23:22
ޗައިނާގެ އެހީއަށް ނޭދި، ސަރުކާރުން އެދުނީ އިންޑިއާ އާއި ބަންގްލަދޭޝްގެ އެހީއަށް.
China Ge Ehee Ah Neydhi, Sarukaarun Edhunee India Aai Bangladesh Ge Ehee Ah https://t.co/htYclBEG3C
— Vaguthu Online (@VaguthuOnline) May 25, 2021
22:44
އިތުރު 1004 މީހުން ކޮވިޑަށް ފައްސިވެއްޖެ.
BREAKING | Viyafaari Thakun Current Aai Fen Bill In 20 Insahthah Discount Dhenyhttps://t.co/98H5M3hR3y
— Vaguthu Online (@VaguthuOnline) May 25, 2021
22:39
މިނިސްޓަރ ނަސީމް: އެންމެނަށް މިވަނީ ގިނަގުނަ ދަތިތަކެއް ކުރިމަތިވެފައި. މިއީ ހިތްވަރާއި ކެތްތެރިކަން އިސްކޮށް މަސައްކަތް ކުރަންވީ ވަގުތު.
22:35
ރައީސް: ސަރުކާރުން އެންމެ އިސްކަން ދެނީ މިބަލިމަޑުކަމުން އަރައިގަތުމަށް. ސަރުކާރުގެ ހުރިހާ ވަސީލަތެއް މިކަމަށް ބޭނުން ކުރާނަން. މިއަޅާ ފިޔަވަޅުތައް ތަންފީޒު ކުރެވިއްޖެނަމަ މާލަސްތަކެއް ނުވެ އާއްމު ހާލަތަކަށް ރުޖޫއަވެވޭނެ ކަމަށް އުއްމީދު ކުރެވޭ.
22:34
ކޮވިޑް ކޮންޓްރޯލުން ނެއްޓުނީ ސަރުކާރުން ދިން ލުއިތަކުގެ ސަބަބުންކަމަށް ރައީސް އިއުތިރާފުވެއްޖެ.
BREAKING NEWS: Covid Control In Nettunee Sarukaarun Dhin Luithakuge Sababun Kamah Raees iuthiraafvejje https://t.co/65e59kvrPb
— Vaguthu Online (@VaguthuOnline) May 25, 2021
22:28
ރައީސް: ކޮވިޑް ފެތުރުން އިތުރުވި ސަބަބުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހުރެދާނެ. އޭގެތެރޭގައި އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތައް ހިމެނޭ. އަދި މިނޫނަސް އިތުރު ބައެއް ކަންކަން މިކަންކަމާއި ގުޅުން ހުރެދާނެ.
22:27
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ އިތުރުން ހެލްތު މިނިސްޓަރ ނަސީމް އާއި ޑރ.ނަޒްލާ މުސްތަފާ ބައިވެރިވެ ވަޑައިގަންނަވާ.
22:18
22:00 ގައި ފަށަން ތާވަލް ކޮށްފައި އޮތް ރައީސް ސޯލިހްގެ ނޫސްވެރިންގެ ބައްދަލުވުން އަދިވެސް ނުފަށާ.
20:42
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާދަމާ އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް އެ ފުރުސަތު އޮންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ
Vaccine Jahan Huhdha Nagaigen Nukumeynehttps://t.co/m2Te9kVXNq
— Vaguthu Online (@VaguthuOnline) May 25, 2021
20:24
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެކުލަވާލި ތަހުގީގު ޓީމްގައި ހިމެނޭ ގިނަ ފުލުހުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ
Nasheed Ah Hamalaa Dhin Massalaige Thahugeegu Team Gai Himeney Gina Fuluhunthakeh Covid Ah Fassihttps://t.co/Ujd9jkygup
— Vaguthu Online (@VaguthuOnline) May 25, 2021
19:19
ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިންގެ ފަހުގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރު ވެފައިވާ ކަމަށް އެކުންފުނިން ބުނެފި
Covid-19: Moderna Vaccine In Kuda Kudhinnah Rahkaatherikan Foarukoh Dhey!https://t.co/ZcG10fZS5y
— Vaguthu Online (@VaguthuOnline) May 25, 2021
18:09
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއި ގުޅިގެން، މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމައިފި
MPL Ge Bahuge Hidhumaiy Maadhamaa In Feshigen Medhukandaalaneehttps://t.co/DAUun8qU9k
— Vaguthu Online (@VaguthuOnline) May 25, 2021
18:08
އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވީ ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަން އެނގިއްޖެ.
Mohamed Noorahdheen Avahaaravee Covid Ge Aalaaskanfulhu Gaihttps://t.co/0gPff5Lx6P
— Vaguthu Online (@VaguthuOnline) May 25, 2021
16:41
މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ކެންސަރު ބަލި ގޮތަކަށް ބަލިމީހުން އެނދުމަތި ކުރަމުން އަންނަ ވޯޑުތައް ނަގަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ފައިސަލް ނަސީމް ވިދާޅުވެއްޖެ
Fethurey Cancereh Hen Covid Bali Dhanee Faharaku Ward Eh Nagamun- Dr. Faisalhttps://t.co/pRe6zISm3G
— Vaguthu Online (@VaguthuOnline) May 25, 2021
13:13
ކޮވިޑް-19 އާ ގުޅިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމައިފި.
BREAKING: June 8 Ge Niyalah Sarukaaruge Office Thah Bandhu https://t.co/u0uPHpOB5r
— Vaguthu Online (@VaguthuOnline) May 25, 2021
09:46
މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލި ކުޑަކޮށްފި.
Male' City Council In Dhookohfai Vaa BInthakuge Kuli Kuda Koffi https://t.co/a4kMwouTXG
— Vaguthu Online (@VaguthuOnline) May 25, 2021
09:41
މޮނިޓަރިންއަށްލާ ހުރިހާ ރަށެއްގައި ކާފިއު ހިންގަން ނިންމައިފި.
Monitoring Ah Laa Hurihaa Rasheh Gai Curfew Hingan Ninmaifi https://t.co/M6azA3rKFk
— Vaguthu Online (@VaguthuOnline) May 25, 2021
09:04
އިންކަމް ސަޕޯޓު އެލަވެންސް ލިބުނު އެތައް ބައެއްގެ ޒާތީ މައުލޫމާތު ފައްޔާޒު ހާމަކުރައްވައިފި.
Income Support Allowance Libey Ethah Baehge Zaathee Mauloomaath Fayyaz Haamakurahvaifi https://t.co/0etnbMr3ad
— Vaguthu Online (@VaguthuOnline) May 25, 2021
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަނަމަ ގިނަ ބަޔަކަށް ފަރުވާ ނުދެވި ނިޔާވާ މަންޒަރު ފެނިގެން ހިނގައިދާނެ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދެވި ހަނދާން ހުންނާނެއެވެ. މިއަދު މިއޮތީ އެވަގުތު އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ.
ފަރުވާ ނުދެވިގެން ބަޔަކު ނިޔާވަމުންދާކަން ސަރުކާރުން އިއުލާން ނުކުރި ނަމަވެސް ފެންނަ މަންޒަރުތަކާއި ލިބޭ މައުލޫމާތައް ބަލާއިރު ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ދެވެމުންނެއް ނުދެއެވެ. މިއަދު ކޮވިޑްގައި 13 މީހުން ނިޔާވިއިރު އޭގެ ތެރެއިން ދިހަ މީހުން ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.
މިހާރު ވެސް ހަވީރު 16:00 އިން ފަތިހު 04:00 އަށް ކާފިއު އިއުލާންކޮށްފައި އޮތްނަމަވެސް އަދިވެސް ކާފިއުއާއި ހިލާފުވާ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް އަޅަމުންނެއް ނުދެއެވެ. ނަތީޖާއަކަށް ވެފައި ވަނީ މިހާރު ވެސް ގިނަ ބަޔަކު އެކި ތަންތަނަށް ޖަމާވަމުން ދިއުމެވެ.
Covid Facility In Hiy Falhaigendhaa Manzaru, Faruva Dheyne Meeheh Neyngi Niyaa Vanee!? https://t.co/N0YNf96rdN
— Vaguthu Online (@VaguthuOnline) May 24, 2021
Mabrook Eve. Mifaharu Male' Thi Kury Furabandhu! https://t.co/lOTNKhNBEJ
— Vaguthu Online (@VaguthuOnline) May 24, 2021
BREAKING NEWS: Ithuru 1417 Meehun Covid Ah Fassivejje https://t.co/woa7AKthci
— Vaguthu Online (@VaguthuOnline) May 24, 2021
"Marakah Fahu Mareh, Docterun Ge Lolun Karuna" https://t.co/7AkcmB2d1r
— Vaguthu Online (@VaguthuOnline) May 24, 2021
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ލޮކްޑައުން ކު ރިއަސް ހައި ރިސްކް މުވައްޒަ ފުން ވަޒީފާ ޔަށް ނެރެރެހރެރރެރނީ ކީއްވެތޯ؟ އެހެން ތާކަށް ނޫން މިދަނީ ، އެޗްއީއޯސީ އަށް މިނިސްޓް ރީ އިން އަންގައިގެން މިދަނީ.... މީދެން ކިހާ ބޭއިންސާ ފް ކަމެއް!!!! ހަައި ރިސްކް މުވައްޒަފުން އެޗްއީއޯސީއިން ފ ފީލްޑަށް މިހާލަތުގަ ފޮނުވުން މީ ކުރަން ހެޔޮވާވަ ރުގެ ކަމެއް ނޫން..... ނިކަމެތި މީހާޔަށް ނިކަމެތި ގޮތް، ކީއްކުރާނީ ވަޒީ ފ ފާ ގަ އުޅެން ބޭނުމިއްްޔާ އެޗްއީއޯސީ އަށް ދާން މިޖެހެނީ.... އެޗްއީއޯސީގަ ގައިދުރުކަމެއް ނެތް، މިނިސްޓްރީގަ މަސެއްކަތް ކުރާރާ ރަށް ވުރެ މާ ކައިރީގަ މާގާތް ގާތުގަ މަސެއްކަތް ކު ރަން މިޖެހެނީ .... އަދި ނުވީތަކަށް އެކުގަ މަސެއްކަތް ކު ބޭފުޅުންތަށް ތިއްބަވާނެ އައިސް އެހާ ކައިރީގަ... ހާދަ ބި ރެއްގަނެޔޭ!!!! ހައްލެއް ބޭނުން....
ކޮބާހޭ ވެންޓިލޭޓަރުތައް ވަގުންތަކާ؟؟
ވެކްސިނެއް ނެތް 😭ވެންޓިލޭޓަރެއް ނެތް 😭ފަރުވާދޭނެ އެނދެއް ނެތް 😭އައިސީޔޫގައި ޖާގައެއް ނެތް 😭ޓެސްޓު ކުރެވޭނެ ގޮތެއް ނެތް😭ސިއްހީހިދުމަތްތެރިންނެެއްނެތް😭އިހުމާލުގައި ޒިންމާވާނެ ވެރިއެއް ނެތް😭
ރައްޔިތުން ގޭބަންދުވެ ހަދާނެ ގޮތެއް ނެތް😭
ސަރުކާރު އޮތީ ފޭލް ވެފަ. ވެރިމީހާ އޮތީ ފިލާ. ހިތް މިނިސްޓަރު ގެއްލިޖެ. ގައުމުގެ ހާލަތާއި މީ
ކޮބާ 2ވަނަ އިންޑިޔާއަށް ވީ. އަހަރެއް މިހާލަތު އައުމުގެ ކުރިން ވަގުތު ނުހައް، ކޮމަންޓް ކުރިން. ރާއްޖެއިން މަތި މައްޗަށް މީހުން މަރުވާނެ ކަމައް. ދެން އަދި ދުވާލަކު މީހުން މިބަލީ މަރުވާލެއް މާ ގިނަ ވާނެ.15 އިން މަތިން މަރުވާނެ. ފުރަތަމަ ކޮވިޑް ބައްޔޭ ގޮވާލި އިރަށް، ސަރުކާރުން އުޅުނީ ސަރުކާރުގެ ބޮޑެތި މީހުންގެ އަނބޮޑިޔަށް ގިނަކުރާން. ދެން ސިއްހީ ދާއިރާގެ މީހުންގެ ފުށުންވެސް ފެނުނީ އެ މަންޒަރު. އެޗްޕީއޭ ހަދައިގެ، އަނބޮޑިޔައް. ގިނަކުރުން. މިބަލި ކޮންޓްރޯލް ކުރާކަށް ނޫން ބެލީ.
ކަލޯ މީ އަޑު އިވޭ ލޮލަށް ފެންނަ ވެރިއަކު ހުރި ސަރުކާރެއތޯނު ސުވާލުކުރަންވީ؟ނޫނީ އަޑޫއިވި ލޮލަށް މަންޒަރު ފެނި ނީވޭ ނުފެނޭ ކަމަށް ހަދައިގެން ތިބީތޯނު ސުވާލު ކުރަންވީ؟ އިންޑިއާ އިން މީހުން ގެނެސް ވަޒީފާ ދިނުންތޯ ދިވެހި ރައްޔަތުން ގެ ފުރާނަތޯ ނު އަހަން ވީ ރައީސް މީހާ ކައިރީ؟ ޑޮލަރުތޯ ދިވެހި ރައްޔަތުން ފުރާނަ ތޯ ނޫންތަ އަހަން ވީ ރައީސް މީހާ ކައިރީ؟
ބޮޑުމުސާރަ ދީފަ ގޭގަ އޮންލަިންކޮށް މަސައްކަތް ކުރަން ބައިތިއްބާފަ ތިބި ސިވިލްސާވަންޓުން ނާއި ގޭގަ މުސާރަ އާއެކު ތިބި ނަރުހުން ނެރެން މިވަގުތު މުހިންމު. ސިއްހީ ދާއިރާގަ ގުރުބާން ވާ ފަރާތް ތަކަކީވެވެސް އިންސާނުން އެމީހުން އެވާ ގުރުބާނީ އާ އެކުރާ ޖިހާދުގަ އެމީހުނަށް ބަރަކާތް ލައްވާށި..
ބޭކާރު ވާހަކަ ނުދައްކާދެއް. މިވަރު މިވީ ސަރުކާރުން އަމަލުކުރި ގޮތުން. މިހާރު ދެން ކިތައްމެ ބޭނުންވިޔަސް މާލެއެއް ނުބެެލެހެއްޓޭނެ. ސިފައިންނާއި ފުލުހުންގެ ތެރެއިންވެސް އެތައް ބަޔަކަށް ކޮވިޑްޖެހިފަ. ކާކު ނިކުންނަނީ މަގުތައް ބަލަހައްޓަށް. ދެއްވެސް ސިފައިންނާއި މިކަށް ހަވާލު ކޮށްފަ މަބްރޫކުމެއްދޭ ގެޔަން ނިދަން. ވަރަށް ވެދުން
ސަރުކާރުން ބުނަމުންދިޔައީ އެންމެ ނުރައްކާ ހާލަތައްވެސް ތައްޔާރޭ އެންމެ ފަހުން ބުނަމުންފަނީ ރައްޔިތުން ފަރުދީ ޒިންމާ އަދާ ނުކުރަނީޔޯ ރައްޔިތުން ހަތަރު އުދަރެސް ފެނުޖެހިފަ ސަރުކާރު އެކިތަންތަނުން އެހީ ހޯދުމުގަ ލިބޭ އެހިއަކަށް ވާނުވާއެއް ރައްޔިތުންނަކަށް ނޭނގޭ ﷲ އަކްބަރު
ބޮޑުމުސާރަ ނަގައިގެން ގޭގަތިބި ނަރުހުންނާ ޑޮކްޓަރުން މަސައްކަތައްނެރެންވީ.ގޭގަ ބައިތިއްބައިގެން މުސާރަދޭނެކަމެއްނެތް.ހައިއްކަ އަށެއްކަމީހުންލައިގެން މިކަމެއްނުކުރެވޭނެ.އެއީވެސް އިންސާނުން.އެމީހުންނަށްވެސް ރެސްޓް ދޭންވާނެ.ފުރަންޓްލައިން އެލަންވަންސޭ ކިޔައިގެން އެއިންވެސް ވައްކަންކުރީ.ވެންޓިލޭޓަރ އިންވައްކަން.ކޮވިޑް ފެސިލިޓީއިން ވައްކަން.ޔާމީން ސަރުކާރޭ ކިޔައިގެން އަނގަ ހުޅުވަން ކައިރިވެސް ނުވޭ.މިސަރުކާރުގަ އަލިފުން ޔާޔަށް ފެއިލް ވެފަ.މިގައުމު ދެކުނު އެންމެ ކަރަޕްޓް ސަރުކާރު.
ނަސީމް ކަލޭ އިސްތިއުފާ ދޭންވީނުން.ކަލެޔަކާހުރެ މިހުރިހާ ކަމެއްގޯސްވަނީ.ސިއްޚީ ދާއިރާގެ ތަޖުރިބާ ކާރުން ތިއްބާ މި ދާއިރާގެ އެއްވެސް އުއްޑެއް ބުޑެއް ނުދަންނަ މީހަކު ވެރިޔަކަށް ގެނައިމަ ވާނެގޮތް މިވަނީ.%100 ޒިންމާ ހެލްތް މިނިސްޓްރީ އިންނަގަންޖެހޭ.ކޮވިޑޭ ކިޔައިގެން ގައުމު ދޮވެލައިފި.ފްރަންޓްލައިން އެލަވަންސޭ އިންކަމް ސަޕޯޓް އެލަވަންސޭ ކިޔައިގެން ދައުލަތުގެ މިލްކިއްޔާތު ހުސްކޮށްފި.އައުވާނުން މަހުޖަނުންނަށް ވެއްޖެ.