވާއިރު މިޤައުމުގެ ރައީސަކު އެބަ ހުރި ހެއްޔެވެ؟ ހެލްތް މިނިސްޓަރަކު އެބަ ހުރި ހެއްޔެވެ؟

  5. އަދީބު ގެ ހަރުބަސް

    ކުރާކަން ފޫ ނުބެއްދުން ދާދި ގާތޭ،
    ދުރާލާ ފަސް މޮޅަން ނުބަލައި ހުރިމީހާ،

    7
    1
  6. ސަންފާ

    ކޮބާހޭ ހެލްތު މިނިސްޓަރު. ގައިގަ ވަރު ޖެހޭ ފާޑު ބޭހެއް ކައިގެން ނަމަވެސް މިކަމަ ނިކުންނަވާ. ނުނީ އިސްތިއުފާދީ.

  7. ހ މ ޒ

    މިހާލުގަ އެމްޑީޕީ އިދިކޮޅުގަ އޮތް ނަމަ އިގޭނީ ކިހާވަރެށް އަރުވާލާނޭ ކަމެއް !؟

    13
  8. ގައުމު

    ބޮޑަތި މީހުްނާ ސިޔާސީ މީހުން ތިބީ ރެސޯޓު ތަކުގައި. ރައްކާތެރި ކަމާއެކު. އެމީހުނަށް ޚާއްސަ ޑޮކްޓަރުންނާ އެކު. ރައްޔިތު މީހާ ނެރެ ގާނައިގެން ވޯޓު ހޯދުނީމަ އެ ވެރިންގެ އެދުން ފުދުނީ.
    ކޮބާހޭ ސަލާމަތީ ބާރުތައް/؟؟ ކިހާވަރެއް ވީމާބާ އެހީތެރި ަމުގެ އަތެއް ފޯރު ކޮށްދެނީ؟ ރައްޔިތުންނަށްޓަކައި އަންނަ އޯގާތެރި ސަރުކާރުގެ ސިފައަކީ މީބާ/

  9. ކަޅުމަންޖެ

    ދެންވެސް މިސްކިއްތައް ހުޅުވާ މިސްކިއްތަކުގަ ތަކުބީރު ކިޔަންނުވޭތަ ހެއްދެވި ފަރާތައް ދުއާދަންނަވާ މި ވަބާއިން ސަލާމަތްކުރައްވާތޯ މުޅި ރަށުތެރޭ ހަރުއަޱުން ތަކުބީރު ކިޔާ ކަތުރާނުން ދުންއަޅާ ދަރަޖައަށް ހިގައްޖެ.

    6
    2
  10. ސުންކޫ

    މިކަމުގެ ޒިންމާ މަސްއޫލުވެރިން އުފުލަންޖެހޭނެ ސަބަބަކީ ގިނަބަޔަކު މިބަލީގައި މަރުވެގެން ދަނީ އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބި ކަމަށްވާތީ،ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށް ދިނުމަކީ ސަރުކާރު ގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ކަމަކަށްވާތީ، ޞިއްޙީ މާހިރުން ދިން ލަފާ ޤަބޫލު ނުކޮށް ކުރިއަށް އެޅި ފިޔަވަޅެއް ގެ ނުބައި ނަތީޖާ ފެނިގެން މިދަނީ.