ކޮވިޑް-19 ފެނުމުން މޮނިޓަރިންގެ ހާލަތައް ގެނެސްފައި އޮތް ހދ.ކުޅުދުއްފުއްޓަށް އަރައި ފޭބުން ހުއްދަކޮށް، އެރަށުގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ކުޅުދުއްުފުށީ ސިޓީ ކައުންސިލަށް ފޮނުވި ލިޔުމެއްގައި ވިދާޅުވީ މިރޭ 00:06 އިން ފެށިގެން ކުޅުދުއްފުށީ މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

އެރަށުގެ މޮނިޓަރިންގެ ހާލަތު އުވާލީ ބަލަން ޖެހޭ ކަންކަން ބަލައި ނިމުމުން ކަމަށް މައިމޫނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ މޮނިޓަރިން އުވާލީ ވަކިތަރުތީބެއް ނެތި އެރަށުން ނެގި 90 ސުންކު ކޮވިޑް-19 އަށް ނައްސިވުމުންނެވެ.

ކުޅުދުއްފުށިން މިހާރު ކޮވިޑަށް ފައްސިވަމުން އަންނަނީ ކަރަންޓީންގައި ތިބި މީހުންނެވެ.

ކުޅުދުއްފުށީގެ މޮނިޓަރިން އުވާލިއިރު ރާއްޖޭގެ ބޮޑެތި ގިނަ ރަށްތައް މިހާރު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު